
އަބަދުވެސް ވާނަން ގާތުގައި (4)
“ނާއިކް” ބެލް ޖެހި އަޑު އިވުމުން ނާއިކް ދޮރު ހުޅުވާލީއިރު ދޮރު ކުރިމަތީ ހުރީ ކައިލާއެވެ. ވަގުތުން ނާއިކްގެ މޫނުމަތިން ހިނިތުންވުން ގެއްލުނެވެ. “ވަޓް” ނާއިކް ވާހަކަ ދެއްކީ ހަރުކަށި ގޮތެއްގައެވެ.
*
“އައި ކޭމް ހިއަރ ޓު އެޕޮލޮޖައިޒް” ކައިލާ ބުނެލިއެވެ. ނާއިކްގެ މޫނު މަތިން ފެނުނު ބީރަތްޓެހިކަން ފެނުމުން އޭނާ ހުރީ ކުޑަކޮށް ބިރު ގަނެފައެވެ. “ފައިން ކޭން ޔޫ ލީވް ނައު… އައި އޭމް ވެއިޓިންގް ފޮރ ސަމްވަން” ނާއިކް ބުނެލިއެވެ. އީމާ އާއި ނަޒްރާންވެސް ދޮރުކައިރިއަށް ނިކުތީ ދެނެވެ. އެމީހުނަށް ކައިލާ ފެނުމުން މޫނު މަތިން ހިތްހަމަ ނުޖެހޭކަމުގެ އަސަރު ފެނިގެން ދިޔައެވެ. ރިޔާ އެ އާއިލާއިން ވަކިވެގެން ދިޔައީ ނާއިކްގެ ވެސް ސަބަބުންނެވެ. ނަމަވެސް ނާއިކްގެ އެ އަމަލުގެ ފަހަތުގައި ކައިލާ ވަރަށް ބޮޑު ދައުރެއް އަދާކުރި ކަން އޭމީހުނަށް އިނގުނެވެ.
“ހޫ އާރ ޔޫ ވެއިޓިންގް ފޮރ ނާއިކް” ކައިލާ އަހާލިއެވެ. ހަމަ ކައިލާގެ ބަހާއި އެކު ނާއިކް އަށް ރިޔާގެ ހުދު ފެރާރީ ގޭ ކުރިމަށްޗަށް މަޑު ކޮއްލިތަން ފެނުނެވެ. ވަގުތުން ނާއިކް ކައިލާ ފޮނުވާލަން ބޭނުންވިއެވެ. ނަމަވެސް ކައިލާ ދިޔުމުގެ ކުރިން ރިޔާ ނައިރާ އާއި އެކު އެގޭ ދޮރު މަށްޗަށް މަޑު ކޮއްލިއެވެ.
ރިޔާ އާއި ނައިރާ ފެނުމުން ކައިލާ އާއި ނަޒްރާންގެ އިތުރުން އީމާ އަދި ނަޒްރާން ހުރީ ޝޮކްއެއްގައެވެ. ނާއިކް އަށް ދަތްކުޑި ވިކާލެވުނީ ރިޔާ އަށް ކައިލާ ފެނުމުން އޭނާގެ މޫނު މައްޗަށް އެރި ކުލަ ވަރު ފެނިފައެވެ. ނަމަވެސް ރިޔާ އެއްވެސް ކަމެއް ނުވާ ކަމަށް ހަދާލުމަށްފަހު ނާއިކް އާއި ދިމާލަށް ބަލާލިއެވެ. “ތޭންކްސް ފޮރ ކަމިންގް” ނާއިކް ރިޔާ އޭނާއަށް ދިއްކޮއްލި ދަބަހުގައި ހިފަމުން ބުނެލިއެވެ.
“އެންޑް ބައި ދަވޭ ކައިލާ އަށް އަހަރެން އިންވައިޓެއް ނުކުރަން..” ނާއިކް މިހެން ބުނީ އެންމެނަށް އަޑު އިވޭ ވަރަށް ކަމުން ރިޔާއަށް ސިހުމެއްލިބުނެވެ. ކައިލާގެ މޫނު ރަތްވެގެން ދިޔައެވެ. ނާއިކް ދެން އެނބުރުނީ ނައިރާ އާއި ދިމާލަށްށެވެ. “ހޭ ދެއަރ ބޭބީ ގާރލް… ވޯންޓް ޓު މީޓް މައި ފެމިލީ” ނާއިކް ނައިރާ ކައިރިއަށް ގުދުވެލުމަށްފަހު އަހާލިއެވެ. ނައިރާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. “އޯކޭ މައި މަމް އެންޑް ޑޭޑް، ޔޫ ވިލް ބީ ސްޓޭއިންގް ވިތް އަސް ޓުޑޭ” ނައިރާ އޭނާގެ ލޯބި ދެލޮލުން އީމާ އާއި ނަޒްރާން އާއި ދިމާލަށް ބަލާލުމުން އެދެމީހުންގެ ލޮލުން ކަރުނަ ފާތްދާލިއެވެ.
