Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢާއިލާ ރޫޅުމުގެ ނަތީޖާ ( ހަގީގީ ކުރުވާހަކަ )

MaayaMayyu Level 1
July 1, 2021 2 Mins Read
2 Comments

އަހަރެންގެ ބައްޕަ އަހަރެންގެ މަންމަ ވަރިކޮށްފިއެވެ. އަދި ވަކިވެގެން ހިނގައްޖެއެވެ. މި ހިސާބުން އަދި ނިމުނީކީއެއްނޫނެވެ. މި ވަކިވުމަށްފަހު އަހަރެންގެ މަންމަ އެހެން ކައިވެންޏެއް އަގުދުކޮށްފިއެވެ. އަދި އަހަރެންގެ ބައްޕަ އެހެން އަންބެއް ހޯދައިފިއެވެ. އަހަރެންނަށް މިވީ ގޮތަކީތޯއެވެ. އަހަރެން މިވީ އެދެ މީހުންގެ ދެމެދުގައި ދެކޮޅަށް ދެމެވޭ ބޭކާރު ކުއްޖަކަށެވެ. ދެކަމެއްގެ ދެމެދުގައިވާ ފޮންޏަކީ ހިއްޗޭ ބުނެއުޅޭ މިސާލުގައެވެ. އަހަރެންގެ ބައްޕަގެ ކައިރީގައި ދޮންމަންމަގެ ވަކިތަކެވެ. އަދި އަހަރެންގެ މަންމަގެ ކައިރީގައި ދޮންބައްޕައެވެ. ރުޅިވެރިކަމުން އޭނާގެ ފޭރާދަތްތައް ފާޅުވެފައި ނުހުންނަ ވަގުތެއް ނުދެއެވެ. އަނެއްކޮޅުން ބަލާއިރު އަހަރެންނަކީ އެދެމީހުންގެ ކައިރީގައި އަބަދުމެ ހުންނަ އަދި އަބަދުމެ އެދެމީހުންކުރެ އެކަކު ކައިރީގައިވެސް ނުހުންނަ ކުއްޖަކަށް ވެއްޖައިމެވެ. މިބުނީ އަހަރެންނަކީ އަރަތަކަށްވީ ވާހަކައެވެ. ވުޖޫދުގައިވާ އެކަމަކު ނުވާ ކުއްޖަކަށް ވެއްޖައިމެވެ. ޢާއިލީ މި ހަމަނުޖެހުންތަކާ ދެ ޢާއިލާގެ އަޅާނުލުމުގެ ސަބަބުން އަހަރެންގެ މަގު އަހަރެންނަށް އޮޅިއްޖެއެވެ. ނުބައި އެކުވެރިންނާ ގުޅެވިއްޖެއެވެ. ތަފާތު ކުއްތަކާ ފާފަ ތަކުގެ ޝިކާރައަކަށްވެ މަސްތުވާންވެސް ދަސްކޮށްފީމެވެ. އެދެމީހުންގެ ފުށުން މަހްރޫމްވެފައިވާ ހިންހަމަޖެހުމާ ލޯތްބާއި އަޅާލުމުގެ ބަދަލުގައި މި ނުބައި އެކުވެރިންގެ ކިބައިން އުފާތަކާއި ހިންހަމަޖެހުންތަކެއް ހޯދަން ފަށައިފީމެވެ. އެއީ ﷲ އަށްޓަކައި އުފެދިފައިވާ ލޯތްބާއި އެކުވެރިކަމެއް ނޫންކަން ޤަބޫލު ކުރަމެވެ. އަދި އެއީ އެމީހުންގެ އަމިއްލަ އެދުންތަކާ ފައިދާއައް ބަހައްޓާ ގާތްކަމެއްކަންވެސް އަހަރެންނަށް އެނގެއެވެ. އަހަރެންގެ ހުރިހާ ވަގުތެއްހެން ހޭދަކުރަމުންދަނީ އެނުބައި އެކުވެރިންނާ އެކުގައެވެ. ކެއުމާއި ބުއިމުގައެވެ. އަދި މަސްތުވެސް ވުމުގައެވެ. އަހަރެންގެ ބައްޕަ ކޮންތާކުތޯ ތި އުޅެނީ އަހައިފިނަމަ އަހަރެން އުޅުނީ މަންމަގެ ކައިރީގައޭ ބުނަމެވެ. އަދި މަންމަ ސުވާލުކޮށްފިނަމަ ބައްޕަ ކައިރީގައޭ ބުނަމެވެ. އެކަމަކު އެތަނުން އެކަކު ކައިރީގައިވެސް އަހަރެން ނެތީމެވެ. އަދި އެދެމީހުންގެ ކައިރީގައި އަހަރެން ހުރިންކަމަށް ބުނަމެވެ. މީ މަސްތުވާތަކެއްޗާ މަގުގެއްލުމުގައި އަހަރެން ހޭދަކުރަމުންދިޔަ ދިރިއުޅުމެވެ. އެކަމަކު އަހަރެންގެ ހަޔާތް އަމާންކަމުގެ ބަނދަރަކާއި ހަމައަށް ވާސިލްވީ ކިހިނެއްތޯއެވެ. އެއީ މުޅިން އެހެން ވާހަކަ އެކެވެ. އެ ވާހަކަ މިހާރު މިކިޔާދެނީއެވެ. އެއްރެއެއްގެ ރޭގަނޑު ނުހަނު ދަންވެފައި ވަނިކޮށް ބޯތަށް އެކިފަރާތް ފަރާތަށް ހޫރަމުން މަސްތުވާތަކެތީގައި ޝިކާރަވަމުންދަނީއެވެ. އެޔަށްފަހު ބުރެއްޖަހާލުމަށް އަހަރެމެން ކާރުގައި ނިކުމެއްޖައިމެވެ. ކާރުގައި ތިބީ އަހަރެމެން ހަތަރު ޝައިތާނުންނެވެ. ކުއްލިއަކަށް ކާރު ފުރޮޅާލައިފިއެވެ. އެތަށް ބުރެއް އެޅުމަށްފަހު ކާރު މަޑުވެއްޖެއެވެ. އަހަރެންގެ ތިން އެކުވެރިންކުރެ އެކަކުވެސް ސަލާމަތެއް ނުވިއެވެ. ﷲ ގެ ރަޙްމަތުން ސަލާމަތްވީ ހަމައެކަނި އަހަރެންނެވެ. އަހަރެންނަށް ހޭވެރިވީއިރު އޮތީ ހޮސްޕިޓަލުގައެވެ. އައިސީޔޫގައެވެ. މަރާއި ދިރުމާއި ދެމެދުގެ ހާލެއްގައި 10 ދުވަސް ހޮސްޕިޓަލުގައި ހޭދަކުރީމެވެ. އަހަރެންގެ މި ހޭއެރުން ވެގެންދިޔައީ އަލުން އާ ޙަޔާތަކަށް ދިރުން ކަމުގައެވެ. އަހަރެންގެ އިޙްސާސްތައް މަރުވުމަށްފަހު އަލުން އީމާންވެވުނު ކަހަލައެވެ. އަހަރެންގެ އިޙްސާސްތައް މަރުވުމަށްފަހު އަލުން އީމާންވެވުނުކަން ކަށަވަރެވެ. ﷲ ގެ ޙަޟުރަތަށް އިސްތިޣުފާރުކޮށް ޙަމްދުސަނާ ކިޔާޙާލު އެ އިލާހުގެ ޙަޟްރަތަށް ކުއްތަންވެއްޖައީމެވެ. އެހެނީ އެއިލާހީ ދެ މަރުން އަހަރެން ސަލާމަތްކުރެއްވި އިލާޙެވެ. އެއީ ކާރުގެ އެކްސިޑެންޓްގެ މަރާއި ޑްރަގްގެ ނުބައި ކަމުގެ މަރުންނެވެ. ހޮސްޕިޓަލުން ހަމަ ވަގުތުން އަހަރެން ނުކުމެގެން ދިޔައީ މިސްކިތަށެވެ. އަހަރެންނަކީ މާޒީގައި ނަމާދުކޮށް އުޅުނު މީހަކީމެއްނޫނެވެ. ޤުރުއާން ކިޔަވާ އުޅުނު މީހަކީމެއްވެސް ނޫނެވެ. ޖަލުގައި ހައްޔަރުވުމުގެ ބަދަލުގައި މިސްކިތަށް ވަދެވުނީތީ ﷲއަށް އަހަރެން ޙަމްދުކުރީމެވެ. ލަވަތަކާ ފިލްމުތައް ފިޔަވާ މިއަދު އަހަރެންގެ އެންމެ ގާތް އެކުވެރިޔަކީ ޤުރުއާނާއި ދީނީ ދަރުސްތަކެވެ. މީ އަހަރެންގެ ޙަޔާތުގެ ވާހަކަ ވަރަށް ކުރުކޮށެވެ. އަހަރެންގެ އަޙުންކަމުގައިވާ ޒުވާނުން ނަށް ނަސޭޙަތްތެރިވެ އިންޒާރުކުރަން އޮތީ ނުބައި އެކުވެރިންނާ ދުރުހެލިވުމަށެވެ. އެއީ އޯގާތެރިކަމުގެ ލިބާހެއް ލައިގެންތިބޭ މަކަރުވެރި ބައެކެވެ. އެމީހުންގެ ވާހަކަތަކަކީ މާމުތަށްވުރެ ފޮނި އެއްޗެކެވެ. އެކަމަކު އެމީހުންގެ ހިތްތަކަކީ ހިޔަޅުގެ ހިތް ފަދަ އެއްޗެކެވެ. އަދި މަސްތުވާތަކެއްޗާ ދުރުހެލިވުމަށް އަހަރެން ނަސޭޙަތްތެރިވަމެވެ. އެއީ ހުރިހާ ނުބައިކަމެއްގެ އަސްލެވެ. އަހަރެންގެ ވާހަކަ ނިންމާލަމުން އެންމެހާ މައިންބަފައިންނަށް ނަސޭޙަތްތެރިވެ އާދޭސްކުރަމެވެ. ލޮބުވެތި މައިންބަފައިން… ތިޔަބައިމީހުންގެ ކައިވެނިތައް ރޫޅާނުލާށެވެ. ޢާއިލާތައް ވަކިކޮށްނުލާށެވެ. އެކަމުގެ ސަބަބުން ޝިކާރަވެގެންދާނީ އަހަރެން ފަދައިން ތިޔަބޭފުޅުންގެ ލޮބުވެތި ދަރީންތަކެވެ. އިހުމާލުވެވޭނީ އެކުދިންނާމެދުއެވެ. މަގު ގެއްލިގެންދާނީ އެކުދިންނަށެވެ. އަނބުރާ ހޭރިއާކުރެވޭނީ ﷲ ރަޙްމަތްލެއްވި ދަރިއަކަށެވެ.

( ނިމުނީ )

Share Article

Follow Me Written By

MaayaMayyu

Level 1

Sadness bullying ??

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަސްވަނަ ބައި)

Next

ނަފްރަތުން ލޯތްބައް… 7

Next
July 1, 2021

ނަފްރަތުން ލޯތްބައް… 7

Previews
July 1, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަސްވަނަ ބައި)

2 Comments!

  1. Nafu says:
    July 1, 2021 at 9:41 pm

    vr rythi iburaiiitheri vaahaka eh.. maasha allah. hope to see another story from u soon..

  2. MaayaMayyu says:
    July 2, 2021 at 3:43 pm

    Thank youuu nafu…your stories are beautiful two..thank youu story kiyaaleethee..?
    Insha Allah I will write new storys adhi..?

Comments are closed.



All Right Reserved!