Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އިންތިހާ- 6

Thooba Level 1
July 28, 2021 2 Mins Read
0 Comments

ކުރީގެ އެޕިސޯޑުގެ ތެރެއިން…….

އެ ގަނޑުކޮޅަށް ބަލަހަށްޓައިގެން އިން ރެހާން ސިހުނީ ޒިވިޔާން ގޮވި އަޑަށެވެ.އަދި އަވަހަށް އެގަނޑުކޮޅު އޭނަގެ ފޮތެއްގެ ތެރައެށް ލިޔެވެ.”އޭ ރެހާން ހިނގަދާން ގެއަށް ދާން މިހާރު މަމި  ނޯޓްސްތަށް ނަނގާމިނިމުނީ””އޭ ޒިވީ ހާދައަވަހަކަށް”އިވީ ޒިވިއޭ ކިޔާ އޭނައަށް ގޮވުމުން ޒިވިޔާން ވަރަށް އުފާވިއެވެ.ޒިވިޔާން މަވަރަކަށް ބަލާހެން ހީވެގެން އިވީ ޒިވިޔާން އަށް ސޮރީ ބުންޔެވެ.”އޯކޭ ޒިވީ ކިޔަސް ޔުއާ މައި ފުރެންޑް އެއްނު..ސޯ އޯކޭ،ނޯ ވަރީސް”އެހެންބުނުމަށް ފަހު ޒިވިޔާން ހިނިތުންވެލިއެވެ.”ހިނގަ ދާން ތި ދެމީހުން ތިރިއަށް ދައްތަ ދެންމެ އެ މެސެޖް ކުރީ ކާން އަންނާށޭ ކިޔާ””އާން ވަރަށް އަވަހަށް މިއަންނަނީ އަސްރު ނަމާދު ކޮށްގެން އިނގޭ””އިވީ މަޑުކުރާނަން ތިމީހުން އަންނަންދެން”އެހެންބުނުމަށް ފަހު ތިން މީހުންއެކީ ތިރިއަށް ފޭބިއެވެ.ޒިވިޔާން އާއި ރެހާން ދިޔައީ އެގެ ކައިރީ ހުރި މިސްކިތަކަށްށެވެ.އިވީ ދިޔައީ އަވްނީ އަށް ވާހަކަ ދަށްކާށެވެ.

# 6 ވަނަ ބައި

އިވީ އަވްނީ ހޯދަން އަވްނީގެ ކޮޓަރިއަށް ދިޔައެވެ.ދިޔައިރު އަވްނީ ހުރީ އިނގިރޭސި ލަވަ “ސެއްވެޖް ލަވް” ކިޔާ ލަވައަށް ނަށާށެވެ.

