ލޯބިވާ ކޮއްކޮ – 2
ކުރީގެ އެޕިސޯޑުގެ ތެރެއިން….
“ސައިރާ ، ޝައިނާ އާދޭ މަންމަ އާ އެއްކޮށް ނަމާދު ކުރަން . ” ސައިރާ އަށް އޭނާގެ މަންމަ ޝިއުނާ ނަމާދަށް ގޮވިކަން އެނގުމުން ޓީވީ ނިއްވާލާފަ ދިޔައީ އަވަހަށް ނަމާދު ކުރާށެވެ . ޝިއުނާ އަކީ ވެސް ނަމާދު ކުރާ އަޙުލާގު ރަނގަޅު މީހެކެވެ . ޝިއުނާ ވެސް މިހާރު ޝައިނާ އަށް އެތަށް ފަހަރެއްގެ މަތިން ވިސްނަދީފިއެވެ.
2 ވަނަ އެޕިސޯޑު
ރޭގަނޑު 8 ޖެހީއެވެ.ޝައިނާ އާއި ސައިރާ އިނީ އެމީހުންގެ މަންމައާ ބައްޕައާ އެއްކޮށް ރޭގަނޑު ކާންށެވެ.”ޝައިނާ ދަރިފުޅު ބުނީމެއްނު ސައިންސް އޭ ކިޔަވަން ބޭނުމީ އެހެންވެ ބައްޕަ އާ އެއްކޮށް ދަރިފުޅު ހަފްތާއެއް ފަހުން ފުރަން ރެޑީ ވައްޗޭ މާލެ ދާން.”ކާން އިން ވަގުތު ފޫހިވެފައިން ޝައިނާ ޝައުގުވެރިވީ އޭނާގެ ބައްޕަ ފެށި ވާހަކައަކުންނެވެ.އެއީ އޭނާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެކެވެ.ސައިންސް ކިޔެވުމެވެ.މިއަދު އޭނާގެ ހުވަފެނަށް ނިމުން އައިސްފިއެވެ.”އާން ބައްޕާ އަޅުގަނޑު ރެޑީ ވާނަން
“ޝައިނާ އިނީ އުފަލުން ފޮޅިފައެވެ.ސައިރާ އިނީ ދެރަވެ މާޔޫސް ވެފައެވެ.އޭނާގެ ދޮންތަ އޭނާއާ ދުރަށް ދާތީއެވެ.ރޭގަނޑުގެ ކެޔުން ނިންމާ އެންމެން ކޮޓަރިއަށް ދިޔައެވެ.ސައިރާ އިނީ އަދިވެސް މާޔޫސް ވެފައެވެ.ޝައިނާ އަށް އެކަން ފާހަގަ ކުރެވުނެވެ.”ސައި ކީއްވެފަ ތީންދީ”ޝައިނާ އެހެން ބުނުމާ އެކު ސައިރާ އައިސް ޝައިނާގެ ގައިގައި ބައްދާލާފަ ވަރަށް ބާރަށް ރޯންފެށިއެވެ.”ދޮންތާ ދޮންތަ ކޮއްކޮ ދޫކޮއްފަ ކީއްވެ ތިދަނީ،ކޮއްކޮ ވަރަށް ދެރަވާނެ ޕުލީސް ނުދޭބަ””ސައ ދޮންތަ އަންނާނަން ވަރަށް އަވަހަށް،ދޮންތަ އެކޮޅުނަ އަންނައިރު ސައި އަށް ސައި ފޭވުރިޓް ޗޮކުލެޓުވެސް ގެނެސްދޭނަމެވެ.ސައި ނުރޮއްޗޭ،ދެރަ ނުވައްޗޭ!””އާން އޯކޭ ދޮންތަ ދިޔަޔަސް އެކަމް ސައި އަށް ކޮންމެ ދުވަހަކު ގުޅައްޗޭ!”
