ފުރަބަންދު
ޝީރީން ގޭގެ ދޮރުފޮތިގަނޑު އެއްފަރާތް ކޮށް ބަލާލާ ކޮންމެ ފަހަރަކު ހިތައް ގެނުވަނީ މާޔޫސްކަ ކަމެވެ. .ކާރޫބާރޫ ބޮޑެތި މަގުތައް ވަނީ ފަޅުވެފައެވެ.ލޮލުކޮޅަށް ވެސް މީހަކު ނުފެނެއެވެ .ކުރިން ގޭދޮށް ފެންނަ ބުޅާ ތައްވެސް މިހާރު ނުފެނެއެވެ.ވީ ކީއްބާއޭ އޭ އޭނާ ގެ ހިތާހިތުން ސުވާލު ކުރަމުން ގެންދެއެވެ.ފަތިސް ނަމާދަށް ފަހު ޝީރީން ގޭ ގެ ހުޅަނގަށް ހުރި ދޮރު ހުޅުވާލިއެވެ.މަޑުފިނި ވައިރޯޅި އިން މޫނުމައްޗަށް ދޭ ފިނިކަން ނޫން އެހެން އިތުރު ހިތްހަމަޖެހުން ނުލިބެއެވެ.ގޭ ކަންމަތީ ގައި ދެތިން މީހަކު ވާހަކަ ދައްކާ ކަން ތިއްބާ ފެނުނެވެ.އެ މަންޒަރު ފެނުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން ޝީރީން އަށް އެގުނެވެ.ޝީރީން އެދުވަހުގެ ޙަބަރަށް އިންތިޒާރު ކުރީ ކެއްމަދު ވެފައިވާ ގޮތަކާއި ގެއިންނެވެ. .ކޮންމެއަކަސް އެދުވަހުގެ ޚަބަރު ވެގެން ދިޔައީ ހިތާމައިން ފުރިގެން ދިޔަ ޙަބަރަ ކަށެވެ.ކުޑަ އިރުކޮޅަކަށް ފަހު ބޭރު ދުނިޔޭގެ މަސްރަޙް ބަލާލި އިރު ހަމަ މިފަދައެވެ.،ކޮވިޑް،،،ނަމަކަށް ކިޔާ ވައިރަހެއް ގެ ވާހަކަ އެވެ.ގެއަށް ބޭނުން ވާ އެތަކެއް ސާމާނު ހޯދުމަށްޓަކާ ޝީރީން އެދުވަހު ދިޔައީ ބޭރަށެވެ.ކާބޯތަކެއްޗާއި އެހެނިހެން ސާމާނާ
.ޚަބަރުގައި ބުނިފަދައިން ގަތުމުގެ ބޭނުމުގައެވެ.މާސްކު އާއި ސެނިޓައިޒަރ ވެސް ގަތުމުގެ މަގުސަދު ބައެވެ. އެއްވެސް ފިހާރައަކުން އެއްޗިހި ގަންނަން ނުލިބުމުން ތަންކޮޅެއް ދުރަށް ގޮސް ވަދެވުނީ މީހުން ކިޔޫ ހަދާފައިވާ ފިހާރައަށެވެ..އެނބުރި ގެއަށް އައުމަށް ފެންވަރާލުމަށް ފަހު ސޯފާގައި އިށީނެވެ.އެވަގުތަކީ ބޮޑު މަންޖެ އޮފީހުން އަންނަ ވަގުތު ކަމުން އެމަންޖެ މާބޮޑަށް މިވާހަކަ ދައްކާނެ ތާއެވެ. .ކޮންމެއަކަސް ޙަބަރު ތައް ވަރަށް ހިތާމަ ވެރިއެވެ.ރިސޯޓަކުން ، އެ ނުރައްކާތެރި ބައްޔަކަށް މީހަކު ޕޮޒެޓިވ ވެއްޖެ ޔޯލައެވެ. ޙަބަރަކަށް ފަހު ޚަބަރެކެވެ.ﷲ ކުޅަދުންވަންތަ ކަމާއި އެވެ.ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހެއް ގެ ސަބަބުން އިންސާނުން ބިރުވެތިވެ ފައިވާ މިންވަރު ނިކަން ވިސްނާލަބަލާށެވެ.މި ހިޔާލުތަކުގައި ވަނިކޮށް ގޭ ގެ ބެލް ރިންްްްްްގުވާންފެށިއެވެ.ޝީރީން އަވަސް ވެފައިވާ ހިތަކައިގެން ދޮރު ހުޅުވާލިއެވެ.އެއީ ޝީރީން ގެ ބޮޑު ދަރިފުޅު ސީމާ އެވެ. އެމަންޖެ ހުރީ ވަރަށްްްް ބޮޑަށް ފިކުރު ބޮޑުވެފައެވެ.ދާދި ގާތުން ޝީމާ އިށީނުމާއި އެކު އޭނަގެ ނިއްކުރިި ގައި އަތް ޖައްސާލިއެވެ. ؛ދަރިފުޅު ތިހުރީ ހުން އައިސަ؛؛ “އާ މަންމާ އަޅުގަނޑު އިންނަނީ ކައުންޓަރު ގެ ކައިރީ” ؛ ސީމާ ހާސަރު ދަމަން ފެށިއެވެ.؛ދަރިފުޅާ މުސީބާތުގެ ވަގުތު ގައި އޮތީﷲ އަށް ކެއްތެރި ކަމާއި އެކު ދުޢާ ކުރުން،؛އަދި ތިޔައީ އާދައިގެ ރޯގާ އަކައްވެސް ވެދާނެ؛ ދެން އަވަހަށް ގޮސް ގައިންް ތާހިރުވެ ހަދާލާ……………………… ……..ޝިީރިީން އަކީ ވަގުތަށް ކަމޭހިތާ މުރާކި އަންހެނެކެވެ.
