Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އިންތިހާ-2

Thooba Level 1
June 17, 2021 2 Mins Read
1 Comment

ކުރީގެ އެޕިސޯޑުގެ ތެރެއިން…

އަވްނީ ކުލާހަށް ވަންއިރު ލެކްޗަރާ ކުލާހަކަށް ނާދެއެވެ.އަވްނީ އަވަހަށް ގޮސް ފަހަތު ސީޓުން ގޮނޑިއެއްގަ އިނެވެ. ….އިރުކޮޅެއް ނުވަނީސް އިވީވެސް އައިސް އަވްނީ ކައިރީގަ އިން   މޭޒުކައިރީ އިން ގޮނޑީގައި އިނެވެ. އަވްނީއަށް ދެން ފެނުނީ ކުލާސް ދޮރުމަތީގަ ހުރި ފިރިހެން ކުއްޖައެވެ.

——2 ވަނަ އެޕިސޯޑް——

އެކުއްޖާ ފެނުމުން އަވްނީ ވަރަށް ފޫހިގޮތެއް މޫނަށް ހާދަލިޔެވެ.”އެއީ އަލަށް އައި ދެކުދިންދޯ” ކައިރީގައި އިން  އިވީ އަވްނީ ކައިރީ އެއްސޭ . “ނޭންގެ މަށަށް ކިހިނެއްތަ އިނގޭނީ “”އޭއި،އޭއި! ހާދަރުޅިއެއް  ތިއަންނަނީ ،މިއަދުވެސް އެތަނުން ކުއްޖެކޭ އަވް ވެއްޓެން އުޅެނިކޮށް ސަލާމަތް ކުރީވެސް…އެކަމަކު ވެސް އަވް އައީ ތެންކިޔޫ ވެސް ނުބުނެ””މަށެއް ނުބުނަން ދޯ އޭނަ ކައިރިއަކު މަހިފަހަށްޓާށެކޭވެސް…ޖަސްޓް ޑޯންޓް ޓޯކް އެބައުޓް ދެޓް އެކްސިޑެންޓް،އެންޑް ޕުލީސް ދެން އެ ފިރިހެން ކުއްޖާގެ ވާހަކަ ވެސް އަވް ކައިރީ ނުދައްކާތި،..ޕުލީސް””އޯކޭ ފައިން”

އަވްނީއަށް އުމުރުން 19 އަހަރުވީ އިރުވެސް އަވްނީ ފިރިހެން ކުއްޖަކާ ވާހަކަ ދަށްކައިފައި ނުވެއެވެ.އަވްނީ އަކީ ފިރިހެން ކުދިން ދެކެ ނަފްރަތު ކުރާ ކުއްޖެކެވެ.އުމުރުން 13 އަހަރުގައި އޭނާގެ އެންމެ ގާއި އެކުވެރިޔާ އަށް ދިމާވި އެ ބިރުވެރި ހާދިސާ އަވްނީ އަދިވެސް ހަނދާން އެބަހުއްޓެވެ.އާއެކޭ އަވްނީގެ އަދި އެއް އެކުވެރި އަކު ހުރެއެވެ.އިވީ އަށް ވުރެވެސް އެ ކުއްޖާ އަވްނީ އަށް ގާތްވާނެއެވެ.އަދި ހަމަ އެހާވެސް ދެމީހުން ވަށްތަރުވެސް ވާނެއެވެ.އެދެމީހުން އެކީ އެއްވަށްތަރެއްގެ އެއްޗެހި ލައިގެން އެމީހުން މަންމަ ކައިރިޔަށް ދިޔަޔަސް އޮޅޭނެއެވެ.

