
އިންތިޒާރުގެ ފޮނި ނިމުންް
ކޮލެޖަށް ދިޔުމަށްޓަކާ ތައްޔާރުވާން ހުރި ލުޔޫން ހިތްހަމަ ޖެހޭ ވަރުވުމުން އަމިއްލަ އިސްކޮޅުހުންނަ ލޯގަނޑުން އަމިއްލަ ސޫރައަތް ބަލާލިއެވެ. ކަކުލުން ކުޑަތަންކޮޅެށް ތިރި އަށް އަންނަ ކަޅުކުލައިގެ ހެދުމުގެ މެދުން ރީތި ގޮތަކަށް ބަންދެއް އައްސާލާފައި ވާއިރު އެ ހެދުމުގެ އަތްވަނީ ކުޑަކޮށް ފުޅާ ކޮށްލާފައެވެ. އަޅާފައިވަނީ ޕީޗު ކުލައިގެ ޝޯލް އެކެވެ. ހިނިތުންވެލަމުން ލޯގަނޑުކުރިމަތިން ދުރައްޖެހިލާފައި އެނދުމަތީގައި އޮތް އޭނާ ގެ ކަޅުކުލައިގެ އަތް ދަބަހާ ދަބަސް ކައިރި ބެހެށްޓިފައިވާ ފޮތްތަށް ހިފައިގެން ކޮޓަރިން ނިކުން ގޮތަށް ގޭގެ ދޮރާހިސާބާށް އަވަސް އަރުވާލައިފައި ދިޔައީ ގަނޑި ޖެހުމުގެ ކުރިން ކޮލެޖް އަށް ދިޔުމުގެ ނިޔަތުގައެވެ. ލުޔޫން ކިޔަވަމުން ދާ ކޮލެޖް އާ ގެއާ މާދުރުނޫން ކަމުން މަޑުހިނގުމެތްގާ ލުޔޫން ކޮލެޖް އަށް ދާން މިސްރާބުޖެހިއެވެ.
ކޮލެޖް ތެރެއަށް ވަދެފާ އެޅި ފުރަތަމަ ފިޔަވަޅާ އެކު ލުޔޫން ހުއްޓުން އެރީ އޭނާ ގެ ކުރިމަތީގައި ހުރި ސޫރަފެނިފައެވެ. މީހާގެ އަތްފައި ފިނިވެ ހިތުގެ ތެޅުން ބާރުވަމުން ދިޔަކަން ލުޔޫން އަށް ފާހަގަ ވިއެވެ. އެހެންކަމުން ދެއަތްދެއަތާ މޮޑެން ހުރެފައި ލުޔޫން އިސްޖަހާލިއިރު އޭނާ ގެ މޫނުމަތީގައި ނުތަނަވަސް ކަން ވިއެވެ. ނަމަވެސް މާގިނައިރު އެހެން ނުހުރެ ކުރިމަތީގައި ހުރި ޒުވާން ފިރިހެން ކުއްޖާ އާއި ދިމާލަށް ބަލާލިއެވެ. އޭނާ ގެ ކުރިމަތީ އެހުރީ މިހާރު ގެ މީހުން ގެ ނަމުން ނަމަ އޭނާ ގެ ކްރަޝް އެވެ. ލުޔޫން އަށް ރައިހާން ދެކެ ލޯބިވެވުނީ މީގެ ދެއަހަރު ކުރިންނެވެ. އެކަން ރައިހާން އަށް އިނގޭ ހާލު އޭނާ އެއްވެސް އެއްޗެށް ނުބުނެއެވެ. ރައިހާން ގެ އަމަލުތަށް ހުންނަ ގޮތުން އެއްބައި ފަހަރު އޭނާ ދެކެ ރައިހާން ގަޔާވާހެން ވެސް ހީވެއެވެ. އަނެތްބާ ފަހަރު އޭނާ ދެކެ އެއްވެސް ވަރަކަށް ގަޔާނުވާކަން ވެސް ހީވެއެވެ. ދެއަހަރުވެގެން ދިޔައިރު ވެސް ލުޔޫން ގެ ހިތުގައި ރައިހާން އަށްޓަކާ ޖަހަމުން ދާ ލޯބީގެވިންދަކަށް ބަދަލެތް ނާދެއެވެ. ނެތްހިތްވަރެށްލާގެން ވެސް ރައިހާން މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރިއެތްކަމަކު ލުޔޫން އަބަދުވެސް ވަނީ ނާކާމިޔާބެވެ. އޭނާ އަށް ނޭނގޭ ކަމަކީ އޭނާ އަށް ރައިހާން ދެކެ ލޯބިވެވުނީ އިންތިހާ އަށް ކަމަށެވެ. ދުވަހަކު ވެސް ހަނދާން ނުނެތޭނެ ވަރަށެވެ.
ލުޔޫން އަށް ހިނިތުންވުމެތް ރައްދުކޮށްލާފައި ރައިހާން ދިޔުމުން ލުޔޫން ހުރީ ގަނޑުއަރާފައެވެ. ހިނިތުންވެލާއިރު ރައިހާން ގެ ދެކޮލަށް އެއެޅޭ އަޑިކޮޅު ފެނި ކޮންމެ އަންހެން ކުއްޖެއްގެ ވެސް ވިންދު އަވަސް ވާނެއެވެ. ލުޔޫން އަށް ބޭއިޙްތިޔާރުގައި ހިނިތުންވެލަމުން ރައިހާން ދިޔަ ދިމާލަށް ބަލަހައްޓާގެން ހުރެވުނެވެ. މިހާރަކަށް އައިސް ރައިހާން ގެ އަމަލުތަށް ހުންނަގޮތުން ލުޔޫން ހުންނަނީ ދުވަހަކުވެސް ނުވާވަރަށް އުފާވެފައެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު ހިނިތުން ވެލާއިރު، އޭނާ އަށް ގިނައިރު ބަލަން ވެސް ރައިހާން އިންނަކަން ވެސް ލުޔޫން ފާހަގަކުރިއެވެ. ރައިހާން ގެ ބަދަލުވެފައިވާ މިޒާޖުފެނި އޭނާ ހުންނަނީ އިންތިހާއަށް އުފާވެފައެވެ.
ހިޔާލުތަކުން ނުކުމެވުމާއެކު ލުޔޫން އަވަސްވެގަތީ ކުލާސް ރޫމާ ހަމައަށް ދިޔުމަށެވެ. ކުލާހުގައި ލުޔޫން އިނެތްކަމަކު އޭނާ ގެ ހިޔާލުތަށް ވަނީ މުޅިން އެހެން ދިމާލެތް ގައެވެ. މިކަން ފާހަގަ ވެގެން ލުޔޫން ކައިރި އިންނަ އޭނާ ގެ އެކުވެރިޔާ ލިވްޔާ ލުޔޫން ގައިގައި ކޮށްޓާލިއެވެ. އެއާއެކު ލުޔޫން ދެން އިތުރަށް ހިޔާލުތަކަށް ނުގެއްލި ފިލާވަލަށް ސަމާލުކަން ދިނެވެ. މެންދުރުއަތަށް އަޅަނިކޮށް ކިޔަވާ ނިންމާލާފައި ލުޔޫން ގެއަށް ދާން ހިނގާގަތީ މިރޭ އޮންނަ ގުރޫޕް ވޯކް އަކަށް ކޮލެޖް އަށް އަންނަން ޖެހޭތި އެކަމާ ފޫހިވެ ހުރެއެވެ. އިއްތިފާގަކުން ރައިހާން ވެސް އޭނާ ގެ ގުރޫޕްކަމުން ލުޔޫން އަށް އުފާވެރިކަން ލިބުނެވެ.
ހަވީރުގެ ވަގުތެވެ. ލިވްޔާ އާއިއެކު ރަސްފަންނަން ދާން ވެގެން ތައްޔާރުވެގެން ނިކުންނަން އުޅެނިކޮށް ގޭގެ ބެލް އެޅުމުން ލިވްޔާކަމަށް ހީކޮށް ދޮރު ހުޅުވާލި ލުޔޫން އެއްލިގެން ދިޔައީ ކުރިމަތީގައި ހުއްޓިހުރި ރައިހާން ފެނިފައެވެ. ލައިފާވާ ކަޅުކުލައިގެ ޖިންސް އަށް ޖީބަށް އެތް އަތް ޖަހާލާގެން ހުރި އިރު ނުލާހިކު ފިރިހެން ވަންތަ ކަމަށް ދައްކައެވެ. ހުދުކުލައިގެ ޓީޝާޓް ގެ މަތިން ލައިފައ ހުރި ޑެނިމް ޖެކެޓް ރައިހާން އަށް ނުލާހިކު ގުޅެއެވެ. ” އަނެތް ލިވްޔާ ބުނެގެން އަހަރެން މިއައީ ،އޭނާ އެބައިން ލޫތް އާއެކު ސައިކަލުގައި ، ” އޭނާ އާ ދިމާލަށް ހައިރާން ކަމާއެކު ބަލަން ހުރި ލުޔޫން ފެނި ހިނިއައެތްކަމަކު ހިނިގަނޑު އެތެރެ އަށް ހިންދާލަމުން ރައިހާން ބުނެލިއެވެ. ލިވްޔާ ކުރިން ބުނިގޮތުގައި އެދެމީހުން އެކަނި ދާން ރާވާފައި ލޫތް އާއި ރައިހާން ދާކަން އިނގުމުން އޭނާ ކުޑަކޮށް ހައިރާން ވިއެވެ. ލޫތް އަކީ ލިވްޔާ ރަށްޓެހިވެގެން އުޅޭ ކުއްޖާ އަށް ވެފައި ކިޔެވުން ނިމުނުހާ އަވަހަކަށް ދެމީހުން ކައިވެނިކުރަން ވެސް ވަނީ ރޭވިފައެވެ. ރައިހާން