އަބަދުވެސް ވާނަން ގާތުގައި (2)
ގެއަށް ވަނުމަށްފަހު ރިޔާ ކައިރީ ކޮޓަރިއަށް ނުގޮސް މަޑުކުރުމަށް ރިޔާންޝް ބުނުމުން ރިހާމްވެސް ސޯފާގައި ޖައްސާލިއެވެ. އަދި ރާނިޔާ ގޭގައި އުޅޭ ނޭނީ އަށް ގޮވަލުމަށްފަހު ނައިރާ ގެންދިޔުމުން ބޮޑެތި މީހުން އެކަނި ވިއެވެ. “ނައިރާ ނާއިކް، މި ދެނަން ވަރަށް ގުޅޭ ދޯ” ރިޔާންޝް ވާހަކަ ފެށިއެވެ. “އައި ކޭންޓް ޑީލް ވިތް ދިސް ނައު” ރިޔާ އަށް ސޯފާ އަށް ވެއްޓިގަންނަމުން ބުނެލިއެވެ. “ރިޔާ، ނާހަމެންނު ކުރިންވެސް އަހަރުމެން ރިޔާގެ ޕާސްޓް އާއި މެދު ބަޓް ނައު އައި ނީޑް ޓު ނޯ ޕްލީޒް” ކަކޫ ޖަހާލުމަށްފަހު ރިޔާ ކައިރީ އިށީންނަމުން ރިޔާންޝް ބުނެލިއެވެ. “ރިޔާ ދަރިފުޅަށް އިނގެއެންނު މަމް މެން ޖަޖް ނުކުރާނެކަން” ރިހާމް އައިސް ރިޔާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
“ހޫމް ރަނގަޅަށް ދޮންބެ ތިބުނީ ނައިރާ އަކީ ނާއިކްގެ” ފުން ނޭވާއެއް ބޭރު ކޮއްލަމުން ރިޔާ ބުނެލިއެވެ. “ސޯ އޭލެވެލެ ހެދީއިރު ރައްޓެހި ވެގެން އުޅެމުންތަ ނައިރާ ލިބުނީ” ރާނިޔާ އަހާލިއެވެ. “ނޫން، އޭލެވެލް ނިންމާފަ، ސިންގަޕޫރުގައި އުޅެނިކޮން އަޅުގަނޑަށްވެސް ޕްރެގް ކަން އިނގުނީ، އެކަން ހިނގީ ހަމަ މަންމަ މެނަށްވެސް އިނގިގެންނު” ރިޔާ ތެދަށް ބުނެލިއެވެ. “މަންމަ އަށް ޝައްކު ވެގެން އެހީމަ ޓެސްޓް ހެދީމަ ރިޔާއަށް ވެސް އިނގުނީ” ރިޔާ ކިޔާ ދިނެވެ. “ސޯ އަހަރެން ޕާރޓްނާރ ހަދަން މިއުޅޭ ބިޒްނަސްގެ ސީއީއޯ އަކީ ރިޔާގެ އެކްސް ބޯއީ ފްރެންޑްދޯ” ރިޔާންޝް އަށް ބުނެވުނެވެ. “އަމް ނޯ، ހީ އިޒް ނޮޓް މައި އެކްސް ބޮއީ ފްރެންޑް” ރިޔާ މިހެން ބުނުމުން ދެން އަނެއްކާ އެންމެނަށް ރިޔާއާއި ދިމާލަށް ބަލާލެވުނެވެ. “ހީ އިޒް މައި އެކްސް ހަޒްބެންޑް” ދެން ރިޔާ ޖުމްލަ ފުރިހަމަ ކޮއްލުމުން ރިޔާންޝް އަށް ދެލޯ ބޮޑު ކޮއްލެވުނެވެ. “ލެޓްމީ ޓެލް ޔޫ އެވްރީތިންގް، އިޓް ސްޓާޓެޓް 5 އިޔާރސް އެގޯ، އޮންލީ ބިކޯޒް ހިޒް ޑޭޑް ޑިޑް ނޮޓް ވޯންޓް ޓު ގިވް ހިމް ދަ ކޮމްޕެނީ ބިކޯޒް ހީ ވެސް އަންމެރިޑް” ރިޔާ ކިޔާދޭން ފެށިއެވެ.
*
*ފަސް އަހަރު ކުރި*
“ޑާރލިންގް ކީއްވެ ތަ އަދި އަވަހޭ ތިބުނަނީ ކައިވެނި ކުރަން، ވީ އާ އިންލަވް އާންޓް ވީ” ނާއިކް ރިޔާގެ ފަހަތުން ގޮސް ރިޔާގެ ކުރިމަށްޗަށް އަރަމުން ބުނެލިއެވެ. “އައި ވިލް ބީ ފިނިޝިންގް އޭލެވެލެ ދިސް އިޔާރ، އައި ޖަސްޓް ޓާރންޑް 18 އާރ ޔޫ ޖޯކިން ނައު” ރިޔާ ކާރަށް އަރަމުން ބުނެލިއެވެ. އޭނާގެ ފަހަތުން ނާއިކްވެސް ކާރަށް އެރިއެވެ. “މެރިއޭޖް އިޒް ނޮޓްއަ ޖޯކް، އައި އޭމް ސޯ އިން ލަވް ވިތް ޔޫ އަހަރެން ބޭނުން ވީހާވެސް އަވަހަކަށް ރިޔާ އަހަރެންގެ މީހަކަށް ހަދަން، ޒަކްވާންއާއި އައިލީންވެސް މެރީ ކުރޭ ހަމަ އައިލީން ނިމުނީމަ” ނާއިކް ހުރީކީ ދޫކުރާ ކަހަލަ ހިޔާލެއްގައެއް ނޫނެވެ.
“މަމް އައި ވޯންޓް ޓު ގެޓް މެރިޑް ބަޓް ރިޔާ ޑިސްއެގްރީސް” ގެއަށް އައުމަށްފަހު ނާއިކް އީމާ އާއި ވާހަކަ ދައްކަން ފެށިއެވެ. އޭނާ ގެއަށް އައީ ރިޔާވެސް ގޮވާގެންނެވެ. “ނާއިކް ދަރިފުޅާ ، ރިޔާ ވެސް ގަބޫލުވެގެން ދޯ ކުރެވޭނީ، ރިޔާ ތަތްޔާރުވަންދެން މަޑުކޮއްބަލަ” އީމާ ބުނެލިއެވެ. އޭނާއަކަށްވެސް އޭނާގެ ދަރިފުޅު ކުއްލިއަކަށް އެހާ އަވަހަށް އިންނަން އުޅެ ސަބަބެއް ވިސްނައެއް ނުގަނެވުނެވެ.
އީމާގެ ފަރާތުންވެސް އެދެވޭކަހަލަ ޖަވާބެއް ނުލިބުމުން ނާއިކް އަނެއްކާވެސް ރިޔާގެ ފަހަތުން ހިނގައިގަތެވެ. ރިޔާ ހޯދަމުންގޮސް ގާރޑަންއަށް ނިކުތުމުން ރިޔާ އެހެން އަންހެން ކުއްޖަކާ ވާހަކަ ދައްކަން ހުރިތަން ފެނުމުން ނާއިކް އެދިމާލަށް މިސްރާބު ޖެހިއެވެ.
“ކައިލާ، ވަޓް އާރ ޔޫ ޑޫއިންގް ހިޔަ” ކައިލާ އަކީ ނާއިކްގެ ކުޑައިރުގެ ރަހުމަތްތެރިއެކެވެ. އެހެންކަމުން ކައިލާ އެގެއިން ފެނުމަކީ އާދާއިގެ ކަމެކެވެ. “އޯ، އައި ޖަސްޓް ކޭމް ހިޔަރ ޔު ނޯ ޓު ހޭންގް އައުޓް ވިތް ޔޫ” ރިޔާ އާއި ދިމާލަށް ކަޅިއަޅާލުމަށްފަހު ކައިލާ ވާހަކަ ދެއްކީ ނާއިކް އާއެވެ. ރިޔާއަށް ކައިލާ ކަމުނުދާކަން ނާއިކް އަށް އިނގެއެވެ. އަދި ހުދު އޭނާއަށްވެސް ކައިލާ ކަމުނުދަނީ މާ ވެސްޓާރން ސްޓައިލްށް އުޅޭތިއެވެ. ނަމަވެސް ކައިލާއާއި އޭނާއާއި އޮންނަ އެކުވެރިކަން ނިންމާލަން އޭނާ ބޭނުން ނުވަނީ އެންމެ ކުޑައިރުއްސުރެއް ނާއިކް އާއި އެއްކޮން އުޅުނީ ކައިލާ ކަމަށްވާތީއެވެ.