“ޔޫ ކޭން ކޯލް ދެމް މާމަ، އެންޑް ކާފަ، ދެޓްސް ގްރޭންޑްޕާ އެންޑް ގްރޭންޑްމާ” ރިޔާ ވާހަކަ ދެއްކުމުން ދެން އެންމެނަށް ސިހުމެއްލިބުނެވެ. ނާއިކްވެސް ރިޔާ އެހެންބުނާނެ ކަމަކަށް ހިއެއްނުކުރެއެވެ. ހުދު ކައިލާވެސް ރިޔާ އާއި ދިމާލަށް ބަލާލީ ގަބޫލު ނުކުރެވިގެންނެވެ. “އޯކޭ މާމަ އެންޑް ކާފަ” ނައިރާ އޭނާގެ ތުއްތު އަޑުން ބުނެލިއެވެ. ވަގުތުން އީމާ އަށް އައިސް ނައިރާ އުރާލެވުނެވެ. ނަޒްރާން އަށް ނާއިކްގެ ބޮލުގައި ފިރުމާލެވުނެވެ. މި މަންޒަރު ބަލަން ހުރުމަށްފަހު ނައިރާއަށް ބާއި ކިޔާލުމަށްފަހު ރިޔާ ދާން ހިނގައިގަތެވެ. ނަމަވެސް ދިޔުމުގެ ކުރިން އޭނާ ނާއިކް އާއި ދިމާލަށް އެނބުރުނެވެ. “ޝީ އިޒް އެލާރޖިކް ޓު އެގްސް ސޯ ޑޯންޓް ގިވް ހާރ އެނީތިންގް ދެޓް ކޮންޓެއިން އެގްސް” ނާއިކް އާއި ދިމާލަށް ބަލާވެސް ނުލާ ރިޔާ މިހެން ބުނުމަށްފަހު އޭނާގެ ކާރާއި ދިމާލަށް މިސްރާބު ޖެހިއެވެ.
“ވެއިޓް ރިޔާ” ދެން އެންމެނަށްވެސް ސިހުމެއްލިބުނީ ކައިލާ ވާހަކަ ދެއްކީމައެވެ. “ޔޫ އާރ ނޮޓް ގިވިންގް ހާރ ޓު ނާއިކް ސޯ ޔޫ ކޭން ރަން އަވޭ ރައިޓް” ކައިލާ މިހެން ބުނުމުން ނާއިކް އަށް ދެއަތް މުއްކަވާލެވުނެވެ. ރިޔާ އަށް ދެލޯ ބޮޑުކޮއްލެވުނެވެ. އީމާ އަށް އަވަސް އަވަހަށް ނައިރާ ގޮވާގެން އެތެރެއަށް ދެމިގަނެވުނެވެ. ނަޒްރާން ކައިލާ އާއި ދިމާލަށް ހިތްހަމަ ނުޖެހޭ ކަހަލަ ގޮތަކަށް ބަލާލިއެވެ. “ޔާރ” ރިޔާ ޖަވާބު ދިނެވެ. ނާއިކް އާއި ނަޒްރާން އަށް ސިހުމެއްލިބުނެވެ.”ނޯ މެޓާ ވަޓް އައި ސޭ ޔޫ ތިންކް ދެޓް ޔުއަރ ރައިޓް ސޯ އައި މައިޓް އަޒް ވެލް އެގްރީ… އާފްޓާރ އޯލް ޔޫ ވާރ ރައިޓް ފައިވް އިޔާރސް އެގޯ” ރިޔާއޭނާގެ ޖުމުލަ ނިންމާލީ ނާއިކް އަށް ބަހުގެ ހަމަލާ އެއް ދެމުންނެވެ.
ނަމަވެސް ނާއިކް ހިނިތުންވެލިއެވެ. ރިޔާ ކައިލާ އަށް އެދިނީ ރަނގަޅު ޖަވާބެކެވެ. “ވެލް ކައިލާ އިފް އިޓްސް އެވްރީތިންގް ޔޫ މޭ އަޒް ވެލް ލީވް” ނަޒްރާން ބުނެލިއެވެ. ނަޒްރާން މިހެން ބުނުމުން ކައިލާ އަށް ދެން ހުންނާކަށް ނުކެރުނެވެ. ރިޔާ އަށް ލޯ އަޅާލުމަށްފަހު އޭނާ ބޭރަށް ދިޔުމަށް މިސްރާބުޖެހިއެވެ. ކައިލާ ދިޔުމުން ރިޔާވެސް ގެއަށް ދިއުމަށް ހިނގައިގަތެވެ.
“ރިޔާ” ކާރަށް އަރައަރައި ހުއްޓާ ކައިލާ ގޮވާލިއެވެ. ފުން ނޭވާ އެއް ދޫކޮއްލުމަށްފަހު ފަހަތަށް އެނބުރުނު ވަގުތު އޭނާ އާއި ދާދި ކައިރީގައި ހުއްޓިލައިގެން އޭނާ އާއި ދިމާލަށް ލޯ އަޅާލައިގެން ހުރި ކައިލާ އާއި ކުރިމަތި ލިއެވެ. “ވަޓް ނައު” ރިޔާ އަށް ބުނެލެވުނެވެ. “ވަޓް އާރ ޔޫ ޑޫއިންގް، ޔޫ ކޭންޓް ޝަވް އަ ޑޯޓާރ އިން ނާއިކްސް ފޭސް އެންޑް ތިންކް ދެޓް ޔޫ ގާއިސް ކޭން ގެޓް ބެކް ޓުގެދާރ” އާދައިގެ މަތިން ކައިލާ މަސައްކަތް ކުރީ ރިޔާ އާއި ނާއިކްގެ މެދަށް ވަންނަންށެވެ. “އޯ އައި ޑޯންޓް ވޯންޓް ދެޓް.. ނައިރާ ޑަޒްނޮޓް އިވެން ނޯ ދެޓް ނާއިކް އިޒް ހާރ ޑޭޑް ސޯ އައި އޭމް ނޮޓް ޓްރައިންގް ދެޓް” ރިޔާ ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ.
“ސޯ އެއް މުއްސަނދި އާއިލާ އަކުން އެހެން މުއްސަނދި އާއިލާ އަކަށް ދޯ ޔޫ ރިއަލީ އާރ އަ ގޯލްޑް ޑިގިންގް ބިޗް” ކައިލާ ބުނެލިއެވެ. “ހަހަ ޔާރ ޔޫ ކޭން ތިންކް ވަޓް އެވާރ ޔޫ ވޯންޓް ޔޫ އެންޑް އައި ބޯތް ނޯ ދެޓް ޔޫ އާރ އަ ލަޔާރ، އަ ސްނޭކް” ރިޔާ މިހެން ބުނުމަށްފަހު އޭނާގެ ފަރާރީ އަށް އެރުމަށްފަހު ދުއްވާލީ ރުޅި އައިސް ރަތްވެފައި ހުރި ކައިލާ އެތާ ބަހައްޓާފައެވެ.