އަކީ ލޫތް ގެ ބެސްޓްފްރެންޑެވެ. ”މަޑުކޮށްލާ މިއަންނަނީ ” ރައިހާން އާއި ދިމާލަށް ނުބަލާ ހުރެ ލުޔޫން ބުނެލިއެވެ. އަދި އެތެރެ އަށް ވަދެ އޭނާ ގެ އަތްދަބަށް ހިފާގެން އައިސް ދޮރުކައިރީ ހުރި ހަރުގަނޑުން ކަޅުކުލައިގެ ތިރިބޫޓަކަށް އަރަން އަވަސްވެގަތެވެ. ލުޔޫން ގެ ހަރަކާތްތަކަށް ބަލަން ހުރި ރައިހާން އަށް ހިނިތުންވެވުނީ ލުޔޫން އަށް ބޫޓުގެ ކަނާތު ކިބައަތް ނޭރިގެން އުޅޭތީއެވެ. ކޮންމެ ފަހަރަކު ބެލެންސްކަޓައިގެން ގޮސް ލުޔޫން ނުވެއްޓެނީ ކިރިޔާއެވެ. ” އަހަރެން އަތުގައި ހިފަހައްޓާގެން އަރާބަލަ ” އެންމެ ފަހުން ނުހުރެވިގެން ލުޔޫން އާއި ދިމާލަށް އަށް އަތްދިއްކޮށްލަމުން ރައިހާން ބުނެލިއެވެ. ހިފަން ނުހިފަން ހުރެފައި ލުޔޫން އަވަސް ކުރަންވެގެން ރައިހާން ގެ އަތުގައި ހިފާލިއެވެ. ލުޔޫން އަތުގެ ބީހުން ރައިހާން އަށް އިޙްސާސްވުމާއެކު ހީވީ ކަރަންޓު ސޮކްއެތްޖެހުނު ހެންނެވެ. ކުޑަކުޑަ ދޮން އަތް ހީވަނީ ފިނިކަމުން ގަނޑުފެންކޮޅެށް ހެންނެވެ. ހަމަގައިމަތް ވެސް ލުޔޫން އޭނާ ގެ ހިތުގެ ވިންދުތަކާ ކުޅެލާފިކަން ރައިޙާން އަށް އިޙްސާސްވިއެވެ. ދުވަހަކު ވެސް ލުޔޫން ނުދެކޭތަފާތު ނަޒަރަކުން މިއަދު އޭނާ އަށް ލުޔޫން އާއި ދިމާލަށް ބަލަން ފެށުނެވެ. އަވަސް ކޮށްލާގެން ދެމީހުން ތިރިއަށް ފޭބި އިރު ލިވްޔާ އާއި ލޫތް ސައިކަލުމަތީގައި އެދެމީހުންގެ އިންތިޒާރުގައި ތިއްބެވެ. ” ސާބަސް ހާދަ ލަހެކޭ ތިވީ ، ރަގީނޭ ދެމީހުން މާފޮޅުވާފައިކަން އެއައީ ” ލޫތް ނުހުރެގެން އޭނާ ގެ އަނގަހުޅުވާލައިފައި ބުނެލިއެވެ. އެއާއެކު ލުޔޫން ގެ ދޮން ކޯތާފަތަށް ޖަންބުކުލައެތް ވެރިވެގެން ދިޔައިރު ރައިހާން އިސްތަށިގަނޑުގައި އަތްހިންގާލާފައި ނޫނެކޭ ކިޔާފައި އޭނާ ގެ ސައިކަލުމައްޗަށް އެރިއެވެ.
” ޔޫން ، އަރާ ރައިހާން ސައިކު ފަހަތަށް އިނގޭ ” ލޫތް ގެ ސައިކަލު ފަހަތުގައި ހަމަ ޖެހިލަމުން އެމީހުންނާ ދިމާލަށް ބަލަން ހުރި ލުޔޫން އާއި ދިމާލަށް ލާނެތް ރާގަކުން ލިވްޔާ ބުނެލިއެވެ. އެއާ އެކު އެހެން ފަހަރުތަކެކޭ އެއްފަދައިން ލުޔޫން ގެ ހިތުގެ ތެޅުން ބާރުވިއެވެ. ރައިހާން އާއި އެތްސައިކަލް އެތްގައި އިންނަން ވީމާ އޭނާ ގެ ހިތް އޮބިނޯންނަވަރަށް ތެޅެން ފެށިއެވެ. ” އަޅޭ ޔޫން ދޮންކޮޅާ ރައިހާން އެތް ނުކާލާނެއޭ ލުޔޫން އެތް އަވަސްކޮށްގެން އަރާބަލަ އޭނާ ގެ ފަހަތަށް ” ލުޔޫން ނާރާހުރުމުން ލިވްޔާ ބުނެލިއެވެ. އެއާއެކު ލުޔޫން އަށް ބަލާލެވުނީ އޭނާ އާއި ދިމާލަށް ލާނެތް ހިނިތުންވުމަކާ އެކު ބަލަން އިން ރައިހާން އަށެވެ. މަޑުހިނގުމެތް ގައި ގޮސް އޭނާ ގެ ސައިކަލުގެ ފަހަތަށް އަރާ ރައިހާން ގައިގައި ނުޖެހޭނެ ހާ ދުރުމިނުގައު އިނެވެ.
