
ނޭދެން ވަކިވާކަށް 1
ކައިވެނީގެ ހުދު ހެދުމުގައި، ލޯގަނޑު ކުރިމަތީގައި ހުރި ރައިހާ ހީވަނީ ހޫރުޕަރީ އެއް ހެންނެވެ. ފަސް ބަޔަށް ބޮޑުކޮށް ހުރި ހެދުން ވަނީ ލޭސް ފޮތިންނާއި މިނާފުށް ތަކަކުން ޒީނަތްތެރި ކުރެވިފައެވެ. ލުއި މޭކަޕެއް ކުރެވިފައިވާ ރައިފާގެ ދޮން މޫނަށް ބޭނުންވަނީ ރީތި ހިނިތުންވުމެކެވެ. ލޯގަނޑުން އަމިއްލަ ސޫރަ އަށް ބަލަހައްޓައިގެން ހުރި ރައިހާގެ ހަނދާނަށް އައީ މީގެ މަހެއް ކުރިން ކަން ހިނގައިދިޔަ ގޮތެވެ.
*******************
އާދައިގެ މަތިން ރައިހާ އުފާވެރި ހިނިތުންވުމަކާއި އެކު ކޮލެޖު ނިމިގެން އައިސް ގެއައް ވަނެވެ. އަދި ސޯފާގައި އިށީންދެލައިގެން އިން ރައިހާގެ މަންމަ ހަލީމާ އަށް ހިނިތުންްވެލާފައި ގޮސް ކޮޓަރި އަށް ވަނެވެ. އިރުކޮޅެއްފަހުން ނޫ ކުލައިގެ ޓޮޕް ކޮޅަކާއި އަޅިކުލައިގެ ހަރުވާޅެއް ލައިގެން ނިކުތް ރައިހާ އަށް ހަލީމާގެ ނަޒަރު ހުއްޓުމާއި އެކު އޭނާގެ މޫނުމަތި މިލައިގެން ދިޔައެވެ. 20 އަހަރު ވަންދެން ލޯތްބާއި އަޅާލުން ދީގެން ބަލައި ބޮޑުކުރި ދަރިފުޅާއި ވަކިވާންޖެހޭ ދުވަސް އަންނަނީ އޭ ހީވަނީ އެވެ. ނަމަވެސް ރައިހާ އައިސް ކައިރީގައި ހުއްޓިލުމުން މޫނުމައްޗަށް ވެރިވި ނުތަނަވަސްކަން ފޮރުވާލަމުން ގަދަކަމުން ހިނިތުންވެލިއެވެ. ” ދަރިފުޅާ މަންމަ އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ” މަޑުމަޑުން ހަލީމާ ބުނެލި ގޮތުންވެސް ރައިހާ ކުޑަކޮށް ހައިރާން ވިއެވެ. ނަމަވެސް އެކަން ނުދައްކާ ހިނިތުން ވެލަމުން ހަލީމާގެ މޫނަށް ބަލައިލިއެވެ. ” ދަރިފުޅުވެސް މިހާރު ތިހުރީ ބޮޑު އަންހެނަކަށް ވެފަ، އަންހެން ކުދިން އެހާ ގިނަ ދުވަސް ކައިވެނި ނުކޮށް ހުންނާކަށް ނުވާނެ، ދަރިފުޅަށް ވެސް އިނގޭނެ މަންމަގެ އެންމެ ގާތް އެކުވެރިޔާ ރަހުމާ، ރަހުމާއްތަގެ ހުންނާނެ ދަރިފުޅާއި އެއް އުމުރެއްގެ ކުއްޖެއް އަކިޔާލް ކިޔާނީ، ރަހުމާއްތަ ވަނީ މަންމަ ކައިރިން ދަރިފުޅުގެ ކައިވެންޏަށް އެދިފަ، މަންމަ ދަރިފުޅަށް މަޖުބޫރެއް ނުކުރާނަން، އެކަމަކު މިރޭގެ ކުރިން މަންމަ ޖަވާބެއް ބޭނުން.” ހަލީމާ ވާހަކަ ދައްކައި ނިމުމުން ރައިހާ އިސްޖަހާލައިގެން ވިސްނުމެއްގައި އިނެވެ. މަންމަ ވަނީ އޭނާއަށްޓަކައި އެތައް ޤުރުބާނީތަކެއް ވެފައެވެ. މަންމަ އޭނާ އަށް ކޮށްދިން ކަންތަކާއި ބަލާފައި މީ އަދި ކުޑަ މިންވަރެކޭ ހިތަށް އެރިއެވެ. އަނެއްކޮޅުން އޭނާ އަށް ކަމުދާ ކުއްޖެއް ވެސް ހުންނަނީ އެއް ނޫނެވެ. ހުރިހާ ވެސް މައްސަލައަކީ އޭނަ އެހާ އަވަހަށް ކައިވެންޏެއް ކުރަން ބޭނުން ނުވުމެވެ. “މަންމާ، އަޅުގަނޑު ޤަބޫލު”.