ރިޔާންޝް ކާރު މަޑު ކޮއްލީ ފިހާރައެއް ކައިރީއެވެ. އޭނާ އުޅުނީ ރިޔާގެ އުފަން ދުވަހަށް ހަދިޔާ އެއް ގަންނަންށެވެ. ރިޔާގެ އުފަންދުވަހަކީ ދެން އަންނަ މަސް ނަމަވެސް އޭނާ މިފަހަރު ހާއްސަ އެއްޗެއް ގަންނަން ބޭނުންވިއެވެ. “އޯ ރިޔާންޝް ތަ؟” ދެން އޭނާއަށް އަޑު އިވުނީ ފަހަތުން ކުއްޖަކު ވާޙަކަ ދެއްކި އަޑަށްށެވެ. ފަހަތަށް އެނބުރި ބަލާލީއިރު އޭނާއާއި ދާދި ކައިރީގައި ހިނިތުންވެލާގެން ހުރީ ނާއިކް އާއި އެކު އޭނާގެ މީޓިންގް އަށް އައި ކައިލާއެވެ. “އަމް ހޭ ޑޫ އައި ނޯޔޫ” ރިޔާންޝް ކައިލާއަކީ ކާކުކަން ހަދާން ހުރި ނަމަވެސް ކައިލާ ކައިރީ އަހާލިއެވެ. ރިޔާ އާއި ޒަކްވާން އަދި ނާއިކްގެ ވާހަކަތަކުގެ ސަބަބުން ކައިލާއަކީ ކޮންކަހަލަ ކުއްޖެއްކަން އޭނާއަށް އިނގެއެވެ.
ކައިލާގެ މޫނުމަތީގައި ވި ހިނިތުންވުން ވަގުތުން ގެއްލުނެވެ. ނަމަވެސް މިތަން ރިޔާންޝް އަށް ނުދައްކާ އޭނާ އަވަސް އަވަހަށް އޭނާގެ ނަން ބުނެލިއެވެ. ކައިލާ ނަން ބުނުމުން ރިޔާންޝް އަވަހަށް ކައިލާ އޭނާއަށް އިނގޭކަމަށް ހަދާލިއެވެ. “ކީއްކުރަނީ މިތާންގަ” ކައިލާ އަހާލިއެވެ. އޭނާގެ ބޭނުމަކަށްވީ ރިޔާންޝް އާއި ރިޔާގެ ދެމެދުގައި މައްސަލަ އެއް އުފައްދަންށެވެ. ރިޔާއަށް މިހާރު އެންމެ އެހީވަނީ ރިޔާންޝްކަން އޭނާ އަށް އިނގެއެވެ. ނަމަވެސް ރިޔާންޝް އާއި ރިޔާ އަކީ އެއް ލެޔެއް ނޫންކަން އޭނާއަށް އިނގޭތީ އޭނާ ހީކުރީ އެދެމުދުގައި ފަރަގެއް އޭނާއަށް އުފެއްދިދާނެ ކަމަށްށެވެ. “މައި ލިލް ސިސްގެ ބާރތްޑޭއަށް ޕްރެޒެންޓެއް ގަންނަން އައިސް.. އިނގޭ އެންނު ރިޔާ” ރިޔާންޝް ރިޔާ އަށް ހަދިޔާ އެއް ގަންނަން އައިސް އޭ ބުނުމުން ކައިލާ އަށް އަނގަ ހަދާލެވުނެވެ. ނަމަވެސް ނަސީބު ދިމާކުރި ގޮތުން ރިޔާންޝް ހުރީ އޭނާ އާއި ދިމާލަށް ބަލަހައްޓައިގެނެއް ނޫނެވެ.
“ހޫމް ރިޔާ ދޯ” ކައިލާ ބުނެލިއެވެ. “ޙުމް ރިޔާ .. ރިޔާ ކިޔާދިން ކައިލާގެ ވާހަކަ” ކައިލާގެ އަގަ ބަންދުކޮއްލަން ވެގެން ރިޔާންޝް ބުނެލިއެވެ. “ކީކޭ ރިޔާ ކީ” ކައިލާ އަހާލިއެވެ. “ތީ ނާއިކްގެ ބެސްޓް ފްރެންޑް އެންނު އެހެން ބުނީ” ރިޔާންޝް ބުނެލިއެވެ. “އޯ އެހެންތަ” ރިޔާ އޭނާއޭ ކިޔާގެން އެއްވެސް ކަހަލަ ނުރަނގަޅު އެއްޗެއް ނުކިޔާކަން އިނގުމުން ކައިލާއަށް ހިތްހަމަޖެހުމުގެ ނޭވާ އެއް ލެވުނެވެ. “ހޫމް އެކަމު ނާއިކް އާއި ޒަކްވާން ކީ.. ސޯ އައި ނޯ ވަޓް ޔޫއާރ ޑޫއިންގް.. އަހަރެންގެ ކޮއްކޮގެ ލައިފް އަށް އަންނަން މަސައްކަތް ނުކުރާތި” ރިޔާންޝް ފިހާރައިން ބޭރަށް ނިކުރީ ކައިލާއަށް ބަހުގެ ހަމަލާއެއް ދެމުންނެވެ. ކައިލާ އަށް ބަސް ހުސްވެފައި ހުރެވުނީއެވެ.
