Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

އެދުވަހު ނުގޮވި ނަމަ…

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
May 12, 2021 4 Mins Read
7 Comments

 

ހަތް ގަޑި ބައި ވީ އިރު ރަނާ ހުރީ ލޯގަނޑު ކުރިމަތީގަ އެވެ. އޭނާގެ ދޮން ވަށް މޫނުކޮޅު ގައި ލުއި މޭކަޕެއް ކޮށްލާފައި ވާއިރު އިސްތަށިގަނޑު މަޑު ފިޔާތޮށި ކުލައިގެ ބުރުގަލަކުން ވަނީ ނިވާ ކޮށްފައެވެ. އެތެރެއިން ހުދު ގަމީހެއް ލުމަށްފަހު ނޫކުލައިގެ ތުނި ޖެކެޓެއް ބޭރުން ލާފައި ހުރުމުން ފެށަނަށް ލޯބި ކުރާ ކުއްޖެއްކަން ހާމަ ވެއެވެ. ހަމަ އެ ކުލައިގެ ބެލްސެއް ތިރިން ލާފައި ހުރި އިރު އޭނާގެ ލޫޅާފަތި ހަށިގަނޑުގެ ބައްޓަން ރީތި ވަރަކަށް ހާމަ ވާން ހުއްޓެވެ. ގަޔަށް ސެންޓު ކޮޅެއް ބުރުވާލުމަށްފަހު އެނދުމަތީގައި އޮތް އަތް ދަބަސް ނަގައި ކޮނޑުގައި އަޅުވައިލަމުން ގެއިން ނުކުތުމަށް ރަނާ ހިނގައިގަތެވެ.

 

އޮފީސް ތެރެއަށް ވަދެގެން އައި އިރު ރަނާގެ ނަޒަރު ހުއްޓިފައިވީ މާ ދުރު ނޫން ހިސާބެއްގައި ހުރި އޭނާގެ މޭޒާ ދިމަލަށެވެ. އޭރު ދެތިން ފިރިހެން ކުއްޖެއްގެ ނަޒަރު ވެސް ވަނީ އޭނާ އަށް ހުއްޓިފައެވެ. ނަމަވެސް އެކަމަށް ރަނާގެ ފަރުވާލެއް ނެތެވެ. ގޮނޑީގައި އިށީނދެ އޭނާގެ މަސައްކަތަށް ސަމާލުކަން ދިނީ ހިތާ ހިތުން އެ ކުދިންނާއި ދިމާލަށް އެއްޗެތި ގޮވަމުންނެވެ. ބްރޭކް ގަޑި ޖެހުމުން ރަނާ އޮފީހުގެ ކެންޓީނާ ދިމާލަށް ހިނގައިގަތެވެ. ކެންޓީނުގެ ހުރިހާ މޭޒެއް ފުރިފައިވުމުން ރަނާ ބޭރަށް ދިއުމަށް ހިނގައިގަތެވެ. “އޭ އައިމިނަބީ… އާދެބަ މި ކޮޅަށް” އެއޮއް އެންމެންގެ ތެރެއިން ވެސް ރަނާ އަށް އަންހެން ކުއްޖެއްގެ އަޑު އިވުނެވެ. ފަސް އެނބުރި ބަލައިލި އިރު އޭނާގެ އެކުވެރި އާޝާ އޭނާ އާއި ދިމާލަށް ހަނާ އަޅަމުން ދިޔައެވެ. އެދިމާއަށް ރަނާ ދިޔައީ އެތަނުގައި ތިބި މީހުން ނޭންގޭ ޙާލު ގައެވެ. އާޝާ ކައިރީ އިށީންތަނުން ރަނާ އަށް އެ މޭޒު ދޮށުގައި އިން ރިއާޝް ފެނުނެވެ. އެއީ އޭނާ އެންމެ ނަފުރަތު ކުރާ މީހާ އެވެ. އޭނާ ފެނުނަސް ރަނާ ވަނީ ފާޑެއްގެ ފޫއްސެކެވެ. އަބަދު ލާނީ ގޮޅި ޖެހި ގަމީހެވެ. މުށި ކުލައިގެ ފަޓުލޫނު ނޫން އެހެން އެއްޗެއް ނުލާނެ އެވެ. އިސްތަށިގަނޑު މާކަނައެއް ހެން ކޮޅަށް ނަގާފައި ހުރުން އެއީ ރަނާ އެންމެ ރުޅިއަންނަ ކަމެވެ. މީހަކު ފެނުމުން ހީ ވެސް ނުލާނެ އެވެ. ވާހަކަ ދެއްކުން އެއީ އޭނާ އަށް ޙަރާމް ކަމަކީ ތޯއްޗެކެވެ. މިހެން ގޮސް އެތަށް ކަމެކެވެ. ރަނާ ހިތް ހަމަ ޖެހޭ އެއްވެސް ސިފަ އެއް އޭނާގެ ނެތެވެ. އާޝާ އެންމެ ގާތް ކޮށްލައިގެން ގެންގުޅޭ އެކުވެރިއަކަށް ރިއާޝް ވުން އެއީ ރަނާގެ ބަދުނަސީބެވެ. ބްރޭކް ގަޑި ނިމިގެން ދިއުމާއި އެކު ރަނާ އެތަނުން ނުކުމެގެން ދިޔަ އެވެ. ރިއާޝް ފެންނަ ހިސާބުގައި ހުންނަން ވެއްޖެއްޔާ އޭނާ ފޫހި ވެގެން ގޮސް މަރުވެދާނެ އެވެ.

