Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

އެ ގޭތެރެއިން – 1

Momogirl Level 1
April 21, 2021 2 Mins Read
0 Comments

މި ވާހަކަ އަކީ އަޅުގަނޑު ގެ ފުރަތަމަ ވާހަކައަށް ވުމުން ކުދި ކުދި މައްސަލަ ހުރުން
އެކަށީގެން ވެއެވެ !
………………………………………………………………………………………

ޔާޝް ފްލައިޓް އިން ފާބައިގެން ޗެކްއައުޓް ކޮށް ނިންމާފައި ގޮސް ލަގެޖް ތަށް ހިފައިގެން އެރައިވަލް އިން ނިކުންނި އިރު ގައި ޒިޔާން ޔަޝާ ބަލާ އައިސް ހުއްޓެވެ. ޔަޝާ އަށް ބޭއިޚްތިޔާރުގައި “ދޮންބޭ” ކިޔާ ގޮސް ޒިޔާން ގެ ގައިގައި ބައްދާލިއެވެ*

ޔާޝް ގަޔާ ދުރުކޮށްލަމުން ޔާޝްގެ މޫނަށް ބަލާ ލާފައި ޒިޔާން ހިނިތުން ވެލި އެވެ. ޒިޔާން ޔާޝް ރަކި ކުރުމުގެ ނިޔަތުގައި ޔާޝް އަށް މަތިން ފަށައިގެން ތިރިއަށް ބަލާލާފަ ބުންޏެވެ. “ދޮންބެއަށް ހީވަނީ މިހާރު ދޮންބޭ ގެ ޕްރިންސެސް ކުރިޔަށް ވުރެ ރީތި ހެން” ޒިޔާން ބުނެލި އެވެ.
އެއީ ދޮގެއް ނޫނޭ ޔާޝްގެ ކޮންޑަށް ވުރެ ތިރިޔަށް އާރާ އެ ފަން އިސްތަށިގަނޑުގައި ވަނީ ތަންތަން ކޮޅުގައި ނޫކުލަ ޖައްސާލެވިފައެވެ. އެ މަޑު އޮރެންޖް ކުލައަށް ހުރި ކަޅީގަ މައުސޫމު ކަމޭ އެ ދިގު އެސްފިޔަ ތަކާއި ރީތި ކަޅިރަވަ އެ ރަތް ކަން ގަދަ ތުންފަތެވެ. އަދި ހީލާ އިރު ކޮލަށް އަރާ އަޑި ކޮޅެވެ. ޔާޝް ލާގެން ހުރީ ނޫކުލައިގެ ސުވެޓާ އަކާއި ކަޅު ކުލައިގެ ޖިންސެކެވެ. އަރާގެން ހުރީ ކަޅު ކުލައިގެ އެންކަލް ބޫޓަކަށްށޭ އަދި އެ ރީތި އިސްތަށިގަނޑު ވަނީ ހާމަޔަށް ދޫކޮށް ލާފައިއެވެ. އިސާހިތަކު ޒިޔާން އެހެން ބުނުމާ އެކީގައި ޔާޝްގެ ކޯތާފަތް މައްޗަށް ވެރިވެގެން ދިޔަ ޖަންބު ކުލަ ފެނިފައި ޒިޔާންގެ ތުންފަތާ ކުޅެލީ ކާމިޔާބީގެ ހިނިތުން ވުމެކެވެ. ޔާޝް އަވަހަށް މައުލޫ ބަދަލް ކޮއްލަން ވެގެން ޒިޔާން ކާރިގަ އަހާލިއެވެ. “ކޮބާ މަންމަ އަދި ބައްޕަ” ޔާޝް އެހެން އަހާލުމުން ޒިޔާން ދެމީހުން ވެސް ވަނީ ގޭ ކަމަށް ބުނެ ޔާޝް ގޮވައިގެން ދިޔައީ ކޭން ޓީނު އަށްށެވެ.

ކޭން ޓީން އަށް ޔާޝް އާއި ޒިޔާން ވެންނުމާއި އެކީގައި އެންމެންގެ ނަޒަރުތަށް ދެ މީހުންނަށް އަމާޒުވިކަން އެނގުމުން ޔާޝް ދެފާ ނޯޅުނީ ކިރިޔާ އެވެ. ޔާޝްއަށް ވަގުތުން ހިފާލެވުނީ ޒިޔާންގެ މުލައްދަނޑީގައެވެ. ޔާޝް ނުރުހުން ވެފާއި ޒިޔާން ގާތުގައި އަހާލެވުނެވެ.”ދޮންބޭ….. އެ….. އެކީއްގެންތަ ޔާޝް މެންނަށް އެމީހުން އެބަލަނީ” ޔާޝް އަށް އެހެން ބުނެވުނު އިރުގައި އަޑު ކެނޑި ކެނޑިގެން އާ އިރުގައި އެ އަޑުގައިވާ ހާސްކަމާއި ބިރު ޒިޔާން އަށް ފާހަގަ ވި އެވެ. ޔާޝް އިތުރަށް ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅި އެވެ. މަޖުބޫރު ވެގެން ޒިޔާންއަށް ޖެހުނީ ޔާޝް ގޮވައިގެން ގެއަށް ދިއުމަށްށެވެ. ދިޔަ މަގުމަތީގައި ޔާޝް އިނީ ކާރުގެ ލޯގަނޑުން ބޭރުބަލާށެވެ. ބޭރުން ފެންނަ އެކިއެކި މަންޒަރު ތަކަށް ބަލަން އިން ޔާޝް ސިއްސައިގެން ދިޔައީ ޒިޔާން ޔާޝްގެ ކަންފަތް ކައިރީ ހަޅޭއް ލައްވާއި ގަތުމުންނެވެ.

