* “ޝީ އޮންލީ ސީސް މީ އޭސް އަ ފްރެންޑް ސޯ ޑޯންޓް މިޑިލް އިން ޔޫ ސްޓުޕިޑް ސްޕައި” ޒިޔާން އޭނާ ގެ ދޮންބޭ އާ ދިމާލަށް ބުނެލި އެވެ. *
“ޒިޔާން މަ މި އުޅެނީ ޔޫ އަށް ހެލްޕް އެއް ވެދޭން ބިކޯސް ޔޫ ޑޯންޓް ނޯ ހައު ޓު އެކްސްޕްރެސް ޔުއާ ފީލިންގްސް ޓު އަ ގާލް” ޒައިން އަނގައަށް ވައްތަރެއް ޖައްސާފައި ބުނެލި އެވެ. “އޭ މިހިރަ މޮޔަ ޔާ ކަލޭ އަށް ނޭނގެނީ ކަލޭގެ ފީލިންގްސް އެކްސްޕްރެސް ކުރަން” ޒިޔާން ހިތާ ހިތުން ބުނެލި އެވެ.
“ސޯ ބްރޯ ވަޓް ޑޫ ޔޫ ސޭ ޑޫ ވީ ހޭވް އަ ޑީލް” ޒައިން އުފަލުން ހުރެ ޒިޔާން ގާތުގައި އެހިއެވެ. ” ނޯ… ފުރަތަމަ އަމިއްލަ މީހާ ޖީއެފް އެއް ހޯދަބަލަ އެއަށްފަހު އެހެން މީހުންނަށް ހެލްޕް ވާން ހިޔަލުކޮށްބަ… ޔޫސް ލެސް ފެލޯ” ޒިޔާން ޖެއްސުން ކުރާ ރާގަކަށް ބުނެލި އެވެ.
“ޔޫސް ލެސް ފެލޯ!!ވޮޗް ޔުއާ މައުތް” ޒައިން ރުޅިއަރާފައި ހުރި ކަމަށް ހެދެމުން ބުނެލިއެވެ. “އޭ އަދި ހައްދަން ނެތިފައޭ މިހުރީ ޔޫ ނޯ ހަނާ ދޯ……. ޝީ އިޒް ކްރަށިން އޮން ޔޫ ދޮންބެ ގަނޑާ” ޒިޔާން އެހެން ބުނުމުން ޒައިން ގަނޑުވިއެވެ. “ހަލޯ ޑޫޑް…. ސްޓެޗޫމޭން އަށް ވީތަ” ޒިޔާން ބުނެލިއެވެ.
“ހަހް.. ނޯ” ޒައިން ހަމައެކަނި އެހެން ބުނެލުމަށް ފަހު ޒިޔާން ގެ ކޮޓަރިން ނިކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނުމަށް ފަހު ތަޅު ލިއެވެ. އަދި ވަރަށް ބާރަށް ބުނެލި އެވެ.
“ޔެސް ޔެސް ޔެސް ޔެސް ޔެސްސްސް…… އައި ކާންޓް ބިލީވް ދިސް” އެހެން ބުނުމަށް ފަހު ޒައިން އެދުނމަތީ ގައި އޮށޯނިއެވެ. އަދި ވަރަށް މަޑުމަޑުން ބުނެލި އެވެ. “އޯ ހަނާ.. ހާހް އައި ލަވް ޔޫ ޓޫ” ޒައިން އެހެން ބުނެލުމާ އެކު އޭނާގެ ލުވި ހުނުމުގެ އަޑު މުޅި ކޮތަރީގައި ގުގުމާލިއެވެ. ހަނާ ގެ ހިޔާލު ގައި އޮއްވާ ޒައިން އަށް ނިދުނެވެ.
އަނެއް ދުވަހު ހެނދުނު ޒައިން އަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ށެވެ. ތެދުވެ ފެންވަރައިގެން ދިޔައީ ފަތިސް ނަމާދު ކުރުމަށް ށެވެ. ނަމާދު ކުރުމަށް ފަހު އޭނާ ދިޔައީ ޒިޔާން އަށް ގޮވައި ލުމަށް ށެވެ.
“ޒިޔާން… ޒިޔާން އަވަހަށް ތެދުވޭ ” ޒައިން އުފަލުން ގޮސް ޒިޔާން ގެ ކޮނޑުގައި އަތް ޖައްސައިލައިފައި އޭނާ މަޑުމަޑުން ތަޅުވާން ފެށިއެވެ.” ހާދަހާ ރީއްޗަށް އެ ގޮވައިލީ އަނެއްކާ ކޮން ފަރާތަކުން އިރު އަރައިގެން އެ އުޅެނީ “ޒިޔާން ހިތަށް އެރި އެވެ. ޒިޔާން ހޭނުވުން ޒައިން ގޮސް ބަދިގެއަށް ވަނެވެ.
