އިރުގެ އަލިކަން ދުނިޔެއަށް ދައްކާލީ ލާރާ މާލޭގެ މަގުތަށް މަތީގައި ދުވުމުގައި ހަރަކާތް ތެރިވަމުން ދިޔަ އިރުއެވެ. ފަތިހުގެ ހިތް ގައިމު ވަގުތު މާލޭގެ މަގުމަތީ މަދުންނޫނީ މީހެށް ނުވަތަ ދުއްވާ އުޅަނދެށް ނުފެންނަ މިގަނޑީގައި ލާރާ ދުވަމުން ދިޔައީ ހަމަޖެހިލާގެން ނެވެ.
ކަޅުކުލައިގެ ފަޔަތް ބާރު ޓައިޓް އަކާކަކުލާ ހަމައަތް އަންނަ ވަރުގެ ކަޅުކުލައިގެ އަތް ދިގު ހެދުމެތް ގެ އިތުރުން އަޅާފައި ވާ ވަތް ބުރުގަލުން ލާރާ ގެ ރީތިކަން އެތަށް ގުނައެތް އިތުރު ކޮށްދެއެވެ. އަލާފައިވާ ކަޅުކުލައިގެ ވަތް ބުރުގާ ގެ އެތެރެއިން ފެންނަން އިން ލާރާ ގެ ދޮން ވަށް މޫނުމަތިން ވަރުބަލިކަން ފާޅުވެއެވެ.
އިރުކޮޅަކު ދުވެލާފައި ކައިރީ ގައި ހުރި ރަސްފަންނަން ވަދެލީ އެތަނުގާ އިރުކޮޅަކު މަޑުކޮށްލުމުގެ ނިޔަތުގައެވެ. ރަސްފަންނުގައި ހަދާފައި ހުރި ސިމެންތި ގޮނޑިތަކުގެ ތެރެއިން ގޮޑިއެތްގައި ލާރާ ޖައްސާލީ ވަރުބަލި ފިލުވާލާށެވެ.
އިރު އެތްކޮށް ދުނިޔެއަށް ދައްކާލައިގެން އިންއިރު އެ ފުރިހަމަ މަންޒަރުބަލަން އިން ލާރާ ސިއްސާގެން ދިޔައީ ކައިރީގައި އައިސް ހުއްތެލި އަންހެން ކުއްޖާ ފެނިފައެވެ. ބަލާބެލުމަށް ލާރާ މެން ވަރުވާނެއެވެ. މޫނުމަތީގައި ހިތްހެޔޮ ހިނިތުންވުމެތް ވާއިރު އެކުއްޖާ ވެސް ވަނީ ލާރާއެކޭ އެއްފަދައިން ބުރުގާއަޅާފައެވެ. އެކުއްޖާ މޫނުމަތީގައި ފާޅުވާން ހުރި ދާތިކިތަށް އެކަނިންވެސް އެކުއްޖާ ވެސް އެއައީ ޖޮގިން ކޮށްލާފައިކަން އިނގެއެވެ.
” އޯކޭތަ އަހަރެން މިތާގައި އިށީންދެލިޔަސް ” ލާރާ އާއި ޖެހިގެން އިން ހުސްޖާގައަތް އިޝާރާތް ކޮށްލަމުން އެ އަންހެން ކުއްޖާ ބުނެލިއެވެ. ޖަވާބުގައި ލާރާ ވެސް ހިނިތުންވެ ހުރެ ބޯޖަހާލިއެވެ.