ދުވަހުގެ ހަވީރު ފިނިޖެހުމާއި އެކު ޝީރީން ސީމާ ގޮވައިގެން ދިޔައީ ހޮސްޕިޓަލް އަށެވެ. މަގުމަތި ފެންނަނީ ވަރަށް ހަމަ ހިމޭން ކޮށެވެ.ހިީވަނީ ރާއްޖެ ތެރެ ރަށެއް ހެންނެވެ.ދުއްވާ ފުޅަނދު ތަކާއި މީހުން ގެ މަދުކަން ފާހަގަ ކުރެވުނެވެ. ހޮސްޕިޓަލް އަށް ވަނުމާއި އެކު ޝީރީންގެ ހަށިގަނޑު ތުރުތުރު ލާހެން ހިީވާން ފެށިއެވެ.ސިީމާގެ އަތުގައި ބާރަށްް ހިފަހަށްޓާލިއެވެ……ހޮސްޕިޓަލް ފެންނަނީ މަދު މިސްކޮ ޅެމެވެ..އެ ވަގުތު ޑިއުޓީ ގައި ތިބި މީހުން ފާހަގަ ކުރަން ނޭގުނެވެ.. . ހުރިހާ އެންމެން ވަނީ ގަޔަށްް ޝޫޓެއް ލާފައެވެ…،…..”’އެންމެންް ވެސް ވަނީ މާސްކު އަަޅާ މޫނު ނިވާކޮށްގެންެވެ…… ޝީރީން އާއި ސީމާ މާލަސްތަކެއް ނުވެ އައީ ގެއަށެވެ. ﷲރަހުމަތުން މާބޮޑު ކަމެއްވެސް ނެތެވެ.ސީމާގެ ހުންް މިހާރު ފިލާ ރަގަނޅު ވެއްޖެއެވެ.
ފިރިމީހާ ޒާމިރު އަކީ އަބަދު ކަހަލަ ގޮތަކަށް ރާއްޖޭން ބޭރުގައި ވިޔަފާރީގެ އެކިއެކި ކަންތައްތަކުގައި އުޅެމުންދާ މީހެކެވެ.ފިރިމީހާ ގެ ޙަބަރު ދަބަރު ބަލާލުމަށްްް ޓަކައި ޝީރީންގެ ފޯން ނަގާ ގުޅާލި އެވެ. އޭނާވެސް ދައްކަމުން ގެންދިޔައީ އެއީ ވާހަކަ އެކެވެ.ޝީރީން ގެ ހިތުގެ އުދާސް ތައް ފަހަރަކަށް ވުރެ ފަހަރެއް ބޮޑުވިއެވެ.ރޭޑިއޯ ޚަބަރާއި ޓީވީ ޙަބަރު ތައް އަޑު އަހަމުންް ގޮސް މީހާ މާޔޫސް ވާންްް ފަށައިފި އެވެ…..ދީނިީ ނަސޭހަތް މެދު ކެނޑުމެއް ނެތި އާދެ އެވެ،ވާން އުޅެނިިީ ކޮންކަމެއް ބާއޭ ޝިިީރިިން ގެ ހިތާހިތުން ސުވާލު ކުރެއެވެ.