އަވްނީ އަބަދުވެސް ހިތްނުތަނަވަސްވެ ރުޅިއަންނައިރު ކުރާ ކަމަކީ ނެޝުމެވެ.އިވީ އަށް ވެސް ކޮންމެވެސް ކަމެއް ވެއްޖެކަން އިނގުނެވެ.ނަމަވެސް އިތުރަށް އަވްނީ ކައިރީ ސުވާލު ކުރަން ނުހެދީ އަވްނީ ނުބުނާނެކަން އިނގޭތިއެވެ.އެހެންކަމުން އިވީ ވިސްނީ އަވްނީ އަށް ފަހުން ވާހަކަ ދަށްކާށެވެ.”އަވް ހިނގަދާން ސައިބޯން މިހާރު ދައްތަ އެބަހުރި ސައި ހަދާފަ،އެކަމް ފެންވަރައިގެންދޭ އަންނަން އިވީވެސް މިދަނީ ފެންވަރައިލަން،،”އަވްނީ ވަކި އެއްޗެއް ނުބުނެ ހަމައެކަނި ބޯޖަހައިލީއެވެ.އިވީވެސް އިތުރަށް މަޑު ނުކޮށް ދިޔައީ އޭނާގެ ކޮޓަރިއަށެވެ.ކޮޓަރިއަށް ވަތް ގޮތަސް އިވީ އޭނާގެ ތުވާލި ހިފައިގެން ވަނީ ފާހަނައަށެވެ.އަދި ވަރަށް އަވަސްކޮށްލައިގެން ނުކުތެވެ.ގައިން ފެންހިއްކުމަށްފަހު ރީތި ނޫކުލައިގެ ޓޫލިޕް ޓޮޕް އަކާއި ހުދުކުލައިގެ ޕުލެޒޯއެއް ލިޔެވެ.އަދި އޭނާގެ އެދިގު ބުލޮންޑް ކުލައިގެ އިސްތަށިގަނޑު ހެޔާ ޑުރައިއާއިން ހިތްކަލުމަށް ފަހު ރީތި ގޮތަކަށް ބޮލުގައި ކުލިޕްއެއް ޖަހާލިއެވެ.އަދި ނިންމާލުމުގެ ކުރިން ގަޔަށް ގުޑްގާލް ސެންޓުފުޅިން ސެންޓުކޮޅެއް ގަޔަށް ބުރުވާލިއެވެ.އަދި އަވަސް ކޮށްލައިގެން ދިޔައީ އަވްނީ ކޮބާތޯއެވެ.އަވްނީމެން ކޮޓަރި ދޮރުގެ ތަޅުގަ ނުހިފެނިސް އަވްނީ އެކޮޓަރި ދޮރު ހުޅުވާލިއެވެ.އަވްނީ ހުރީ ގަދަ ނޫކުލައިގެ ކޯލްޑް ޝޯލްޑާރ ޓޮޕް އަކާއި މަޑު ނޫކުލައަކަށްދާ ސްކިނީއެކެވެ.އަވްނީ ނުކުތުމާއެކު އިވީ އަށްވެސް ބޭއިޙްތިޔާރުގައި ވާވްއޭ ބުނެލެވުނެވެ.

އަވްނީއާއި އިވީ ތިރިއަށް ދިޔައިރު ރެހާން އާއި ޒިވިޔާން އެގެތެރެއަށް ވަންނަނީއެވެ.4 މީހުން އެކީ ކާކޮޓަރި ތެރެއަށް ވަތްއިރުވެސް އެކަށްކުވެސް ވާހަކައެއް ނުދަށްކައެވެ.އަވްނީވެސް ހުރީ އޭނާގެ ފޯނާ ކުޅޭށެވެ.ރެހާން ވެސް އަވްނީއާ ދިމާ ބެލޭވަރުން ނުބަލަންވެގެން އޭނާގެ ފޯނުނަގައިގެން ކުޅެންފެށިއެވެ.ހަތަރު މީހުންވެސް އެކީ ގޮސް ގޮނޑިއެއްގައިނެވެ.އެންމެނަށް ވެސް މޭޒުމައްޗަށް ބަލައިލެވުނީ ދުވި މީރުވަހުންނެވެ.މޭޒުމަތި ވަނީ ކާއެއްޗެއްސުން ފުރާފައެވެ.ޕިއްޒާގެ ވެސް އެކި ވަށްތަރު ހަދާފައި ހުއްޓެވެ.ކާ މެޒުމަތި ފެނުމާއިއެކެ ޒިވިޔާން އަށް ފޮޓޯ ނުނަގަ ނުހުރެވުނެވެ.އެންމެން ވެސް ކާންފެއްޓެވެ. ކާންތިބި ހަތަރު ކުދިންނާދިމާލަށް ބަލަން އިން ޖޫން އިނީ ހިނިތުން ވެލައިގެނެވެ.4 މީހުންވެސް އެކީ ކައި ނިންމާއިލިއެވެ.އެންމެ ފުރަތަމަވެސް އެތަނުން ދިޔައީ އަވްނީއެވެ.ޒިވިޔާން އާއި ރެހާން ވެސް ޖޫން ހަދާފަ ހުރި ކާއެއްޗެއްސަށް ތައުރީފް ކޮށްލިއެވެ.އަދި ޝުކުރު އަދާ ކުރުމަށް ފަހު ދެމީހުންވެސް ދިޔައީ އަވަހަށް ގެޔަށް ދާށެވެ.އެދެމީހުން ދިޔުމުން އިވީ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އަދި ފޯނާ ޗާރޖެއް ޖަހާލައިފައި ނިދިއަންނާތީ އެރީ އެނދަށެވެ.ނަމަވެސް އެނދުގައި އޮވެ އޮވެވެސް އަވްނީއަކަށް ނިދޭގޮތެއް ނުވިއެވެ.