“އަވް ލެކްޗަރާ!””ކައިރީގައި އިން އިވީ ގޮވާފަ މަޑުމަޑުން ލެކްޗަރާ އައި ވާހަކަ ބުނުމުން ހިޔާލުތަކަކަށް ގެއްލިފައި އިން އަވްނީ އަށް ސިހުމެއް ލިބުނެވެ.ނަމަވެސް އެކަން ނުދަށްކާ އަވްނީ ކޮޅަށް ތެދުވީ ލެކްޗަރާ ސަލާމް ގޮވާލުމުންނެވެ.ލެކްޗަރާ ސަލާމް ގޮވުމަށް ފަހު އިށިންނަން ބުނުމުން ހުރިހާ ކުދިން ވެސް އިށިންނެވެ.ލެކްޗަރާ ދެން ގޮވާލީ ދެ ފިރިހެން ކުދިންނަށް އޭނާ ކައިރިއަށް އައުމަށެވެ.އެދެކުދިން ވަރަށް މަޑުމަޑުން އައިސް ލެކްޗަރާ ކައިރީ މަޑުކުރީ ކުޑަކުޑަ ކުއްޖެއް ފަދައިންނެވެ.އެދެކުދިން މަޑުކުރުމުން ލެކްޗަރާ ހުރިހާ ކުދިންނަށް ވާހަކަ ދަށްކަން ފެށިއެވެ.”ކުދިން،މި ދެކުދިންނަކީ މި ކޮލެޖަށް އަލަށް ވަތް ދެކުދިން،މިކުދިން އެއުޅެނީ އެކުދިންގެ އިންޓުރޮޑަކްޝަން އެއް ދޭން! ސޯ އައި ރިކުއެސްޓް ޔޫ އޯލްޓު ލިސެންޓު ދެމް”ހެލޯ ފުރެންޑްސް އައިއެމް ޒިވިޔާން،އައިއެމް ފުރޮމް މޯލްޑިވްސް.އައި ވިލްބީ  ވެރީ ފުރެންޑުލީ ވިތް އޯލް އޮފް ޔޫ.އައި ހޮޕް ޔު އޯލް ވިލްބީ ހެޕީ ޓު ސީމީ ހިޔާ ……”ކުޑަކުޑަ އިންޓުރޮޑަކްޝަން އަށް ފަހު ޒިވިޔާން އެތާ ހުރި އަނެއް ކުއްޖާއަށް ފުރުސަތު ދިނެވެ.”ހެލޯ ފުރެންޑްސް،މައި ނޭމް އިސް ރެހާން، އައިއެމް ފުރޮމް މޯލްޑިވްސް ޓޫ،އައިއެމް ހިޔާ ބިކޯޒް އައި ވޯންޓް ޓު ސުޓަޑީ މޯ……..”ރެހާން ވެސް ރެހާންގެ އިންޓުރޮޑަކްޝަން ދީ ނިންމާލިއެވެ.އެކުދިންގެ އިންޓުރޮޑަކްޝަން އަޑު ނާހަން ވެގެން އަވްނީ އިނީ ހެޑްސެޓް ޖަހައިގެން ލަވައެއް އަޑުއަހަންށެވެ.ރެހާންގެ ލޮލުގައި އަޅައިގަތީ އެހެން ދުނިޔެއަކަށް ގެއްލިފައިން އަވްނީ އެވެ.   އަވްނީއާ ދިމާލަށް ރެހާން ބެލިވަގުތަކީ އަވްނީވެސް އެދިމާލަށް ބެލި ވަގުތެވެ.ދެމީހުންގެ ހަތަރު ކަޅި ހަމަވި ވަގުތު އަވްނީ ރެހާން އާ ދިމާލަށް ލޯއަޅާލިއެވެ.އަދި އެހެން ދިމާލަކަށް މޫނު އަނބުރާލިއެވެ.