‘ދިސް ރިޔާ އޭނާ އަހަންނޭ ކިޔާގެން ފާޑުފާޑުގެ ވާހަކަ ދައްކަނީ އޭނާ އުޅޭހާ ހިނދަކު އަހަންނަކަށް ނުލިބޭނެ ހިތްހަމަޖެހުމެއް.. ފުރަތަމަ ނާއިކް އަހަރެންގެ އަތުން ޖަހާގަންފަ މިހާރު ރިޔާންޝް … އާހް .. އައި އޭމް ސޯ އެންގްރީ’ ހިތާހިތުން ފިހާރައިގައި ހުރެ ކައިލާ ކިޔަމުންދިޔައެވެ. “އޯހް ދެޓް ވޯޒް ޕްރިޓީ ސޭޑް ރިޖެކްޝަން.. ވޯންޓް ޓު ޓޯކް” ކުއްލިއަކަށް އޭނާގެ ފަހަތުން އަޑެއް އިވުމުން ބަލާލީއިރު ފަހަތުގައި ހުރީ އިސްކޮޅުން ދިގު މުށިކުލައިގެ އިސްތަށިގަނޑެއްގެ ވެރި ޒުވާނެކެވެ. އޭނާއަށް ބަލާލާފައި ދިވެއްސެއް ހެނެއް ހިއެއް ނުވެއެވެ. ކައިލާ އަށް އެމީހާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ކާކުކަން ނޭންގޭ މީހެއް ވީމައެވެ. މީގެ ކުރިން އޭނާއާއި ރިޔާންޝް އާއި ދެމެދު ހިނގާދިޔަ ކަންތަށް ފެނުނު މީހެއްކަން އޭނާއަކަށް ރެއަކާ ނުލައެވެ.
*
އިރުއޮއްސުނު ވަގުތެވެ. ރިޔާ އަނެއްކާވެސް ނާއިކްމެން ގެއަށް ދިޔައީ ނައިރާ ބަލައެވެ. އޭރު ކުޑަކޮން ވާރޭ ވެހެއެވެ. ގެއަށް ގޮއްސައި ބެލް ޖެހުމުން ދޮރު ހުޅުވާލީ އީމާ އެވެ. “ނައިރާ އެބައިން ނާއިކް އާއި އެކު ކޮޓަރީގައި” އީމާ މިހެން ބުނުމުން ރިޔާ ކޮޓަރިއާއި ދިމާލަށް ދިއުމަށް މިސްރާބުޖެހިއެވެ. “ރިޔާ.. ޝުކުރިއްޔާ.. ނާއިކް ކިޔާދިން ރިޔާ އަސްލު އޭނާގެ އެއްބަސްވުމަށް އެއްބަސްވީ ކީއްވެކަން” އީމާ މިހެން ބުނުމުން ހިނގަހިނގާ ހުރި ރިޔާ ހުއްޓުން އެރިއެވެ. “އަޅުގަނޑަށްވެސް ވިސްނާނުލެވުނީ.. އަޅުގަނޑުގެ މައްސަލަ އެއް އެއީ.. އަޅުގަނޑަށް ޝުކުރު އަދާ ނުކުރޭ.. މާފައް އެދެންޖެހޭނީ އަޅުގަނޑު” ރިޔާ ބުނެލިއެވެ. އަދި އީމާ ދާންވީ ކޮޅު ދައްކާދިނުމުން ރިޔާ ހިނގައިގަތެވެ.
ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން ރިޔާ އަށް ކޮޓަރިއަށް ނުވަދެ ދޮރު ކައިރީ މަޑު ކޮއްލެވުނެވެ. ހުދު އޭނާއަށްވެސް މިހެން ހެދުނީމި ކީއްވެކަމެއް ނޭންގުނެވެ. ކުޑަކޮށް ދޮރުން ބޯދިއްކޮއްލި ވަގުތު އޭނާއަށް ފެނުނީ ނާއިކް ނައިރާ އޭނާގެ އަތްމަތީ ބާއްވާގެން އިންދައެވެ. ނައިރާއަށް އެވަގުތު އޮތީ ނިދިފައެވެ. އަދި އޭނާގެ ލޯ ނައިރާގެ މޫނު ނުދާކަން ރިޔާއަށް ފާހަގަ ވިއެވެ. ނާއިކް ނައިރާ އޭނާގެ އެނދުގައި ބޭއްވުމަށްފަހު ކޮލުގައި ބޮސްދިނުމަށްފަހު ކޮޓަރިން ނިކުންނަން މިސްރާބު ޖެހުމުން ރިޔާ އަވަސް އަވަހަށް ދޮރުކައިރިން ދުރައްޖެހިލުމަށްފަހު އޭނާ އެ ކޮޓަރިއާއި ދިމާލަށް އައީ ހަމަ ދެންމެ ކަމަށް ހަދާލިއެވެ.
