Skip to content
އެސްފިޔަ

ކަނޑުމަތިން ކަނޑުމަތި

ނޯޓް: މި ވާހަކަ އަކީ ” ކަނޑުމަތިން ކަނޑުމަތި” މި ޅެމަށް ނިސްބަތްކޮއް އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ.
**************************************************************

ނިދަނިދާ އޮތް ދުނިޔޭގެ އުދަރެހުގައި ރޭގަނޑުގެ ރާނީ ރަސްކަން ކުރަމުން ދިޔައެވެ. ސާފުވެފައި އޮތް އުޑުމަތި ފަޅުފިލާފައިވަނީ ވިދާ ބަބުޅަމުންދާ ތަރިތަކުންނެވެ. ރައްޔާން އާއި އޭނާގެ އެކުވެރިން ދަތުރު ދާން ބަނދަރަށް ދިޔައެެވެ. ބަނދަރަށް ދެވުނު އިރު ދޯނީގެ ކައްޕި ދޯނި ތެރޭ ހުއްޓެވެ. ރައްޔާން އާއި އޭނާގެ އެކުވެރިން ދޯންޏަށް އެރުމުން ދޯނީގެ ކައްޕި ދޯނި ސްޓާޓް ކުރިއެވެ. މަތިނެރުން ބޭރަށް ނިކުމެ ދަތުރަށް ފެށީ ވިދަ ވިދާ ރިހި ފަތް ގަނޑެއްހެން އޮތް ނޫކަނޑުގެ ހަމަހިމޭން ރާޅުތައް ކަފަމުންނެވެ.

މާ ގިނަ އިރެއް ނުވެ ރަށް ގެއްލޭ ހިސާބަށް ދެވިއްޖެއެވެ. ކުއްލިޔަކަށް ވައިރޯޅީގެ ބާރު ގަދަވެ، އިރުކޮޅެއް ކުރިން ތަރުފާލިގަނޑެއްހެން އޮތް ކަނޑުގެ ބޮޑެތި ރާޅުތައް ދޯންޏައް ބިންދަން ފެއްޓިއެވެ. ކަޅުކަން ގަދަ ވިލާ ތަކުން މުޅި އުޑު މަތި ބަނަ ކޮއްފިއެވެ. ހިތައް ބިރުވެރިކަން ގެންނަ ފަދަ ގޮތަކަށް އޮޑި ވަށައި ރެދަންލާން ފަށައިފިއެެވެ. ކަންފަތް ފަޅައިގެން ދާނެހާ ބާރަށް ގުގުރައިގަތެވެ. ރައްޔާން އާއި އޭނާގެ އެކުވެރިން ބިރުން ހިތް ފަޅައިގެންދާ ވަރު ވަނީއެވެ. ރަށަށް އަނބުރާ ދާން އުޅުނު ވަގުތު ކަނޑު ފަޅެއް ވަކިކުރަން ނޭނގޭ ވަރަށް އަނދިރިވެއްޖެއެވެ. ދަތުރު މަތީ ކަނޑުމަތި އެޅީކަން ރައްޔާން މެންނަށް ވިސްނުނެވެ. ވިދާލި އަލި ރޮނގުން މުޅި އުދަރެސް ދިއްލައިފިއެވެ. ކޮންމެ ފަދަ ނުރައްކަލެއް އަތުވެދާނެ ކަމުގެ ބިރު ރައްޔާންގެ ހިތައް ވެރިވެއްޖެއެވެ. އެ ހިނދު، ބޭއިޙްތިޔާރުގައި ރައްޔާންގެ ދޫ މަތީ ސުބްޙާނަ الله ތަކުރާރު ވަމުން ދިޔައެވެ. ދެން ތިބި ކުދިންވެސް، ސަލާމަތާއި ރައްކާތެރިކަމަށް އެދި މާތް الله ގެ ހަޟްރަތުން ދުޢާ ދަންނަ ވަމުން ދިޔައެވެ.

ނަސީބު ހުރި ގޮތުން ރައްޔާން އާއި އޭނާގެ އެކުވެރިންގެ ދުޢާ އިޖާބަކުރައްވައިފިއެވެ. ވައި މުޅިން މަޑުވެ، ކަނޑުގެ ރާޅުތައް ހަމަހިމޭން ވެއްޖެއެވެ. އިރުކޮޅެއްގެ ތެރޭ އުދަރެހަށް ރަން ކުލަ ވެރިވެ އިރު އަރަން ތައްޔާރުވާކަން ފާޅުވެއްޖެއެވެ. ރައްޔާން އެއްލިކަޅިއެއް ގޮސް ހުއްޓުނީ ކުރިމަތީ އޮތް ރަށަކަށެވެ. ކުޑަނެރުން ވަދެގެންގޮސް އެ ދޮން ފަޅުތެރޭ ނަގިލިލިއެވެ. ކަނޑުމަތީ ވީހައި ކަމެއް ފަހަތައް ލަމުން، ރައްޔާން އާއި އޭނާގެ އެކުވެރިން ލާބަދޫގެ މި ފުރިހަމަ ގުދުރަތީ މަންޒަރު ބަލަން ރަށުތެރެއަށް ހިނގައިގަތެވެ.

=ނިމުނީ=

######
މި ވާހަކައިގައި އެއްވެސް ކުށެއް ވާނަމަ ޕްލީޒް ލެޓް މީ ނޯ (:

Comments (2)

  1. redlailacrose

    Nice ??? mee NNAUU ge first work dhw???hope to see more strys like this??? u have the talent dear ??? keep going ??? never step down ??? learn from ur mistakes ???? stay safe

  2. Husaan

    Nau…
    vhk vrh reethi….
    keep it up

Comments are closed.