ކައިލާ ޖަވާބު ދިނުމުން ފާޑަކަށް ހިނިތުންވެލުމަށްފަހު ރިޔާ ހިނގައިގަތުމުން ނާއިކް ރިޔާގެ ފަހަތުން ދިޔުމަށް މިސްރާބުޖެހިއެވެ. ނަމަވެސް އޭނާ ހުއްޓުނީ ކައިލާ އޭނާގެ އަތުގައި ހިފުމުންނެވެ. “ކައިލާ” ނާއިކް އަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. “ލެޓްސް ޓޯކް” ކައިލާ ވާހަކަ އެއް ދައްކަން އައި ކަން އިނގުމުން ނާއިކް މަޑުކޮއްލީއެވެ.
ނާއިކް އާއި ކައިލާ ވާހަކަ ދެއްކުމަށް އެއްފަރާތް ވިތަން ބަލަން ރިޔާ އިނީ ބެންޗް ގައެވެ. އެކަކަށް ނޭންގުނަސް ކައިލާ އޭނާއާއި ނާއިކްގެ ދެމެދަށް ވަންނަން އުޅޭކަން ރިޔާއަށް އިނގެއެވެ. ކައިލާ އެއްބަސް ނުވި ކަމުގައި ވިޔަސް ހަގީގަތުގައި ކައިލާ ނާއިކް ދެކެ ލޯބިވާކަން އޭނާއަށް އިނގެއެވެ. މިހިޔާލުގައި ރިޔާ ބެހިގެން ދަމުން ދެން އޭނާއަށް ވިސްނާލެވުނީ ނާއިކް އެހާ އަވަހަށް ކައިވެނި ކުރަން އުޅޭތީއެވެ. އެމީހުން ރައްޓެހިވެގެން އުޅޭތާ އަދި ވީ އެއް އަހަރެވެ. ހަމަ އެހާ އަވަހަށް ނާއިކް ކައިވެނި ކުރަން އެއުޅެނީ ކީއްވެބާއެވެ. ރިޔާ އާއި ރައްޓެހި ވުމުގެ ކުރިން ނާއިކް އަކީ އަންހެންކުދިން އޭނާގެ ފަހަތުން އަޅުވާލާފައި ވާ މީހެކެވެ. އަދި ނާއިކް ވެސް އަންހެން ކުއްޖަކާއެއްކޮން ޑޭޓް ތަކަށް ނުދާ ދުވަހެއް މަދުވާނެވެ. ނަމަވެސް އޭނާއާއި ރައްޓެހިވިފަހުން ނާއިކް މިހުރިހާ ކަމެއް ހުއްޓާލީއެވެ. އެހެންވީމަ ވެސް އޭނާއަށް ނާއިކް އަށް ރަނގަޅަށް ޓްރަސްޓް ނުކުރެވިގެން މިއުޅެނީ ކީއްވެބާއެވެ.
“ކިހިނެތް ދަނީ، ކޮލެޖުގައި ތިދެމީހުން ވަރަށް މަޝްހޫރު، ރިޔާ އަކީވެސް ކޮލެޖުގައި ހުރިހާ ފިރެހެން ކުދިންހެން ބޭނުންވާ ކުއްޖެއް ވިއްޔަ، ނުލާހިކު ހާރޑް ޓު ގެޓް ވެގެން އުޅޭ ކުއްޖެއް ނާއިކް އަތުއަޅުވާލުމުން އެންމެންވެސް ތިބީ ހައިރާންވެފަ،” ކައިލާ ފެށިއެވެ. “ޔާރ އިޓް އިޒް ފަން،” ހިނިތުން ވެލަމުން ނާއިކް ބުނެލިއެވެ. “ފަން، ދޯ، ކޮބާ މެރީ ކުރާނެ ކުއްޖަކު ހޯދާފިންތަ، އަވަހަށް މެރީ ކޮއްގެނެންނު ޔޫ އަށް ކޮމްޕެނީ ލިބޭނީ” ކައިލާ ބުނެލިއެވެ. “ޔާރ، އަހަރެން ރިޔާ ޗޫޒް ކުރީ” ނާއިކް ރިޔާއޭ ބުނުމުން ކައިލާގެ ބަސް ހުއްޓުނެވެ. އޭނާ ހިތަށް އަރައިގެން ހުރީ ނާއިކް ހިޔާރު ކުރާނީ އޭނާކަމަށްށެވެ. “ރިޔާ، އަސްލު ވެސް ތަ؟ އާރ ޔޫ ފޯލިންގް އިން ލަވް ވިތް ހާރ ތަ، ” ކައިލާ އަށް ބުނެވުނެވެ. ” ނޯ ސިލީ އަހަރެން އޭނާއާއި ރައްޓެހިވީ ވެސް އެންމެ ބޭނުމަކު އެންނު، ޓު ޝޯ އެވްރީވަން ދެޓް އައި އޭމް ބެޓާރ، ދެޓް އައި ކޭން ހޭވް އެނީވަން އައި ވޯންޓް، އިވެން ދަ ކޮލެޖްސް ކުއީން ” ނާއިކް އަވަސް އަވަހަށް ބުނެލިއެވެ. ނާއިކް ދައްކަމުން ދިޔަ ވާހަކަ ކައިލާއަށް ގަބޫލުކުރަން ދަތި ވިއެވެ. އޭނާއަށް ނާއިކް އަށް އަންނަ ބަދަލު ފެންނާތީއެވެ. ރިޔާ މެސެޖްއަށް ރިޕްލައި ނުދީ ދެމިނެޓް ލަސް ވިޔަސް ނާއިކް ކަންބޮޑުވެގެން އުޅޭ ގޮތް އޭނާއަށް ފެނުނެވެ. ނާއިކް އޭނާއަށް ދޮގުހަދަނީއެވެ. ނޫނީ ނާއިކް ހަމަ ހަގީގަތުގަވެސް ރިޔާ ދެކެ ލޯބިވެފަ ނާއިކް އޭނާގެ އަމިއްލަ ނަފްސަށް އެކަން އޮޅުވާލަނީއެވެ.
ކައިލާ އާއި ވާހަކަ ދައްކާ ނިންމާލުމަށްފަހު ކައިލާ ގޭތެރެއަށް މިސްރާބު ޖެހުމުން ނާއިކް ގޮސް ރިޔާ ކައިރީ އިށީންދެލިއެވެ. “ފައިން އައި އޭމް ރެޑީ” ނާއިކް އަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮން ރިޔާ ބުނެލިއެވެ. “ވަޓް” ނާއިކް އަށް ރިޔާ ބުނި އެއްޗެއް ސާފެއް ނުވިއެވެ. “ޔޫ ވާރ ޓޯކިންގް އެބައުޓް ގެޓިންގް މެރިޑް އަ ވައިލް އެގޯ” ރިޔާ އަނެއްކާވެސް ބުނެލިއެވެ. ” ސޯ އާރ ޔޫ ސޭއިންގް ” ނާއިކް އަށް ފުއްމައިގެން ތެދުވަމުން ބުނެލެވުނެވެ. ” ޔާރ، އިޓް ސީމްސް އައި އޭމް ސޭއިންގް ޔެސް” ހިނިތުންވެލަމުން ރިޔާ ބުނެލިއެވެ. “ގްރޭޓް އައި ވޯންޓް ޓު ގެޓް މެރިޑް އަޒް އާރލީ އަޒް ޕޮސިބަލް، ލެޓްސް ގޯ ޓޯކް ޓު މައި ޑޭޑް” ނާއިކް ރިޔާގެ ނިތްކުރި އަށް ބޮސްދެމުން ބުނެލިއެވެ.
*_*_*ދެމަސް ފަހުން*_*_*
“ވާއު ރިޔާ ޔޫ ލޫކް ބިއުޓިފުލް” ރިޔާގެ ބޮޑުބޭބެ އާސިފް އައިސް ބުނެލިއެވެ. ރިޔާގެ މަންމަ އާއި ބައްޕަ ދުނިޔޭގައި ނެތުމުން އޭނާގެ އާއިލާގައި ހުރި ހަމަ އެކަނި މީހަކީ އޭނާގެ ބޮޑުބޭބެ އެވެ. ރިޔާ ހިނިތުންވެލާފައި އޭނާގެ ބޮޑުބޭބެގެ އަތުގައި ހިފާލިއެވެ. އައިލީން އައިސް ކޮޓަރިއަށް ވަނީ އެވަގުތު އެވެ. އޭނާވެސް ހުރީ ހަމަ ވެޑިންގް ޑްރެސްގައެވެ. ނާއިކް އާއި ޒަކްވާން ވާހަކަ ދެއްކުމަށްފަހު ނިންމީ ޑަބަލް ވެޑިންގް އެއް ބާއްވާ ގޮތަށްށެވެ. “ހޭ އައިލީން،” ރިޔާ އައިލީން ގޮވާލިއެވެ. “އެވްރީވަން އިޒް ހިޔާރ” އައިލީން ރިޔާއަށް ހިނިތުންވަމުން ބުނެލިއެވެ. އައިލީން މިހެނ ބުނުމުން ފުންނޭވާއެއް ދޫކޮއްލި ރިޔާ އޭނާގެ ބޮޑުބޭބެއަށް ހިނިތުންވެލުމަށްފަހު ބޭރަށް ނިކުތީ އައިލީންއާއި އެއްކޮންނެވެ.
