Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އިންތިހާ

Thooba Level 1
June 15, 2021 2 Mins Read
7 Comments

“އަވްނީ އަވަހަށް އާދެބަލަ މިހާރު ވެސް އެއޮށް ކޮލެޖު ގަޑި ޖެހެނީ.” “ކީކޭ އިވީ !” “އަޅޭ އަވް،އަވް ކޮންމެ ރެއަކު ތިއޮންނަނީ ސީރީސް ބަލަން 3،4 ޖަހަންދެން… އެކަމަކު ދެން އަވް އެހާ ލަހުން ނިދާފަ ވެސް ކޮލެޖަށް ދާން ގޮވީމަ ހޭލަން ރަނގަޅު ދޯ ،އަވް އަށް އެނގޭ ދޯ ގަޑިޖެހިގެން ދަންޔާމު ލެކްޗަރާ އަނިއްކާ ލެކްޗަރު ދޭން ފަށާނެކަން…މިހާރު އަވް އާ ހެދި އިވްގެ ގަޑި ވެސް އެޖެހެނީ …”އަޅޭ އިވް އެލެކްޗަރާ ހުރެދާނެ އެއްނު ހަޅޭ ލަވަ ލަވާ،އައި ރިއަލީ ޑޯންޓް ކެޔާ،އޭނަގެ ކަމަކީ އަބަދުވެސް މީހުންނަށް ލެކްޗަރު ދިނުން…އެނީވޭ ހިނގަދާން   …ދައްތާ ޑުރައިވާރ ކޮބާ” “ޑުރައިވާ އެހުރީ ތިކުދިން ނައިސްގެން..،ނުކައިތަ ދަނީ ދެކުދިން” “ލައްބަ ދައްތާ މި އަވްގެ ނިދި ބަރު ކަމުން ވެސް ވާނި މިހެން” ދިޔައީއޭ…”

އަވްނީ އަކީ ހަމުގެ ކުލަ އާދައާ ހިލާފަށް އަލި ކުއްޖެކެވެ. އަވްނީގެ އެރީތި މަޑު މުށި ކުލައިގެ އިސްތަށިގަންޑާއި އޭނާ އަށް ލިބިފައިވާ އެ ނޫކުލައިގެ ކަޅި އަކީ އޭނާ އެންމެ ތަފަތު ކަމަށް ދަށްކާ އެއް ސިފަތަކެވެ.އަވްނީގެ އެސިފަތަކުން އޭނާ ބޮޑަށް ވަށްތަރީ އެމެރިކާ ހިސާބުގެ ކުއްޖަކާއެވެ.އިވީ އަކީ ވެސް ހަމުގެ ކުލަ އަލި،ބުލޮންޑް ކުލައިގެ އިސްތަށިގަނޑަކާއި މުށި ކުލައިގެ ކަޅި އެއް ލިބިފައި ވަކުއްޖެކެވެ.އެދެކުދިންނަކީ ރާއްޖެދެކުދިންނޭވެސް މީހަކު ނުބުނާނެއެވެ.ހަމަ އެހަވެސް ތަފަތެވެ.އެދެކުދިން ނަކީ ގުރީސްގައި ކުޑައިރުންސުރެ އުޅެމުން އަންނަ ކުދިންނެވެ.އެދެކުދިން އެކީގައި އުޅޭ އިރު ރަހުމަތް ތެރިންނަސް ވުރެ ބޮޑަށް ވަށްތަރުވާނީވެސް ދެބެންނަށް ށެވެ.

ދެކުދިންގެވެސް މައިންބަފައިން ވަނީ ދިމާވި ނުރަށްކާތެރި ކާރު އެކްސިޑްންޓެއްގައި ނިޔާ ވެފައެވެ. އެ ހިތާމަވެރި ހާދިސާގައި ސަލާމައި ވީ ހަމައެކަނި މި ދެ އެކުވެރިންނެވެ.އޭގެ ފަހުން މިދެކުދިން ބޮޑުވަމުން އެއަން ނަނީ ދެކުދިންގެ މަންމަގެ ރަށްޓެއްސަކަށްވާ ގްރީސް އަށް ނިސްބައިތްވާ ޖޫން އާއި އޭނާގެ ފިރިމީހާ ކުރިސް ޓޮފާރ އެވެ.އެދެމަފިރިންނަކަށް ދަރިންނެއް ނުލިބެއެވެ.އެ ދެމަފިރިން އެ ކުދިން ބަލަމުން އަންނަނީ އަމިއްލަ ދަރިން ފަދައިން ނެވެ.އެ އާއިލާއަކީ ފުދުންތެރި އާއިލާއަކަށް ވާތީ ދެކުދިންނަށް ވެސް ބޭނުންވާ ހުރިހާސާމާނެއް ވެސް އެއްވެސް އުނދޮގުލަކާ ނުލާ ލިބެއެވެ.