ކޮޓަރިން ނިކުން ނާއިކް އަށް ދޮރުކައިރިއަށް ހުއްޓިލި ރިޔާ ފެނުމުން ހިނިތުންވެލެވުނެވެ. “އަމް ނައިރާ ދެންމެ އެ ނިދީ… ކާރާއި ހިސާބައް ގެންދަންވީތަ” ނާއިކް ބުނެލިއެވެ. އޭނާ ނައިރާ ގެންދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ނައިރާ ބާއްވަން ބުނެފި ނަމަ ރިޔާ އޭނާ އަށް ނައިރާ ނުދޭން ނާއިކް މަސައްކަތް ކުރަނީ ކަމަށް ހީކޮއްފާނެތީ އޭނާ އެހެން ބުނީއެވެ. “ނޫން ނިދާފަ އެންނު އެއޮތީ… ކިރިޔާ ކަމެއްވާހެން ހީވެއްޖެއްޔާ ހޭލާނެ … ހޭލީމަ ގުޅާލާ އޭރުން އަންނާނަން ބަލާ” ރިޔާ މިހެން ބުނުމަށްފަހު ހިނގައިގަތުމުން ނާއިކް ރިޔާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“އޯ ޔޫ ކޭން ވެއިޓް” ނާއިކް ބުނެލިއެވެ. “ދެއަރ އިޒް ނޮޓް މަޗް ޓު ޑޫ ހިޔާރ އެކަމު” ރިޔާ ބޭނުންވީ އަވަހަށް ދާންކަމުން އޭނާއަވަސް އަވަހަށް ބުނެލިއެވެ. “ވީ ކޭން ޓޯކް އެބައުޓް ދަ އިންވެސްޓާރސް ޕާޓީ އިފް ޔޫ ވޯންޓް ޓު” ނާއިކް އަވަސް އަވަހަށް ބުނެލިއެވެ. ބިޒްނަސްގެ ކަމެއްވިއްޔާ ރިޔާ އާއެކޭ ބުނާނެކަން އިނގިހުރެއެވެ. ނާއިކް ހީކުރީވެސް ރަނގަޅަށްށެވެ. މިހެން ބުނުމުން ރިޔާ ބޯޖަހާލުމަށްފަހު ނާއިކްގެ ސްޓަޑީއަށް ދިއުމަށްމިސްރާބު ޖެހިއެވެ. “އޯކޭ ލެޓްސް ޓޯކް ބިޒްނަސް ޝެލްވީ” ނާއިކް ބުނެލިއެވެ. “އެހެންވީމާ.. މި ވީކްގައި އަންނަން ހަމަޖެހިފައިވާ އެންމެ ފަހު ބިޒްނަސް މިކޮޅަށް އަންނަނީ އެހެންވީމާ ޕާޓިއަށް ވާންޖެހޭ ތަތްޔާރީތަށް ވެފަ ދޯ މިހިރީ ދެން ގޮތަކަށް” ނާއިކް ބުނެލިއެވެ. “އަމް .. ހޫމް އެހެން ހަމަޖެހިފައި އޮތީ އެކަމަކު … އިއްޔެ އައިއްސި މި ވީކްގަ އައުމަށް ހަމަޖެހުނު މީހުން.. ސޯ މާދަމާ ޕާޓީ ފަށަން ހުރިހާ ކަމެއް ރެޑީ މިހާރު” ރިޔާ ބުނެލިއެވެ. “އެހެންތަ” ނާއިކް މިހެން ބުނުމަށް ފަހު އަންނަ މީހުންގެ ލިސްޓަށް ބަލާލިއެވެ.
“އޯ… “ލިސްޓަށް ބަލަން އިނުމަށްފަހު ނާއިކް ކިޔާލިއެވެ. “ކިހިނެތް ވީ ” ރިޔާ ހިކުރީ ލިސްޓްގައި މީހަކު މަދުވީ ކަމަށްށެވެ. “އަހަރެން ހީކުރީ ސިންގަޕޫރޫންވީމަ.. ބްލެކް އެއާރލައިންސް އާއި ތިމީހުން ޕާރޓްނާރ ވާނެ ކަމަށް.. އެކަމު އެމީހުން މި ލިސްޓް އަކު ނެތެންނު” ނާއިކް މިހެން ބުނުމުން ރިޔާގެ މޫނުމައްޗަށް ތަފާތު ކުލައެއް އެރިއެވެ. “ހޫމް އެމީހުންނަކާ އަހަރުމެންނަކާ ގުޅުމެއް ނޯވޭ” ރިޔާ މިހެން ބުނި އިރު އަޑުގައި ތަފާތުކަމެއް ހުރިކަން ނާއިކް އަށް ފާހަގަވީ ދެނެވެ. “އެކީއްވެ .. ވަރަށް މަޝްހޫރު ކޮންޕެނީ އެންނު އެއީ” ނާއިކް އަހާލިއެވެ. “ހޫމް އެކަމު އެމީހުނާ އަހަރުމެނަކާ އަދި ކޮންޓެކްޓަކަށް ނާދޭ” ރިޔާ އިސްޖަހާލަމުން ބުނެލިއެވެ. ނާއިކް ދެން އެވާހަކަ އެހިސާބުގައި ބޭއްވީއެވެ.
ދެމީހުން އިރުކޮޅަކު ވާހަކަ ދައްކާލަން ތިބުމަށްފަހު ނައިރާ ހޭލިކަން އިނގުމުން ދެން ރިޔާ ނައިރާ އާއި އެކު ގެއަށް ދިޔައެވެ. “ހާދަ ލަސްވީ..” ގެއަށް ވަނުމާއެކު ހާސްވެފައި ހުރި ރާނިޔާ އަހާލިއެވެ. “ހޫމް ނައިރާ ނިދާފަ އޮތީމަ ހޭލީމަ އަންނަން މަޑުކުރީ” ރިޔާ ބުނެލިއެވެ. “ނައި.. ކީއްތަ ކުރީ މިއަދު އެބޭބެ މެން ގޭގަ” ރިޔާންޝް ނައިރާއާއި އެއްވަރަށް ތިރިވަމުން އަހާލިއެވެ. “ނައި އައިސްކްރީމް ބޮއުނީ.. އެންޑް.. އެންޑް.. ޕާކަށް ދިޔައީ.. އެގޭ ބެކްޔާރޑްގައި ނާއިކްބެ ނައީ އަންނަ ކަން އިނގުނީމަ ޕާކެއް ހަދާފަ” ނައިރާ އޭނާގެ ތުއްތު އަޑުން ކިޔާދިނެވެ. އެންމެން ގާތަށްވެސް ނައިރާ ދިވެހިން ކޮއްޓަކޮއްޓާއިގެން ވާހަކަ ދެއްކުމުން ހިނިއައެވެ.