“އަނބި ގަބޫލު ކޮއްފިން” ނާއިކްގެ ދުލުން މިބަސް ބޭރުވުމުން ރިޔާގެ މެޔަށް ފިނި ވެލިއެވެ. އޭނާއަށް ނޭންގުނީ އޭނާއަށް މިލިބެމުންދާ އުފާވެރި ކަމަކީ ވަގުތީ އުފާވެރި ކަމެއްކަމެވެ. އެކަން އިނގުން ނަމަ އޭނާއަކަށް މިހާރު މިވަމުންދާ އުފާވެރިކަން އިހުސާސް ނުވީސް ކަން ކަށަވަރެވެ. ނާއިކް އާއި ރިޔާގެ ކައިވެންޔަށް ފަހު ދެން އޮތީ ޒަކްވާން އާއި އައިލީންގެ ކައިވެންޏެވެ. ޒަކްވާންއާއި އައިލީން އަށް ޙުތުބާ ލައިދެން ހުރި ތަން ބަލަން ހުރި ރިޔާ ކައިރިއަށް ކައިލާ އައުމުން ރިޔާގެ ދެބުމަ ގޮށް ޖެހުނެވެ. ކައިލާ އެއައީ ރަނގަޅު ނިޔަތަކާއެކީ ނޫންކަން އޭނާއަށް އިނގޭތީއެވެ. “އެންޖޯއީ، ވައިލް ޔޫ ކޭން، ވީ ބޯތް ނޯ ދެޓް ނާއިކް އިޒް އަ ލޭޑީސް މޭން” ކައިލާ ބުނެލިއެވެ. ރިޔާ އެއްޗެކޭ ނުބުނީ ކައިލާގެ އަނގައިން އަރައި ނުގަނެވޭނެ ކަން އޭނާއަށް އިނގޭތީއެވެ.
ކައިވެންޏަށްފަހު ދެން އޮތީ ނާއިކް އަށް އޭނާގެ ބައްޕަގެ ކޮންޕެނީ ކަމަށްވާ ވިންޓޭޖް ޓެކްނޮލަޖީ މި ކޮމްޕެނީ ނާއިކް އާއި ހަވާލުކުރުމެވެ. ރިޔާ އަށް ނޭންގުނީ ނާއިކް އަށް މި ކޮމްޕެނީ މި ލިބުނީ އޭނާގެ ސަބަބުން ކަމެވެ. ނާއިކްގެ ބައްޕަ ނަޒްރާންއަށް ރެއަކާ ނުލީ އޭނާގެ ދަރިފުޅު ކޮމްޕެނީ ހޯދަން ނެގި ނުބައި ފިޔަވަޅުގެ ސަބަބުން އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅުގެ ދިރިއުޅުމަށް ކުރާނެ އަސަރެއެވެ.
2 ހަފްތާ އިންގްލޭންޑް ގައި ހޭދަކުރުމަށްފަހު ނާއިކްއާއި ރިޔާ އެނބުރި އެމީހުންގެ ދިރިއުޅުމާއެކު ކުރިއަށްދާންފެށިއެވެ. ކޮމްޕެނީގެ އާ ސީއީއޯގެ ގޮތުގައި ނާއިކް އޮފީހަށްދާއިރު ރިޔާ ކޮލެޖަށްދާންފެށީ އޭނާގެ ކިޔެވުން ކުރިއަށް ގެންދިޔުމަށްށެވެ. މިގޮތަށް ހިތްހަމަޖެހުމާއެކު ދެމަފިރިންނަށް ހޭދަ ކުރެވުނީ 6 މަސް ދުވަހެވެ.
“ނާއިކް ކޮންތާކަށް” ނާއިކް ކާރަށް އަރަންދާ ތަން ފެނުނު ކައިލާ ގޮވާލުމުން ނާއިކް ހުއްޓުނެވެ. “މިދަނީ 6 މަންތްސް އެނިވާސަރީ ގިފްޓެއް ގަންނަން ވެގެން” ނާއިކް ހިނިތުންވުމާއެކު ބުނެލިއެވެ. “އޯ އެނިވާސަރީ އަށް ގިފްޓް ދޭން ވެސް ފެށީތަ މިހާރު” ކައިލާ ބުނެލިއެވެ. “ހޫމް ” ނާއިކް އަށް ކައިލާ މިދައްކަން އުޅޭވާހަކަ ދޭހަވިއެވެ. “ޔޫ ފެލް ފޯރ ހާރ؟” ކައިލާ އަހާލިއެވެ. “ހަ، ކައިލާ ދައްކާވާހަކަ” ނާއިކް ބުނެލިއެވެ. “އެހެންވީރު ކޮންއިރަކު ޑިވޯސް ކުރަނީ” ކައިލާ މިހެން ބުނުމުން ނާއިކްގެ މޫނު މަތިން ފެނުނީ އެހެން އަސަރެކެވެ. “ޑިވޯސް ކުރަން އަވަހެއް ނޫންތަ،” ނާއިކް އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ބުނެލިއެވެ. “ދެން ތިހެން ހުރެވިދާނެ ކިތަންމެ ދުވަހެއް ވަންދެންވެސް، ނާއިކް އަސްލު ބޭނުންވާ މަޖާ ނެގޭނީ ސިންގަލް ކޮށް ހުރެގެންނު” ކައިލާ ކިޔަމުން ދިޔައެވެ. “ހޫމް އައި ހޭވް ޓު ގޯ ބާއި ކައީ، ވިސްނާނަން ތިކަމާ” ނާއިކް މިހެން ބުނުމަށްފަހު އޭނާގެ ކާރަށް އެރުމަށްފަހު ދުއްވާލިއެވެ.
ކާރު ދުއްވަމުން ދިޔަ ނާއިކްގެ ދެލޯ މަގަށް ހުއްޓިފައި ހުރި ނަމަވެސް އޭނާގެ ވިސްނަމުން ދިޔައީ ދެންމެ ކައިލާ ދެއްކި ވާހަކައާއި މެދުއެވެ. ‘ޔޫ ފެލް ފޯރ ހާރ’ ކައިލާ މިހެން ބުނި އަޑު އޭނާގެ ސިކުނޑީގައި އެބުރި އެނބުރި ހުރީ ލަވައެއް ރިޕީޓަށް ލާފައި ހުރި ހެންނެވެ. ‘ ނޯ އައި ކޭންޓް ފޯލް ފޯރ ހާރ، ނުނީ ކައިލާ ބުނިހެން ސިންގަލް ލައިފް އެއް ނޫޅެވޭނެ އަހަންނަކަށް ، ޑިވޯސްގެ ކަންތަށް ހަމަޖައްސަންވީ’ ކާރުން ފޭބި ނާއިކް ހިތާ ހިތުން ކިޔާލިއެވެ.
އެދުވަހަށްފަހު ނާއިކް އަށް ބަދަލުތަކެއް އަންނަ ހެން ރިޔާއަށް ހީވާންފެށިއެވެ. ނާއިކް ގެއަށް އަންނަލެއް ލަސްވުމާއި އޭނާއާއި ވާހަކަ ދައްކާލެއް މަދުވެއްޖެއެވެ. އޭނާގެ ކޮލެޖުގައި ކިޔަވަން އުޅެންޖެހުމުން ރިޔާއަކަށް މިވާނުވާ ނޭންގެއެވެ. އޭނާ ނިންމީ ނާއިކް މިހާރު މާ އޮފީހުގައި ބިޒީ ކަމަށްށެވެ.