ނުވިސްނައި ހުރި ޔާޝްއަށް ވެސް ބިރުން ހަޅޭއް ލައްވައި ގަނެވުނީއެވެ. އެޔާއި އެކީގައި ޒިޔާންގެ ހިނިގަނޑު ފަޅާއި ގެންދިޔައެވެ. އެކަހަލަ ކުދި މަޖާ ކުރަމުން ދެމީހުން ގެޔަށް ދިޔައެވެ. އެގެ އަކީ ފުދޭވަރަކަށް ބޮޑު މީހުން މަދު ހިސާބެއްގައި ހުންނަ ގެއެކެވެ. އެގެ ކާރީ މީހުން ދިރިއުޅެޔޭ ނަމަވެސް ވަރަށް މަދުންނެވެ. ޒިޔާން ލަގެޖް ތަށް ހިފައިގެން ވަންނަން ދަމުން އަންނާށޭ ކިޔާފައި ވަނެވެ. އެތެރެއިން އަންހެނަކު އަޑު އިވުނެވެ. އެއީ ޒިޔާނާ އެވެ. ޒިޔާން މަންމާއޭ ކިޔާ ގޮވައިލުމުން ޒިޔާން ބަހަށްޓާފަ ޒިޔާނާ ގޮސް ޔާޝް އަށް “ދަރިފުޅާއޭ” ކިޔާ ގޮސް ޔާޝް ގެ ގައިގައި އޮޅުލައިގަތެވެ.އަދި ޒިޔާން އައް ބަލާލާފަ ޒިޔާނާ އޯގާތެރި ކަމާއި އެކު ލޯބިން އަތް ދިއްކޮށްފައެވެ. ޒިޔާން ގޮސް އެމީހުންނާއި ބައިވެރި ވެލި އެވެ. މި މަންޒަރު ބަލަން ދުރުގައި ހުރި ދާއިން ހުރީ ހެވި ދިލިފައެވެ.

ޔާޝް ޒިޔާނާ އާއި ދުރުގައި 8 އަހަރު ދުވަސް ވަންދެން ބެހެއްޓިއްޖޭވެ. އެކަމް މިހާރު ޒިޔާނާ މުސްކުޅި ވަނީއެވެ. ހުޅު ހުޅު ގައި ރިއްސާ ކޮޅަށް ހުރުމަށް އުނދަގޫ ވެއެވެ. “ދަރިފުޅު ކީއްވެތަ ކުރިން އަބަދުވެސް މަންމައަށް އިންކާރު ކުރާނީ ފްރާންސް އަށް އަންނަން” ޒިޔާނާ އެހެން އެހުމުން ޔާޝް ބުނެލި އެވެ. “މަންމައަށް އިންކާރު ކުރާނީ ބިރުގަންނާތި މިކަހަލަ ތަނަކަށް އައިސް އުޅެން…….. އެކަމަކު މިހާރު ދޮންބެ ހުރީމާ އޯކޭ” އެހެން ބުނީމަ ޒިޔާނާ ޔާޝް އާއި ޒިޔާން ގޮވައިގެން އެތެރެއަށް ވަނެވެ. އެގެ ބޭރަށް ވުރެ އެތެރޭން މާބޮޑު ވެފައި ރީއްޗެވެ. ޒިޔާނާ ފުރަތަމަ ވެންނި ގޮތަށް އެގޭގެ ބޭސްމެންޓަށް ދިޔުމަށް މަނާކުރާ އެވެ. އެއަށްފަހު ޔާޝް އަށް ޔާޝްގެ ކޮޓަރި ޒިޔާނާ ދައްކަ ދިނެވެ. އެ ކޮޓަރި ބޮޑު ވެފައި ރީއްޗެވެ. ރީތި ފެހި ކުލައިން އެ ކޮޓަރި ފަރުމާ ކުރެވިފައިވާ އިރު ބޮޑު ބެލްކަނީ އަކާއި އެނދަކާއި އަލަމާރި އެއް ހުއްޓެވެ.

— ނުނިމޭ—

Share Article

Follow Me Written By

Momogirl

Level 1

Other Articles

Previous

ހިރާސް 23

Next

މަންޒިލް ތިއޭ 3

Next
April 21, 2021

މަންޒިލް ތިއޭ 3

Previews
April 21, 2021

ހިރާސް 23



All Right Reserved!