Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ތި ލޮއިއްބަށް އެދިއެދި ވަމެވެ

🌹YEOJA🌹 Level 610 Stories100 Login100 Comments
January 1, 2021 5 Mins Read
8 Comments

އަހަރެންނަކީ ގުރޭޑް ހަޔަކުން ފަށައިގެން ވެސް ބުލީގެ ޝިކާރައަކަށް ވެފައިވާ ބަދުނަސީބުވެރިއެކެވެ. ކުލާހުގައި އުޅޭ ނުފޫޒުގަދަ ދެ ތިން ފިރިހެން ކުއްޖެއް އަހަންނަށް ބުލީ ކުރަމުން އައީ އަހަރެން ގްރޭޑް ހަތަކާ ހަމައަށެވެ. ބުލީގެ ސަބަބުން އަހަރެން ގެ ހަޔާތަށް ވަރަށް ބޮޑު ބަދަލެށް އައެވެ. އަހަރެން ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝޮކެވެ.

ތަޢުލީމީ ހަޔާތް ފެށުނީއްސުރެ އަހަންނަކީ މީ މޮޅެތި ކާމިޔާބީ ތަށް ހޯދަމުން އާ ދަރިވަރެކެވެ. މުދައްރިސުންގެ ލޯއިއްބާ މައިންބަފައިން ގެ ލޯބާ އެކު ކުރިއަށް ދިޔައިމެވެ.  ނަމަވެސް އަހަރެން ގެ ތަޢުލީ މީ ދުވަސްވަރުގައި އަހަރެން ގެ ދިރިއުޅުން ބަދަލުވީ ހަމައެންމެ ލަފްޒަކާ ހަދައިގެންނެވެ. އެއީ ބުލީ އެވެ. ކުލާ ހުގައި އުޅޭ އެންމެ ނުފޫޒުވަރުގަދަ ކުދިން ކޮޅުގެ ތެރެއިން އެންމެ އިއްސަފުގައި ހުންނަ ކިޔާން އަހަންނާ ފުރަތަމަ ބުލީކުރަން ފެށުމާއެކު ބާކީ ތިބި ކުދިން ވެސް އޭނާ ގެ ފަހަތުން އަޅުން ހެން އަހަންނަށް ބުލީ ކުރަން ފެށިއެވެ. ހުސް އަހަރެން އެކަންޏެއް ނޫނެވެ ، ކުލާހުގައި އުޅޭ އެތައް ކުދިންނަކަށް ދިމާ ކުރުމުގައި މިކުދިންނަކީ އަރާ ތިބި ބަޔެކެވެ. ކިޔާން އަބަދުވެސް އަހަންނަން ޖެއްސުންކުރާއިރު އަހަރެން އަޅައެށް ނުލަމެވެ. ނަމަވެސް އޭނާ އަހަންނާ ބުލީ ކުރަން ފެށީއްސުރެ އަހަރެން އޭނާ ދެކެ ވަރަށް ފޫހިވެއެވެ. އިންތިހާ އަށް ނަފްރަތު ކުރަން ފެށީ ފަހުން ވާނެ ގޮތް ނޭނގޭ ހާލުގައެވެ. އޭނާ އަހަންނާ ދިމާލަށް ބުނާ ކޮންމެ އެށްޗަކަށް ރަށްދުދެނީ ނުލާހިކު ކެރިފައެވެ. ނަމަވެސް އޭނާ ގެ ވިހަ ދުލުން ފަހުންފަހުން އަހަންނާ ދިމާލަށް މަލާމާތް ކުރަން ކިޔާ އެއްޗިއްސާ ދެކޮޅާށް ބަހެށް ބުނާ ކަށް ހިތްވަރެށް ނުލިބެއެވެ. އޭނާ އަހަންނަށް މަލާމަތް ކުރަނީ އަހަރެން ހުރި ގޮތުންނެވެ. ހިކިވެފައި ކުރުވީމައެވެ. އަހަރެން ގެ ސިފައަތް މަލާމަތް ކޮށް ހަދާއިރު އޭނާ އަށް ނޭނގޭ ކަމަކީ އޭނާ އެ މަލާމާތް ކުރަނީ މާތް ﷲ އަށް ކަމަށެވެ. އަހަރެން އެހެން ހުރުމަކީ އެއީ އަހަރެން ގެ ކުށެށް ނޫން ކަމެވެ.  ހުދު އޭނާ އަކީ ވެސް ވަކި ރަނގަޅަށް ހުންނަ މީހެށް ނޫނެވެ. އަހަރެން ނެކޭ އެތް ވަރަކަށް އިސްކޮޅެށް ހުރެއެވެ. ނަމަވެސް އަހަންނަށް ވުރެ ކުޑަ ތަންކޮޅެއް ފަލައެވެ. އަހަރެން ހިތަށް އަރައެވެ، އޭނާ އަހަންނަށް މަލާމާތް ކުރާއިރު ދުވަހަކު ވެސް އޭނާ އަމިއްލަ ނަފްސު ހުރިގޮތް ބަލާލިބާއެވެ. އެހެން މީހުން ގެ ހިތަށް އަސަރު ކުރާނެކަން ފަހެ ކިޔާން ނުދެނެހުރީހެވެ. އޭނާ ހިތްހަމަ ޖެހިފާ އުފާވަނިކޮށް ނިމުނީ ހެއްޔެވެ؟ ކިޔާން ކުރިމަތީގައި އަހަންނަށް ބަސްބުނަށް ފަސްޖެހެނީ ވެސް އޭނާ ހިތުގައި ވާހާ އެތްޗެށް ކިޔާތީއެވެ. އަހަރެން ބައެށް ފަހަރު ހިތަށް އަރައެވެ. ކިޔާން ހިތޭމިކިޔާ ގުނަވަން އޮވޭ ބާ ވައޭ ، އެހެންމީހުންނަށް ދެރައެތް ދީފައި އުފަލުގައި އޭނާ އަށް އުފަލުގައި އުޅެވޭކަމެވެ. ކިޔާން ގެ ކަންތަށް ބޮޑުވެގެން އެންމެ ފަހުން އަހަރެން މަންމަ އަށް މިކަން އެންގީ އަހަރެން ގެ ހިތަށް ކެތް ނުވެގެން ނެވެ.