އިތުރު ހަމަސް ފަހެވެ. ނާއިކް އެދުވަހު ގެއަށް އައީ ކައިލާ ގޮވާގެން މިއަދު މިކަންތަށް ވަކި ގޮތަކަށް ނިންމަންށެވެ. ކޮލެޖުން އައިސް ކޮޓަރިއަށް ވަން ރިޔާއަށް އަތުގައި ހުރި ފޮތްތަށް ވެއްޓުނު އިރުވެސް ނޭންގުނީ އެދުމަތީ ތިބި ނާއިކްއާއި ކައިލާ ތިބި ގޮތް ފެނުމުންނެވެ. ރިޔާ ވަންކަން އިނގުމުން ނާއިކް ވަގުތުން އެނދުން ތެދުވަތެވެ. ދޮރުމަތީ ހުރި ރިޔާ ގަޑުވެފައި ހުއްޓާ ކައިލާވެސް އަވަހަށް ބިންމަތީ ހުރި އޭނާގެ ހެދުން ނެގުމަށްފަހު ރިޔާއާއި ދިމާލަށް ބަލާވެސް ނުލާ ދިޔައެވެ. “އިޓްސް ނޮޓް ވަޓް ޔޫ ތިންކް” ނާއިކްއަށް ދެން ހުއްޓެވުނީ ރިޔާ އަށް އުފުލާލުމަށްފަހު އަނގަ މަތީ އަތް އަޅާލުމުންނެވެ. ރިޔާގެ ލޮލުން ފައިބަން ފެށި ކަރުނަތަށް ފެނުމުން ނާއިކްއަށް އިތުރު ބަހެއް އަނގައިން ބޭރެއް ނުކުރެވުނެވެ. އޭނާ ހަމަ ހަގީގަތުގަވެސް ރިޔާ ދެކެ ލޯބި ވާކަން އޭނާއަށް ރެއަކާލީ ރިޔާގެ ކޯތާފަތުން ފައިބަމުން ދިޔަ ކަރުނަތަށް ފެނިފައި އޭނާގެ ހިތަށް ކަށިތަކެއްހަރާލާހެން ހީވާތީއެވެ. ކުރެވުނީމި ރަނގަޅު ކަމެއްބާއޭ އޭނާގެ ހިތަށް އެރީ ދެނެވެ. ނޭންގި ހުއްޓާ އަތުން ބީވެގެން މިދިޔައީ ޖަވާހިރެއްކަން އޭނާއަށް ރެއަކާލީ ވަގުތު ފާއިތު ވިފަހުންނެވެ. “ވައި” ރިޔާ ކުރިއަށް ފިޔަވަޅެއް އަޅާލަމުން ބުނެލިއެވެ. ނާއިކްއަށް ބަސް ހުސްވެފައި ހުރެވުނީއެވެ. “ވައި އައި ޓްރަސްޓެޑް ޔޫ، އައި ރިސްކްޑް އެވްރީތިންގް ފޯރ ޔޫ” ނާއިކްގެ ކައިރިއަށް އައުމަށްފަހު ރިޔާ ނާއިކްގެ މޭމަތީގައި އަތުން ޖަހާލަމުން ބުނެލިއެވެ.
“އައި މެރިޑް ޔޫ ސޯ ދެޓް ޑޭޑް ވިލް އެގްރީ ޓޫ ގިވް ދަ ކޮމްޕެނީ ޓު މީ، އެންޑް އައި އާސްކްޑް ޔޫ އައުޓް ކޯޒް އައި ވޯންޓް އެވްރީވަން އެޓް ކޮލެޖް ޓު އެކްނޮލެޖް މީ” ނާއިކް ބުނެލިބަސް ކޮޅުން ނާއިކްގެ މޭމަތީ ޖަހަމުން ދިޔަ ރިޔާގެ އަތަށް ހުއްޓުމެއް އެރިއެވެ. “ޓޫ އިޔާރސް، ފޯރ ޓޫ އިޔާރސް ޔޫ ޔޫޒްޑް މީ،” ރިޔާގެ އަޑުއައީ ކެޑިކެޑިގެންނެވެ. ނާއިކްއަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. “ޔެސް ޔޫއާރ ޑިވޯސްޑް” ރިޔާއަށް ފުރަގަސް ދެމުން ނާއިކް މިހެން ބުނެލީ އިތުރަށް ރިޔާގެ ކަރުނަތަކަށް ބަލަން ނުހުރެވިގެންނެވެ.
ރިޔާއަށް ނާއިކްގެ އެންމެ ފަހު ބަސްވީ ޒަހަރަކަށްށެވެ. ކަރުނަތަކުގެ ތެރެއިން އޭނާއަށް ހިނިތުންވެލެވުނީ އޭނާގެ މޮޔަކަށް ހިތަށްއަރާފައެވެ. ވަގުތުން އަލަމާރިން އޭނާގެ ފޮށި ނެގުމުން ނާއިކްއަށް ރިޔާއާއި ދިމާލަށް އެނބުރެވުނެވެ. “ޔޫ ޑޯންޓް ހޭވް ޓު ލީވް ނައު” ނާއިކް އަށް މިހެން ބުނެވުނީ އިޙްތިޔާރަކާ ނުލައެވެ.” ނޯ އައި ކޭންޓް ސްޓޭ ހިޔަރ، ސޫނާރ އައި ލީވް ދަ ބެޓާރ ފޮރ ޔޫ ރައިޓް” ރިޔާގެ މޫނު މަތީގައި އެއްވެސް ކަހަލަ އަސަރެއް ނެތެވެ. ނާއިކްއަށް ހުރިތަނުގައި ގުޑާލަންވެސް ނުކެރިފައި ހުރެވުނީ ރިޔާ ޕެކް ކުރާތަން ބަލަންށެވެ.
“ނާއިކް ކިހިނެތް މިވަނީ” ސޯފާގައި ތިބި ނަޒްރާންއާއި އިމާއަށް ތިރިއަށް ފޮށިހިފައިގެން ފޭބި ރިޔާ ފެނިފައި ތިބީ ޝޮކުގައެވެ. ރިޔާ ކާރު ޑްރައިވަރާ ފޮށި ހަވާލުކުރުމަށްފަހު އީމާއާއި ދިމާލަށް ބަލާލުމަށްފަހު ހިނިތުންވެލީ ޝުކުރު އަދާ ކުރާ ފަދަ ގޮތަކަށްށެވެ. “ނާއިކް ސްޓޮޕް ހާރ” އީމާ އާދޭސް ކުރާ ފަދަ ގޮތަކަށް ނާއިކް އާއި ދިމާލަށް ބަލާލުމަށްފަހު ބުނެލިއެވެ. ނާއިކް އިސްޖަހާލީ އޭނާއަށް އިތުރު ކަމެއް ނުކުރެވޭނެއޭ ބުނާ ފަދަ ގޮތަކަށްށެވެ. ނާއިކް އޭނާ ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރަން ނޫޅުމުން ރިޔާގެ ހިތްވަރު މުޅިންހެން އެލުނެވެ. “ރިޔާ ދަރިފުޅާ މިކަމާ ވާހަކަ ދައްކަން ހިނގާބަލަ” ނަޒްރާންއަށް ބުނެވުނެވެ. “ތޭންކްސް ފޯރ އެވްރީތިންގް” ރިޔާ ފަހަތަށް އެނބުރި ބަލާލުމަށްފަހު ބުނެލީ ހަމަ އެކަނި މިހެންނެވެ.
“ނާއިކް ވަޓް ހެޕެންޑް” ރިޔާ ނިކުތުމުން ނަޒްރާން އަދި އީމާ ގޮސް ނާއިކްއާއި ވާހަކަ ދައްކަން ފެށިއެވެ. “ޑޭޑް ވިލް ޔޫ ލީވް އިޓް މިއަދަށް ފަހު އެކަކުވެސް މިގޭގައި މިކަމާ ބެހޭގޮތުން ވާހަކަ ދައްކާ އަޑު އަހާކަށް އަޅުގަނޑު ބޭނުމެއްނޫން”ނާއިކް އޭނާގެ ފަހު ނިންމުން އިއްވާލިއެވެ. އީމާއާއި ނަޒްރާން ނާކާމިޔާބު ވެގެން ނާއިކްގެ ކޮޓަރިން ނިކުތީ ފަހުން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ނިންމާގެންނެވެ.
ރިޔާ ނާއިކް މެން ގެއިން ނިކުތުމަށްފަހު މިސްރާބު ޖެހީ ހޮޓަލަކަށްށެވެ. ހިނގާފައި ދާން ބޭނުންވި ނަމަވެސް މިއަދު އާދަޔާ ހިލާފަށް ވަރުބަލިވާތީ ރިޔާ ބޭނުންވީ ކާރުގައި ދިޔުމަށްށެވެ. ހޮޓެލަށް ވަދެ އިރުކޮޅަކަށް ގޮޑީގައި މަޑުކޮއްލަން ބޭނުންވީ އެނބުރުން އަރާހެން ހީވާތީއެވެ. ހޮޓެލުން ތަޅުދަނޑި ނެގުމަށްފަހު އޭނާއަށް ހަމަޖެހިފައިވާ ކޮޓަރިއާއި ދިމާލަށް އޭނާ މިސްރާބުޖެހިއެވެ. ވަކި ހިސާބަކަށް ދެވުނު ފަހުން ރިޔާއަށް ވެއްޓެން ދިޔައެވެ. ލޯމަރާލަން ބޭނުން ނުވިނަމަވެސް ރިޔާއަށް ލޯމަރާލެވުނީ އިހްތިޔާރަކާ ނުލައެވެ.
*_*
“ނާއިކް، އިއޫ، މީ އިންސާނުން އުޅޭތަނެއްތަ” އިމާ ބުނެގެން ނާއިކްއާއި ވާހަކަ ދައްކަން އައި ޒަކްވާންއާއި އައިލީންއަށް ކޮޓަރިތެރެ ފެނިފައި ހައިރާންވިއެވެ. ބިންމަތީގައި ނެތް އެއްޗެއް ނެތެވެ. އަލަމާރީގައި ހުރި ހުރިހާ ގަމީހަކާ ޓީޝާޓަކާ ހުރީ ބޮޑިކޮއްފައި ބިންމަތީގައެވެ.