ލުޔޫން އެރުމާއެކު ސައިކަލު ސްޓާޓް ކޮށްލާފައި ރައިހާން ދެންމެއަކު ނައްޓާލި ލޫތްމެންގެ ސައިކަލާ އެތް ވަރުކުރަން ވެގެން ތަންކޮޅެށްބާރަށް ދުއްވާލުމާއެކު ފަހަތުގައި އިން ލުޔޫން މަޑު ހަޅޭކަކާއެކު ރައިހާން ގައިގައި ތައްވިއެވެ. ރައިހާން ބާރަށް ސައިކަލު ދުއްވަމުން ދާތީ ލުޔޫން އިނީ އިންތިހާއަށް ބިރުގަނެފައެވެ. އެހެންކަމުން ރައިހާން ގެ އުނަގަނޑުގައި އޭނާ ގެ ދެއަތް ވަށާލިއެވެ. ލުޔޫން ގެ މިއަމަލުން ރައިހާން ގެ ހިތަށް ފިނިކަމެތް ގެނެސްދިނެވެ.
އެކުގައި އުފާވެރި ވަގުތުކޮޅެށް ހޭދަކޮށްލުމަށް ފަހު ހަތަރުމީހުން ގެއަތް އަންނަން އައެވެ. ރައިހާން އާއިއެކު އުފާވެރި އަދި ހިތްގައިމު ވަގުތުކޮޅެށް ހޭދަކޮށްލަން ލިބުމުން ލުޔޫން ގެ ހިތް ފުރުނުކަހަލައެވެ. ރައިހާން ވެސް މެ އެވެ. ލުޔޫން ގެ ތުންފަތުގައިވާ ރީތި ހިނިތުންވުން ފެނި އޭނާ ހުރީ މޮޔަވާން ކައިރިވެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
މިރޭދިމާވާނެ ކަމަށް ބުނެފައި ލުޔޫން ގެއަށް ލުމަށްފަހު ލިވްޔާމެން ވެސް ގެއާދިމާލަށް ދާން މިސްރާބުޖެހިއެވެ.
އިޝާނަމާދުކޮށްލާގެން އަށެތް ޖަހަން ވާއިރާ ކައިނިންމާލުމަށްފަހު ލުޔޫން ކޮލެޖް އަށް ދާން ރެޑީވިއެވެ. ބަރާބަރު އަށްގަނޑި ފަނަރައަށް ކޮލެޖް ތެރެއަށް ވަދެގެން އައި ލުޔޫން ދަބަހުގެ ވާގަނޑުގައި ހިފާލުމަށް ފަހު މިސްރާބުޖެހީ ލިވްޔާމެން ތިބި ދިމާލަށެވެ. ލުޔޫން ގެ ގުރޫޕް ގައި އޭނާ އާއި ލިވްޔާގެ އިތުރުން ތިބީ ރައިހާން އާއި އަދިވެސް އެމީހުން ނާއެތްކޮށް ކިޔަވާ ތިން ކުއްޖެކެވެ.