ފިލާގެން އިނދެ ކަރުނަ އަޅާ އަޅާ ވަރުބަލިވެގެން ނެވެ. އެދުވަސްވަރަކީ އަހަރެން ކިޔެވުން މަތިން ވެސް ފޫހު ވި ދުވަސް ވަރެވެ. ނަމަވެސް އަހަންނަށް ހިތްވަރު ދީ އަހަންނާ އެކު ދެގޮތެށް ނުވާ އަހަރެން ގެ އެކުވެރިން ވިޔެވެ. ނަމަވެސް ދުވަހަކު ވެސް އެމީހުންނަކާ އަހަރެން ގެ ހިތުގައި ވާ އިހްސާސް ތަކެށް ހިއްސާއެށް ނުކުރަމެވެ. އަހަންނަށް އެމީހުންނަށް ކިޔާދޭން ފަސޭހަ ނުވިއެވެ.

ހައެށްގެ އަހަރު އަހަންނަށް ކިޔާން ބުލީކުރަން ފެށި ހިސާބު ކުޑަކޮށް ވެސް މަދުވީ މުދައްރިސުން ގެ ބަހުންނެވެ. އާއަހަރު ފެށި ސުކޫލު ހުޅުވުނު ފުރަތަމަ ދެތިން ވަރަކަށް މަހު ކިޔާން އަހަންނާ ކޮންމެހެން ބޭނުން ވެގެން ނޫނީ ވާހަކަ އެށް ނުދަށް ކައެވެ. ނަމަވެސް ފަހުން ފަހުން އައިސް އޭނާ ސީދާ އަހަންނަށް ޖެއްސުން ކުރަންފެށިއެވެ. އަހަރެން ރުޅިއަރުވަން އަބަދުވެސް އުޅެއެވެ. އޭނާ ބޭނުންވާ ގޮތަށް އަހަރެން ކައިރިއަށް އޭނާ ދެކެ އިންތިހާ އަށް ރުޅިއާދެއެވެ. ފަހުން ފަހުން އައިސް ދެމީހުން ގެ ތޮޅުން ގަނޑު މުޅި ކުލާސް ގައި ވެއެވެ. އަހަރުމެން ދެމީހުން ތޮޅޭ އިރު ކަޕުލް ވަށްތަރު ޖަހައޭވެސް ބައެށް ފަހަރު ކުދިން ކިޔައެވެ. އަނެތް ބާކުދިން ނަފްރަތަކީ ލޯބީގެ ފެށުމޭ ކިޔާގެން އުޅެއެވެ. އަހަރެން ކައިރިއަށް އެހުރިހާ ފަހަރަކު އަންނަނީ އަމަށަކު ރުޅިއެށް ނޫނެވެ. ކިޔާން އަބަދުހެން އިންނާނީ ލާނެތް ހިނިތުންވެ މެށް ތުންފަތަށް ވެރިކޮށް ގެންނެވެ. މިއިން އަހަރެން ގެ ރުޅި ގަނޑު ދަނީ އިތުރަށް ފަޅާގެންނެވެ. އަހަރެން ގެ އެކުވެރިއެތް މިހެން ކިޔާ އަޑު އިވެންޏާ އަހަރެން އެމީހުން ނަށް ހޫނު ހަދިޔާ ތަށް ދެމެވެ. އެހެންވެ އެމީހުން އެހެން ކިޔަސް ކިޔާނީ އަހަންނާ ވީހާވެސް އެންމެ ހާ ދުރަކަށް ގޮސް ފައެވެ. ބޭރަތެރޭގައިވެސް އަހަރުމެން ދެމީހުންނަށް ލިބިފައިވަނީ ތޮޅޭ ދެމީހުން ގެ ލަގަބެވެ. މި ލަގަބު އަހަރެން ޖެހެނީ ސުކޫލުގައި ވެސް ބޭރުތެރޭ ގައި ވެސް ކަރުގައި އަޅުވައިގެން އުޅެންށެވެ. އަހަންނަށް މިކަން ކިތަން މެ ބޮޑުކަމަކަށް ހެދިޔަސް ކިޔާން މިއީ މާ ބޮޑުމަކަށް ނަހަދައެވެ. ފަހުން ފަހުން އައިސް ކިޔާން އަހަންނަށް ޖެއްސުން ކުރާވަރު އިތުރުކުރެއެވެ. އަހަރެން ބައެށް ފަހަރު ހިތަށް އަރައެވެ ، ކިޔާން އަނެށްކާ އަހަންނަށް ހިތްކީ ބާވައޭ ފުރަތަމަ ވެސް މިހެން ހިތަށް އެރުމާއެކު އަހަރެން ނަށް ފަޅާ ލެވެނީ ވަރުގަދަ ހިނިގަނޑެކެވެ. އެއީ ވާނެ ކަމެށް ނޫނެވެ. ކިޔާން އާއި އަހަންނާ ނުވެސް ގުޅެއޭ އަހަރެން ހިތަށް އަރައެވެ.

ފަހުން ފަހުން އައިސް އަހަރެން ވެސް ކިޔާން އަށް ކިޔާން ކުރާ ވަރަސް ވުރެ ގިނައިން ޖެއްސުން ކުރަމެވެ. އަހަންނަށް ވެސް މިހާރު ކިޔާން އަށް ޖެއްސުން ނުކޮށްލައެށް ނުފުދެއެވެ. މިހާރު ކިޔާން އަހަންނަކަށް ބުލީ އެށް ނުކުރެއެވެ. އަހަރެން ގެ ސިފަތަކަށް ފާޑުކިޔައެށް ނަހަދައެވެ. އެކަމާ އަހަރެން ވަރަށް އުފާ ކުރަމެވެ.

ދެން އަހަރެން ގެ ހަޔާތުގައި އަހަންނަށް އައީ އެންމެ ހައިރާން ކުރަނިވި ދުވަސްތަކެކެވެ. ކިޔާން ގެ ޖެއްސުންތަކަށް އަހަރެން ގެ ހިތް ލެބެމުން ދިޔައީ އަހަންނަން ނޭނގި ހުރެއެވެ. އޭނާ ގެ ހިޔާލުތަކުގައި ދުވަސްދުއްވާލެވޭކަމަކީ އެއީ ހުދު އަހަރެން ވެސް ހައިރާން ކުރުވަނިވިކަމެވެ. އެހެންޏާ ފޫހުވެފައި ހުރެ ސުކޫލަށް ދާމީހާ މިހާރު އަބަދުހެން ވަގުތު ގުނަނީ ސުކޫލަށް ދާށެވެ. ކިޔާން އާ ޖެއްސުން ކުރާށެވެ. އަހަންނަށް ނޭނގި ހުށްޓާ ކިޔާން ދެކެ ލޯބިވެވުނީއެވެ. އަހަރެން ނަށް މި ހަބަރު އަހަރެން ގެ އެކުވެރިންނަށް ނާންގާ މާގިނަދުވަހަކު ނުހުރެވުނެވެ. އެކުވެރިން ވެސް ތިބީ ހައިރާން ވެ އަންތަރިސްވެފައެވެ. އެންމެން ވެސް އަހަރެން ރަކި ވާވަރަށް އަހަންނަށް ދިމާ ކުރިއެވެ.