“އޯ އިޓްސް ޔޫ ގާއިޒް” ނާއިކް ވަރުނެތް ގޮތަކަށް އެނދުން ބޯ ހިތްލާލުމަށްފަހު ބުނެލިއެވެ. “ޔާރ ހައު އާރ ޔޫ، އިމަށްތަ ކިޔާދިންވީ ގޮތް” އައިލީން ބުނެލިއެވެ. “ޝީ ލެފްޓް” ނާއިކް ބުނެލިއެވެ. “ވައި، ވަޓް ހެޕެންޑް” ޒަކްވާން އަހާލިއެވެ. އަސްލު ވީ ގޮތް ކިޔާދެން ނާއިކް ފަސްޖެހުނެވެ. އޭނާގެ ހަޔާތުގައިވެސް ޒަކްވާންއަށް ނާންގާ އޭނާ ކަމެއްކުރި ހަމައެކަނި ކަމަކީ މިއެވެ. “އަސްލު ރިމެމްބަރ ރިޔާ އެންނުދޯ އަހަރުމެން ކޮލެޖުގައި އުޅުނު އިރު އެންމެ ޕޮޕިއުލާއީ” ނާއިކް ފެށިއެވެ. “ޔާރ” ޒަކްވާންއަށް ނާއިކްއާއި ދިމާލަށް ބަލާލީ ގަބޫލު ނުކުރާ ފަދަ ގޮތަކަށްށެވެ. ނާއިކް ކިޔާ ނުދިންނަމަވެސް ނާއިކްގެ އެންމެ ޖުމްލައަކުން ޒަކްވާން އަށް އަސްލު ވީގޮތް އިނގިއްޖެއެވެ. “ނޯ ނާއިކް ނޯ، ޑޯންޓް ޓެލްމީ ޔޫ ޑިޑްންޓް” ޒަކްވާންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. “އައި ޑިޑްނޮޓް އެކްސްޕެކްޓް އިޓް ޓު އެންޑް ދިސް ވޭ، ޒަކްވާން، ޑޭޑް މެރީ ކުރީމަ ނޫނީ ކޮމްޕެނީ ނުދޭނަމޭ ބުނީމަ އައި ކައިންޑަ ލޮސްޓް އިޓް”ނާއިކް އަށް އޭނާގެ އިސްތަށިގަނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
“ވައި، ކުރިން ހަމަ ޕްރިޓެންޑް ކުރިހެން އުޅެވުނީހެންނު” އައިލީންއަށް ބުނެވުނެވެ. “އައި ފެލްޓް ލައިކް އައި ވޯޒް ފޯލިންގް ފޯރ ހާރ އެންޑް އައި ލެޓް ކައިލާ ގެޓް އިންޓު މައި ހެޑް” ނާއިކް އަށް ކިޔާލެވުނެވެ. “ކައިލާ އޭ، ދެޓް ގާރލް ހޭޒް ބީން އާފްޓާރ ޔޫ ސިންސް ދަ ބިގިނިންގް އޮފް ޓައިމް” އައިލީން އަށް ކުށްވެރި ކުރެވުނީ ކައިލާއެވެ. “ޑޯންޓް ޓެލް މައި މަމް އެންޑް ޑޭޑް ދޭ ވުޑް ބީ ޑިސަޕޮއިންޓެޑް” ނާއިކް އެނދުން ތެދުވަމުން ބުނެލިއެވެ. ޒަކްވާންއާއި އައިލީން ނާއިކްއާއި ދެބަސްވާން ބޭނުން ނުވުމުން މިކަމަށް އެއްބަސްވީއެވެ.
*_*
މަޑުމަޑުން ދެލޯ ހުޅުވާލެވުނު ރިޔާއަށް ދެލޯ ހުޅުވާލުމާއެކުހެން ފެނުނީ ބީރަށްޓެހި މާހައުލެކެވެ. އޭނާ އޮތީ ހޮޓެލްގެ ރޫމްއެއްގަ ކަން އޭނާއަށް އިނގުނެވެ. އެނދުން ތެދުވުމާއެކީ އޭނާގެ ލޮލުގައި އަޅާގަތީ ފުރަތަމަ ކޮތަރީގެ ސޯފާގައި އިށީންދެ އިން އަންހެނެކެވެ. “އަދި ނުދެތުވޭ ޔޫ ފެއިންޓެޑް” ރިޔާ ކޮޅަށްތެދުވާން އުޅުމުން އެ އަންހެން މީހާއައިސް ރިޔާގެ ކޮޑުގައި ހިފަހައްޓާލުމަށްފަހު އެނދުމަތީ ބޭއްވިއެވެ. “ވެއާރ އޭމް އައި” ރިޔާ އަށް އަހާލެވުނެވެ. “މީ ޕެރަޑައިސް ހޮޓެލް، ޔޫ ފެއިންޓެޑް އެންޑް މައި ސަން ރިޔާންޝް ކޯޓް ޔޫ އެންޑް ބޯޓް ޔޫ ޓު އަވަރ އެޕާރޓްމެންޓް، އަހަންނަކީ ރާނިޔާ” ރާނިޔާ ރިޔާއަށް ވީ ގޮތް ކިޔާ ދިނެވެ. “ރިޔާ” ރިޔާވެސް އޭނާގެ ނަން ބުނެލިއެވެ.
“ރިޔާ ފެމިލީ މީހަކަށް ގުޅަން ބޭނުންތަ،” ރާނިޔާ އަހާލިއެވެ. “އައި ޑޯންޓް ހޭވް ވަން، މައި އަންކަލް ވޯޒްދަ އޮންލީ ވަން ލެފްޓް އެންޑް ހި ޑައިޑް 4 މަންތްސް އެގޯ” ރިޔާ އަށް ބުނެލެވުނެވެ. “އައި އޭމް ސޮރީ” ރާނިޔާ އަށް ބުނެލެވުނެވެ. “އައި ވިލް ބީ ގޯން ބިފޯރ ޔޫ ނޯއިޓް އައި ބޫކްޑް އަ ރޫމް އެކްޗުއަލީ” ރިޔާ ބުނެލިއެވެ. ރިޔާ މިހެން ބުނި ގަޑީގަ ދެން އެތަނަށް އައީ އިސްކޮޅުން ދިގު ޒުވާން ފިރެހެން ކުއްޖަކާއި ފިރެހެނެކެވެ. “ރިޔާ މީ ރިހާމް އަހަރެންގެ ފިރިމީހާ ދެން މީ އަހަރެންގެ ފިރެހެން ދަރިފުޅު ރިޔާންޝް، ރިޔާ މި ކޮޓަރިއަށް ގެނައީ އޭނަ” ރާނިޔާ ކިޔާދިނެވެ. ރިޔާ ޝުކުރު އަދާކުރުމުގެ ގޮތުން ހިނިތުންވެލީއެވެ. ރިޔާއަށް ރެސްޓް ކުރަން ވަގުތު ދިނުމަށްފަހު ރިޔާންޝް، ރިހާމް އަދި ރާނިޔާ ނިކުތީ ބޭރަށްށެވެ.
“ހާދަ ޔަންގް އިރަކުއޭ އެކަނި އެއުޅެނީ” ރިހާމް ވާހަކަ ދެއްކިއެވެ. “ފެމިލީ މީހަކު ނެތޯ” ރާނިޔާ ކިޔާދިނެވެ. “19 އިޔާރސް ކަންނޭންގެ އަދި ވާނީ ދޯ” ރިޔާންޝް ބުނެލިއެވެ. “ކިހިނެތް ހަދަން ރިޔާ ވިސްނީ” ރިހާމް އަހާލިއެވެ. “މި ހޮޓެލުން އެޕާރޓްމެންޓް އެއް ހިފާފައޯ ވާނީ ސޯ ދާނަމޯ ވަރަށް އަވަހަށް” ރާނިޔާ ބުނެލިއެވެ. “އައި ތިންކް ވީ ޝުޑް ބްރިންގް ހާރ ވިތް އަސް ޓު ސިންގަޕޫރް” ރިހާމް އޭނާގެ ހިޔާލު ފާޅު ކުރިއެވެ. “ވީ ކުޑް އެޑޮޕްޓްހާރ، މަމް ތިންކް އެބައުޓް އިޓް، އިތް ވިލްބީ ލައިކް ދަ ޑޯޓާރ ޔޫ ނެވާރ ހޭޑް” ރިޔާންޝް ބުނެލިއެވެ. “ހޫމް، ބަލާލާފައި އަދި ވާހަކަ ދައްކާ ގޮތުންވެސް ނުބައި ކުއްޖެއްހެން ހީނުވޭ” ރާނިޔާވެސް މިކަމަށް އެއްބަސް ވިއެވެ.