އެދެކުދިން އިންޓުރޮޑަކްޝާން ނިމުމުން އެކުދިން ގޮސް އިނީ އެކުދިންގެ ގޮނޑީގައެވެ.ލެކްޗަރާ ކިޔަވައިދޭން ފެށުމުން ހުރިހާ ކުދިންވެސް ކުރަން ހުރި މަސައްކަތް ތަށް ބަހަށްޓައިފައި އަޑުއަހަންފެޓެވެ.ނަމަވެސް ރެހާން އިނީ މުޅިން އެހެން ދުނިޔެއެއްގައެވެ.މިހާރު އޭނާ އަށް އަބަދު ބެލެނީ އެރީތި ސޫރައަށްށެވެ.އަވްނީގެ ސޫރައަށެވެ.އަވްނީއަށް ވެސް މިހާރު ރެހާން މާގިނައިން ބަލާ ކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.ނަމަވެސް އޭނާ ވަކި ކުރާނީ ކީއްހޭ ؟ .އެއީ އެހެން މީހެއްގެ ލޮލެކެވެ.އޭނާ ކިތަށްމެ ރުޅިއަޔަސް އޭނައަކަށް ރެހާންގެ ލޮލެއް ބަންދެއް ނުކުރެވޭނެއެއް ނޫންހޭ!

އެހެން ފަހަރަކު ގަޑިއެއް ނިމެމުން ގޮސް މިއަދުގެ ފަހު ގަޑި ވެސް ނިމުނީއެވެ.އަވްނީ ހުރީ ބޭގް ޕެކް ކުރަންށެވް. ކުލާހުގައި މިހާރު ހުރީ އޭނާ އާއި ރެހާން އެވެ .އެދެމީހުންނަށްވެސް އެކަމެއް ރޭކާއެއް ނުލިއެވެ.އިވީވެސް ދިޔައީ ބޭގު ޕެކްކޮށް ނިމުނީމަ އަވަހަސް އަންނާށޭ ކިޔާފައެވެ.އަދި އޭނާ ކާރުގައި މިމަޑުކުރަނީ ކަމަށް ބުނެފައެވެ.އަވްނީ ވެސް ދަބަސް ޕެކްކޮށް ނިންމާފައި ދާން ހިނގައިގެން ވަގުތު ކައިރިގައި އިން ގޮނޑި ދަމައިފަ އިނުމުން އެގޮނޑީގައި އަޅައިގަނެގެން އޭނާ ވެއްޓޭން ދިޔައެވެ.ވެއްޓޭންދިޔަ އަވްނީއަކަށް ކޮންޓުރޯލް އެއް ނުކުރެވުނެވެ.އަވްނީ ޖެހުނީ އެދިމާލުން ލާފައި ފޯނާ ކުޅެމުން ކުލާހުން ނިކުންނަން ދިޔަ ރެހާން ގައިގައެވެ.ނަމަވެސް ރެހާން ނުވިސްނާ ހުރުމުގެ ސަބަބުން ދެމީހުން ބިންމައްޗަށް ވެއްޓުނީ އެކީއެވެ.ވެއްޓުނު ވަގުތު އަވްނީ ފުރަތަމަ ބިއްމަތީގަޖެހުނެވެ.ރެހާން ޖެހުނީ އަވްނީގެ ގައިގައެވެ.ބިރުން ހުރި އަވްނީ ވަރަށް ބާރަށް  ރެހާން ގައިގައި ބައްދާލިއެވެ.ރެހާންއަށް އަށް އަވްނީގެ މޫނު ވަރަށް ރީޗަށް ފެނުނެވެ.ރެހާން އަށް ކުރުވީ ދުލުން ބަޔާންކުރަން ނޭނގޭފަދަ އިހުސާސްތަކެކެވެ.ނަމަވެސް ލޯމަރާ ބާރު ކޮށްގެން ހުރި އަވްނީއަކަށް އެއީ އަދި ކާކުކަމެއްވެސް ނޭނގެއެވެ.

–ނުނިމޭ–

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Thooba

Level 1

Other Articles

Previous

ކޮމެޑީ ލޭންޑް 13

Next

އޭލިޔަން ސިލްސިލާ 2 – 5

Next
June 18, 2021

އޭލިޔަން ސިލްސިލާ 2 – 5

Previews
June 17, 2021

ކޮމެޑީ ލޭންޑް 13

One Comment

  1. Princess says:
    June 19, 2021 at 11:57 am

    V reethi Masha Allah ❣️

Comments are closed.

Next Episodeއިންތިހާ -2←


All Right Reserved!