ބޮޑު ޢީދު ޗުއްޓީ އަށް ސުކޫލު ބަންދު ވީއްސުރެ އަހަރެން ހުންނަނީ މާޔޫސް ވެފައެވެ. އެއީ ކިޔާން ނުފެންނާނޭތީއެވެ. ނަމަވެސް ޢީދުގެ ދެވަނައަށް ވީ ދުވަހު ހެދުނު ކުލަކުޅިވަރު ކުޅެނެ ނިކުމެ ތިބި ކުދިން ތަކުގެ ތެރޭ ގައި ކިޔާން ހުރުމަކީ އެއީ އަހަރެން ގެ ނަސީބެވެ. އަހަންނަށް އޭނާ ފެނުނެވެ. ޢީދު ފެށުނީއްސުރެ އަހަރެން ގެ އެދުމަކަށް ވެފައި ވަނީ އަހަރެން ގެ މޫނުގައި ފުރަތަމަ ވެސް ކިޔާން ކުލަ އުނގުޅުމެވެ. އަދި އަހަރެން އޭނާ ގެ މޫނުގައި ވެސް ކުލަ ކޮޅެށް އުނގުޅާ ލުމެވެ. ކަންވީވެސް އެހެންނޭ ފުރަތަމަވެސް އަހަރެން ގެ މޫނުގައި ކުލަ އުނގުޅީ އޭނާ އެވެ. އަހަރެންގެ މޫނުގައި ބީހިލި ފުރަތަމަ ފަރާތަކަށް ވީ އަހަރެން އެންމެ ލޯބިވާ ފަރާތެވެ. އަހަރެން ހުރީ އުފަލުން އުދުށްސާގަންނަން ބޭނުން ވެފައެވެ. އަހަންނަށް ވެސް އެތަށް ފަހަރަކު ކިޔާން މޫނުގައި ކުލަ އުނގުޅަން ލިބުނެވެ. ބަރަކާތް ތެރި މިޢީދު ނިމިގެން ދިޔައީ އަހަރެން ގެ އެދުންތަށް ފުރިހަމަ ކޮށްދީފައެވެ. ޢިދު ޗުއްޓިއަށް ފަހު ސުކޫލު ހުޅުވުނު ފުރަތަމަ ދުވަހެވެ. އެހެންޏާ އުޅޭ ހެން ދެމީހުން ދެމީހުންނަށް ޖެއްސުން ކޮށްކޮށް އުޅުނީމެވެ. އިންޓަވަލް ގަނޑި އަށް ދިޔައިރުވެސް އަހަރެން ގެ ތުންފަތުގައި ރީތި ހިނިތުންމުމެށް ވާއިރު އެހިނިތުން ވުން ފިލާވަރުގެ ކަމަކާ އަހަރެން ކުރިއަށް ކުރިމަތި ލާން ޖެހޭ ކަން އަހަންނަކަށް ނުވިސްނުނެވެ. އިންޓާވަލް ފަހު އަހަރެން ނަށް ކުލާ ހަށް ވަދެވުނީ އެހެންޏާ ވަންނަ ވަރަށް ވުރެ ލަހުންނެވެ ، އިސްޖަހާގެން ހުރެ ސިޑިގެ ހަރުފަތް ތަށް ގިރާކޮށްލާފައި އަހަރެން ކުލާސް ދޮރުމަށްޗަށް އެރުމާ އެކު އަހަންނަށް ފެނުނީ އާދަޔާހިލާފު މަންޒަރެކެވެ. އަހަރެން ގެ ހުރިހާ އެކުވެރިން ކިޔާން އިން މޭޒުކައިރި ވަށާލައިފައި ތިބިއިރު ހީވަނީ ވަރަށް މުހިންމު ކަމަކާ ބަހުސްކުރެވޭ ހެންނެވެ. އަހަރެން ދިޔުމާއެކު އަހަރެން ގެ އެކުވެރިއެތް ވެގެން އުޅޭ ގޮތް އަލިފުން ޔާ އަށް އަހަންނަށް ކިޔާދިނެވެ. އެކުވެރިޔާ ބުނާގޮތުންނަމަ އަހަރެން ގެ އެހެން އެކުވެރިއެށް ކިޔާން އަށް އަހަރެން އޭނާ ދެކެ ލޯބިވާކަން އެންގީއެވެ. އަހަރެން ގެ ހިތް ކިޔާން އަށް ލެބިފައިވާކަން ކިޔާން އަށް ކުރިން އިނގޭ ކަމަށް ކިޔާން ބުނިއޭ ވެސް އެކުވެރިޔާ ބުނިއެވެ. އަދި ކިޔާން އަށް އަހަންނާ ގުޅެވެން ނެތް ވާހަކަ ކިޔާން އަހަރެން ގެ އެކުވެރިން ކައިރި ބުނިކަމަށް އެއެކުވެރިޔާ ބުނިއެވެ. އެކުވެރިޔާ މިދިން ހަބަރުން އަހަރެން ހުރިތަނުގައި ހުއްޓުން އެރިއެވެ. ލޮލަށް ކަރުނަތަށް ބޮޑިވީ އެށްވެސް އިހުތިޔާރަކާ ނުލައެވެ. އިންތިހާ އަށް އަހަރެން ދެރަ ވިއެވެ. އެއިރު އަހަންނާ ދިމާލަށް ބަލަހަށްޓައިގެން ކިޔާން ހުށްޓެވެ އަހަރެން ނުވާކަމަކަށް ހަދާފައި އިސްޖަހާލައިފައި އިނށީނީމެވެ.