ރަނގަޅަށް ރެސްޓު ކުރުމަށްފަހު ރިޔާއަށް ތެދުވެވޭވަރުވީ ރޭނގަޑެވެ. އޭރު ރިހާމްއާއި ރިޔާންޝް އަދި ރާނިޔާ ހުރީ ސިޓިންގްރޫމްގައެވެ. “ރިޔާ އެއްޗެއް ކާންވީނު” ރާނިޔާއަށް ރިޔާ އަންނަތަން ފެނުމުން ބުނެލިއެވެ. “ނޯ ތޭންކްސް، އައި ތިންކް ދިޔައިއްޔާ ކަންނޭންގެ ރަނގަޅުވާނީ، އައި ހޭވް އޯލްރެޑީ ޓްރަބަލްޑް ޔޫ ސޯ މަޗް” ރިޔާއަށް ބުނެލެވުނެވެ. “ޑޫ ޔޫ ހޭވް އަ ފެމިލީ ޓު ރިޓާންޓު” ރިޔާންޝް އަހާލިއެވެ. ރިޔާ އަކަށް ބުނާނެ އެއްޗެއް ނޭންގުނެވެ. އެހެންކަމުން އޭނާ ހަމަ އެކަނި އިސްޖަހާލީއެވެ. “ވައި ޑޯންޓް ޔޫ ކަމް ވިތް އަސް” ދެން ރިހާމް ބުނި އެއްޗަކުން ރިޔާ ދިޔައީ ސިހިގެންނެވެ. “ވީ ވިލް ހެލްޕް ޔޫ ގެޓް އިންޓު ޔުނިވާރސިޓީ، ވީ ވިލް އެޑޮޕްޓް ޔޫ އެންޑް ޔޫ ވިލް ބީ ވަން އޮފް އަސް، ވީ ވޯންޓް ޓު ހެލްޕް ޔޫ”ރާނިޔާ ބުނެލިއެވެ.
“ރިޔާ އަޑުއެހިންތަ މާސްޓަރ ޓެކް ކިޔާ ކޮމްޕެނީގެ ވާހަކަ” ރިހާމް އަހާލިއެވެ. “ޔާރ އެއީ ސިންގަޕޫރުގެ މަޝްހޫރު ޓެކްނޮލޮޖީ ކޮމްޕެނީ އެއްދޯ” ރިޔާ ބުނެލިއެވެ. “ޔެސް އެއީ އަހަރުމެންގެ ކޮމްޕެނީ އެއް” ރިޔާންޝް މިހެން ބުނުމުން ރިޔާގެ އަނގަ ހުޅުވުނެވެ. ނާއިކްގެ ކޮމެޕެނީ އަކީވެސް ޓެކްނޮލޮޖީ ކޮމްޕެނީ އެއްކަމުން އޭނާއަށް ވެސް ކުޑަކޮށް ދުނިޔޭގެ މަޝްހޫރު ޓެކްނޮލެޖީ ކޮމްޕެނީ އިނގެއެވެ. އަދި މާސްޓާރ ޓެކް އަކީ ދުނިޔޭގެ މަޝްހޫރު ކޮމްޕެނީ އެއްކަން ރިޔާ އަށް ވެސް ފުދޭ މިންވަރެއް އިނގެއެވެ.
“އަހަރުމެން ބޭނުން ރިޔާއަށް އެހީވާން” ރާނިޔާ ބުނެލިއެވެ. “އަހަރުމެން ފެމިލީގަ ދެން ހުންނާނީ އަހަރެންގެ ވައިފް، އެމިލީ، ޝީ އިޒް އޮން ޖޮބް” ރިޔާންޝް ކިޔާދިނެވެ. “އަޅުގަނޑު ވިސްނާލަން ބޭނުން” ރިޔާ ބުނެލިއެވެ. ރާނިޔާ ރިޔާންޝް އަދި ރިހާމް ރިޔާއަށް ވިސްނަން އެއްދުވަސް ދިނުމަށްފަހު ރިޔާގެ ޖަވާބު އިނގުމުން އެމީހުން ސިންގަޕޫރަށް ދިޔައީ ރިޔާވެސް ގޮވާގެންނެވެ.
************
ރިޔާގެ ވާހަކަ ނިމުނު އިރު ފަސް އަހަރުވަންދެން ރިޔާންޝް، ރިހާމް އަދި ރާނިޔާ ކުރަން ބޭނުންވި ސުވާލު ތަކުގެ ޖަވާބު ލިބިއްޖެއެވެ. “އައި އޭމް ސޮރީ އަސްލު އަހަރެން ހިއެއް ނުކުރަން ނާއިކް އެކަހަލަ ކަމެއް ކޮއްފާނެ ކަމަކަށް” ރިޔާންޝް އަށް ބުނެވުނެވެ. “އެއީ ދެން މީގެ ފަސް އަހަރު ކުރިނެންނު މިހާރު އޭނާވެސް ބަދަލު ވެފަ އެންނު ހުންނާނީ، ކޮމްޕެނީ އަށް ފައިދާ ވަންޔާ އަޅުގަނޑުގެ މައްސަލަ އެއް ނެތް” ރިޔާ ބުނެލިއެވެ. “ނާއިކް އަކަށް ނޭންގޭ ދޯ ނައިރާގެ ވާހަކަ އެއް” ރިހާމް އަހާލިއެވެ. “އާން އެކަމު މިއަދު ފެނުނީމަ ވަރަށް ބެލި، އިނގިގެން ކަންނޭންގެ، ނައިރާ ވައްތަރީ ނާއިކް އާ ވިއްޔަ” ރިޔާ ބުނެލިއެވެ. “އޯކޭ އެހެންވީމަ ވޯކްގަވެސް ނާއިކް އާ ރިޔާއާ އެއްކޮން އެއްވެސް ކަމެއް ކުރަން ނުޖެހޭ ގޮތަށް ހެދޭތޯ ބަލާނަން އިނގޭ” ރިޔާންޝް ރިޔާގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ. ރިޔާ ހަމައެކަނި ހިނިތުންވެލީއެވެ.
*
އަނެއްދުވަހުގެ ހެނދުނެވެ. ނާއިކް ތައްޔާރުވަމުން ދިޔައީ ރިޔާންޝްމެންގެ ކޮމްޕެނީ އޮފީހަށް ދިޔުމަށްށެވެ. “ދަރިފުޅާ، ރިޔާންޝްގެ ކޮމްޕެނީގެ މީޓިންގް އަށް ދޯ ތި ދަނީ” އީމާއަށް ކޯޓު ފަޓްލޫނުގައި ކާގެއަށް ވަދެގެން އައި ނާއިކް ފެނުމުން ބުނެލިއެވެ. ރޭގަ ނާއިކްއަށް ލިބިފައި ހުރި ޝޮކު އޭނާއަށް ހަމަ ރަނގަޅަށްވެސް ފެނުނެވެ. ނާއިކް އަށް އޭނާގެ މަންމަ ރިޔާގެ ވާހަކަ ފަށާނެކަން އިނގެއެވެ. އޭނާ ހުރީ އޭނާގެ މަންމަ ކުރަން ބޭނުން ކޮންމެ ސުވާލަކަށް ޖަވާބުދޭން ތައްޔާރަށްށެވެ. “ހޫމް” ނާއިކް ބުނެލިއެވެ. “ރިޔާ އާއި ދިމާވާނެ ދޯ” އީމާ އަހާލިއެވެ. “ވެލް ޝީ އިޒް ވަން އޮފް ދަ އޯނާސް ސޯ ދިމާވާނެ” ނާއިކް އޭނާގެ ކޮފީތަށި ނަގަމުން ބުނެލިއެވެ. “ނައިރާ ފެނުނީމަ މަމް ކީކޭ ހިތަށްއެރީ” ނާއިކްއަށް އެންމެ ފަހުން ނާހާ ކެތް ނުވުމުން އީމާ ކައިރީ އަހާލިއެވެ. “މަންމައަށް އިނގުނު ފުރަތަމަ ފެނުމުން ވެސް ނައިރާގެ ހަގީގަތް” އީމާ ހިނިތުންވުމަކާއެކު ބުނެލިއެވެ. “ކިހިނެތް ކަންތަށް ކުރަންވީ ދެން އަޅުގަނޑު” ނާއިކް ބުނެލިއެވެ. “ރިޔާއާއި ވާހަކަ ދައްކަން މަންމަ އަށް ފެންނަނީ” އީމާ ބުނެލިއެވެ. “ރިޔާ އަޅުގަނޑަކަށް މާފެއްނުކުރާނެ މަންމަ އަށް ނޭންގުނަސް އަޅުގަނޑު ކުރީކީ މާފު ހައްގުވާ ކަހަލަ ކަމެއްނޫން” ނާއިކް އަށް އިސްޖަހާލަމުން ބުނެލެވުނެވެ. “މަންމައަށް އިނގޭ” އީމާ ބުނެލިއެވެ. އީމާ މިހެން ބުނުމުން ނާއިކް ދިޔައީ ސިއްސައިގެންނެވެ. އޭނާ އެއޮއްވަރަށް ފޮރުވައިގެން އުޅުނު ސިއްރު މަންމަ މެނަށް އިނގުނީ ކިހިނެތް ހެއްޔެވެ.