 

އޮފީސް ނިންމާލުމަށްފަހު ގެއަށް އައި އިރު ރަނާ ހުރީ ބަނޑުހައި ވެގެން ގޮސް ހާންތި ވާ ވަރު ވެފައެވެ. އާޝާ އަށް ގުޅާ ލަމުން އެގެއަށް ކާ އެއްޗެއް ފޮނުވައި ދިނުމަށް އެދުނީ ކާ އެއްޗެއް ހެދޭ ވަރަށް ވުރެ ވަރުބަލި ވެފައި ހުރުމުންނެވެ. ދިހަ މިނެޓު ތެރޭ ފެންވަރައި ތާޒާ ވެލައި ގެން ނުކުމެ ސޯފާގައި އޭނާ އިށީންދެލީ އާޝާގެ ކެއުމަށް އިންތިޒާރު ކުރަމުން ނެވެ. މާ ގިނަ އިރެއް ނުވަނީސް ރަނގަބީލުގެ އަޑު އޭނާ އަށް އިވުނެވެ. އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ބޮޑު ހަރުވާޅެއް ލައިގެންދޮރު ހުޅުވަން ރަނާ ދިޔައީ އަންނާނީ އާޝާ ކަމަށް ހީ ކޮށެވެ. ނަމަވެސް ދޮރު ހުޅުވުމާއި އެކު ފެނިގެން ދިޔަ ސޫރައިން ރަނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިމަތީގައި  ކޮތަޅެއް ދިއް ކޮށްލައިގެން ހުރި ރިއާޝް ފެނި ރަނާގެ ހިތް އަވަސް ވިއެވެ. ލައިގެން ހުރި ހުދު ކުލައިގެ ހޫޑީ އާއި ކަޅު ކުލައިގެ ޓްރެކްޝޫޓު އެ ހަށިގަނޑާ ކިތަންމެ ހާ ވެސް ގުޅެއެވެ. އިސްތަށިގަނޑު ތަރުތީބެއް ނެތި ހޭވިފައި ވާ ގޮތުން އޮފީހުން ފެންނަ ރިއާޝް އާއި ހާސް ބައި ތަފާތެވެ. “އައްސަލާމު އަލައިކުމް… އޭޝް ބުނެގެން މީތި ޑެލިވަރ ކޮށްދޭން މިއައީ” ވާތް ފަރާތަށް ތުންފަތް ދަމާލަމުން ހިނިތުންވެލަމުން ރިއާޝް އެހެން ބުނި އިރު ފިރިހެންވަންތަ ކަމުގެ އިންތިހާއެވެ. ރަނާ އަށް ގަނޑު ވެފައި ބަލަން ހުރެވުނީއެވެ. މީ ހަމަ އެ ރިއާޝް ބާއެވެ. މާކަނާ ބޮލެއް ހެން މިހާރު ބޯ ނުހަދަނީ ކީއްވެ ބާ އެވެ. ގޮޅި ޖެހި ގަމީސް މަތިން އޭނާ ހަނދާން ނެތުނީ ބާއެވެ. މިއީ ރިއާޝް ޙަޔާތުގައިވެސް ހިނިތުން ވެލި ފުރަތަމަ ފަހަރު ބާއެވެ. އޭނާ ފަޓުލޫނު ނުލީ ކީއްވެ ބާއެވެ؟ “އަން” ޖަވާބު ނޭންގޭ އެތަށް ސުވާލު ތަކެއްގެ ތެރޭ ބޯ ގާނަމުން ދިޔަ ރަނާ އަށް ހޭވަރިކަން ވީ ރިއާޝް އޭނާ އަތަށް ކޮތަޅު ދިއްކޮށްލުމުންނެވެ. އަވަސް އަވަހަށް ކޮތަޅު ގައި ހިފަމުން ރަނާ ގޭގެ ދޮރު ޖެހީ ޝުކުރު އަދާ ކުރަން ވެސް ހަނދާން ނެތިފައި ހުރެއެވެ.