“އާން ސައި، ދޮންތި ސައި އަށް ކޮންމެ ދުވަހަކުވެސް ގުޅާނަން.ސައި ސައި އަށް އިނގެއެއްނު ދޮންތަ ސައި އާ ކިތައްމެ ދުރެއްގަ ހުއްޓަކަސް ސައިގެ ތި ހިތުގަ ދޮންތަ އަބަދުވެސް ހުންނާނެކަން.”ދެރަވެފައިން ސައިރާ ކުޑަކޮށް ވެސް ހިތްހަމަޖެހުނީ އޭނާގެ ދޮންތަ އޭނާއާ ކޮންމެ ދުވަހަކު ގުޅާނަމޭ ބުނުމުންނެވެ.ނަމަވެސް އޭނާގެ ހިތުގަ އެއްކޮޅުގައި ބިރުވެރިކަމެއްވެސް ވެއެވެ.ވާނީވެސް އެހެންނެއް ނޫންހެވެ.ސައިރާ އަށް އެނގެއެވް.ދުނިޔެމީ ވަގުތީ ތަނެއްކަން،މީހެއްގެ މަރު އެމީހަކާ ބައްދަލު ވާނީ ކޮންއިރަކު ކޮންތާކު ހުއްޓާކަމެއްވެސް ނޭންގެއެވެ.
އަނިއްދުވަހުގެ ހެނދުނުގެ ނާސްތާ އަށް ފަހު ސައިރާ އާއި ޝައިނާ ދިޔައީ އެކީގައި މަޖާ ވަގުތުތަކެއް ހޭދަކުރަމުންނެވެ.މިހާރު ޝައިނާ މާލެ ފުރަން ހަތަރު ދުވަހަށް ވެފައިވުމުން ދެމީހުންވެސް ބޭނުންވީ އެދުވަސް ކޮޅު އެކީގައި ކުޅެ މަޖާ ކޮށް ވަގުތު ހޭދަކުރާށެވެ.މިހެން ދުވަސްތައް ފާއިތު ވަމުން ގޮސް ފުރާ ދުވަސް އައިސް ޖެހިއްޖެއެވެ.ޝއިނާ ހުރީ އެއްދުވަސް ކުރިން ފޮށިތަކާ އެއްޗެހި ޕެކް ކޮށްފައެވެ.މިއަދު ހަވީރު ފުރަން އޮތުމުން މެންދުރު ކެއީ އެންމެންވެސް ބޭރުންނެވެ.ކައި ނިންމައިގެން އެންނެން އަވަހަށް ގެއަށް އައީ އަވަހަށް ރެޑީވާން ޝައިނާ ބޭނުންވީމައެވެ.”ދޮންތާ ބައްޕަ ބުނީ އަވަހަށް އަންނާށޯ ދާން”ސައިރާ އައިސް ޝައިނާ އަށް ގޮވިއިރު،ސައިރާގެ އަޑުގައި ވަނީ މަޑު ތުރުތުރެއް އަޅައިފައެވެ.ސައިރާ އަށް ބަލާލާ ކޮންމެ މީހަަކަށް ވެސް އެނގޭނީ އޭނާއެހުރީ ވަރަށް ރޮވެފަކަމެވެ.ޝައިނާ އަށް ވެސް އެކަން ފާހަގަވެގެން އައިސް ސައިރާ ގައިގައި ވަރަށް ބާރަށް ބައްދައިލިއެވެ.”ސައި ނުރޮއްޗޭ،ދެރަ ނުވައްޗޭ، ޕުލީސް ދޮންތަ އަންނާނަން ވަރަށް އަވަހަށް ކޮއްކޮ ކައިރިއަށް”
އެގޮތުގައި ދެމީހުންއިރުކޮޅަކު ހުރުމަށް ފަހު ދިޔައީ ބައްޕަމެން ގޮވާތީއެވެ.ދިޔައިރު ބައްޕްމެން އުޅެނީ ލަސް ވެގެންނެވެ.”ދަރިފުޅު މެން ހާދަލަހަކުން،އަވަހަަށް ހިނގަދާން މިހާރު ލޯންޗުވެސް އައިއްސިޔޯ”
“ލައްބަ ބައްޕާ ހިންގާ ދާން”އެ ހަތަރު މީހުން އަތިރި މައްޗަށް ދިޔައިރު ލޯންޗު ހުރީ އެރަށު ފަޅަށް ޖައްސައިފައެވެ.ޝައިނާ އަވަހަށް ލޯންޗަށް އަރަން ދިޔައީ ފަހަތު ސީޓު ހޯދަންށެވެ.ޝައިނާ އަކީ ދަތުރު ކުރާއިރު ހޮޑުލާ ކުއްޖެކެވެ.އެހެންވެ ޝައިނާ އަބަދުވެސް ދަތުރު ކުރާއިރު އިންނަނީ ފަހަތު ސީޓުގައެވެ.ޝައިނާގެ ފަހަތުން އޭނާގެ ބައްޕަވެސް ދިޔައީ އަވަހަށް ލޯންޗަށް އަރަންށެވެ. ލޯންޗަށް އަރާފަ އިރުކޮޅެއް ނުވެ ލޯންޗު ނައްޓާލައިފިއެވެ.ލޯންޗުގައި 4 ވަރަކަށް ގަޑިއިރު ހޭދަކުރުމަށް ފަހު މާލެއަށް އާދެވުނީ ރޭގަނޑު 8 ޖަހާ ކައިރުއެވެ.ޝައިނާ ގެއަށް ދިޔަގޮތަށް ގޮސް އެންމެ ފުރަތަމަ ގުޅީ އޭނާގެ ކޮއްކޮއަށްށެވެ.ސައިރާ އަށް ގުޅުމާއެކު ލަހެއް ފަހެއް ނުވެ ފޯނުނަގައިފިއެވެ.
“ދޮންތާ މާލެ ދެވުނީތަ””ލައްބަ ހަމަ މާލެ އައިސް އެންމެ ފުރަތަމަ މި ގުޅީ ކޮއްކޮ އަށް””އަސްލުތަ ދޮންތާ،ކޮއްކޮ ވަރަށް މިސްވެ ދޮންތަ މަތިން”އެދެމީހުން ވާހަކައިގަ އިންދާ ރޭގަނޑު ގަޑިން 10 ޖަހަން އުޅެނީއެވެ.ޝައިނާ އަށް ގަޑިފެނުމުން އަވަހަށް ފެންވަރަން ދާންވެގެން ފޯނު ބޭއްވިއެވެ.”ސައި މިހާރު އެއޮށް 10 ޖަހަނީ ދޮންތަ ފެންވަރަން ވެސް ޖެހޭނެ،ބާވަނީ އިނގޭ މާދަން ގުޅާނަން”މިގޮތުގައި ދެމީހުން ކޮންމެ ދުވަހަކުވެސް ގުޅާ މަޖާ ވާހަކަ ދައްކާ ހަދައެވެ.
“ސައި ހިންގާ ދާން އަވަހަށް މިހާރު ދޮންތި މެން އަންނަން އުޅޭނެ””އާނަ މަންމީ ސައި ހަމަ ރެޑީއޭ މި މާބޮނޑި ރެޑީވާލެއް ލަހީއޭ … އާން މިހާރު މާބޮނޑި ވެސް ރެޑީ،ހިނގާދާން މަންމާ”މިއަދަކީ ސައިރާ ވަރަަށް އިންތިޒާރު ކުރި ދުވަހެކެވެ.މިއަދަކީ ސައިރާގެ ދޮންތަ ޝައިނާ މާލޭގަ 6 މަސް ކޮށްފަ ލިބުނު ޗުއްޓީގައި ރަށަށް އަންނަން ބުނި ދުވަހެވެ.ސައިރާ އާއި ސައިރާގެ މަންމަ ޝިއުނާ ދިޔައީ އެމީހުން ބާލަން އަތިރި މައްޗަށް ށެވެ.”ބައްޕާ މިހާރު އެއޮށް ރަށަށް އާދެވުނީ ދޯ””އާން ދަރިފުޅާ މިހާރު އެ އާދެވުނީ ”