“ނާއިކް އެހާ އަވަހަށް ކައިވެނި ކުރަން އުޅުނީ ކޮމްޕެނީ ހިންގަން ބޭނުންވާތީ ކަން އިނގުނު ދެން ނާއިކް ރިޔާ ވަރި ކުރި ދުވަހު ޒަކްވާންއާއި އައިލީންއާއި ވާހަކަ ދައްކި ގަޑީގައި މަންމަ މެން ތިބީ އަޑުއަހަން، ސޯ މި 5 އަހަރު މަންމަ މެން ހަމަ އެއްޗެކޭ ނުބުނެ މިތިބީ ދަރިފުޅު ބުނޭތޯ،”އީމާ ބުނެލިއެވެ. “އައި އޭމް ސޮރީ މަންމާ، އިނގޭ މަންމަ އުންމީދު ކޮއްގެން ހުރި ގޮތެއްނޫންކަން މީ އެކަމު އަޅުގަނޑަށްވެސް އޭރު ނުބައި ޑެޒިސަން ނެގުނީ” ނާއިކް ބުނެލިއެވެ. “ކުރިން ނުބައި ޑެޒިޝަން ނެގިފަ ހުއްޓަސް ނާއިކް ދެން އެކަންތަށް ރިޕީޓް ނުކުރޭ” އީމާ އޭނާގެ ދަރިފުޅުގެ ކޮޑުގައި ޖަހާލަމުން ބުނެލިއެވެ.
*
އޮފީހަށް ވަންއިރު އެންމެންވެސް އުޅުނީ ވަރަށް އަވަދި ނެތި ކޮންނެވެ. ސަބަބަކީ ނާއިކް އަންނާތީކަން އޮފީހަށް ވަދެގެން އައި ރިޔާއަށް އިނގެއެވެ. އޭނާ މިއަދު ނާއިކް އާއި ކުރިމަތި ލާން ޖެހޭނީ ހަމަ އެކަނި މީޓިންގް ގައި ކަން އޭނާއަށް އިނގުނެވެ. މީޓިންގް ފެށުމުގެ ކުރިން ރިޔާންޝް އައިސް ރިޔާގެ އޮފީހަށް ވަނެވެ. “ޔޫ ގުޑް، ނާއިކް އެބައިން ކޮންފަރެންސް ރޫމްގައި” ރިޔާންޝް ބުނެލިއެވެ. “ޔާ، އައި އޭމް ގުޑް” ރިޔާ މިހެން ބުނެލުމަށްފަހު ތެދުވެ ރިޔާންޝްގެ ފަހަތުން އޭނާވެސް ކޮންފަރެންސް ރޫމްއަށް ހިނގާގަތެވެ. ކޮންފަރެންސް ރޫމް އަށް ރިޔާންޝް ވަދުމަށްފަހު ގޮޑީގައި އިން ނާއިކް ތެދުވެ ސަލާމް ކޮއްލިއެވެ. ވަދެގެންއައި ރިޔާއަށް ނާއިކްގެ ކައިރީގައި ހުރި އަންހެން ކުއްޖާ ފެނުނީ ދެނެވެ. އެ އަންހެން ކުއްޖާއަށްވެސް ރިޔާ ފެނުމުން ހުއްޓުން އަރާފައި ހުރެވުނީއެވެ. “ރިޔާންޝް މީ އަހަރެންގެ ޕީއޭ ކައިލާ” ރޭގައި ރިޔާ ކިޔައިދިން ވާހަކަ އިން ރިޔާންޝްއަށް ވަރަށް ރަނގަޅަށް ކައިލާ އަކީ ކޮންކަހަލަ ކުއްޖެއްކަން އިނގެއެވެ. ރިޔާންޝްއަށް ރިޔާއާއި ދިމާލަށް ބަލާލެވުނީ ކަންބޮޑުވުމާއެކުއެވެ. މިތަން ފެނުނު ނާއިކްއަށް ރިޔާންޝްއަށް އޭނާއާއި ރިޔާއާއި ދެމެދު ހިނގާދިޔަ ކަންތަށް އިނގޭކަން ހާމަވިއެވެ.
އެހާދުވަސް ކޮއްފަ ފެނުނު އިރުވެސް ކައިލާގެ މޫނުމަތިން ރިޔާއަށް ފެނުނީ ބޮޑާކަމެވެ. މިތަން ރިޔާންޝްއަށް ވެސް ފެނުނެވެ. “ކައިލާ ހާއި އަހަރެންމީ ރިޔާންޝް މި ކޮމްޕެނީގެ އެއް ސީއީއޯ، ދެން މީ ރިޔާ މިކޮމްޕެނީގެ ދެވަނަ ސީއީއޯ” ރިޔާންޝް ސީއީއޯ މި ބަސް ބުނެލީ އަޑަށް ވަރަށް ބާރުލާފައެވެ. ރިޔާއާއި ކައިލާއާއި ދެމެދު ހުރި ތަފާތު އަންގައިދޭން ބޭނުންވާ ފަދަ ގޮތަކަށްށެވެ. ހުދު ކައިލާއަށްވެސް މިކަން ފާހަގަ ވިއެވެ. ރިޔާއަވަހަށް ގޮޑިގައި އިށީނުމަށްފަހު މީޓިންގް ފެށުމަށް އޭނާގެ ޕީއޭއަށް އިޝާރާތް ކޮއްލިއެވެ.
“ރިޔާންޝް ކޭން ވީ ޓޯކް” މީޓިންގް ނިމުމާއެކު ހެން ނާއިކް ބުނެލިއެވެ. ރިޔާންޝް އާއެކޭ ބުނުމަށްފަހު އެންމެން ރޫމްއިން ނިކުންނަން ދެން މަޑުކުރީއެވެ. ރިޔާންޝް ރިޔާއަށް ބަލާލުމުން ރިޔާވެސް ބޯ ޖަހާލުމަށްފަހު ނިކުތީއެވެ. “އަހަންނަށް އިނގޭ މިހާރު ރިޔާންޝްއަށް ހުރިހާ ކަމެއް އިނގޭކަން އެންޑް އައި ހޯޕް ނަތިންގް ވިލް ޗޭންޖް ބިޓްވީން އަސް” ނާއިކް ވާހަކަ ފެށިއެވެ. “އަސްލު އަހަރެން ނާއިކްއާއި ޕާރޓްނާރ ވާން އުޅުނު އިރު ނޭންގެ ނާއިކްއާއި ރިޔާގެ ދެމެދުގައި ކަމެއް ހިނގިކަމެއް، ދެން ރިޔާ ކައިރީވެސް ނުބުނަން ނާއިކްގެ ވާހަކަ އެއް، ފޭޓް ވީމަ ކަންނޭންގެ އެދުވަހު ނާއިކްމެން ގެއިން ދިމާވީ، އަހަރެން ބުނާނީ އަހަރެން ބިޒްނަސް ޕާރސަނަލް ކަންކަމާ އެއް ނުކުރަން އެހެންވީމަ އެއްވެސް ބަދަލެއް ނާންނާނެ އަހަރުމެންގެ ފްރެންޑްޝިޕް އަކަށް” ރިޔާންޝް ޔަގީންކަން ދިނެވެ. “އެކަމު އަހަރެން ބޭނުން އަހަރެންގެ ކޮއްކޮ އަށް ވީހާވެސް ހަމަ ޖެހިގެން މަސައްކަތް ކުރެވޭ ގޮތް ހަދަން އެހެންވީމާ ނާއިކްގެ ގިނަ މީޓިންގް ގައި ބައިވެރިވާނީ އަހަރެން އެކަނި” ރިޔާންޝް މިހެން ބުނުމުން ނާއިކް މިކަމަށް އެއްބަސް ވިއެވެ.
ރިޔާ މަސައްކަތް ކުރާތަން ބަލަން ކައިލާ ދުރުގައި އިނީ ހަސަދަ ވެރިކަމާއެކުއެވެ. ރިޔާއަށް މިހާބޮޑު މުއްސަނދި ކަމެއް ލިބުނީ ކިހިނެތްބާއޭ އޭނާ ހިތަށް އެރިއެވެ. ހުދު ރިޔާއަށްވެސް ކައިލާގެ ނަޒަރު އޭނާއަށް ހުރިކަން އިނގެއެވެ. ނަމަވެސް އެކަން މާބޮޑުކަމަކަށް ނުހަދާ އޭނާ އޭނާގެ މަސައްކަތާގެން ކުރިއަށް ދިޔައެވެ. “އަމް އެކްސްކިއުޒް މީ” ކައިލާ އެތާ އޮފީހުގައި މަސައްކަތް ކުރަން އުޅޭ ކުއްޖަކަށް ގޮވާލިއެވެ. “ރިޔާއަކީ ރިޔާންޝްގެ ވައިފް ތަ” ކައިލާ އަހާލިއެވެ. “ހެހެހެ، ނޫން ރިޔާ އަކީ ރިޔާންޝްގެ އެޑޮޕްޓެޑް ކޮއްކޮ” އެކުއްޖާ މިހެން ބުނުމަށްފަހު މަސައްކަތަށް އެނބުރި ދިޔުމުން ކައިލާ ހުރީ ހަސަދައިން އަނދައަނދަ އެވެ.