” ހައި އަހަރެން މީ އީނާޝް ” ސަލާމަތް އަތްދިއްކޮށްލަމުން އީނާޝް ބުނެލިއެވެ. ” ލާރާ ” ހިނިތުންވެހުރެ އީނާޝް ގެ އަތުގައި ހިފާލަމުން ލާރާ ބުނެލިއެވެ. ދެމީހުން ވެސް އެގޮތުގައި ވާހަކައިގައި ޖެހިފައި ތިއްބެވެ. މާގިނައިރެތް ނުވަނީސް ދެމީހުން ވެސް ގާތް އެކުވެރިންނަން ވެ ނިމިއްޖެއެވެ. ” އަޅޭ ، މިހާރު އެއޮތް ހަތެށް ޖެހީ އަހަރެން ދާން ވެއްޖެ ، ” އަތުގައި އަޅާފައި ވާ ފިޔާތޮށިކުލައިގެ ކަމަރުލީ ގަނޑިއަތް ބަލާލަމުން ލާރާ މާޔޫސް ވެ ހުރެ ބުނެލިއެވެ. ” އަހަރެން ވެސް ދާން ވެއްޖެ ، މިހާޜު ދޮންބެ ވެސް އަންނާނެ ” ލާރާ އާއި އެކީ ކަހަލަ ގޮތަކަށް ތެދުވަމުން އީނާޝް ވެސް ބުނެލިއެވެ. ދެމީހުން ވެސް މަޑު ހިނގުމެތްގައި ހުރެ އެތަނުން ނިކުން ގަނޑީ އީނާޝް ކައިރިއަތް އައިސް ހުއްޓުނު ޒުވާން ފިރިހެން ކުއްޖާ އަށް ލާރާ ފުން ނަޒަރެތް ދިނެވެ. ކަޅުކުލައިގެ ކަކުލާ ހަމައަތް އަންނަ ސޯޓަކާ ހުދުކުލައިގެ އަތް ކުރު ޓީޝާޓް އެޒުވާނާ އަތް ނުލާހިކު ގުޅެއެވެ. ދާހިތް ލުމުގެ ސަބަބުން ހުދުކުލައިގެ ޓީޝާޓް ވަނީ ގައިގައި ހިފާލާފައެވެ. ނިތްކުރި މައްޗަށް ވެރިފައި ހުރި އިސްތަށިތަކުގައި ވެސް ތެތްކަމެތް ވުމުން ނުލާހިކު ފުރިހަމަކަމަށް ދައްކައެވެ. އެޒުވާނާ އަށް ގެއްލިފައި ހުރި ލާރާ ސިއްސާގެން ދިޔައީ އީނާޝް އޭނާ އަށް ގޮވާލުމުންނެވެ. ސިއްސާގެން ގޮސް ލާރާ އަށް އީނާޝް އާއި ދިމާލަށް ބަލާލިއރު އެމޫނުމަތީގައި ސިހުމުގެ ކުލަވަރުވެއެވެ. ކައިރި ހުރި ޔުއާން ގެ މޫނުމަތީގައި އެވަގުތު ލާނެތް ހިނިތުންވުމެތް ވެރިވެ ގަތީ ލާރާ އަތް ވީގޮތުންނެވެ. މިތަން ފެނި ލާރާ ގެ ދޮންމޫނަށް ޖަންބުކުލަ ވެރިވެގަތެވެ. ” ލާރާ ، މީ އަހަރެން ގެ ދޮންބެ ޔުއާން ، އެން ދޮންބޭ މީ އީން ގެ ފްރެންޑް ލާރާ ” އީނާޝް އެކަކު އަނެކަކު ތަޢާރަފް ކޮށްލަދިނެވެ. އެގަނޑީ ޔުއާން ލާރާ އަތް ހިނިތުންވުމެތް ރަށްދުކޮށްލިއެވެ. އެއާއެކު ލާރާ ގެ ހިތް ނުހުށްޓުނީ ކިރިޔާއެވެ. ޔުއާން ހީލުމުން ކޮލަށް އެރޭ އަޑިކޮޅު ނުލާހިކު ރީއްޗެވެ. ހަމަ ގައިމަތް ވެސް ޔުއާން ފެނި ލާރާ ގެ ހިތް ވަނީ އޭގެ މަގާމުން ދޫވެފައެވެ. ފުރަތަމަ ނަޒަރުން ވެސް ޔުއާން އޭނާ ކަމުދިޔައެވެ. ހުދު ޔުއާން ގެ ހާލަކީ ވެސް މިއެވެ. ލާރާ އަށްޓަކާ އޭނާ ގެ ހިތުގައި ހާއްސަ ޖާގައެތް ހުސްވެގެން ދިޔައެވެ.
އަދިވެސް ބައްދަލުވާނެކަމަތް ބުނެ ލާރާ އާއި އީނާޝް ވަކިވެލިއެވެ.
ދުވަސްތަށް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައިރު ޔުއާން އަދި ލާރާ ގެ ގުޅުން ވެސް ވަނީ ގާތް ވެފައެވެ. ދެހިތުގައި ވެސް އެކަކު އަނެކަކަކަށްޓަކާ ލޯބީގެ ވިންދުޖަހަމުން ދިޔައެވެ. ދުވަހެތް ދުވަހަކަށް އެކަކު އަނެކަކަށްޓަކާ ވީ ލޯބި ފުންވަމުން ދިޔައެވެ. އެކުއެކީ ގައި ތަންތަނަށް ދިޔުމާ، ދުއްވާލަން ދިޔުމާ އެކަކު އަނެކަކާ އެކު ހުސްވގުތު ހޭދަކުރުން މިހާރު ޢާންމުކަމަކަށް ވެއްޖެއެވެ.