“ސައި ކޮއްކި ވަރަށް އުފާވާނެ ދޮންތަ ފެނުނީމަ”ޝައިނާ އާއި ޝައިނާގެ ދޮންތަ ވާހަކައިގައި އިންދާ ލޯންޗު ރަށަށް ޖައްސައިފިއެވެ.”ބައްޕާ އެހެރަ އަންނަނީ ސައި ދުވެފަ””އާން ހިންގާ ދަރިފުޅާ ލޯންޗުން ފައިބަން”ލޯންޗުން ފައިބަން އުޅުނު ޝައިނާ އަށް ހަޅޭލަވައިގަނެވުނީ ފެނުނު މަންޒަރުންނެވެ.ހެވި ދިލިފަ ދުވަމުން އައި ސައިރާ އަށް ނުފެނުނީ އެދިމާލަށް އައި ޕިކަޕެވެ.ސައިރާ ނުބަލަ ދުވަމުން އަންނަނިކޮށް ޕިކަޕު ޖެހުނީ ޝައިނާ ގައިގައެވެ.އެ ޕިކަޕު ޖެހުނުލެއް ބާރުކަމުން ސައިރާ ދިޔައީ ވިއްސައިގެންނެވެ.އެ ޕިކަޕުގައި ޝިއުނާ ނުޖެހުނީ ވެސް ހަމަ ކިރިޔާއެވެ.އެމަންޒަރު ފެނިފައި ޝިއުނާވެސް ދުއްވައިގަތީ ސައިރާ ކައިރިއަށްށެވެ.ސައިރާ ބައްޕަ ވެސް ޝައިނާ ހަޅޭލެވި އަޑަށް އެދިމާލަށް ދިޔައީ ފޮށި ތަށް ވެސް އެއްލާލާފައެވެ.
އެންމެން ގޮސް އެތަނަށް ހުއްޓުން އިރު ސައިރާގެ މުޅި ގައި ވަނީ ލެއާ ތަތްތެޅިފައެވެ.ސައިރާ އޮތީ ވަރަށް ހާލު ދެރަވެފައެވެ.ޝައިނާ ގޮސް ސައިރާ ކައިރިީ އިށީންދެ ރޯންފެށިއެވެ.”ސައި ކޮއްކީ ކަމެއް ނުވާނެޔޭ ކޮއްކި އަކަށް ،ހިނގާދާން ހޮސްޕިޓަލަށް”
“ނޫން ދޮންތާ ދެން ނެތް ވަގުތެއް”ވަރަށް އުނދޮގުލުން ސައިރާ ބުނެލިއެވެ.”ނޫން ކޮއްކޮ ކޮއްކޮ އަކަށް ކަމެއް ނުވާނެޔޭ”ނޫން ދޮންތާ ދޮންތަ އަޑުއަހާބަ ކޮއްކޮ ކިޔާ އެއްޗެހި،ކޮއްކޮގެ ވަގުތު ހަމަވެއްޖެ މިހާރު ދެން ކޮއްކޮ އެއް ސަލާމަތެއް ނުވާނެ.. ދޮންތާ ކޮންމެ މީހެއްވެސް ދުނިޔެއަށް ފޮނުއްވާފައިމިވަނީ އިމްތިހާނަކަށް ދެން އެމީހެއް ވަގުތު ހަމަވުމުން އެމީހަކަށް ދުނޖޔެ ދޫކޮއްލަން ޖެހޭނީ ،…ދޮންތާ ދޮންތަ ކޮއްކޮ އަަށް ވަރަށް ބޮޑު ކަމެއް ކޮށް ދީބަ،ކޮއްކޮ ވަރަށް އުފާވާނެ ދޮންތަ ފަރުޟު ފަސް ނަމާދު ކޮށް،ޤުރުއާން ކިޔަވާ ކޮއްކޮގެ މައްޗަށް ހެޔޮދުއާ ކޮށްދީފިއްޔާ….