 

ދޮރު ޖެހި ގޮތަށް ރަނާ އަށް ދޮރުގައި ލައް ގަނެ ލެވުނެވެ. އޭނާގެ ހިތް ބާރު ބާރަށް ތެޅުމުން ދިޔަ އިރު މޭ މަތީގައި ވެސް އަތް އަޅާ ލެވުނެވެ. އެއާއިއެކު ކަމެއް ރޭކާލީ ފަދައިން ފުންމައިގެން ރަނާ އަށް ތެދުވެވުނެވެ. އޭނާ ހުރީ ބުރުގާ ނާޅާ ކަން ވެސް އެ އިނގުނީ އަދި ކިރިޔާ އެވެ. ހަށިގަނޑުގެ ބޮޑުބައެއް އޭނާ އަށް ރިއާޝްގެ ކުރިމަތީ ހާމަ ކޮށްލެވިއްޖެއެވެ. އަމިއްލަ ނަފްސާ ދޭތެރޭ އޭނާ މީހާ ފަރުވާ ކުޑަ ކޮށްލި މީ ފުރަތަމަ ފަހަރެވެ. އެ ޚިޔާލުތައް އެއްފަރާތް ކޮށްލަމުން ކާ އެއްޗެހި ނަގައި ކާން އޭނާ ފެށީ ރިއާޝްގެ ސޫރަ ހިތު ތެރޭ ބިންވަޅު ނަގަމުންނެވެ.

 