އެދުވަހު ސުކޫލުގެ ބާކީ ބާ ނިމިގެން ދިޔައީ ހަމަހިމޭން ކަންމަތީގައެވެ. ކިޔާން އަހަންނަށް ޖެއްސުމެށް ނުކުރާއިރު އަހަރެން ވެސް އިސްޖެހިފައި އިނީމެވެ. ދުލުން ނުބުނި އެތް ކަމަކު އަހަންނަށް އެގަނޑީ ގައި އެޅި ވޭން އަހަރެން ގެ މޫނުމަތިން ކިތަންމެ ރަނަގަޅާށް ވެސް ފެންނާނެއެވެ. ކިޔާން ދޭތެރެ ދޭތެރެ އިން އަހަންނާ ދިމާލަށް ބަލާއިރު އަހަރެން ނަށް ފާޑާކަށް އެގަނޑި ތަކުގައި ލަދުގަނެގެން ދެއެވެ. ދުވަސްތަށް ހަމަހިމޭން ކަންމަތީގައި ފާއިތު ވަމުން ދިޔައިރު ކުރިއެކޭ އެއްފަދައިން ކިޔާން އަހަންނަށް ވާހަކަ ދައްކަނީ ކޮންމެހެން ދައްކަން މަޖްބޫރު ވެއްޖެއްޔާމުއެވެ. އެހެންމީހުންނަށް ނުފެނުނެށް ކަމަކު އަހަންނަށް ބައެށް ފަހަރު ކިޔާން ގެ އޯގާތެރިކަން އިހްސާސް ވެއެވެ. އޭނާ ގެ އަމަލުތަށް ހުންނަގޮތުން އަހަންނަށް މިކަން ފާހަގަ ވުމުން އަހަރެން ނިކަން އުފާވިއެވެ.

ހަތެއްގެ އަހަރު މާޒީ އާއެކު ފާއިތުވެގެން ދިޔައިރު އަހަރެން ގުރޭޑް ދިހައަކަށް ދިޔައިރު ވެސް އަހަންނާ އި ކިޔާން ގެ ގުޅުން ހަމަ ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މިއީ އަހަރެން އުންމީދު ކުރި  ގޮތް ނޫނަސް މިކަން ދިޔައީ މިހެންނެވެ. އަހަންނަށް ކިޔާން  ދެކެ އިތުރަށް ލޯބިވެވިގެން އައިއިރު ކިޔާން އަށް ވެސް މިކަން އިނގޭނެއެވެ.

