Skip to content
އެސްފިޔަ

ނޭދެން ވަކިވާކަށް- ޓްރެއިލާރ

 

ކައިވެނީގެ ހުދު ހެދުމުގައި، ލޯގަނޑު ކުރިމަތީގައި ހުރި ރައިފާ ހީވަނީ ހޫރުޕަރީ އެއް ހެންނެވެ. ފަސްބަޔަށް ބޮޑުކޮށް ހުރި ހެދުން ވަނީ ލޭސް ފޮތިންނާއި މިނާފުށް ތަކަކުން ޒީނަތްތެރި ކުރެވިފައެވެ. ލުއި މޭކަޕެއް ކުރެވިފައިވާ ރައިފާގެ ދޮން މޫނަށް ބޭނުންވަނީ ރީތި ހިނިތުންވުމެކެވެ.

****************

ރައިފާ އާއި އަކިޔަލް ކައިވެންޏަށް ނުޤަބޫލުކަން މައިންބަފައިން ގާތު ބުނަން ނުކެރުނީ އެމީހުން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ވިހި އަހަރު ވަންދެން އެމީހުން ވީ ޤުރުބާނީގެ އަގު އަދާކުރެވޭނެ އެހެން ގޮތެއް ނުފެނުމުންނެވެ. ނަފުރަތުން ފެށުނު މި ކައިވެނި ލޯތްބަށް ބަދަލުވާން ގިނަ ދުވަހެއް ނުނެގިއެވެ. ނަމަވެސް ހިތާމަ އަކީ އެއްވެސް މީހަކަށް ކުރިއަށް އޮތް ތޫފާނުގެ ހިލަމެއް ނުވުމެވެ.

***************

“ނޭދެން ވަކިވާކަށް” މިވާހަކަ އަކީ އަޅުގަނޑު މިސައިޓަށް ލިޔާ ފުރަތަމަ ވާހަކައަށް ވާތީ ކުށް ހުރުން އެކަށީގެންވެއެވެ. އެހެންކަމުން ކިޔުންތެރިން ކުށްތައް ފާހަގަ ކޮށްލަދިނުން އެދެމެވެ. ހުރިހާ ކިޔުންތެރިންނަށް ޓްރެއިލާރ ކަމުދާނެ ކަމަށް އުންމީދުކުރަން.

 

Comments (3)

  1. Shaila

    ވާހަކަ އަށް އިންތިޒާރުކުރާނަން. ކާމިޔާބީއަށް އެދެން

  2. Princess

    V reethi trailer first part v avahah genesdhehchey love you stay safe????

  3. Nayaa

    masha allah… vrh salhi trailer… kuhthah hama nayaa ah faahaga kohdhevunu varakah faahaga kohdheynan… will always suppot darl… trailer kiyaalaafa vrh shauguveri vejje vhk kiyaalan.. when is the fist episode? waiting for it… stay safe nd take care lulu… lysm

Comments are closed.