ރާނިޔާ ނައިރާ ގޮވާގެން ދިޔުމުން ރިޔާންޝް އާއި ރިހާމް ރިޔާ އާއި ދިމާލަށް އެނބުރުނެވެ. “ހޫމް ދެން ކޮންކަމެއްތަ ކުރީ ނައިރާ ހޭލަންދެން” ދިމާ ކޮއްލާ ކަހަލަ ގޮތަކަށް ރިޔާންޝް ބުނެލިއެވެ. ރިޔާ ގެޓް ނުވާ ކަހަލަ ގޮތަކަށް އެއް ބުމަ ހިއްލާލިއެވެ. އަދި ރިހާމް އާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް ރިހާމްވެސް ދިމާކޮއްލާ ކަހަލަ ގޮތަކަށް މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮއްލައިގެން ހުރިމުން ރިޔާ އަށް ޖަވާބުދޭން މަޖްބޫރު ކުރިއެވެ. “ހީ އޮފާރޑް މީ ޓު ސޭ އެންޑް ދެން ވީ ޓޯކްޑް އެބައުޓް ދަ އަޕްކަމިންގް އިންވެސްޓާރސް ޕާޓީ” ރިޔާ ހަމަ ތެދަށް ބުނެލިއެވެ. “ހަމަ ބިޒްނަސްގެ ވާހަކަ އެކަނި ދެއްކީ” ގަބޫލު ނުކުރާ ކަހަލަ ގޮތަކަށް ރިޔާންޝް ބުނެލިއެވެ. “ހޫމް ” ރިޔާންޝްގެ ގައިގައި ސޯފާއިން ބާލީހެއް ނަގާ ޖަހަމުން ރިޔާ ބުނެލިއެވެ. ދެކުދިންގެ ސަކަރާތް ބަލަން ހުރުމަށްފަހު ރިހާމް ހިނިތުންވެލުމަށްފަހު ދެފަރާތަށް ބޯ ހޫރާލުމަށްފަހު އޭނާގެ ސްޓަޑީއާއި ދިމާލަށް މިސްރާބު ޖެހިއެވެ.
އާ ދުވަހަކަށް އިރުއަރާފިއެވެ. ދުވަހަކީ އިންވެސްޓާރސް ޕާޓީ އޮންނަ ދުވަސް ކަމުން ރިޔާންޝްމެން ގޭގައި އެންމެންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ދިޔައެވެ. ނާއިކް އާއި ޒަކްވާންވެސް ހެނދުނު ހެނދުނާހެން އެގެޔަށް އައެވެ. އަދި ހުރިހާ ކަމެއް ހުރީ ފުރިހަމަ އަށް ތޯ ޗެކް ކުރަމުން ދިޔައެވެ. އިރުއޮއްސެންދެން މަސައްކަތުގައި އުޅުމަށްފަހު ދެން ހުރިހާ ކުދިންވެސް ދިޔައީ ރެޑީ ވުމަށްށެވެ.
ގަދަ ނޫކުލައިގެ ކޯޓް ފަޓްލޫނުގައި ތިރިއަށް ނާއިކް ފޭބުމުން ރެޑީވެގެން އޭރު ތިރީގައި ތިބި އީމާ އަށްށާ ނަޒްރާން އަށް ހިނިތުންވެލެވުނެވެ. ތިންމީހުން ލިމޯއަށް އެރުމަށްފަހު ދެން މިސްރާބު ޖެހީ ޒަކްވާންމެން ގެއަށްށެވެ. ރިޔާމެންގެޔާ ޒަކްވާންމެން ގޭ ކައިރި ވުމުން އެމީހުން ދިއުމަށް ހަމަޖެއްސީ ފުރަތަމަ ޒަކްވާންމެން ގެއަށް ދިޔުމަށްފަހު ޒަކްވާންއާއި އައި އައިލީންގެ އިތުރުން އެމީހުންގެ 7 އަހަރުގެ ފިރެހެން ދަރިފުޅު އާޒިން ގޮވާގެން ރިޔާމެންގެއަށް ދިޔުމަށްށެވެ.
ލިމޯ ޒަކްވާންމެން ގެޔާ ދިމާލަށް ހުއްޓާލުމުން ތިންމީހުން ލިމޯއިން ނިކުން އިރު ޒަކްވާންގެ އާއިލާވެސް ގެއިން ނިކުންނަނީއެވެ. އަވްލީން ރަތް ކުލައިގެ ހެދުމެއްލައިގެން ހުރި އިރު އޭނާގެ ރީތިކަން އެ ހެދުމުން އެކަނިވެސް ދައްކުވާދެއެވެ. ޒަކްވާން އާއި އާޒިން އާއި ދެމީހުން ތިބީ އެއްކަހަލަ ސުއިޓެއް ލައިގެންނެވެ. ދެމީހުންވެސް ތިބީ ރަތްކުލާގެ ސުއިޓްގައެވެ. “ނާއިކްބެގެ އާޒިން .. ހާދަ ހޭޑްސަމްއޭ ދޯ” ނާއިކް އާޒިންގެ ޓައީ އާއި ބެހިލަމުން ބުނެލިއެވެ. “ޑޭޑް އާއި އެއްގޮތަކަށް ހެދުން އަޅާފައި ދޯ” ނަޒްރާން އާޒިންގެ ކޮލުގައި ކޮއްޓާލަމުން ބުނެލިއެވެ. “ޑޭޑް ބުނި ޕާޓީއަށް ގާރލް އެއް އަންނާނެ އޯ އެހެންވީމަ ތިއްތި ކޮންނޯ ހުންނަންވާނީ” އީމާ އެހާ ރީތިވެގެން މިއަދު ކީއްވެ ހޭ އަހާލުމުން އާޒިންގެ ޖަވާބު އަޑުއިވިފައި އެންމެންގެ ހިނިގަނޑުފަޅާގެން ދިޔައެވެ.