އޭގެތެރެއިން ދުވަހެކެވެ. ދެމީހުން ވެސް އެކުގައި ހަވީރު ފިންޏަށް ރަސްފަންނަން އައީ ދެހިތުގެ ހަމަޖެހުން ހޯދާށެވެ. ލާރާއަށްޓަކާ ޔުއާން ގެ ހިތުގައި ވި ލޯބި މިއަދު ލާރާ ކުރިމަތީ ހާމަކުރަން ނިންމާގެން ހުރި ޔުއާން ގެ މަސަތްކަތަށް ހުރަސް އެޅީ އެދެމީހުން ކައިރިއަށް އާ އަންހެން ކުއްޖާ ފެނިފައެވެ. ވަގުތުން ޔުއާން ގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ކައިރި ހުއްޓި ހުރި ލައިޝާ އަށް ފުންނަޒަރެށް ދެމުން ލާރާ އޭނާ އައި ދިމާލަށް ބަލާލީ ހައިރާން ވެ ހުރެއެވެ. ލައިޝާ ލައިގެން ހުރި ގަޔަތް ބާރު ހެދުމުގެ ސަބަބުން ރަނގަޅަށް ވަނާތަށް ވެސް ނުފޮރުވެއެވެ. ކޮށްފާ ހުރި ގަދަ މޭކަޕް ގެ ސަބަބުން ފޮނިވަތްތަރެށް ޖަހައެވެ. ލައިޝާ ގެ މޫނުމަތިން އެކަނިވެސް ބޮޑާކަން ހާމަވަމުން ދިޔައެވ. ފޫހިވެފައި ހުރި ނަމަވެސް ލާރާ ލައިޝާ އާއި ވާހަކަ ދައްކާލިއެވެ. ” ކޮންބޭނުމަކުތޯ ؟ ” ލައިޝާ އާއި ދިމާލަށް ބަލާލަމުން ލާރާ އަހާލިއެވެ. ” ޔުއާން ، ލޯންގްޓައިމް ދޯ ، ވަރަށް މިސްވި ” ލާރާ ދެއްކިވާހަކައަކަށް ނުބަލާ ލައިޝާ ޔުއާން އާއި ޖެހިފިތިގެން އިށީދެލަމުން ބުނެލިއެވެ. ލާރާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. އެގޮތަށް އައިސް ލައިޝާ ޔުއާން އާއި ޖެހިފިތިގެން އިށިދެގެން އިނުމުން ލާރާ އަށް އުނދަގޫވިއެވެ. އަދި ހަމަ އެހެންމެ ޔުއާން އެކަމާ އެއްޗެށް ނުބުނުމުން ލާރާ ހިތުގައު ޖެހޭ ގޮތްވިއެވެ. ” ޔުއާން ، ކޮންތާކުތަ އުޅުނީ އަހަރެން ރާއްޖެ އައި ގޮތަށް ދިޔައިން އާން ހޯދަން ވެސް ، އެން މީ ކޮން އަންހެނެތް ތަ ؟” ސުވާލުގެ ނަޒަރަކުން ލާރާ އަތް ބަލާލަމުން ލައިޝާ އަހާލިއެވެ. ” އެއީ އަހަރެން ގެ ގާރްލް ފްރެންޑް ” ޔުއާން ބުނެލިއެވެ. ޔުއާން އެހެން ބުނުމާއެކު ލައިޝާ ގެ މޫނުމަތި ބަނަވިއިރު ލާރާ ގެ މޫނުމަށްޗަށް ހައިރާން ކަން ވެރިވިއެވެ. އަދި ހަމަ ހިތާހިތުން އުފާވެސް ވިއެވެ. ޔުއާން ވެސް އޭނާ އެފަދަނަޒަރަކުން ދެކޭކަން އިނގުމުން އުފާވިއެވެ. ލައިޝާ ގެ މޫނުމަތި ބަނަވެގެން ދިޔަގޮތުން ޔުއާން ކައިރިއަށް ހިނިއައެތްކަމަކު ހިނިގަނޑު މަތަކޮށްލީ ވަގުތުގެ ގޮތުންނެވެ. ” ޔުއާން ދެން އަހަރެން ދަނީ ، ސީޔޫ ނެކްސްޓް ޓައިމް” މިހެން ބުނެލާފައި އންތަނުން ތެދުވެގެން ލައިޝާ ދިޔައީ ލާރާ އާއި ދިމާލަށް ކަޅިއަލާލާފައެވެ. ހިތާހިތުން ލާރާއަށް ކުދިކިޔަމުންނެވެ. ފާއިތުވި އެތް އަހަރު ތެރޭގައި ޔުއާން އޭނާ އަށް ކާމިޔާބުނުވިއިރު ލާރާ އަށް ކާމިޔާބުވުމުން އެހިތުގައި ވާ ހަސަދާގެ އަލިފާން ގަނޑު ދިޔައީ ބޮޑުވެގެންނެވެ. ލައިޝާ ކިތަންމެގޮތަކަށް ޔުއާން ގެ ހިތް އަތުލަން މަސަތްކަށް ކުރިޔަސް އަބަދުވަނީ ނާކާމިޔާބާ ނަމަވެސް ހިތްވަރު އެލުވާނުލާ މަސަތްކަށް ކުރަމުން ދަނިކޮށް ކުއްލިގޮތަކަށް ލައިޝާ ބޭރަށް ދާން ޖެހުމުން އެކަން މެދުކެނޑިގެން ދިޔައީއެވެ. ލާރާ އާއި ޔުއާން ވަކިކުރަން ރަނގަޅުރޭވުމެށް ރާވާލަމުން ގޮސް ލައިޝާ ކައިރީ މަޑުކޮށްލި ޕްރައިވެޓް ކާރަށް އެރިއެވެ.