ދިހަގަނޑި ބާއިވާން އުޅޭނިކޮށް ކުރަންހުރި ހުރިހާ މަސެތްކަތެށް ނިމުނެވެ. އެންމެން ވެސް ގެއާއި ހިސާބަށް ދާން މިސްރާބުޖެހިއެވެ. މިހާދަން ވުމާއެކު އެކަނި ގެއަތް ދާން ލުޔޫން ހުރީ ޖެހިލުންވެފައެވެ. މިހާރަކީ މީ މަގުމަތީގައި ފޮށޭ މީހުންނާ ޕާޓޭން ގިނަވާ ވަގުތެވެ. ލިވްޔާ ލޫތްއާއި އެކު ދިޔުމުން ނެތްހިތްވަރަކާ އެކު ލުޔޫން ގެއާހިސާބަށް ދާން މިސްރާބުޖެހިއެވެ. އޭރު ރައިހާން އެތާ ގަސްތަށް ކައިރި ފޯނުން މީހަކާ ވާހަކަ ދައްކަން ހުރި ކަމެތް ލުޔޫން އަކަށް ނޭނގެއެވެ. އެހެންނޫންނަމަ ރައިހާން ގެ އެހީއާއެކު ނަމަވެސް އޭނާ ގެއާހިސާބަށް ދިޔައީސް އެވެ. ނުތަނަވަސް ވެފައިވާ ހާލު ލުޔޫން ހިނގަމުން ދިޔައިރު ފިޔަވަޅުތަށް ހުއްޓުނީ އެތާ ހުރި ސައިކަލުތަކެށް ކައިރި ވާހަކާ ގައި ތިބި ތިން ޕާޓޭން ފެނިފައެވެ. އެމީހުން ބިޔަވެފައި ސޫރަ ވެސް އެހާ ބިރުވެރިއެވެ. މޫނުމަތިން ވެސް އެހާ ނުލަފާ ވައްތަރު ޖަހައެވެ. ކޮންމެއަކަސް ގެއާއި ހިސާބަށެދެވެން އޮތީ އެމީހުން ކައިރިން ލާފައިކަން ހިތަށްއެރުމުން ލުޔޫން ގެ މޫނުމަތީގައި ދާތިކިތަށް ބަބުޅަން ފެށިއެވެ. ހިތަވަރުކޮށްލާފައި ދާން ހިނގާން ލުޔޫން ޕާޓޭން ތަކާ ހިސާބަށް އަރަން ވާއިރަށް އެއިން އެކަކު ލުޔޫން އާއި ހިސާބަށް އައެވެ. ބިރުގަންފައި ހުރެ ލުޔޫން ފަހަތަށް ޖެހެން ފެށިއެވެ. އެއިރު އޭނާ ގެ އިތުރުން އެތާހުރި އެހެން މީހެށް ވެސް އެމީހާ ފަހަތުން އައެވެ. އެދެމީހުންގެ ތުންފަތުގައި ވެސް ނުލަފާ ހިނިތުންވުމެށް ވާއިރު ލުޔޫން ހުރީ ބިރުން ވިރިވިރި އެވެ. އެއިން އެކަކު ބާރުހިނގުމެތް ގައި އައިސް ލުޔޫން ގެ އަތުގައި ހިފާ އެމީހާ ކައިރި އަށް ދަމާގަތެވެ. އެއާއެކު ލުޔޫން ގެއަނގައިން ހަޅޭކެތް ނިކުތެވެ. ” ކަލޯ މީ ނުލާހިކު ސަޅި މަންޖެ އެތް ، ކަމުދެއެތްނު ” ނުލަފާ ރާގަކަށް ލުޔޫން އަތުގައި ހިފާލައިގެން ހުރިމީހާ ބުނެލިއެވެ.
ފޯނުކޯލު ނިންމާލިގޮތަށް ސައިކަލުމައަޗަށް އަރާގެން އިން ރައިހާން ހަނދާން ވީ ލުޔޫން މަތިންނެވެ. އޭނާ އެކަނި ގެއަށް ދާންއުޅުނުކަން ހަނދާން ވުމުން ހިތަށް ބިރުވެރިކަން ވަނެވެ. އަވަސް ހަރަކާތަކާ އެކު ލުޔޫން ގެއަށްދާމަގުން ސައިކަލު ދުއްވަމުން ރައިހާން ދިޔައެވެ. ވަކިހިސާބަކަށް އެރިތަނާ އޭނާ އަށް ފެނުނު މަންޒަރުން ހީވީ ބޮލަށް ގާގަނޑެށް ވެއްޓުނުހެންނެވެ. ރުޅިއައިސް ރަތްވެފައި ހުރެ ލުޔޫން އާއި ގާތްވަމުން ދިޔަ މީހާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ސައިކަލުން ފާބަމުން ސައިކަލާ ސައިކަލު ދޫކޮށްލާފައި ދުއްވާފައި ގޮސް ލުޔޫން އާއި ކައިރިވަމުން ދިޔަ މީހާ ގެ މޫނުމައްޗަށް ގޮށްމުށުން ހަމަލާއެތް ދިނެވެ.
