
އެންމެ ލޯބި އެލާމް
.މެންދަމުގެ ވަގުތެވެ. އަހަރެން އޮތީ ނިދިނައިސްގެން ނުނިދިފަ އެވެ. މާދަމާ އަކީ ސުލޫކަށް ދާން ޖެހޭ ދުވަހެއް ކަމަށް ގާތީ އަހަރެން ނިދޭތޯ މަސައްކަތް ކުރީމެވެ. ދަންވަރު 2 ޖެހި އިރުވެސް އަހަންނަކަށް ނުނިދުނެވެ. ވަރަށް އިރުވީ ފަހުން އަހަންނަށް ނިދޭގޮތް ވިއެވެ.
***********
ގަޑިން ވީ ކިހާ އިރެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް ހޭލެވުނެއްކަމަކު އަހަރެން އޮތީ ލޯމަރައިގެންނެވެ. އަހަރެން އޮތީ ބަންޑުންނެވެ. އަހަރެންގެ ބުރަކަށި މަތީ ކުޑަ ކުއްޖެއް އިންހެން ހީވިއެވެ. ކުއްޖަކު އިންކަން ޔަގީންވީ އެ ކުއްޖާ ތެޅިގަތުމުންނެވެ. އެ ކުއްޖާ އަހަރެންގެ ބުރަކަށީގަ ތަޅައިގަތެވެ. “ދައްތަ ނަންނަ” އެ އަޑަކީ އަހަންނަށް ދެވަހަކުވެސް އޮޅުވާލެވޭނެ އަޑެއް ނޫނެވެ. އެއީ އަހަރެންގެ ކޮއްކޮގެ އަޑެވެ.
އަހަރެން ލޯ ހުޅުވައި ބުރަކަށިމަތީ އިން ކޮއްކޮއަށް ބަލައިލީމެވެ. “ޔުމާން……” އަހަރެން ކޮއްކޮއަށް ގޮވާލުމުން ކޮއްކޮ ހޭން ފެއްޓިއެވެ. ކޮއްކޮ އަހަރެން ބުރަކަށިމަތިން ފާބައި ދުއްވާގަތެވެ. ދުވެފަ ގޮސް ދޮރުމަތީހުރި މަންމަ ގައިގާ ބައްދާލިއެވެ. އަހަރެން މޫނު އުނގުޅަމުން ތެދުވީމެވެ. “މޫނު ދޮވެލައިގެން ސުކޫލަށް ދާން ރެޑީވޭ. މަންމަ މިދަނީ ސައި ތައްޔާރު ކުރަން.” ކޮއްކޮ އުރާލަމުން މަންމަ ބުންޏެވެ. އަހަރެން ހެމުން ހެމުން ގޮސް ފާޚާނާއަށް ވަނީމެވެ.
2 Comments!
Comments are closed.
thankolheh dhigu kohli nama… vrh reethi
ދެންފަހަރަކުން ބަލާނަން ? ….. ޝުކުރިއްޔާ