އަނެއް ދުވަހު ރަނާ އޮފީހަށް ވަދެގެން އައީ ރިއާޝް ދެކި ލުމަށް ކެތްތެރިކަން ކޮޅުން ލާފައިވާ ޙާލުގައެވެ. ރިއާޝް ފެނުމާއި އެކު އޭނާގެ ލޯ ރިއާޝް އާއި ކަސިޔާރު ނުވެއެވެ. އެހެންޏާ ނުފެންނަ އެތަށް ކަމެއް އޭނާ އަށް ރިއާޝްގެ ކިބައިން ފެންނަމުން ދިޔައެވެ. އެ ހިތް ހެޔޮ ހިނިތުންވުމެވެ. ގާތް އެކުވެރީންނާއި އެކު ސަކަރާތް ޖަހާ މަންޒަރެވެ. ތަރުތީބު ކަމެވެ. އޭނާ ބަލަން ހުރި ކަން ފާހަގަ ވެގެން ރިއާޝް އޭނާ އާއި ދިމާލަށް ބަލައިލާ ހިނިތުން ވެލި އެވެ. އެއާއިއެކު ރަނާ އަށް އިސަޖަހާލެވުނެވެ. މޫނު މައްޗަށް ވެރިވި ލަދުވެތި ހިނިތުންވުން ފޮރުވުމުގެ ގޮތުންނެވެ. އެހެން ނަމަވެސް ރިއާޝް އަށް އެ މަންޒަރު ރީތިކޮށް ފެނުނެވެ. އެދުވަހު ގެއަށް ދަންދެންވެސް ރަނާ ދިޔައީ ރިއާޝްގެ ކޮންމެ ޢަމަލެއް ބަލާ އޮޅުން ފިލުވަމުންނެވެ. އެ ކަން ރިއާޝް އަށް ވެސް އިނގެއެވެ.

 

އެ ދުވަހުގެ ފަހުން ކޮންމެ ދުވަހަކު ރަނާ އާޝާ މެން ގެއަށް ދެއެވެ. ރިއާޝް ވެސް ކޮންމެ ދުވަހަކު އެ ގެއަށް ދާތީ އެވެ. އެއާއިއެކު ރަނާ އަށް ރިއާޝްގެ އެތައް ކަމެއް ވަރަށް ގާތުން ފެނުނެވެ. ރިއާޝް އަކީ އޭނާ ހީ ކުރި ކަހަލަ މީހެއް ނޫނެވެ. އޯގާތެރި، މަޖާ، ހިތް ހެޔޮ މީހެކެވެ. މަޑު މަޑުން ނަމަ ވެސް ރަނާގެ ހިތުގައި ރިއާޝްގެ ނަން ލިޔެވެން ފަށައިފިއެވެ. އޭނާ ނުފެނި އެ ހިތަކަށް ހަމަ ޖެހުމެއް ނުލިބެއެވެ. ރިއާޝް އާއި ވާހަކަ ދައްކާ ނުލާ އޭނާގެ ދުވަސް ފުރިހަމަ ނުވެއެވެ. ރިއާޝްގެ ލޯބިވެރި އެއް ހުންނަ ކަން އިނގޭ އިރު ވެސް މެ އެވެ.

 

އޭރު ރިއާޝް ރައްޓެހި ވެގެން އުޅެނީ އޮފީހުގައި އުޅުނު ޒިދުނާ ނަމަކަށް ކިޔާ މީހަކާ އެވެ. އޭނާ އަކީ ދެ ފަހަރަކު މީހަކާ އިނދެ ވަރި ކޮށްފައި ވާ އަންހެނެކެވެ. ދެ ކުދިންގެ މަންމަ އެކެވެ. އޮފީހުން ނުކުމެގެން ދިޔަ ރަނާ ފެނި ރިއާޝް ރަނާ އަށް ގޮވިއެވެ. އެއާއިއެކު ފަސް އެނބުރި ބަލައިލި ރަނާ އަށް ހިނިތުން ވެލެވުނީ އޭނާ އާއި ދިމާލަށް އަންނަމުން ދިޔަ ރިއާޝް ފެނިފައެވެ. ރިއާޝްގެ ފިޔަވަޅު ތަށް ރަނާ އާއި ހަ ވަރަކަށް ފޫޓު ދުރުގައި ހުއްޓާ ހުއްޓެން މަޖުބޫރުވީ އޭނާގެ ލޯބިވެރިޔާ އައުމުން ނެވެ. ޒިދުނާ އައިސް ރިއާޝް ގާތު ކޮފީ އަކަށް ދިއުމަށް ދައުވަތު ދިނެވެ. އެއްވެސް ދެކޮޅު ހެދުމެއް ނެތި ރިއާޝް ރަނާ އަށް ބަލައިލުމަށް ފަހު ޒިދުނާ އާއި އެކު ދިޔަ އެވެ. ރަނާގެ ހިތަށް ހީވީ އެތަށް ހާސް ހަންޖަރު ތަކެއް އައިސް ހެރުނު ހެންނެވެ. ރިއާޝް އަށް ގޮވަން ވީ ބާއެވެ. އޭރަށް އޭނާ އަންނާނެ ބާއެވެ. ރިއާޝް ވާނީ ހަމަ އެކަނި އޭނާގެ ޙައްޤަކަށް ބާއެވެ. މީ އެވަގުތު ރަނާގެ ހިތުގައި ވީ ސުވާލު ތަކެވެ. “ރިއާޝް…” އެ ނަން ކިތަންމެ މަޑުން ރަނާގެ ދުލުން ބޭރުވި ނަމަވެސް އެ އަޑު ރިއާޝް އަށް އިވުނެވެ. ޒިދުނާ ހިފަހައްޓައިގެން ހުރި އަތް ފޮޅުވާލަމުން ދުވެފައި ރިއާޝް އައިސް ރަނާ އުފުއްލާލި އެވެ. “އައި ލަވް ޔޫ…” މުޅި މާހައުލަށް އިވޭ ވަރަށް ހަޅޭއްލަވައި ގަންނަމުން ރިއާޝް އޭނާގެ ހިތުގެ ޙާލު  ރަނާ އަށް ހާމަ ކުރި އެވެ.