********************
ހިޔާލު ތަކުން ރައިހާ އަށް ނިކުމެވުނީ އެ ކޮޓަރި ދޮރު ހުޅުވާލާފައި ހަލީމާ އާއި ރަހުމާ އަދި ރައިހާގެ އެންމެ ގާތް އެކުވެރިޔާ ހަޔާ ވަދެގެން އައުމުންނެވެ. “ވާއު ރައި ޔޫ ލުކް ލައިކް އަ ޕްރިންސެސް” ހަޔާ ތަޢުރީފު ކޮށްލި އެވެ. “މާޝާ ﷲ” ރައިހާގެ ބޮލުގައި ފިރުމާލަމުން ހަލީމާ އާއި ރަހުމާ ބުނެލި އެވެ. “އަވަހަށް ހިނގާ ދާން އެވްރީވަން އިސް ވެއިޓިންގ” ހަޔާ ރައިހާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ބައިދަވޭ އަކިޔަލް އިސް ރިއަލީ ހޭނޑްސަމް ޓުނައިޓް” ހަޔާ ލާނެތް ރާގެއްގައި ހަމައެކަނި ރައިހާ އަށް އަޑު އިވޭ ވަރަށް ބުނެލި އެވެ.
******************
ކައިވެނި ކުރަން ހަމަޖެހިފައިވާ މޭޒު ދޮށުގައި އިން އަކިޔަލް އަށް ސިޑިން ފައިބައިގެން އައި ރައިހާ ފެނުމުން ބަލަހައްޓައިގެން އިނދެވުނެވެ. މަޑު ހިނގުމެއްގައި ރައިހާ އައިސް ގޮނޑީގައި އިށީންދުމުން އަވަހަށް އެހެން ދިމާލަކަށް ނަޒަރު ހުއްޓާލިއެވެ. އޭރު އަކިޔަލް އާއި އެހާ ކައިރީގައި އިންނަން ޖެހުމުން ރައިހާ ހިތް ހީވަނީ މޭފަޅާލާފައި ނިކުންނަން އުޅޭހެންނެވެ. އިރުކޮޅަކުން ކައިވެނީގެ ހުތުބާ ފެށިގެން ދިޔައެވެ. އަކިޔަލްގެ އަނގައިން އަނބި ޤަބޫލު ކޮށްފީމޭ ބުނުމާއި އެކީ ރައިހާ އަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ދުރުގައި ހުރި ރަހުމާ އާއި ހަލީމާ އައިސް ރައިހާގެ ގައިގާ ބައްދާލިއެވެ. ރައިހާގެ ބައްޕަ ސައީދު ވެސް ރައިހާގެ ބޮލުގައި ފިރުމާލިއެވެ. ކައިވެނީގެ ހަފްލާ ނިމުމާއި އެކު ރައިހާ އަކިޔަލް ގެ ކޮޓަރިއަށް ގެންގޮސްދިނީ އަކިޔަލް ގެ ދައްތަ އައިރާ އާއި ކޮއްކޮ އައިނާ އެވެ. އެ ކޮޓަރިތެރެ ޒީނަތްތެރި ކޮށްފައިވާލެއް ފުރިހަމަ ކަމުން ރައިހާ އަށް ބަލަހަށްޓައިގެން ހުރެވުނެވެ. އުއްބައްތި އާއި ރަތް ކުލައިގެ ފިނިފެންމާ ބޭނުން ކޮށްގެން ޒީނަތްތެރިކޮށްފައި ވުމުން ކޮޓަރިތެރޭގައި ހިފާލާފައި ވަނީ މީރު ވަހެކެވެ. އަކިޔަލް އަންނަންވާއިރަށް ހޭލާ ހުންނަން ބޭނުން ނުވާތީ ރައިހާ އަވަސް ވެގަތީ ފެންވަރާލާށެވެ. އަަަލަމާރި ހުޅުވާލިއިރު ރައިހާގެ ހެދުން ވެސް ހުރުމުން އަތް ދިގު ޓީޝާޓަކާއި ހަރުވާޅެއް ހިފައިގެން ފާހަނާ އަށް ވަނެވެ. ފެންވަރާލައިގެން ނިކުތް ރައިހާ ހުއްޓުން އެރީ ކޮޓަރީގައި ހުރި އަކިޔަލް ފެނުމުންނެވެ. ކުޑަކޮށް ސިހުނު ނަމަވެސް އެކަން ނުދައްކާ އަވަހަށް ގޮސް އެނދުގައި އޮށޯވެ ކުއިލްޓުން ގައި ފޮރުވާލި އެވެ.
*******************
ނުނިމޭ
6 Comments!
Comments are closed.
feshun v reethi..
Varah bodah shukuriyya shaila… Vrh ufaa vejjeh feshun reethi veema
woww… masha allah… v salhi mi prt… mee crh reethi stry akah vedhaanehen heevey… curiously waiting for the nxt… sty safe nd take care darl… lysm
Aww Thank u so much dearr… Hope u will like it… Next part soon insha Allah….. You too stay safe and take care…. Lymm
furathama bayaa blaafa hama varah reethi maashaa allah ???
dhevana bayah inthizaaru kuran???????
????
Thanks so much luvza… Next part soon insha Allah ??