އޭނާ އާއި ކައިރިވަމުން ދިޔަ ޕާޓޭ މީހާގެ މޫނުމަތީގައި މީހަކު ޖެހުމުން ކަރުނަވީ ދެލޮލާއެކު ލުޔޫން އެދިމާލަށް ބެލިއެވެ. އެއާއެކު ކައިރީ ހުރި ރައިހާން ފެނުމުން ލުޔޫން އަށް ހަމަޖެހުމުގެ ނޭވާ އެތް ދޫކޮށްލެވުނެވެ. ރައިހާން ޖެހިލެތް ބާރުކަމުން އެ ޕާޓޭ މީހާ ހޭހުސްވެގެން ވެއްޓުނެވެ. ބާކީ ތިބި ދެމީހުން ބިރުން ވެސް އެތަނުން ގޮސް ފިލިއެވެ. އެއާއެކު ހިފަހައްޓައިގެން ހުރި ކަރުނަތަށް ދޫކޮށްލަމުން ލުޔޫން ރައިހާން ގެ މެދުހަށީގައި އޮޅާގަންނަމުން ރޯންފެއްޓިއެވެ. އެގަނޑީ ރައިހާން ނައިނަމަ އޭނާ އަށްވާނެ ގޮތް ހިތަށްއެރުމުން ގިސްލަ ގިސްލާ ފައި ލުޔޫން އަށް ރޮވުނެވެ. ލުޔޫން އަށް ކޮށްފައިވާ އަސަރުފެނި ރައިހާން ގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. އޭނާ ގެ ދެއަތް ލުޔޫން ގެ ބުރަކަށީވަށާލީ ލުޔޫން އަށް ހިމާޔަތް ދޭނަމޭ ބުނާފަދައަކުންނެވެ. އެގަނޑީގައި ރައިހާން ގެ ހިތަށް ތަފާތުގޮތެށް ވެލިއެވެ. ލުޔޫން އަށްޓާ އޭނާ ގެ ހިތުގައި އައު ވިންދެން ޖަހަން ފެށިކަން އިޙްސާސް ވިއެވެ. އޭނާ އަށް ލުޔޫން ދެކެ ގަޔާވެވިއްޖެކަން އިޙްސާސްވިއެވެ. އެއާއެކު އޭނާ ގެ ހިމާޔަތުގައި ވާ ލުޔޫން ގެ ހަށިގަނޑު އޭނާ ގެ އަތުތެރޭގައި އިތުރަށް ބޮނޑިކޮށްލިއެވެ. އިރުކޮޅަކުއެހެން ތިބެފައި ލުޔޫން ރައިހާން ގެ ގައިން ދޫކޮށްލިއެވެ. ލުޔޫން ގެ ދޮންމޫނު ރޮވުމުގެ ސަބަބުން ވަނީ ރަތް ވެފައެވެ. ދެލޯ ވެސް ވަނީ ރަތް ވެފައެވެ. އެއާއެކު ރައިހާން އޭނާ ގެ އަތް ހިތްލާލުމަށްފަހު ލުޔޫން ގެ ކަރުނަތަށް ފުހެލުމަށް ފަހު ލުޔޫން އަތުގައި ހިފާގެން ހުރެ އެއްވެސް އެއްޗެށް ނުބުނެ ވެއްޓިފައި އޮތް ސައިކަލާ ދިމާލަށް ދިޔައެވެ. ސައިކަލުނެގުމާއެކު ރައިހާން އެއަތް އަރާފައި ލުޔޫން އެރުމަށް އިޝާރާތް ކުރިއެވެ. އެއްވެސް ބަހެށް ބުނުމެތްނެތި ލުޔޫން ރައިހާން ގެ ބަހަށް ކިޔަމަން ވެގެން ސައިކަލު ފަހަތަށް އެރިއެވެ.
ގެއާހިސާބަށް ދެވުނު އިރު ލުޔޫން ވަނީ ކޮންމެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ” ޝުކުރިއްޔާ ރައިހާން އަހަރެން ސަލާމަތް ކޮށްދިނީމާ ” ސައިކަލުން ފެއިބުމަށް ފަހު އިސްޖަހާލައިގެން ހުރެ ލުޔޫން ބުނިއެވެ.
” އެނީ ޓައިމް ، އެކަމަކު ދެން ލުޔޫން ރޭގަނޑު އެއްވެސް ކަމެތް އޮވެއްޖެއްޔާ އެކަނި ނުދާއްޗޭ އަހަރެން ނަށް ގުޅާ އަހަރެން ލުޔޫން ގެންގޮސްދޭނަން ، ނަސީބެތް ނު އާދެވުނުކަން އަހަންނަށް ” ކަންބޮޑުވާހާލު ރައިހާން ބުނެލިއެވެ. ލުޔޫން ހިނިތުންވުމަށް ފަހު ބޯޖަހާލަމުން ގެއަށްވަތީ ރޭނގަޑުގެ ސަލާމް ރައިހާން އާއި ކޮށްފައެވެ.
ފެންވަރާލައިގެން އައިސް އެދުމަތީގައި އެތްއަތް ނިއްކުރިމަތީގައި ބާއްވާލައިގެން އޮތް ރައިހާން ގެ ހިޔާލުތަކުގައި ވަނީ ލުޔޫންއެވެ. ލަސްތަކެށް ނުކޮށް އޭނާ ގެ ހިތުގެ ހާލު ލުޔޫން އަށް ހުށައަޅަން ރައިހާން ވިސްނިއެވެ. ލުޔޫން ވެސް އޭނާ ދެކެ ލޯބިވާކަން އޭނާ އަށް އިނގެއެވެ. ނަމަވެސް ލުޔޫން ގެ ހިޔާލު ބަދަލެދާނެ ކަމާމެދު ރައިހާން ގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. މިހާ ދުވަސް ވަންދެން އޭނާ ގެ އިންތިޒާރުގައި ލުޔޫން ހުންނާނެ ކަމާމެދު ޝައްކުކުރެވުނެވެ. އެހެނަސް ލުޔޫން އަށް ހިތުގެ ހާލަތު އަންގަން ނިންމާގެން ރައިހާން ދެލޯމަރާލިއެވެ. ރައިހާން އަށް ނޭނގިފައިވާ ކަމަކީ ރައިހާން ދެކެ ލުޔޫން ވަނީ ހަޤީޤީ ލޯބިކަމެވެ. އެއީ ނިމުމެތް ނުވާ ލޮއިއްބެތް ކަމެވެ.