 

**********************

 

މިއަދު ރިއާޝް އަކީ ރަނާގެ ވަފާތެރި ފިރިމީހާ އެވެ. ލޯބި އަންހެން ކުއްޖެއްގެ ބައްޕަ އެކެވެ. އެދުވަހު ރަނާ ރިއާޝް އަށް ނުގޮވި ނަމަ މިއަދު ރަނާ އަކަށް ރިއާޝް އެއް ނުލިބުނީހެވެ. އެދުވަހު ރަނާ ރިއާޝް އަށް ނުގޮވި ނަމަ މިއަދު ރިއާޝް އަދި ރަނާ އަށް ވެސް އުފަލެއް ނެތެވެ. “އަދި އެއް ފަހަރު ގޮވާލަ ބަލަ… އޭރަށް ދުވަހަކުވެސް ދުރަކަށް ނުދާނަން” ކުޑަ ދަރިފުޅު އުރާލައިގެން ހުރި ރަނާ ގައިގާ ފަހަތުން އައިސް ބައްދާލަމުން ރިއާޝް ބުންޏެވެ. “ރިއާޝް… އައި ލަވް ޔޫ” ރިއާޝްގެ މޭ މަތީ ބޯ އަޅާލަމުން ރަނާ ބުނެލި އެވެ.

 

(ނިމުނީ)

 

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

އެކުއްޖާ 2 – 32

Next

ކޮމެޑީ ލޭންޑް 7

Next
May 12, 2021

ކޮމެޑީ ލޭންޑް 7

Previews
May 12, 2021

އެކުއްޖާ 2 – 32

7 Comments!

  1. ?Ril? says:
    May 12, 2021 at 10:24 pm

    Wow vrh Sali mi stry ingeyy❤️❤️❤️
    Same cover dhw demeehun Lee hehehe ❤️❤️❤️❤️❤️❤️???
    Btw riaash raanaa ufulaali than vrh majaa vrh romantic ingey❤️❤️❤️
    Keep it up ❤️❤️
    Waiting for a new stry ❤️❤️❤️
    Lysssmm ❤️❤️❤️
    Eid Mubarak ❤️
    Stay safe❤️❤️ and take care ❤️❤️

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 13, 2021 at 11:12 am

      Thank u Riloooo. ❤️❤️❤️
      Yh same cover dhw??? Eid v ma thwcheh ?ihthifaag ihthifaag
      Awwnnnnn Ahahaha dhw… Reesh ah vx v hevunu ?
      Lyssmmmmmmmm
      Myssssssmmmmm
      EID MUBAARAK
      SS