“ކޮބާ އެންމެން.. އަވަސް ގެސްޓުން އަންނާނެ އައްގަޑި ބައިގައި އެކަމު ޒަކްވާން އާއި ނާއިކްމެން އަންނާނެ 8 ގަ އެމީހުނަށް މަރްހަބާ ކިޔަން ވާނެ އެންނު” ތިރީގައި ހުރެގެން އެނާގެ މަންމަ މެނަށް ރިޔާންޝް ގޮވަމުން ދިޔައެވެ. އޭނާ އޭރު ހުރީ އޭނާގެ ކަޅުކުލައިގެ ކޯޓް ފަޓްލޫނުގައެވެ. “ބައްޕާ ނިމިއްޖެ ދޯ ނަސީބަކުން އަވަހަށް” ރިޔާންޝް އޭނާގެ ބައްޕަ ކައިރިއަށް ގޮއްސައި ރިހާމްގެ ކަޅުކުލައިގެ ކޯޓް ފަޓްލޫނު ރަނގަޅު ކޮއްލިއެވެ. “މަންމި އާއި މާމީ ނުނިމޭ އަދި” ސިޑިން ފައިބަމުން ނައިރާ އޭނާގެ ތުއްތު އަޑުން ބުނެލިއެވެ. ”ހޫމް މަންމި މެން ވަރަށް ލަސްވާނެ.. އަދި މާމީ އެހާ ލަސްވާނެ ކަމެއް ނޭންގޭ ދޮންބެ އަކަށްވެސް ސްލޯ ޕޯކްސް ކިޔާނީ މިއަދު މަންމި އާއި މާމީ އާއި ދިމާލަށް ދޯ” މަޑު ފިޔާތޮށިކުލައެއްގެ ބޯލްގައުން އެއް ލައިގެން ހުރި ނައިރާ ބޫޓަށް އަރުވަމުން ރިޔާންޝް މިހެން ބުނެލީ މަޖަލަކަށްށެވެ.
“ލަސްވޭތަ އެބަ ވަކި… ރިޔާންޝް ދޮންބެމެންހެން ބޯއީސް ހާ އަވަހެއް ނުވާނެ ދޯ ދެން” ރިޔާ އާއި ރާނިޔާ ތިރިއަށް ފައިބަމުން ބުނެލިއެވެ. ދެމީހުންވެސް ތިބީ ކަޅުކުލައިގެ ހެދުމުގައެވެ. ރިޔާ ހުރީ އޭނާގެ ގަޔަށް ހިފާކަހަލަ ކަޅުކުލައިގެ ހެދުމެއް ލައިގެންނެވެ. އަދި އޭނާގެ އަތް ފަހާފައި އޮތީ ލޭސް ފޮތިންނެވެ. އޭނާގެ ކޮއްކޮގެ ރީތިކަމާމެދު ރިޔާންޝް ތައުރީފް ކޮއްލީ ހިތާހިތުންނެވެ. “އެ ބެލް ޖެހީ ކަމް އޯން އަވަސް..” ރިޔާންޝް މިހެން ބުނުމަށްފަހު އަވަހަށް ދޮރާ ދިމާލަށް މިސްރާބުޖެހިއެވެ.
ދޮރު ހުޅުވުމާއެކުހެން ނާއިކްގެ ލޯ މިސްރާބުޖެހީ ރިޔާ އާއި ދިމާލަށްށެވެ. ރިޔާ ފެނުމުން ރިޔާންޝް ވާހަކަ ދައްކާކަންވެސް ހިދުކޮޅަކަށް އޭނާއަށް ހަދާންނެތުނެވެ. ނަމަވެސް އެނބުރި ދުނިޔެއަށް އޭނާ އަށް އާދެވުނީ ޒަކްވާން އާއި އައިލީން އަށް ނާއިކް ހުރީ ރިޔާއަށް ގެއްލިފައި ކަން އިނގުމުން އެދެމީހުން ނާއިކްގެ ސައިޑްގައި ދެމީހުން ޖަހާލުމުންނެވެ. އެނބުރި ހިޔާލުން އައުމަށްފަހު ނާއިކް އަށް ދެން ފެނުނީ ރިޔާންޝް ދިމާކޮއްލާފަދަ ގޮތަކަށް ހިނިތުންވެލާގެން ހުރިތަނެވެ. އަވަސް އަވަހަށް ބޮލުގައި އޭނާ އަތް ހިންގާލީ ރިޔާއަށް އޭނާ ބަލަން ހުރިކަން ނޭންގޭތޯ ދުއާ ކޮއްލަމުންނެވެ. ނަމަވެސް……
ނާއިކް އަށް ރިޔާ އަށް އޭނާ ބަލަހައްޓައިގެން ހުރިކަން ނޭންގޭނެ ކަމަށް ހީކުރި ނަމަވެސް ރިޔާއަށް މިކަން ފާހަގަ ވިއެވެ. އިސްޖަހާގެން އޭނާ ހުރީ އެހެންވެއެވެ. ރިޔާ އިސްޖަހާގެން ހުރިތަންފެނުނު ޒަކްވާން އާއި އައިލީން އަށް ނާއިކް އާއި ދިމާލަށް ބަލާލީ މިކަމާއި ނާއިކްއާއި ގުޅުމެއް ހުންނާނެކަން އިނގިގެނެންނެވެ. އެމީހުން ހީކުރީ ރަނގަޅަށްށެވެ. އޭރު ނާއިކް ރިޔާއާއި ދިމާލަށް ބަލަހައްޓައިގެން ހުގޮތުން ހީވީ އޭނާގެ ލޮލުން ރިޔާ ސްކޭން ކުރަނީ ހެންނެވެ. ޒަކްވާން އަށް އައިލީން އަށް މިކަން ފާހަގަ ވި ކަމެއްނޭންގެއެވެ. އައިލީން އަކަށްވެސް ޒަކްވާން އަށް އިނގޭކަމެއް ނޭންގުނެވެ. ދެމީހުނަށް އެއްފަހަރާ ނާއިކްގެ ގައިގައި ޖަހާލެވުނީ ދެނެވެ. މިމަންޒަރަށް ފަހު ނާއިކް ރަކި ގޮތަކަށް އިސްތަށިގަނޑުގައި އަތް ހިންގާލުމުން ނޭންގިހުރެ ރިޔާއަށް ހިނިތުންވެލެވުނެވެ. މިތަން ފެނުނު ނަޒްރާންއަށް އުފާވެރިކަން ހިތުގައި އެނބުރި ގަތެވެ.
