Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކަލޯބި

ނީޝް 2

nonamewriter Level 1
March 3, 2021 2 Mins Read
1 Comment

ކޮލެޖަށް ވަން ނީޝް އާއި ލައިސާގެ ލޮލަށް ހާމިން ފެނިއްޖެ އެވެ. ”އޯއެމްޖީ ބަލާ ލައިސް… ދެއާރ އިޒް ހާމިން..“. ލައިސާ އުފާވެރި އަޑަކުން ބުންޏެވެ. ” ހުއް.. ވައި ޝުޑް އައި ކެއާރ“. ފޫހި އަޑަކުން ނީޝް ބުނެލީ އޭނާގެ ލޯބިވާ ޔައިޝް އައުމުންނެވެ. ”އޯހ ހޭއި .. ނީޝް ކިހިނެއް“. ހާމިން އައިސް ނީޝްގެ ގާތަށް އައިސް އަހާލިއެވެ. ”ހާމިންންންން“. ޔައިޝް ރުޅިވެރި ނަޒަރަކުން ބަލާލި އެވެ. ޔައިޝްގެ މޫނުން ޖެލަސީގެ ނިޝާންތައް ފެނުމުން އެންމެން ހީގަތެވެ. އެންމެން ކުލާހަށް ހިނގައިގަތީ ލޮލުން ފެން ވެއްޓޭ ހާލުގައެވެ. ޓީޗަރު އައުމުން ހުރިހާ ކުދިން ހަމަޖެހުނެވެ. ޔައިޝްގެ އެކުވެރިއެއް ކަމަށްވާ ޒައިލަން، ޔައިޝްގެ އަތަށް ނޯޓެއް ދިއްކޮށްލިއެވެ. ޔައިޝް އެ ނޯޓުގައި ވާ އެއްޗެއް ބެލުމަށްޓަކައި ކަރުދާސްކޮޅު ހުޅުވާލި އެވެ. އޭގައި ވަނީ ”އޭތް ބްރޯ ހިނގާ އަހަރެމެން ގެ ކައިރީ ހުންނަ ފަޅުގެއަކަށް ދާން ގާރލްސް ވެސް ގޮވައިގެން ދާން ޖެހޭނީ ބުނޭ ހާއްމި ކައިރީވެސް“ ޔައިޝް ނީޝްގެ އަތަށް ނޯޓް ދިނުމުން ލައިސާއާއި ދެމީހުން އެ ބަލާފައި ބޯ ޖަހާލިއެވެ. ”ހާއްމި …. އޭއި މޭން.. މަޑުކޮށްބަ… ބަލާ އަންނަނީ ސިއްބެ ވިޔަސް ސައިކުގަ… ބާރެއް ނުހުންނާނެ އެއްނު…“. ގޭޓުގެ ދޮރާށި ކައިރީގައި އިން ޒައިލަން އަށް ހާމިން ފެނުމުން ހަނދާންވެލީ ފަޅުގޭގެ ވާހަކައެވެ. ”އޫ.. ޔެސް ޒައި… ކިހިނެއްވީ… “. ކަންފަތުގައި ޖަހާފައި އިން އެއަރ ޕޮޑްސް ނައްޓާލަމުން ހާމިން ބުނެލިއެވެ. ”މިއަދު ހަވީރު އަންނާތި އިނގޭ..“. ޒައިލަން އެހެން ބުނެފައި ކޮލެޖުން ނިކުތެވެ.

ނީޝް ގެއަށް ދިޔައިރު ނިއުހާ މެންދުރަށް ކެއްކުމުގެ ކަންކަމުގައި އުޅުނެވެ. ނީޝް ހެދުން ބަދަލު ކޮށްގެން އައިސް ދައްތައަށް އެހީތެރިވެދިނެވެ. ”ދޮންތާ… އޯކޭ ތަ ހަވީރު ޔައިޝް މެންނާއެކު ޒައިއްކޮ މެން ގެއަށް ދިޔައަސް..“. ނީޝް ފިޔާ ކޮށަމުން ދައްތަ ކައިރިން ހުއްދައަށް އެދުނެވެ. ”ނީޝްކޮ އާއެކީ ދަނީ ކޮންބައެއް؟؟..“. ނިއުހާ ހިނިތުންވެލަމުން އަހާލިއެވެ. ”ޔައިޝް އާ ލައިސާއާއި ހާމިން..“.

”އޯކޭ.. ކައި ގެން ދޭ ފެންވަރަށް..“. ނިއުހާ ކަމުން ބުނެލިއެވެ. ނީޝް ފެންވަރައިގެން ނިކުތް އިރު ޔައިޝްގެ މެސެޖް ތަކެއް އައިސްފައިވެއެވެ. މި ރެޑީ ވަނީ ކަމަށް ބުނެ ނީޝް މެސެޖް ކޮށްލިއެވެ. ގައިގައި އޮޅާލާފައި ވާ ތުވާލި ގަނޑު އެނދުމައްޗަށް އެއްލާލިއެވެ. ނީޝް ކްލޯޒެޓް ހުޅުވައި މަޑު ފެހި ކުލައިގެ ޓޮޕް ކޮޅަކާއި ކަޅުކުލައިގެ ޖިންސެއް ލިއިއެވެ. އޭނާގެ މުށި ކުލައިގެ ފަން ދިގު އިސްތަށިގަނޑު މިނިވަން ކޮށްލުމަށް ފަހު ލިޕް ގްލޮސް ފުޅި ނަގާ އެ ވަށް ކުޑަ ތުންފަތުގައި ހާކާލިއެވެ. ސެންޓް ޖަހާލައިގެން ނިކުތް ނީޝް ގޮވައިގެން ނިއުހާ ދިޔައީ ޒައިލަންގެ ގެއަށެވެ.

******

(ނުނިމޭ)

 

Share Article

Follow Me Written By

nonamewriter

Level 1

Other Articles

Previous

އަދިވެސް ލޯބި ބޭނުމޭ. . . .

Next

އެކުއްޖާ 2 – 22

Next
March 3, 2021

އެކުއްޖާ 2 – 22

Previews
March 3, 2021

އަދިވެސް ލޯބި ބޭނުމޭ. . . .

One Comment

  1. redlailacrose says:
    March 3, 2021 at 9:45 pm

    Hi there.stry is very beautiful ??? which days do u update the stry??? waiting for next part ?? could u please comment on my stories ???

Comments are closed.



All Right Reserved!