“އަވް މަޑުކޮށްބަލަ..” ކާރުން ފޭބި ގޮތަށް ދުށްވާގަން އަވްނީ ޖެހުނީ އެދިމާލަށް އައި ފިރިހެން ކުއްޖެއް ގައިގައެވެ.އަވްނީ ނުބަލާ ހުއްޓާ ޖެހުމުން އަރިއަޅައިގެން ވެއްޓެން ދިޔައެވެ.ނަމަވެސް ވެއްޓޭން ދިޔަ އަވްނީ ހިފެހެއްޓީ އެފިރިހެން ކުއްޖާ އެވެ.އަވްނީ ހުރީ ލޯމަރައިގެންނެވެ.ނަމަވެސް ސިކުންތެއްވެސް ނުވަނީސް އެލޯ ހޯޅުވިއެވެ.ލޯ ހޮޅުވި ގަޑީ ފެނުނީ ފިރިހެންކުއްޖެކެވެ.އެކުއްޖާ ހުރީ ސީދާ އަވްނީގެ ދެލޮލަށް ބަލަންށެވެ.އަވްނީއަށް އުންދޮގުވިއެވެ،އަދި ވަރަށް ރުޅިވެސް އައެވެ.ނަމަވެސް އެއްޗެކޭ ނުބުނެ އަވަހަށް ދުވެފައި ދިޔައީ ކުލާހަށް ށެވެ.އަވްނީ އަކީ ފިރިހެން ކުދިން ދެކެ ވަރަށް ރުޅި އަންނަ ކުއްޖެކެވެ.އަވްނީ ދުއްވައިގަތްތަން ބަލަން އާޝޯހް ވެފައި އެ ފިރިހެން ކުއްޖާ ހުށްޓޭ….”އުހުމް….”ކައިރީގައި ހުރި އޭނާ ގެ އެކުވެރި ޒިވްޔާން ކަރުކެހިލި އަޑު އިވުމުން އެފިރިހެން ކުއްޖައަށް ހަމަބިމަށް އާދެވުނެވެ.”ރެހާން ކައެ އަށް އަލަށްތަ ތިއުޅެނީ އަންހެން ކުއްޖެއް ފެނިގެން..” “ތެންކިޔޫ” އެދެމީހުން ވާހަކައިގައި ހުއްޓާ އެތަނަށް އައިސް މަޑުކުރި އިވީ ފެނުނީ އަދު ކިރިޔާއެވެ. ދެމީހުންވެސް ހުރީ ވާނުވާގައެވެ.”މީ އަވް ސަލާމަތްކޮށްދިނީމަ ތެންކިޔޫއޭ”ރެހާންއަށް އެބުނި އެތި ސާފު ވެގެން އެނީ ޓައިމްއޭ ބުނި އެވެ.ކައިރިގައި ހުރި ޒިވްޔަން ހުރީ އަނގަހުޅުވައިގެން އިވީ ދިޔަދިމާލަށް ބަލާށެވެ.

“އޭ ކަލޯ އެހާ ރީތި ކުދިންވެސް އުޅޭތަ ހަމަ” “ހަހަ ޔާން އަށް ވެސް ތިވީ ހަމަ މަށަށް ވީވަރެއްނު” “ދެން އެހާ ރީތި ކުދިން އުޅެންޔާ ނުބަލަ ހުރެވޭނެތަ””ހޫމް ދެން ހިނގަދާން ގަޑި ޖެހެން އެންމެ   މިނެޓެއް އިނީ ވެސް މިހާރު،އަނިއްކާ މިއަދުމީ ކޮލެޖަށް އައި އެންމެ ފުރަތަމަ ދުވަސްވެސް.. އެހެންވީމަ  ހިނގަދާނ ގަޑިނުޖެހެނިސް….”  އަވްނީ ކުލާހަށް ވަންއިރު ލެކްޗަރާ ކުލާހަކަށް ނާދެއެވެ.އަވްނީ އަވަހަށް ގޮސް ފަހަތު ސީޓުން ގޮނޑިއެއްގަ އިނޭ    ….އިރުކޮޅެއް ނުވަނީސް އިވީވެސް އައިސް އަވްނީ ކައިރީގަ އިން މޭޒުކައިރީ އިން ގޮނޑީގައި އިނެވެ. އަވްނީއަށް ދެން ފެނުނީ ކުލާސް ދޮރުމަތީގަ ހުރި ފިރިހެން ކުއްޖައެވެ.

–ނުނިމޭ–

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Thooba

Level 1

Other Articles

Previous

ޕޯޝަން – 1

Next

ނަފްރަތަކީ ލޯބީގެ ފެށުން 4

Next
June 15, 2021

ނަފްރަތަކީ ލޯބީގެ ފެށުން 4

Previews
June 15, 2021

ޕޯޝަން – 1

7 Comments!

  1. Thooba says:
    June 16, 2021 at 2:42 am

    mivaahaka reethi vaane kamah unmeedhu kurame…mivaahakaige 2 vana episode ves varah avahah kiyuntherinnah kiyanlibeyne iraadhukurehviyaa…inthizaaru kohlavaa!!

  2. hokage says:
    June 16, 2021 at 3:05 am

    VARAH REETHI WOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOW!!!!!!!!!!!!!!!!!!!!!!!!! NICE

    1. Thooba says:
      June 17, 2021 at 1:06 am

      Thank u

  3. hokage says:
    June 16, 2021 at 3:06 am

    VARAH REETHI WOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOW!!!!!!!!!!!!!!!!!!!!!!!!! NICE HAHHA

  4. 10th_hokage says:
    June 16, 2021 at 5:21 pm

    Varah reeethi☺️☺️☺️☺️☺️☺️☺️☺️☺️☺️☺️ salhi

  5. hokage says:
    June 16, 2021 at 7:51 pm

    konirakun aneh bai

    1. Thooba says:
      June 17, 2021 at 1:09 am

      varah avahah kiyan libeyne……..

Comments are closed.

Next Episodeއިންތިހާ-2←


All Right Reserved!