” ޔުއާން ކީއްވެ އެހެން ބުނީ ، އައިމީން އެ އަންހެން ކުއްޖާ ކައިރި ކީއްވެ ބުނީ އަހަރެން މީ ޔުއާން ގެ ގާރްލް ފްރެންޑް އޭ ” ނުތަނަވަސް ވެފައި އިންނަމަވެސް ލާރާ އޭނާ ގެ ހިތުގައި ވާ ސުވާލު ޔުއާން އަށް ކޮށްލިއެވެ. ” ސޮރީ އަސްލު އެގޮތަށް ބުނީ މާ ، ބަޓް އައިހޭވް ސަމްތިންގް ޓުޓެލްޔޫ” ހަމަޖެހިލަމުން ޔުއާން ބުނެލިއެވެ. ލާރާ ބޯޖަހާލީ ކުރިއަށްދާށޭ ބުނާގޮތަކަށެވެ. ” ލާރާ އަހަންނަށް ފުރަތަމަ ދުވަހު ލާރާ ފެނުނީއްސުރެ މިއަދާ ހަމައަށް ވެސް އަހަރެން ގެ ހިތުގެ ވިންދު އަވަސް ވޭ ، ތަފާތު އިޙްސާސް އެތް ކުރެވޭ ، އަބަދުވެސް ލާރާ އާއި އެކު ވަގުތު ހޭދަކޮށްލާ ހިތްވޭ ، ލާރާ އުފާވާކަހަލަ ކަންކަން ކޮށްލަދޭހިތްވޭ އަބަދުވެސް ލާރާ ގެ ހިނިތުންވުން ފެންނަން އެދެން ، ލާރާ އާއި ދުރަށް ދިޔަޔަސް އަހަރެން ލާރާ މަތިން އިންތިހާ އަށް ހަނދާން ވޭ ، އައިލަވް ޔޫ ލާރާ އަހަރެންނަނަށް ލާރާ ދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ ” ލާރާގެ އަތުގައި ހިފާލަމުން ޔުމާން އެންމެ ފަހުން އޭނާ ގެ ހިތުގެ އަޑި ލާރާ އަށް އިއްވާލިއެވެ. ޔުމާން ގެ ފަށުވި ބަސްތަށް ލާރާ ގެ ހިތުގެ އެންމެ ހިމަނާރަށް ވެސް އަސަރުކުރިއެވެ. އުފާވެރިކަމުގެ ކަރުނަ އޭނާ ގެ ލޮލުން ނީރާލިއެވެ. އަވަސް އަވަހަށް ލާރާ ބޯޖަހާލީ އޭނާ އަށް ހަޔާތުގައި ވެސް ވެވުނު ފުރަތަމަ ލޯބި ކާމިޔާބުވުމުން އެކަމަށްޓަކާ އުފާކުރާ ހާލުގައެވެ.
އެދުވަހަށް ފަހު ލާރާ އާއި ޔުމާން ގެ ނަން ލޯބިވެރިންގެ ލިސްޓަށް އިތުރުވެގެން ދިޔައީ އެދެމީހުން ގެ ދިރިއުލުމަށް ބަހާރު މޫސުން ގެނެސްދެމުންނެވެ. ކުރިއަށް އޮތް ބަނަދުވަސްތަކުގެ ހިލަމެތް ނުވާފަދައިން ދެމީހުން ވެސް އުފާވެރިކަމުގާ ދުވަސްތަށް ހޭދަކުރިއެވެ. ޔުއާން އާއި ލާރާ ގުޅުމުން އެންމެ އުފާވީ އީނާޝް އެވެ. އެންމެ ގާތް އެކުވެރިޔާ އޭނާ ގެ ދޮންބެ ގެ ހަޔާތަށް އައުމުން އުފާނުވާނީ ވަކި ކާކުހެއްޔެވެ.؟
ދޭތެރެ ދޭތެރެ އިން ލައިޝާ ގެ ކުދި އުނދަގޫ ޔުއާން އަށް ޖެހެއެވެ. މިކަމަށް ޔުއާން މާބޮޑަކަށް އަޅައެތް ނުލައެވެ. ދެން ލައިޝާގެ އަމާޒަކަށް ވި އެދެމީހުން ދުރުކުރުވުމަށެވެ. އޭނާ އަށް ޙާސިލް ނުވި ލޯބި ލާރާ އަށް ހާސިލް ވުމުން އޭނާ އަށް އެކަން ހަޖަމް ކުރަން އުނދަގޫވިއެވެ. ކޮންމެ ގޮތެށް ހަދާފައި ވެސް ޔުއާން ގެ ލޯބި ހާސިލް ކުރުމުގެ އެދުން ވަނީ ލައިޝާ އެއީ ކޮންމެ ހެން ވެސް އޭނާ ކުރަން ޖެހޭކަމެތް ކަމަށް ދެކިފައެވެ. ނަމަވެސް ލައިޝާ އަށް ނޭގުނު ކަމަކީ ލޮއިއްބަކީ ބާރުގަދަ އެއްޗެށް ކަމެވެ.