އޭގެ ދެ ދުވަސް ފަހެވެ.
އެރެއަށް ފަހު ލުޔޫން އާއި ރައިހާން ގެ ގުޅުން ވަނީ ކުރިއާއި ބަލާފައި ވަރަށް ބޮޑަށް ބަދަހިވެފައެވެ. މިކަމުން އެންމެ އުފާވެފާ ހުންނަނީ ލުޔޫން އެވެ. ރައިހާން ގެ ލޯބި ލިބޭނެކަމުގެ އުންމީދެށް ނެތްކަމުގައި ވިޔަސް ރައިހާން އާއި އެތްކޮށް ވަގުތު ހޭދަކުރަން ލިބޭތީ އޭނާ ގެ ހިތަށް ހަމަޖެހުން ލިބިގެން ދެއެވެ.
ލޯގަނޑު ކުރިމަތީގައި ހުރެގެން ލުޔޫން ތައްޔާރުވަމުން ދިޔައީ މިރޭ ރައިހާން ގެ އެދުމަށް އޭނާ އާއި އެކު ކެއުމަކަށް ދިޔުމަށެވެ. ހިތްހަމަ ޖެހޭވަރުވުމުން ގަޔަށް ސެންޓްކޮޅެށް ބުރުވާލުމަށް ފަހު ލުޔޫން ގެއިން ނިކުންނަން ހިނގާގަތީ ގޭގެ ބެލް އަޅާ އަޑުއިވުމުންނެވެ. ދޮރާ ހިސާބަށް ގޮސް ހަމަޖެހުމުގެ ނޭވާ އެތް ބޭރުކޮށްލުމަށް ފަހު ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ފިރިހެން ވަންތަ ހިނިތުންވުމެތް ތުންފަތަށް ވެރިކޮށްގެން ހުރި ރައިހާން ފެނުމުން ލުޔޫން ގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ކަޅުކުލައިގެ ގަމީހުގެ އަތް އޮޅަބޮށްޓާއި ހަމައަށް އޮޅާލެވިފައިވުމުން ރައިހާން ގެ މުލަށްދަޑި ހާމައަށް ފެންނަން އޮތެވެ. ލައިގެން ހުރި ކަޅުކުލައިގެ ޖިންސް ގެ އެތް ޖީބަށް އަތްޖަހާލައިފައި ހުރި އިރު މޮޑެލް އަކަށް ދޫނުކުރެއެވެ. އެހެންޏާ ހުންނަ ގޮތަށް އެކަޅުކަން ގަދަ ފަން އިސްތަށީގަނޑު ގެ އެތްބައިވަނީ ނިތްކުރިމައްޗަށް ވެއްޓިފައެވެ. ރައިހާން ގެ ރީތިކަމަށް ގެއްލިފައި ހުރި ލުޔޫން ސިއްސާގެން ދިޔައީ ރައިހާން ކަރުކެހިލުމުންނެވެ. އެއާއެކު ނުވާކަމަކަށް ހަދާފައި ރައިހާން އާއި އެތް ކޮށްނިކުންނަން ހިނގާގަތެވެ. މާދުރު ނޫން ހިސާބެތް ގައި ހުރި މަޝްހޫރު ރެސްޓޯރެންޓް އެތް ގެ ކުރިމަށްޗަށް ރައިހާން ސައިކަލު މަޑުކޮށްލުމާއެކު ރެސްޓޯރެންޓް އަށް ނަޒަރެށް ދެމުން ލުޔޫން ސައިކަލުން ފޭބިއެވެ. އެތެރެއަށް ވަން ވަރަކަށް ލުޔޫން ގެ ހިތް އަވަސް ވެގެން ދިޔައެވެ. ކޮންމެސް ކަމެތް ވާން އުޅެނީކަމުގެ ފެހި ސިގްނަލް ލުޔޫން އަށް ލިބެމުންދާއިރު އޭނާ އަށް ބަލާލެވުނީ ކައިރީ ހިނިތުންވެ ގެން ހުރި ރައިހާން އާއި ދިމާލަށެވެ. އެއާއެކު ފުންނޭވާ އެތްލަމުން ރައިހާން ފަހަތުން އެމީހުން ތިބެން ހަމަޖެހިފައިވާ މޭޒާހަމައަށް ލުޔޫން ދިޔައީ ވާން އުޅޭ ކަމެތް ރޭކާ ނުލާހިނދުގައެވެ.