އަދި ދޮންތާ ،ދޮންތަ އަށް އެނގެން ޖެހޭނެ ކޮންމެ މީހަކުވެސް މަރުވާނެ ކަން ، އެހެންވީމަ ދޮންތަ ޖިހޭނެ މަރަށް ބިރުވެތި ވާން…ދޮންތަ އަކަށް ނޭންގޭނެ މީހެއް މަރުވާނީ ކޮންއިރަކު ކޮންތާކު ހުއްޓާކަމެއްވެސް،ޕުލީސް ދޮންތާ ކޮއަކޮ މިދައްކާ ވާހަކަ އަޑުއަހައްޗޭ …އޭރުން ކޮއްކޮ މި ދުނިޔެ ދޫކޮއްފަ ދާއިރު ދެރަވާން ޖެހޭ އެއްކަމެއް ވެސް ނޯންނާނެއެވެ.ދޮންތާ ކޮންމެ މީހަކުވެސް ދުނިޔޭގަ އުޅެން ޖެހޭނީ ވަރަށް ރަނގަޅަށް…..ދޮންތާ ކޮއްކޮ ދޮންތަ ދެކެ ވަރަށް ލޯބިވެއެވެ…ދޮންތާ ކޮއްކޮ ދުނިޔޭގަ ނެތަސް ކޮއްކޮ އަށް އެނގޭ ދޮންތަގެ މި ހިތުގަ ކޮއްކޮ އަބަދުވެސް ވާނެކަން ،…ދޮންތާ،މަންމާ،ބައްޕާ ސައި ތި އެންމެން ދެކެވެސް ވަރަށް ލޯބިވެއެވެ.
“…… …. ..އެހިސާބަށް ބުނިތަނާ ސައިރާގެ ނިމުން އައިއްސިކަން އެންމެންނަށް ވެސް ެިނގުނެވެ.ޝައިނާ އިނީ ގަބުވެފައެވެ.އެހެން އިނުމަށް ފަހު އަންގައިން އެއްޗެކޭ ބުނިއެވެ.
“ކޮއްކޮ،ކޮއްކޮ ތި ދެއްކި ވާހަކަތަށް ދޮންތަ ވަރަށް ރަނގަޅަށް އަޑުއެހިން ،އިރާދުކުރެއްވިއްޔާ ކޮއްކޮ ބޭނުންވާ ކަހަލަ ދޮންތަޔަކަށް ދޮންތަ އިރާދުކުރެއްވިއްޔާ ވާނަން!…….
2 މަސް ކުދީގެ އެހިތާމަވެރި ހިޔާލުތަކުގައި އިންދާ ފަތިސް ނަމާދަށް ބަންގި ގޮވަނީއެވެ.ޝައިނާ އަވަހަށް ވުޟޫކޮށްލައިގެން ދިޔައީ ނަމާދަށް އަރާށެވެ.
މިހާރު ޝައިނާ އަކި ސައިރާ ބޭނުންވާފަދަ ދޮންތައެކެވެ.
ޝައިނާ އަކީ މިހާރު ތަޢުބާވެގެން ހުރި ރަނގަޅު ކުއްޖެކެވެ.ޝައިނާ ވެސް މީހާރު ހުންނަނީ ވަރަށް އުފަލުންނެވެ.މިހާރު އެގޭ އެންމެންވެސް ކޮންމެ ދުވަހަކުވެސް ކޮންމެ ނަމާދަކަށްފަހު ސައިރާ އަށްޓަކާ ހެޔޮ ދުޢާ ކުރެއެވެ.ސައިރާ ނަރުވިއެއްކަމަކު ސައިރާގެ ހަނދާންތަށް އެގޭ އެކަށްކުގެ ހިތަކުންވެސް ނުފިލައެވެ.
އަދި ވަކިން ޙާއްސަކޮށް ޝައިނާގެ ހިތުގައި ސައިރާގެ އެ ނަސޭހަތުގެ ބަސްތަށް އަބަދުވެސް ވެއެވެ.
–ނިމުނީ–
ނޯޓް : އަޅުގަނޑު މިވާހަކަ އަޕްލޯޑް ކުރުން ލަސްވި ކަމަށްޓަކާ ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެމެވެ.
މިވާހަކަ ކިޔުންތެރިންނަށް ރީތި ވާނެ ކަމަށް އުންމީދު ކުރަމެވެ.❤