ރޭގަނޑުގެ ހަމަ ހިމޭން ކަމުގެ ވަގުތެވެ. ޓެކްސީއެތް ގާ އާ ލާރާ މަޑުކޮށްލީ ކައިރީ ހުރި ރެސްޓޯރެންޓް ގެ ކުރިމަށްޗަށެވެ. ޔުއާން އޭނާ ގެ އިންތިޒާރގައި އިންކަން އިނގޭތީ އަވަސް އަރުވާލައިގެން ލާރާ އެތެރެއަށް ވަތީ ވާން އުޅޭގޮތް ނޭގޭ ހާލުގައެވެ. އެތެރެއަށް ވަން ލާރާ ފެނި އެތްފަރާތު ގައި ފާރައަށް ހުރި ލައިޝާ ގެ ތުންފަތަށް ވިހަ ހިނިތުންވުމެތް ވެރިކުރަމުން އޭނާ އަށް ފުރަގަސްދީގެން އިން ޔުއާން އަށް ބަލާލަމުން އޭނާ ރޭވި ގޮތަށް އަމަލުކުރުމަށް އަވަސް ވެގަތެވެ.
ޔުއާން ކައިރިން ލާފާ ލައިޝާ ހިގަމުން ގޮސް ފާއަރިއަޅާލާ ކަމަށް ހެދިފައި ކައިރީ އިން ޔުއާން ގެ ގާމަށްޗަށް ވެއްޓުނެވެ. ވެއްޓުނު ގޮތަކުން ލައިޝާ އިނީ ޔުއާން ގެ އުނގުމަތީގައެވެ. ލިބުނު ކުއްލި ސިހުމުގައި ޔުއާން އަށް އޭނާ ގެ އުނގުމަތީގައި އިން ލައިޝާ ގެ އުނަގަނޑުގައި ދެއަތް ވަށާލެވުނެވެ. އެތެރެއަށް ވަން ލާރާ އަށް ފެނުނު މަންޒަރުން ދެފައި ބިމުގައި ތައްލި ކަހަލަ އެވެ. ލޮލުން ކަރުނަ ހިލުނީ އިހްތިޔާރުންބޭރުގައެވެ. އެހާލޯބިން އުޅެފާ ޔުއާން އޭނާ އަށް ކެހިދިނީކީއްވެކަން އޭނާ އަކަށް ނުވިސްނުނެވެ. ޔުއާން އޭނާ އެތަނަށް ގެނައީ މިމަންޒަރުދައްކަން ވެސް ހޭ ލާރާ ގެ ހިތަށް އެރިއެވެ.
ޔުއާން އަށް އެލިކަޅިއަކުން އޭނާ ދިމާލަށް ކަރުނައިން ފުރިފައިވާ ދެލޮލުން ބަލަހައްޓައިގެން އިން ލާރާ އަޅާ ގަތުމާއެކު އުނގުމަތީގައި އިން ލިއިޝާ ކޮއްޕާލިއެވެ. އަދި ތެދުވިއެވެ. ފެނުނު މަންޒަރަކީ ދޮގެތްކަން ހާމަކުރަން ބޭނުންވެފައި ހުރިވަރުން ޔުއާން ބާރުބާރަށް ލާރާ އާއި ހިސާބަށް ދިޔައެވެ. ނަމަވެސް އޭގެ ކުރިން ލާރާ އަނގަމަތީގައި އަތް އަޅާގެން ހުރެ އެތަނުން ދުވަމުން ނިކުތެވެ. ގިނަބައެތް ގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައި ހުރިކަން އިނގޭތީ ޔުއާން އެތަނުން އަވަހަށް ނިކުތީ ލާރާ ހޯދުމަށެވެ. މިމަންޒަރުބަލަން ހެވިފައި ލައިޝާ ހުރެ ޔުއާން ފަހަތުން ނިކުމެގެން ގޮސް އޭނާ އަށް ފުރަގަސްދީގެން ހުރި ޔުއާން ގެ މުލަށްދަޑީގައި ހިފާލާފައި އޭނާ އާއި ވީކޮޅަށް އަނބުރާލިއެވެ. ޔުއާން އަށް ކުރިމަތީގައި ހުރި ލައިޝާ ފެނި ދެބުމަ ގޮތް ޖެހުނެވެ. ލައިޝާ ގެ ސަބަބުން މިހުރިހާ ކަމެތް ދިމާވާން މެދުވެރިވުމުން އޭނާ ގެ ރުޅިގަނޑު ފަޅާގެން ދާހާ ވަރުވިއެވެ.