ރައިހާން ގެ ފަހަތުން ތަންކޮޅެށް އެތެރޭގައި ހުރި މޭޒެށް ދޮށަށް ދިޔަ ލުޔޫން ގެ ހަރަކާތް ތަށް މަޑުޖެހެލީ އެމޭޒުކައިރި ފުރިހަމަ ކޮށްފައިވާ ރީތިކަން ފެނިފައެވެ. ރަތްކުލައިގެ ހިތުގެ ބަށްޓަމަށް ހުރި ހަންތަކަކުން ކައިރީ ހުރި ދެގޮނޑީގެ ފަޅުކަން ފުލުވާލެވިފައިވާއިރު މޭޒުމަތިގައި ރަތް ކުލައިގެ ފިނިފެންމާ ބުކޭއެތް ބާއްވާލައިފައި އޮތެވެ. ލުޔޫން އެންމެ ހައިރާން ވީ އެތާ ހުރި ކޮންމެހަމެތް ގައި ވެސް ބޮޑުއަކުރުން އައިލަވްޔޫ ޖަހާފައި އިނުމުންނެވެ. އެތަނުގެ ފުރިހަމަ ކަމަށް ގެއްލިފައި ހުރި ލުޔޫން އަތް އެތަނުން ނަޒަރުވަކިކޮށްލަން މަޖުބޫރު ވީ އޭނާ ކައިރި އެތްފައި މައްޗަށް ތިރިވެގެން އިން ރައިހާން ފެނިފައެވެ. އޭނާ އަތުގައި ރަތް ކުލާގެ ކުޑަކުޑަ ފޮތްޓެށް ހުޅުވާލެވިފައިވާއިރު އެ ފޮށިތެރޭގައި އިން މެދުސައިޒުގެ ރީތި އެހެށް ޖަހާފައި އިން ރިހި އަނގޮށްޓިއެތް އިނެވެ. ވަމުން މިދާގޮތް ލުޔޫން އަށް އިޙްސާސް ވިއެތްކަމަކުވެސް އޭނާ ހުރީ ހައިރާން ވެފައެވެ. އެއާއެކު ރައިހާން ގެ ދުލުން އަޑުއިވުނު ބަސްކޮޅުން ލުޔޫން ގެ ދެލޮލުން ކަރުނަ ނީރާލިއިރު އޭނާ ގެ އެތް އަތް ވަނީ އަނގަމަތީގައި އަޅާ ލެވިފައެވެ. ރައިހާން ގެ ފަރާތުން ދުވަހަކު ވެސް އޭނާ އާއި ދިމާލަށް ”އައިލަވްޔޫ” މި ބަސްކޮޅު އަޑުއިވިގެން ދާނެކަމަކަށް ހިތެއްނުކުރިއެވެ. އޭނާ ގެ އިންތިޒާރުގެ ނިމުން ފޮނިވެދާނެކަމަކަށް ވެސް ހިތެއް ނުކުރިއެވެ. އޭނާ އަށް ހަޔާތުގައި ވެވުނު ލޯބި ކާމިޔާބު ވީއޭ ހިތަށް އެރުމާއެކު ލުޔޫން ގެ ލޮލަށް ބޮޑިވެފައި ހުރި ކަރުނަތަށް އެދޮން ކޯތާފަތުގައި ބޮސްދެމުން ތިރިއަށް ފޭބިއެވެ. ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން ރައިހާން އަށް ބަލާލަމުން ލުޔޫން ” އައިލަވްޔޫ މޯ” އޭ ބުނެލިއެވެ. އެއަތްފަހު އޭނާ ގެ ވާއަތް ދިއްކޮށްލިއެވެ. ރައިހާން ވެސް ވެފާ ހުރި އުފަލެތްގެ ބޮޑުކަމުން ކޮޅަށް ތެދުވެލަމުން ލުޔޫން ގެ އަތުގައި އެ އަނގޮށްޓި އަޅުވާލަދިނެވެ. އަދި އެއަތް ފަހު ލޯބިން ލުޔޫން ގެ ކަރުނަތަސް ފޮހެލާދިނެވެ. އަދި އޭނާ ގެ ގައިގައި ބައްދާލީ ދުވަހަކު ވެސް ދޫނުކުރާނަ މޭ ބުނާފަދައަކުންނެވެ.
(ނިމުނީ)
3 Comments!
Comments are closed.
Heiiii readers♥️♥️
Hope u like this stry tooo♥️♥️
Stay safe and take good care alll♥️♥️♥️
Much lovesss♥️♥️
Wow I love this story.
Keep I it up .
Waiting for a your new story.
Be safe.
Masha Allah V reethi mi vaahaka vx❤️
Varah interesting ingey mi vaahaka❤️
Masha Allah, Keep it up bestie❤️
Love u so much bestie❤️
Stay Safe and Take care❤️