ލިބުނު ނަތީޖާ
ކޮންމެ ކުއްޖަކު ވެސް ދުނިޔެއަށް ފުރަތަމަ ނޭވާ ލަނީ މަންމަގެ ބަނޑުގައި 9 މަސް ބވަންދެން ހޭދަކޮށްފައިއެވެ. އެހާ ބުރަކޮށް މަސައްކަތް ކޮށްގެން ދަރިންނަށް ކާންދީ ލޯބިދީ ދެވުނު އެއްޗެއް ދީގެން ކޮންމެ ކުއްޖަކު ވެސް ބޮޑުވެގެން އަންނަނީ މައިންބަފައިންގެ އެހީގައި އެވެ. މައިންބަފައިން ބުރަ މަސައްކަތް ކޮށްގެން ބަތް މުށެއް ހާވަރުގެ އެތިކޮޅެއް ދަރިންނަށް ކާން ދޭން ވެސް ނުލިބޭ މީހުންވެސް އުޅެއެވެ. އަދި ލޮލަށް އެކުއްޖާގެ މަންމަ އާއި ބައްޕަ ވެސް ނުފެންނަ މީހުން ވެސް އުޅެއެވެ.
މަންމައަކާ ބައްޕައެއް ހުރި ކަމަކީވެސް ތިޔަ ކުދިންގެ ނަސީބު އެވެ. އަޅުގަނޑު މިއަދު ކިޔައިދޭން މިއުޅެނީ ވަރަށް މުއްސަނދި މީހަކު އޭނާގެ މައިންބަފައިންނަށް އަނިޔާ ކޮށް ގެއިން ބޭރަށް ނެރުމުން ލިބުނު ނަތީޖާއެއްގެ ވާހަކަ އެވެ.
އެއީ ވަރަށް މުއްސަނދި ކުންފުނިއެއްގެ ބޮޑު މީހެކެވެ. ރީތި ބޮޑެތި ގެއާއި އެކި ވައްތަރުގެ ޑޮލަރު އާއި އެކިއެކި ކަހަލަ ނޫޓު އެގޭގެ ތެރެއަށް ވަދުނަސް ފެނެއެވެ. ރީތި ރަން ކުލައިގެ އެކި ކަހަލަ ރަން ކަބަޑު ތަކާ ރަން ކުލައިގެ ގިނަ އެއްޗެހި ހުއްޓެވެ. ދެން ފެންނަނީ ބަނޑުހައި ވެފައި ހުރި ކުއްތާ ތަކެއް ހެން އުޅޭ ވޭޓަރުންނެވެ.
މީހާގެ މޫނުމަތިން ފެންނަނީ މަކަރުވެރިކަމެވެ. މައިންބަފައިންނަށް އަނިޔާ ކޮށް ގެއިން ނެރެގެން މި އުޅެމުން އަންނަ ބަލި މަކަރު ވެރިޔާގެ ގޭގައި އަރާމާއެކު އުޅޭއެވެ.
………………..
ދުވަސް ތަކެއް ފަސް
…………….
މި މަކަރުވެރި މުއްސަނދި މީހާ އަށް ހެނދުނު ހޭލުމުން އެންމެ ފުރަތަމަ ހަބަރަކަށް ލިބުނީ އޭނާގެ މަންމަ އާއި ބައްޕަ މަގުމަތިން ކާރެއްގައި ޖެހި ފަރުވާ ދެމުން ދަނިކޮށް ނީޔާވި ހަބަރުއެވެ. އެމީހާ އެ ކަމަކާ އަޅައި ވެސް ނުލައި ކޮޓަރިން ނިކުތީ ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ބުރޭންޑް ކޯޓާ ފަޓުލޫނު ލައިގެންނެވެ. ކޮޓަރިން ނިކުމެވުމާއެކު ދިޔައީ ކާގެ އަށެވެ. ކާގެ އަށް ގޮސް ގޮނޑި ދަމާ ކާން އިށީނދެ އިރުގަނޑަކު މެއަށް ތަނޑުގަނޑެއް އެރިއެވެ. ބޮލަށް އެނބުރުން ވެސް އެރިއެވެ. އެންމެ ފަހުން ފެނުނު އެއްޗަކީ ވެސް އޭނާ ވެއްޓެނިކޮންނެވެ. ދެން 3 ހަފްތާ ފަހުން ދެލޯ ހުޅުވުނީ ހޮސްޕިޓަލުގައި އަނބިމީހާއާއި ފިރިހެން ދަރިފުޅު ރޯން ހުއްޓެވެ. އެކަމަކު ދެން ފާހަގަވީ ދެމީހުން މަދުކަމެވެ.އެއީ މަންމަ އާއި ބައްޕައެވެ. އެނދު ވަށައިގެން ހުރީ އައީވީއާއި ބައިވަރު މެޝިން ތަކެވެ.
މަޑުމަޑުން މަންމާ،ބައްޕާ އޭ ގޮވާލި އަޑައް އަނބިމީހާ ދިޔައީ ސިހިގެންނެވެ. އެނދާއި ކައިރިވެފައި އިށީނެވެ. އަހަރެންގެ މައިންބަފައިން ކޮބައިހޭ އަނގައިން އެހުނެވެ. އަންހެނުން ޖަވާބުގައި ބުނީ އެއްޗަކުން ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. “މަންމަ އާއި ބައްޕަ މަގުމަތިން ދިޔައިރު ކާރެއްގައި ޖެހި 3 ހަފްތާގެ ކުރިން ވަނީ ނިޔާވެފައިއެވެ. ދެން ވިސްނުނީ ކުރިން ކުރެވުނު ކަމެކެވެ.
އަދި އެކަމާ އެހާމެ ދެރަވެ މައިންބަފައިންނަށް މާފަށް އެދުނެވެ. އެކަމަކު މިހާރު މާ ފަސް ވެއްޖެއެވެ.
(ނިމުނީ)
އަޅުގަނޑުގެ ނަސޭހަތަކީ : މުދަލަށް ވުރެން މައިންބަފައިންގެ ލޯބި މާ ބޮޑެވެ.