” އާން ދެން އޭނާ އެތް ނާންނާނެ ، އަހަންނާ ގުޅެން ވީނު އޭނާ އަތްވުރެ ބޮޑަށް އަހަރެން ޔުއާން ދެކެ ލޯބިވާނަން ” ތުއިގޮތަކަށް ފޮނިވެލާފައި ލިއުޝާ ބުނެލިއެވެ. ” ކަލެއާ ހަދާގެން ލާރާ އެދިޔައީ ، އަހަރެންނަން މިހާރު ލައްކަ ފަހަރު ބުނެވިއްޖެ ލައިޝާ ކައިރީ އަހަރެން ލައިޝާ ދެކެ ލޮއިއްބެތް ނުވެއޭ ، ލައިޝާ އަކަށް ލާރާ އަހަރެން ދެކެ ވީ ކަހަލަ ލޮއިއްބެތް ނުވެވޭނެ ދުވަހަކު ވެސް، ” ޝަހާދަށް އިނގިލި ލައިޝާ އާއި ދިމާލަށް ދިއްކޮށްލަމުންޔުއާން ބުނލިއެވެ. ” ބަލަ ޔުއާން އަށް އަހަރެން ގެ ނެތް ކޮން ރީތިކަމެތް އޭނާ ގެގައިން ފެނުނީ ، މާ ހެޔޮވާން ވެގެން އަދި ބޮލުގައި ބުރުގާގަނޑެށް އޮތަކަށް އެއީ ބޮޑު ފޮންޏެށް ، އެކަހަލަ އަންހެނުން ގެ ގޮތަ އަހަރެންނަ ށް ވަރަށް ރަނގަޅަށް އިނގޭ ” ފޫހިގޮތަކަށް ލައިޝާ ބުނެލިއެވެ. ” ޙަބަރުދާރު ދެން ލައިޝާ ގެ ތިޔަ ދުލުން ލާރާ އޭ ކިޔާގެން އެއްޗެށް ބުނެފީއާ ، ލޯބިވެވޭނީ މީހާގެ ރީތިކަމަށް ބަލާފައެތް ނޫން ، އެތެރޭގެ ވެސް ރަނގަޅުކަމަށް ބަލާފާ ، ލާރާ އެތް ލައިޝާ އެތް ހެނެތް ނޫޅޭ ފެންނަހާތަނަކުން ފިރިހެނެތް ފެނުނީމާ އެފިރިހެނާ ފަހަތުން ދުވަނީ ލައިޝާ އެތް ނު މީ ދޮގެކޭ ބުނާކަށް ލައިޝާ އަކަށް ނުކެރޭނެ ހަމަގާމަކަށް ވެސް ، އަހަރެން ގެ ދެލޮލުން ފެނިފައޭ މިކިޔަނީ އެއީ ތަ އަހަރެން ދެކެ ވީ ލޮއިއްބަކީ އެ ” ރުލިއައިސްފާ ހުރިވަރުން ޔުއާން އަށް ތަންކޮޅެށް ބާރަށް އެއްޗެހި ކިޔުނެވެ.
ވަގުތުން ލައިޝާ ގެ އަނގަސަކަރާތް ވިއެވެ. ބުނާނެ އެއްޗެށް ދުލކަށްނައެތް އަނގައިން ބަސްހުސްވި ފަދައެވެ. ” އެވަރުން އަހަރެން މިދެމީހުން ދުރުކުރަން އުޅުނީމާ ވެސް ” ކިތަންމެ މަޑުން ލައިޝާ މިހެން ބުނިކަމުގާ ވިޔަސް ޔުއާންއަށް ރަނގަޅަށް އަޑުއިވުނެވެ. ޔުއާން ބަލަން ހުރި ގޮތުން ކީހުރިހާ އެއްޗެށް އަޑު އިވުނީއޭ ލައިޝާ ގެ ހިތަށް އެރިއެވެ. އެއާއެކު ބިރުވެރިކަމުގެ ރާޅުބާނީ އެތް އެ ހިތުގައި ދަތުރުކޮށްލިއެވެ. ” އެއީ ލައިޝާ ގަސްތުގައި ކުރިމަކެތް ދޯ ، ” ދެލޯ ކުޑަކޮށްލަމުން ލައިޝާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ޔުއާން ސުވާލުކޮށްލިއެވެ. އެއާއެކު ލައިޝާ އިޙްތިޔާރުކުރި ހަމަހިމޭން ކަމެވެ.