އަވްނީ އޮތީ ހިޔާލަކަށް ގެއްލިފައެވެ.އަވްނީގެ ވިސްނުމުގައި ވަނީ ޒެލީންގެ ހިޔާލު ތަކެވެ.އޭނާއާ އެއްކޮށް ހޭދަކުރި މަޖާ ވަގުތު ތަކެވެ.ޒެލީންއަކީ އަވްނީ އާއި އިވީގެ އެކުވެރިއެކެވެ. ތިންމީހުންވެސް އެކަކު އަނިކަކު ކައިރީ ހުރިހާ ވާހަކައެއްވެސް އަލިފުން ޔާއަށް ކިޔައިދޭނެއެވެ.ނަމަވެސް ޒެލީން އެއްބައި ވާހަކަތަށް އިވީ ކައިރީ ނުބުނެ އަވްނީ ކައިރީ ބުނެހަދަނީ އިވީ އަށް ވުރެ ބޮޑަށް އޭނާއަށް ޓުރަސްޓް ކުރެވޭ މީހަކަށް ހުރީ އަވްނީ ކަމަށް ވާތީއެވެ.އެހެންކަމުން ޒެލީންގެ ހަޔާތުގަވެސް ދިމާވި އެންމެ ބޮޑު ހާދިސާގެ ސިއްރު އިނގޭނެ މީހަކީވެސް ހަމަ އަވްނީ އެވެ.އެއީ ބަނަ ދުވަހެކެވެ.އެއީ އަވްނީގެ ހަޔާތުގައިވެސް ބިންވަޅު ނެގިފައިވާ ދުވަހެކެވެ.ޒެލީންގެ ހަޔާތް ބަރުބާދުވި ދުވަހެވެ. ޒެލީން ދިރިއުޅުމަށް ދެކުނު ހުވަފެންތަށް ފުނޑުފުނޑުވި ދުވަހެވެ.އަންހެން ކުއަޖެއްގެ އެންމެ އަގުބޮޑު އެއްޗަކަށްވާ އޭނާގެ އިއްފަތްތެރިކަން ނަގާލި ދުވަހެވެ.

ހިޔާލުތަކަށް ގެއްލިފައި އޮތްއަވްނީ އަށް ސިހުން ލިބުނީ އޭނާގެ ފޯނުން މަޣްރިބް ނަމާދަށް ބަންގި ގޮވި އަޑަށެވެ.ކަންނެއް ގޮތަކަށް ތެދުވެލައިގެން އަވްނީ ދިޔައީ ފާހަނަ އަށް ވުޟޫ ކުރާށެވެ.

—-ނުނިމޭ—-

ނޯޓް: އިންތިހާގެ 6 ވަނަ ބައި އަޕްލޯޑް ކުރުން ލަސްވި ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.އަޅުގަނޑު މިބައި އަޕް ކުރުން ލަސްކުރީ އީދު ޗުއަޓީއާއި ގުޅިގެންނެވެ.އެހެންކަމުން ދެން އަޅުގަނޑު ލަސްނުކޮށް ވާހަކަ އަޕްލޯޑް ކުރަމުން ދާނަމެވެ.ކިޔުންތެރިންނަށް މިބައިވެސް ރީތިވާނެކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ. އިންތިހާގެ 7 ވަނަ ބަޔަށްވެސް ކިޔުންތެރިން އިންތިޒާރު ކުރާނެ ކަމަށް އަޅުގަނޑު އުންމީދު ކުރާނަމެވެ.

#STAY HOME,STAY SAFE

=Thooba=

 

Share Article

Follow Me Written By

Thooba

Level 1

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ 2 – 24

Next

ހާދަހާ ލޯބިވޭ 12

Next
July 28, 2021

ހާދަހާ ލޯބިވޭ 12

Previews
July 28, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 24



All Right Reserved!