“މީތަ އާޒިން އަކީ” ރިޔާންޝް އާޒިން އާއި އެއްވަރަށް ތިރި ވެލަމުން ބުނެލިއެވެ. އާޒިން ބޯ ޖަހާލުމަށްފަހު ވަށާގެން ބަލާލި ވަގުތު ރިޔާގެ އަތުގައި ހިފާގެން ހުރި ނައިރާ ފެނުނެވެ. “އާޒިން ދެންމެ ދައްތަ މެން ކައިރީ ބުނި އެތި ބުނެބަލަ.. މިއަދު އެހާ ރީތި ވެލާގެން ތިހިރީ ކީއްވެ” އީމާ ހިނިތުންވެލަމުން ބުނެލިއެވެ. “އެތެދެއް ކީކޭތަ ބުނީ.. ކީއްވެ އެހާ ސްމާޓް ކޮށް ތިހިރީ މިއަދު” ރިޔާންޝް އަވަސް އަވަހަށް އަހާލީ އާޒިން ބުނާ އެއްޗެއް ބެލުމަށްށެވެ. “ޑޭޑް ބުނި ގާރލް އެއް ހުންނާނެ އޯ ޕާޓީގައި.. އާޒިން އާއި އެކު ކުޅޭނެ އެހެންވެ” އާޒިން މިހެން ބުނުމުން ރިޔާ، ރިޔާންޝް އަދި ރިހާމް އާއި ރާނިޔާ އަށް ހިނިތުންވެލެވުނެވެ.
“ހޫމް އެހެންވީމާ އިންޓްރޮޑިއުސް ކޮއްދޭންވީތަ އެ ކުއްޖާއަށް” ރިޔާންޝް ބުނެލިއެވެ. އާޒިން އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ރިޔާންޝް ދެން އިޝާރާތް ކޮއްލީ ރިޔާ ކައިރީގައި ހުރި ނައިރާ އަށްށެވެ. ނައިރާވެސް އޭރު ހުރީ އާޒިން އާއި ދިމާލަށް ބަލަންށެވެ. ނަމަވެސް އާޒިންގެ ނަޒަރު ހުއްޓުނީ ނައިރާ އަކަށް ނޫނެވެ. “ވާވު ޔުއަރ ޕްރިޓީ” ރިޔާ އާއި ދިމާލަށް ބަލާލުމަށްފަހު އާޒިން މިހެން ބުނުމަށްފަހު އެންމެންގެ ހިނިގަނޑުފަޅާގެން ދިޔައެވެ. ރިޔާ އަށްވެސް ވަގުތުން އާޒިންގެ ކޮލުގައި ލޯބި ގޮތަކަށް ހިފާލެވުނެވެ.
ނާއިކް ވަގުތުން އާޒިންގެ ފަހަތުން އައުމަށްފަހު އާޒިން އާއި އެއްވަރަށް ތިރި ވެލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. “އަމް ދެޓްސް ޓޫ ބޭޑް އާޒިން…. ޔު ސީ ޝީ އިޒް އަ ގްރޯން އަޕް އެންޑް ޝީ އިޒް އޯލްރެޑީ ޓޭކެން” ނާއިކް މިހެން ބުނުމުން އާޒިން އަނެއްކާ އަގަ ހަދާލިއެވެ. ”އޭން … ދެން ޝީ އިޒް ހާރ ޑޯޓާރ ދޯ” ނައިރާ އާއި ދިމާލަށް އަތް ދިއްކޮއްލަމުން އާޒިން މިހެން ބުނުމުން ނައިރާ ހިނިތުންވެލުމަށްފަހު އާޒިން އައި ދިމާލަށް އަތް ދިއްކޮއްލީ ސަލާމް ކޮއްލުމަށްށެވެ.
“ހާއި މައި ނޭމް އިޒް ނައިރާ” ނައިރާ މިހެން ބުނުމުން އާޒިންވެސް އަވަސް އަވަހަށް ނައިރާގެ އަތުގައި ހިފުމަށްފަހު ސަލާމް ކޮއްލިއެވެ.”އާޒިން” އަދި އޭނާގެ ނަން ބުނެލިއެވެ. “ނައި ދާންވީނު އާޒިން ގޮވާގެން ހޯލް އަށް ކާފަމެން ދަނީމި” ރިހާމް ހިނިތުންވެލަމުން ބުނެލިއެވެ. ނައިރާ އާއި އާޒިން ހޯލްއާއި ދިމާލަށް މިސްރާބުޖެހުމުން ބޮޑެތި މީހުންވެސް އެމީހުންގެ އަމިއްލަ ވާހަކައިގައި ޖެހިގެން ތިބެގެން ޕާޓީ ހޯލް އާއި ދިމާލަށް މިސްރާބުޖެހިއެވެ.
އައްގަޑިބައި ވީއިރު އެންމެން އަންނަން ފަށާފިއެވެ. ރިޔާ އާއި ރިޔާންޝް އަދި ނާއިކް އާއި ޒަކްވާން އަންނަ މީހުންނަށް މަރުހަބާ ކިޔަން ތިބީ ހޯލު ދޮރު ކައިރީގައެވެ. އެންމެން އައިސް ހަމަވުމުން ނަޒްރާން އާއި ރިހާމް އެންމެން ހަމަވި ވާހަކަ ބުނަން އައެވެ. “ހައު ކޭން އެވްރީވަން ބީ އޯލްރެޑި ހިޔާރ ވެން އައި ޖަސްޓް އަރައިވްޑް” ދެން ދޮރު ކައިރިން އިވުނު އަޑުން ރިޔާ އާއި ރިޔާންޝްގެ އިތުރުން ރިހާމް އަށް ސިހުމެއްލިބުނެވެ. ވާނުވާގައި ހުރެފައި ދޮރު ކައިރީހުރި މީހާ އާއި ދިމާލަށް ބަލާލީ ޒަކްވާން އާއި ނާއިކް އަދި ނަޒްރާން އަށް ސުވާލުމާކު ޖެހިފައި ބަލާލެވުނީ މި ޒުވާނާގެ އަތުގައި އަތް އަޅުވާލާއިގެން ހުރި ކައިލާ ފެނިފައެވެ.
*________________________*