**************************
ޒިޔާން ކަންނެތް ގޮތަކަށް ގޮސް ފާހާނާ އަށް ވަދެ ފެންވަރާ ގެން ނިކުމެ ސްކޫލް ޔުނީފޯމް ލައިގެން ދިޔައީ ހެނދުނު ގެ ނާސްތާ ކުރުމަށް ށެވެ. ޒިޔާން އަށް ޒައިން ފެނިފައި ހުރީ ހައިރާން ވެފައެވެ. އޭނަ އެކަންޏެއް ނޫން އޭނާގެ މަންމަ ،ބައްޕަ އަދި ކޮއްކޮ ވެސް ހުރީ ހައިރާން ވެފައެވެ.
“އޭ ދޮންބޭ ސްލޯ ޑައުން… މިއަދު އެހެން ދުވަސް ތަކާ ހިލާފަށް އެހާ ހިތްހަމަ ޖެހިފައި އަނެއްކާ ކޮން ހުވަފެނެއް ބާ ރޭ ގައި ދޮންބެ އަށް ފެނުނީ” ޒިޔާން އެހެން ބުނުމުން ޒައިން ހީލި އެވެ. ހެނދުނު ގެ ނާސްތާ ނަގާ ނިމިގެން ޒައިން ހިގައިގަތީ ގޭގެ ދޮރާ ދިމާއަށް ށެވެ.
ޒިޔާން ވެސް ނާސްތާ ނަގައިގެން ސްކޫލް އަށް ދިޔުމަށް ޒައިން ގެ ފަހަތުން ދިޔައެވެ. އެ ދިޔަ މަގުމަތީގައި އޭނައާ ދިމާވީ އޭނާގެ ކުރީގެ ރަޙުމަތްތެރި އަކާ އެވެ. “ނިހާން!!” ޒިޔާން ހައިރާން ވެފައި ހުއްޓެވެ. “ޒިޔާން ލޯންގް ޓައިމް ނޯ ސީ…ހައު ޔަ ބީން” ނިހާން އުފަލުން ހުރެ ބުނެލި އެވެ. “އަވް ބީން ގުޑް” ޒިޔާން ބުނެލި އެވެ. އެވަގުތު ޒިޔާން އަށް އެލީޝާ ފެނުމުން އޭނާ ނިހާން ކައިރީގައި ބުނެލިއެވެ.” ދެން އަހަރެން މި ދަނީ ދާން ” ޒިޔާން އެހެން ބުނުމަށް ފަހު އެލީޝާ އާ ދިމާލަށް ދުއްވައި ގަތެވެ.
********************************
މިއަދު ފުރަތަމަ ގާޑިޔާ ޖެހިގެން އޮތް 2 ގަޑި ފްރީ ވުމުން އެންމެން ތިބީ އެކި ވާހަކައިގައެވެ. ޒިޔާން އޮތީ މޭޒުމަތީގައި ބޯޖަހައިހެންނެވެ. އެހެން އޮއްވާ ކުރީގައި ތިބި ދެކުދިން އެލީޝާ ގެ ނަން ކިޔުމުން ޒިޔާން އެމީހުން ނަށް ސަަމާލުކަންދިނެވެ.
” އޭ ކްލާހުގަ މި އުޅެނީ އެއްނު އެލީޝާ ދޯ………. އޭނަ ވަރަށް ހޮޓް ދޯ އަސްލު މަ ވަރަށް ބޭނުން އޭނާ މަގޭ ޖީއެފް އަކަށް ހަދަން އެކަމް އޭނާ ރިޖެޓް ކޮއްފާނެތީ މަ ބިރުގަންނަނީ” އެތާ އިން އެއްފިރިހެން ކުއްޖަކު ބުނުމުން އަނެއްފިރިހެން ކުއްޖާ ބުނެލިއެވެ.
” ކައޭ އަޑު އެހެންތަ ގްރޭޑް 8 އެލީޝާ ފިރިހެން ކުއްޖަކާ ރައްޓެހި ވީ ވާހަކަ” ” ނޫން ނާހަން ” އެ ފިރިހެން ކުއްޖާ ބުނެލިއެވެ.” ވީ ގޮތަކީ އޭނާ އެލީޝާ ޔޫސް ކުރީ ” އެ ފިރިހެން ކުއްޖާ އަނެއްކާވެސް ބުނެލިއެވެ.” ނައިކް ވަޓް އާ ޔޫ ސެއިން… ކޮންގޮތަކަށް އެލީޝާ ޔޫސް ކުރީ “” ކައިލާން ކޮން ދުނިޔޭއެއްގަތަ އުޅުނީ އަޑުއަހާ…………………..އޭނަ އެލީޝާ އެ ގޮތަށް ޔޫސް ކުރީ…. އަދި އިންގޭ ތަ އެލީޝާ ގެ ބައްޕަ އެއީ އޭނާގެ ދޮންބައްޕަ ” ނައިކް އެ ހުރިހާ އެއްޗެއް ކީއިރު ޒިޔާން ހުރީ ރުޅި އަރައިގެން ގޮސް އަމިއްލަ މީހާ ކޮންޓްރޯލް އިން ނެއްޓިފައެވެ. ޒިޔާން އެ ދިޔަގޮތަށް ގޮސް ނައިކް ގެ ގިރުވާނުގައި ހިފިއެވެ.
” އޭނަ ވެސް ހުންނާނެ ފީލިންގްސް ،ކަލޭ ބަލާ ގޮތުން އޭނަ އަކީ ރޮބޮޓެއް ނޫނީ ކަލޭ ގެންގުޅޭ އަޅެއްތަ. ނޫން އޭނައާ ކީ މި ކްލާސް ގައި ތިބޭ އެހެން ކުދިން ފަދައިން މި ކުލާހުގައި ހުރި ކުއްޖެއް “. ޒިޔާން އެހެން ބުނުމަށް ފަހު ނައިކް ގެ މޫނު ގައި ގޮށްމުއްޓި އަކުން ޖެހެއެވެ.
“އޭ… ޒިޔާން އަށް ކޮން ބާރެއް ތި އަރަނީ… ޔޫ އާ ކިޔާފަކާ އަހަރެމެން އެއް ނުދައްކަމެއްނު” ކައިލާން ޒިޔާން ގެ ޔުނީފޯމްގެ ގިރުވާނުގައި ހިފައިގެން ބުނެލިއެވެ. “އެކަމަކު ތި ދައްކަނީ އެލީޝާ އޭ ކިޔާ ފައި ދެން ކޮން ބާރެއްތަ ތިއަރަނީ” ނައިކް ބިންމަތިން ތެދުވަމުން ބުނެލި އެވެ. “އެލީޝާ އަކީ އަހަރެންގެ…ރައްޓެސް އެއް” ޒިޔާން ބުނެލި އެވެ.
“އޭން…. އެލީޝާ އެ ތެދެއް “ކުލާހުގެ ހުރިހާ ކުދިން އެލީޝާ އާ ދިމާލަށް ބާލާފައި ބުނެލި އެވެ.” ޔާރ އެއީ ތެދެއް “އެލީޝާ އިސް ދަށަށް ޖަހާ ފައި ހުރެ ބުނެލި އެވެ.” ކައިލާން… އޭނަ ހިފަހައްޓާ…. އަހަރެން ގެ މޫނުގައި ޖެހި މައްޗަށް އޭނަ އަށް އޭގެ ބަދަލުގައި “ނައިކް ބުނެލިއެވެ. އެހެން ބުނެފައި 3 މީހުން ވެސް އެރީ ފައިޓް އަކަށްށެވެ.
ބެލް ޖެހުމާ އެކު ޒައިން އެކުލާހަށް ދާން ހިނގާ ގޮތެވެ. އޭނާ ގޮސް ކްލާސް ދޮރުން ވަންނަން ދިޔަ އިރު އެތާން ކައިރީގައި ހުރީ ހަނާ އެވެ.” މިތާ ކީއްތަ މި ވަނީ “ހަނާ ގެ ކޮނޑުގައި މަޑުމަޑުން އަތް ޖައްސައިލައިފައި ބުނެލި އެވެ.
ހަނާ ގައިގައި މީހަކު އަތް ޖައްސައިލިހެން ހީވުމުން އޭނާ ފަހަތަށް އެނބުރުނު އިރު ޒައިން އިނީ އޭނައާ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ހަނާގެ ހިތުގެ ވިންދު އަވަސް ވަންވެށިއެވެ . އަދި ދެ މީހުން އެކަކު އަނެކަކަށް ދިމާލަށް ބަލަން އެތައް އިރެއް ވަންދެންހުރެވުނެވެ.
❤️–ނުނިމޭ–❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