ރިޔާންޝްއާއި ވާހަކަ ދައްކާފައި ނާއިކް އައުމުން ކައިލާ ނާއިކްގެ ފަހަތުން ދިޔައީ ރިޔާއޭ ކިޔާގެން ނާއިކްގެ ބޮލަށް ވިހަ ލާން ތައްޔާރުވެ ހުރެއެވެ. “ރިޔާ ދޯ އެއީ ވަޓް އަ ގޯލްޑް ޑިގާރ” ކައިލާ ކާރު ދުއްވާލަމުން ބުނެލިއެވެ. ކައިލާ ހަމަ މިހެން ބުނުމުން ނާއިކްގެ އަތުން ކާރުގެ ބިއްލޫރިގަނޑުގައި ޖެހި އަޑު އިވުނެވެ. ކައިލާ ނާއިކްއާއި ދިމާލަށް ބަލާލީ ބިރުވެރިކަމާއެކުއެވެ. “ޑޯންޓް ސޭ ދެޓް އެބައުޓް ހާރ” ނާއިކް ދިނީ އިންޒާރެކެވެ. ކައިލާ އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. މީގެ ކުރިން ކައިލާ ކިތަންމެ ގިނައިން ރިޔާއާއި ދިމާލަށް އެއްޗެހި ކީ ނަމަވެސް ނާއިކް އިންނާނީ މަޑުންނެވެ. މިކަހަލަ ރިއެކްޝަންއެއް ދުވަހަކުވެސް ކައިލާއަކަށް ރިޔާގެ ވާހަކަ އެއް ބުނެލާގެން ނުފެނެއެވެ. “ވޯ ނާއިކް ވަޓްސް ގޯއިންގް އޯން” ކައިލާ އަހާލިއެވެ. “ޝީ އިޒް ނޮޓް އަ ގޯލްޑް ޑިގާ، އައި ވިލް ނޮޓް ލެޓް ޔޫ ސޭ އެނީތިންގް ބޭޑް އެޓްހާރ ފްރޮމް ނައު އޯން ޑޫ ޔޫ އަންޑަސްޓޭންޑް،” ނާއިކްގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ. ކައިލާ އިނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ.
“ހެލޯ ޒަކްވާން ޑިޑް ޔޫ ފައިޑް މޯ އިންފޮމޭޝަން އެބައުޓް ހާރ” ނާއިކް ދެން ފޯނުނަގާ ޒަކްވާންއަށް ގުޅާލުމަށްފަހު އަހާލިއެވެ. “އޯކޭ ޓުޑޭ ލަންޖް އިން ދިމާވާންވާނެ” ނާއިކް ޒަކްވާން އާއެކޭ ބުނުމުން ފޯނު ބޭއްވިއެވެ. “ކާކުގެ ވާހަކަ އެއް ތިދައްކަނީ” ކައިލާއަށް އަނގަމަޑު ލައިގެން ނީންދެވުނެވެ. “ނައިރާ” ނާއިކް މަޑުމަޑުން ބުނެލިއެވެ. ކައިލާ ހީކުރީ އެއީ ނާއިކް ސެޓް ކުރަން އުޅޭ ކުއްޖެއްކަމަށްށެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާ ނޫން މީހަކަށް ނާއިކް ލިބިގެން ނުވާނެއެވެ. “އެއީ ކާކު” ކައިލާ އަވަސް އަވަހަށް އަހާލިއެވެ. “އަހަރެންގެއާއި ރިޔާގެ ޑޯޓާރ” ނާއިކް ކައިލާއާއި ދިމާލަށް ބަލާވެސް ނުލާ ބުނެލިއެވެ. ކައިލާ އިނީ ޝޮކެއްގައެވެ. ނާއިކް ރިޔާ ވަރި ކުރި އިރު ރިޔާ ބަޑުބޮޑީތާއެވެ. ނާއިކް އަނެއްކާ ރިޔާ އާއި ގުޅެން މަސައްކަތް ކުރަނީ ބާއެވެ. ނޫނީ ރިޔާ ނާއިކް އާއި ގުޅެންވެގެން އުޒުރަކަށް ކުއްޖަކު ދައްކަނީ ބާއެވެ. ކައިލާގެ ސިކުނޑީގައި މިކަހަލަ ހިޔާލުތަށް ދައުރުވާން ފެށުމުން އޭނާގެ ހަސަދަވެރިކަން އިތުރުވާންފެށިއެވެ.
މީޓިންގް ނިންމާފައި އެނބުރި އޭނާގެ އޮފީހަށް ވަން ރިޔާ ގަބޫލު ކުރަން ބޭނުން ނުވިޔަސް ނާއިކް އާއި އެކު ކައިލާ ފެނުމުން އޭނާއަށް އަސަރު ކޮއްފިއެވެ. ނާއިކް ބަދަލުވީކަމަށް އޭނާއަށް ހީކުރެވުނު ނަމަވެސް އޭނާއަށް ހީކުރެވުނީ ނުބައި ކޮންނެވެ. ގަޑި ބަލާލުމަށްފަހު ދެން އޭނާ މިސްރާބު ޖެހީ ނައިރާ ސުކޫލުން ބަލާދިޔުމަށްށެވެ.
” ކޮބާ ހަބަރަކީ” ރެސްޓޯރަންޓްއަށް ވަދެ އިށީންނަމުން ނާއިކް ޒަކްވާންއަށް ބުނެލިއެވެ. “އައިލީން ބުނި ރޭގައި އޭނައާއި ރިޔާއާއި ދިމާވި ވާހަކަ، އެޕޭރަންޓްލީ ނައިރާ އުޅެނީ އެ ސުކޫލުގައި، އެންޑް ޝީ އިޒް 5 އިޔާރސް އޯލްޑް” ޒަކްވާން ކިޔާދިނެވެ. “ވަޓް ޑޫ ޔޫ ޕްލޭން އޮން ޑޫއިންގް،” ޒަކްވާން ނާއިކް ކައިރީ އަހާލިއެވެ. “އަހަރެން ބޭނުންވާ ގޮތެއް ނޭންގެ އަހަންކަށްވެސް، އެކަމު އަހަރެން ބޭނުން ރިޔާ ލައްވާ ނައިރާ އެއީ އަހަރެންގެ ދަރިއެކޭ ބުނުވަން، ދެން އޭގެ ފަހުން އިނގޭނީ ދެން ހަދާނެ ގޮތެއް” ނާއިކް ބުނެލިއެވެ. “ވޯކް ގެ ވާހަކަ އެއް ދައްކަންތަ، އަހަރެން ބޭނުން ކައިލާ އަހަރެންގެ ޕީއޭގެ މަގާމުން ވަކި ކުރަން” ނާއިކް ކުއްލިއަކަށް މިހެން ބުނުމުން ޒަކްވާންއަށް ނާއިކްއާއި ދިމާލަށް ބަލާލެވުނެވެ. “ވައި ނައު” ޒަކްވާން އަހާލިއެވެ. އޭނާ ކުރިންވެސް ނާއިކް ކައިރީ ކައިލާއާއި ދުރުވުމަށް ނަސޭހަތްދިނެވެ. ނަމަވެސް ކުޑައިރުގެ އެކުވެރިއެއްކަމުން ނާއިކް އެކަން ނުކުރެއެވެ. “މިއަދު ކައިލާ އާއި އެކީ އަހަރެން މީޓިންގް އަށް ދިޔައީ އެންޑް ފޯރ ސަމް ރީޒަން އައި ސޯ ޑިސަޕޮއިންޓްމެންޓް އިން ހާރ އައިސް” ނާއިކް ދެއްކީ ރިޔާގެ ވާހަކަ ކަން ޒަކްވާންއަށް އިނގުމުން ހިނިތުންވެލިއެވެ. “މޭބީ ޝީ ލަވްސް ޔޫ އަދިވެސް، އައި މީން ތިންކް އެބައުޓް އިޓް، ޔޫ ހާރޓްހާރ، އެކަމު ފައިވް އިޔާރސް ވޭތުވެ ދިޔައިރުވެސް ރިޔާ ހަމަ ހުސްކޮނެންނު އެހުންނަނީ” ޒަކްވާން މިހެން ބުނުމުން ނާއިކްއަށް ހުއްޓުންއަރާފައި އިނދެވުނީއެވެ. “ނޯ އަހަރެން ރިޔާއަށް ވަރަށް ހާރޓް ކުރިން، އައި އޭމް ސުއަރ ދެޓް ޝީ ޑަޒްނޮޓް ލަވް މީ ސްޓިލް، އަހަންނަށް ހީވަނީ މިއަދު އަހަންނަށް އެފެނުނު ޑިސަޕޮއިންޓް މެންޓްއަކީ ކައިލާއަށް އޮތް ރުޅިވެރިކަން ކަންނޭންގެ” ނާއިކް އަވަސް އަވަހަށް ބުނެލިއެވެ.