އަހަރެން އަބަދުވެސް ކިޔާން ގެ ލޯބި ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަމެވެ. އެކުވެރިން ގެ ފަރާތުން ނާ އޭނާ ގެ އަމަލުތަށް ހުންނަ ގޮތުން ހުދު އަހަރެންނަށް ވެސް ކިޔާން އަހަރެން ދެކެ ގަޔާވާކަން ވެސް ފާހަގަ ވެއެވެ. ނަމަވެސް އަހަންނަށް މިވެވުނީ ކުން ހީއެކެވެ. އޭނާ ކުއްޖަކާ ރަށްޓެހި ވިކަމަށް ރަށުތެރެއަށް އަޑުއެރި ދުވަހަކީ އެއީ އަހަރެން އެންމެ ދެރަވި ދުވަހެވެ. އަހަރެން ކިޔާން ދެކެ ވާ ލޮއިއްބަކަށް އެއްވެސް ކިލަބުކަމެއް ނުވަތަ އުނިކަމެއް ނުގެންނަމެވެ. އަހަރެން އޭނާ ގެ އިންތިޒާރުގައި ދުވަސްތަށް ފާއިތު ކުރުމަކީ ބޭކާރުކަމެށްކަން އިނގި ހުރެ ވެސް އަހަރެން ގެ ހިތް ބަދަލެށް ނުކުރަމެވެ. އަހަރެން މީ ބޭކާރުކަމެށްކަން އިނގިހުރެވެސް ކިޔާން ދެކެ އަބަދަށް ލޯބިވާނަމެވެ. ތިޔަ ލޯއިއްބަށް އިންތިޒާރު ކުރާނަމެވެ. ތި ލޮއިއްބަށް އެދި އެދި ވާނަމެވެ.

(ނިމުނީ)

 

 

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ހިރާސް -3

Next

ތީ ފުރާނައިގެ ދިރުމޭމަގޭ

Next
January 1, 2021

ތީ ފުރާނައިގެ ދިރުމޭމަގޭ

Previews
January 1, 2021

ހިރާސް -3

8 Comments!

  1. YEOJA says:
    January 1, 2021 at 3:23 pm

    heiii readers 🙂
    hope u all like this part too
    btw srry for the late uptade
    stay safe and take care all 🙂

  2. Luhoo says:
    January 1, 2021 at 7:30 pm

    ?Wowww ? vvvvvv reethi mi story ?
    ?Alhey kehtherikan dhenyaa thi kamugai barakaaiy lavvashi ?
    ?It’s OK loab ?
    ?How’s uh?.. Kaifin tha?… Sssup ?
    ?Btw Waiting for another nice stry from yuh?
    ?when next stry… Aslah vx v v reethi u ge story thah?
    ?Lyssmm dear?… ?Stay safe n tc ?… ?Miss u so much?

    1. Luhoo says:
      January 1, 2021 at 7:37 pm

      Correction
      Dhehvaa ***?

    2. ?Ril? says:
      January 2, 2021 at 9:12 am

      Awwwwnn. Thank uuu sooo much luhoo♥️♥️♥️
      ISA yhhhh barakaai lahvaane ♥️♥️♥️
      Hehehe yh thanks ♥️♥️♥️
      I am good . Yhh kafin . ♥️♥️♥️And nothing♥️♥️♥️
      Yh darl keep waiting ingeyy♥️♥️♥️♥️
      Vaki duvaheh bunaakah neyge but vrh avaha libeyne ISA♥️♥️♥️♥️
      Awwwwwn means a lot luhoo thanks uu again♥️♥️♥️♥️
      Love u more ♥️♥️♥️♥️
      Stay safe and take care 2♥️♥️♥️
      Mymmmm♥️♥️♥️

    3. YEOJA says:
      January 2, 2021 at 9:18 am

      Awwwwnnn thank uuu soo much luhooo♥️♥️♥️♥️♥️♥️
      ISA yh barakaai lahvaane♥️♥️♥️
      Yh thanks♥️♥️♥️
      Alhamdhulihlaahi I am fine and u♥️♥️♥️
      Hahaha yh lahbba kaafin and u♥️♥️♥️
      And nothing♥️♥️♥️
      Yh keep waiting darl ISA vrh avaha♥️♥️♥️ kiyaalan♥️♥️♥️♥️♥️ libeyne awwwwnnn thanks uuu it means a lot♥️♥️♥️♥️♥️
      Love uuu morre♥️♥️♥️♥️♥️
      And stay safe and take care♥️♥️♥️
      Mymmmm♥️♥️♥️♥️

  3. Dheem&Eekku says:
    January 1, 2021 at 8:33 pm

    awwn. varah reethi mi stroy.
    i felt that bitter sweetness.
    Stay safe ingey dear

    1. YEOJA says:
      January 2, 2021 at 2:18 pm

      Awwwwnnn thank uuu soo much sis♥️♥️♥️
      Yh u too stay safe sis♥️♥️♥️

  4. YEOJA says:
    January 2, 2021 at 9:26 am

    Umm luhoo indedaane me esfiyaa ge vaahaka thakah cmnt kuraa name gaa reply devifaa
    Dont mind it ingeyy I didn’t check the name ehn ve swry

Comments are closed.



All Right Reserved!