  2. Nayaa Nayaa says:
    May 13, 2021 at 3:15 pm

    laaiiiiiiii… aash brw thr mi ulhenii… eyy manjee ma mi dhanii naira kairi bunan aash brw cheat kuranii ey… bunan V thr? ekam dhen brw vx thikahala kanthah kuraakah nuvaanu.. heyo nuvaane… ma dhaanan miadhu naira men geyah.. gossa bunaanan aash brw mathin handhaan nahthaalaashey… ekamu dhen….. naira ah ehn hadhaakah nuvaanennu brw…
    eyyy vvvvvvvvvvvvvvvv habbu ingey mi stry vx.. dhn kon irakun kuru vhk eh.. manjege kuru vhk thah eii hama magey favs… ehaavx salhi
    eid mubaarak koyaa.. anekkaa manje ah eid libeythr 😉
    ss nd tc
    bye bye

  3. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    May 13, 2021 at 8:32 pm

    Helloww Nayaa Binthu Ahmed saakiru ibnu ah sahyyidhu ????
    Hmmm Aash brw mi ulhenee… Koyaa bungnas nubungnas Magey faruvaaleh nei… Mashakah faidhaa Eh adhi gehllumeh vx nulibeyne ????

    Pis hamajehey hamajehey… Rameeee hamajehey!!!
    Ranaa eh mihaaraku nethey… Anehkka Aash brw ah kartik kanthah ingihjjehyyaa o.. Hama e soru vx dheravaanehnnu… Kartik men enmen e heekuranee naira maru v kamah… Ekm emanjje Aash brw fahathun dhuvanee….
    Hmmm Shukuru Shukuru… Ma Mihaaru kandaelhi faa Vaa thaavalehgge gothun konme comedy land ge show akaa ekee kureh mi genes Dhenee ?
    Ey eid ey mee… Kula kolheh jahaalamaa ?????????????❤️?❤️❤️?❤️???????❤️????❤️?❤️?❤️?????????❤️????????❤️
    Ey yaash dhonbe aehnnu miadhu mikolhah… Ais Reesh mn dhemeehun nagaafa huri photo thah fonuvan thr?
    https://www.google.com/imgres?imgurl=https%3A%2F%2Fi.pinimg.com%2Foriginals%2F3a%2F06%2Fc3%2F3a06c3cd4960e74392e796899b06b033.jpg&imgrefurl=https%3A%2F%2Fwww.pinterest.com%2Fpin%2F599330662923591043%2F&docid=MdXoboksUs4DWM&tbnid=t7bZ0Zr0-7cOJM&vet=1&source=sh%2Fx%2Fim
    Salhi dhw

    1. Nayaa Nayaa says:
      May 14, 2021 at 3:58 pm

      laaaiiiiiiiiii… eyy ma nulaa gossa kula jahaigen dhw thi ulheny… brww mashah vx biteh hoadhadheebalaa manje mashaa ekkoh naiimennu kula klheykahvx… huh vrh foohivey… eyy ekm vx pic vrh salhi ingey… haha lol.. ekam yaash dhonbe mihaaru haadha fala ey… manje balabala e sorah maa miirukoh kakkaafa kaan dhey miihaku vx huredhaanennu bangalore ga… hama vedhaane gothehge vhk mi bunaniii… eyyy dhonbe ah magey salaam… aash be ah vx… buney ma bungney vrh miss veyey

  4. zahuu says:
    May 14, 2021 at 11:59 am

    Wow this short stry is beautiful??♥️❤️ Masha Allah??? nd waiting 4 another beautiful stry♥️❤️
    Lyssmm?♥️❤️
    Stay safe ♥️❤️ nd take care??

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 14, 2021 at 7:36 pm

      Hii zahu… Thank U sooo much ❤️ ❤️ ❤️
      Lym
      TC
      SS ?

Comments are closed.



All Right Reserved!