” އަވަސް ހަޤީޤަތް ބުނަންވީ ” ތަންކޮލޭ ބާރަށް ޔުއާން މިހެން ބުނުމާއެކު ބިރުން ހުރެ ލައިޝާ ހުރިހާ ކަމަކަށް އިޢުތިރާފް ވިއެވެ.
” ދެން ކަލޭ އަހަރެން ދެމީހުންގެ ދިރުއުޅުމަށް ވަންނަން އުޅެއްޖެއް ޔާ އަހަރެން ގެ ނުބާކަން ފެންނާނެ ، ހަނދާން ކުރާތި ” މިހެން ބުނެފާ ޔުއާން މިސްރާބުޖެހީ ލާރާ މެންގޭ ދޮށަށެވެ.
ގެއަށް ވަންގޮތަށް ބަންޑުން އޮވެ ސޯފާ މަތީގައި ރޯން އޮތް ލާރާ ގެ ހިތަށް ވަނީ ފުން އަސަރުތަކެށް ކޮށްފައެވެ. ލޯބި ބީވީކަމަށް ހީކޮށް އޭނާއަށް ގިސްލަގިސްލާ ރޯން ފެށުނެވެ. މުޅި ސިޓިން ރޫމް ގައި ވެސް ހަރުލާފައި ވަނީ ލާރާ ގެ ރުޔުމުގެ އަޑެވެ. އެއަޑުއަހަން ދޮރުމަތީގައި ހިތްދަތިވެ ހުރެ ޔުއާން ހުއްޓެވެ. އޭނާ ގެ ސަބަބުން ލާރާ ރޯންޖެހޭތީ އޭޏާ ވެސް ހިތުގައި ޖެހުނެވެ. ” ލާރާ ” ޔުއާން ގެ ދުލުން ލާރާ ގެ ނަން ބޭރުވުމާއެކު ރޯން އޮތް ލާރާ ގެ ރުޔުން މަޑުވިއެވެ. މަޑުމަޑުން ބޯހިތްލާލިއިރު އޭނާ އާއި ދިމާލަށް ހިތްދަތި ގޮތަކަށް ބަލަން ހުރި ޔުއާން ފެނި އޭޏާ ގެ ހިތަށް އަސަރު ކުރިއެވެ. ” ޔުއާން ކީއްވެ އަހަންނަން ތިހެން ތިހެދީ ، ކީއްވެ އަހަންނަށް ބޭވަފާތެރިވީ ، ބުނެބަލަ ކީއްވެ ހޭ ؟” ޔުއާން ގެ ގަމީހުގެ ކިރުވާނުގާ ހިފާލަމުން ލާރާ ކަރުނަވީ ދެލޮލާއެކު ބުނެލިއެވެ. ” ލާރާ ޕްލީސް އަޑުއަހާބަ ، އަހަރެން ނުވަމޭ ލާރާ އަކަށް ބޭވަފާތެރިއެތް ، ލާރާ އަށް ތިކުރެވެނީ ކުށްހީއެތް އަހަރެން ލާރާ ދެކެ ވަރަށް ލޯބިވޭ ” ލާރާގެ ދެއަތުގައި ހިފާލަމުން ޔުއާން ބުނެލިއެވެ. ދެމީހުން ގެ ލޮލުން ވެސް ކަރުނަ އަންނަމުން ދިޔައިރު މީ ހިތާމާގެ ތަސްވީރެށް ފަދައެވެ. ” ތިބުނީ އަހަރެންނަން ފެނުނު މަންޒަރަކީ ދޮގެކޭތަ ، އަހަރެން މިދެލޮލުން ދުށީމޭ ޔުއާން އޭނާ ގެ އުނގަނޑުގާ ހިފަހަށްޓާއިގެން އިންތަށް ، އެވަރުންވެސް އަހަންނަށް އޮޅުވާލަން ތަ ތިއޮލެނީ އެ، އަހަރެން ބޭނުމެތް ނޫން ޔުއާން އާ ވާހަކަ ދައްކާ ކަށް ޔުއާން މިތަނުން ދިޔައީ އާއެންމެ ރަނގަޅުވާނީ ” ލޮލުން އަންނަ މުންދިޔަ ކަރުނަތަށް ފޮހެލަމުން ލާރާ އަނެތްފަރާތަށް އެބުރެމުން ބުނެލިއެވެ. ” ލާރާ ޕްލީސް އެށް ފަހަރު ވެސް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ އަހަރެން އާދޭސް ކުރަން ޕްލީސް ލާރާ ” އާދޭހާ އެކު ޔުއާން މިހެން ބުނުމާއެކު ލާރާ ގެ ހިތް މަޑުކަފަކޮޅަކަށް ވިއެވެ. ނަމަވެސް އޭނާ ގެ ހިތާމަތަށް ލޮއިއްބަށް ވުރެ ކުރި ހޯދިއެވެ. ” އަދި އެބަހުރި ތަ ދައްކަން ވެފާ ވާހަކަ އެތް ” ނުރުހިފާ ހުރެ މިހެން ބުނިއިރު ލާރާ ގެ ހިތް އެތެރޭން ރޮމުން ދިޔައެވެ. ” ލާރާ އެށްފަހަރަށް ނަމަވެސް ލިއުޝާ އެއީ ގަސްދުކާ ކުރިކަމެކޭ އަހަރެން ދެމީހުން ދުރުކުރަން އޭނާ އަކީ ސުކޫލު ދައުރުށް ސުރެ އަހަރެންނާ އަޅާގަނެގެން އުޅޭ ކުއްޖެށް ނަމަވެސް އަހަރެން އަބަދުވެސް ލިއުޝާ ގެ ލޮއިއްބަށް އިންކާރުކުރަން ، އަހަރެން ވަރަށް ފޫހިވޭ އޭނާ ދެކެ ، އޭނާ މިރޭ އެހުރިހާ ކަމެތް އެކުރީ އަހަރެން ލާރާ އާ ގުޅުނީމާ އެކަން ޖަހަމު ނުވެގެން. މީއޭ ހަގީގަތަކީ އަހަރެން އަބަދުވެސް ލޯބިވަނީ ލާރާ ދެކެ ، ދުވަހަކު ވެސް އެހެން އަންހެންކުއްޖެށްދެކެ ލޮއިއްބެށް ނުވެވޭނެ މިވަރަކަށް އައި ލަވްޔޫ ލާރާ ، ” ހުއްޓުން އަރާފައި ހުރި ލާރާ އާއި ދިމާލަށް ބަލަހަށްޓައިގެން ހުރި ޔުއާން ލޮލުން ކަރުނަ އަންނަ ހާލު ބުނެލިއެވެ.
ޔުއާން ގެ އަނގައިން އިވިގެން އެދިޔަ ވާހަކަ ތަކުން ލާރާ ހުއްޓުން އެރިއެވެ. އޭނާ އަށް ޔުއާން އަށް އިތުބާރުނުކުރެވުމުން އިންތިހާއަށް ދެރަވިއެވެ. ” ޔުއާން އައިއެމް ސޮރީ އެން އައި ލަވްޔޫ މޯ ، އަހަރެންނަށް ޔުއާން އަހަރެން ދެކެ ވީލޮއިއްބަށް ޝައްކުކުރެވުނީމާ ވަރަށް ދެރަވެއްޖެ ، ޔުއާން އަހަންނަށް މާފް ކުރާނަން ތަ ” އިސްޖެހިފާ ވާ ޔުއާން ގެ މޫނަށް ބަލަހައްޓައިގެން ހުރެ ލާރާ ބުނެލިއެވެ. އެއާއެކު ޔުއާން އިސްއުފުލާލުމަށް ފަހު ބޯޖަހާލަމުން ލާރާ އޭނާގެ އަތުގެ ހިމާޔަށްދިނެވެ. ދެން ފެވިގެން ދިޔައީ ދެ ލޯބިވެރިން ގެ ތުންފަތުގައި ވެސް ރީތި ހިނިތުންވުމެކެވެ. ދެމީހުން ގެ ދެމެދު ޖެހުނު މައްސަލަ ހައްލު ވެ ދެމީހުން ގެ ގުޅުން އަނެތްކާ ވެސް ރަނގަޅުވެގެން ދިޔައެވެ. ޔުއާން ލާރާ ގެގައިގައި ބާރަށް ބައްދާލަމުން ލޯބިޥާވަރު ހާމަކޮށްދިނެވެ. އެއާއެކު ލާރާ އަތް ރަކި ގޮތަކަށް ހިނިތުންވެވުނެވެ.
(ނިމުނީ)
5 Comments!
Comments are closed.




Stry vrh reethi.mifadha ithuru stry eh kiyaaln libeyne kamah ummmeedhukura. Love the stry ? stay safe ?
Thank u redlailacross♥️♥️
Vrh ufaavehje stry kamudiyaamaa♥️♥️♥️
ISA adhi vxx stry eh kiyaalan libeyne ♥️♥️
Thanks again stay safe ♥️♥️
Story vrh reethi. Ekm sukun nubai koh jehifa huri kan faahaga kollan, hope you’ll correct that in next story. Keep it up. ?
Thank u lam’aa♥️♥️
ISA dhn ina stry gaa ebaatha ragalu kohlaana ♥️♥️
Thanks again ♥️♥️
Hlw readers♥️
After a long time♥️
Swry for the late ♥️
Btw hope u all will like this stry too♥️
Lysmmm all♥️
Stay safe ♥️