އަބަދުމެ އިވެމުން ދަނިީ އެއް ވާހަކައެކެވެ…..،،ކޮވިޑް، މިލަފުޒެވެ. ޝިީރިިީންްްްް މިހާރު ވަނީ އެބަލިީގެ ތެރެއަށް ގެބިފައެވެ.މިހާރު އެ ފަކީރު އެވަނީ ސިކުޑިީގެ ބައްޔަކަށް ބޭސްކުރާ ހިސާބަށް
ދާން ފަށާފައެވެ.
.ހިތް ބިރުގަތުމާއި ގޭތެރޭގެ އެތަކެއް މަސައްްކަތަކަށް ބުރޫއަރާން ފަށާފިއެވެ. .މާޒީގެ އެތަކެއް ހިތާމަވެރި ދުވަސް ތަކެވެ…،މި ފުން ހިޔަލުގައި ނުނިދި އޮއްވާ ސީމާ އާއި ޒަހާ ކޮޓަރި
ތެރެ އަށް އައިސް ވަނެވެ.އެކުދިންގެ މަންމަ އަށް ވެފައި އިންގޮތް ފެނިފައި ދެބެން ދެފަރާތުގައި އިށީނެވެ.އެވަގުތު ޝީރީން އޭނާގެ އިހުސާސް ތައް އެކުދިންނަށް ކިޔާދިނެވެ. ”ދަރިފުޅާ އެވެ.މަންމަ ބޭނުން ވަނީ ތިޔަ ދެކުދިންގެ އޯގާތެރި ކަން
“.އެވަގުތު ދެކުދިން އޯގާތެރި ކަމާއި އެކުޝިރީން ގެ ބުރަކަށި ގައި ފިރުމާލިއެވެ.،،މަންމާ ކެތްތެރި ވެލާ” އަހަރުމެން މިތިބި މަންމަ ކައިރީގަ އިރާދަ ކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ؛ޝީރީން ގެ ހިފެހެއްޓުމެއްނެއް ކަރުނަތައް އޭނާގެ ދެލޮލުން ފާއްދާލިއެވެ.އެވަގުތު ޒަހާ އޭނާގެ މޫނާ މަންމަ ގެ މޫނު ކައިރި ކޮށްލި އެވެ.އަދި ބުނެލިއެވެ”.މަންމަ ދެކެ ވަރަށް ލޯބިވޭ…….'”.ޝިީރިީން ގެ ކުދިންގެ ބައްޕަ ވަނީ ކާރު އެކްސިޑެއްޓެގައި މީގެ އެއް އަހަރު ކުރިން ނިޔާވެފައެވެ.އެދުވަހުން ފެށިން ޝީރީން ކަންތައް ތަކާއި ވަރަށް ފިކުރު ބޮޑުވެއެވެ.ޝިިީރީން ވަނީ އެހެން ކައިވެންޏެއް ކޮއްފައެވެ.ނަމަވެސް އޭނައަށް ގޭގާ މަޑުކުރެވެނިީ މަދުރެއަކު އެވެ.ފިރިމީހާ ރާއްޖޭން ބޭރުން އައި ތަނާ އޭނަ ވަނީ ބަންދު ކޮއްފަ އެވެ.ގުޅާލިއަސް ގުޅާލަނީ މަދުފަހަރަކު އެވެ.އެރޭ އެކުދީން ކޮޓަރިން ނުކުތީ ދަންވަރު ތިނެއް ޖެހިފަހުން ނެވެ. .ޝީރީން އަޒުމް ކަނޑައެޅީ ދީނީ ކަންތައް އިހުނަށް ވުރެން ވަރުގަދަ ކުރުމަށެވެ. .
ތިމާގެ މީހުންގެ ހާލު ބެލުމުގަޔާއި ޙަބަރު ތައް ބެލުމުގައި އޭނާގެ ދުވަސް ތައް ހޭދަ ކުރިއެވެ.ކުރިމަތިން ހުރިގޭގައި ހުރި ބަގީޗާ ޫޫޫޫޫޫޫޫޫޫޫޫޫޫޫޫ ގަސްތަކުން ޝީރީންގެ ހިތައް އެތަކެއް ހިތް ހަމަ ޖެހުމެއް ލިބިގެން ދެއެވެ.އެމާގަސް ފަރިވެ ފޮޅިފައި ހުންނަނީ ބަލިމީހަކު އެއަށް ބަލާކުމުން ޝިފާ ލިބޭ ބީދައިން އެވެ.ހަވީރުގެ ގިނަވަގުތު އޭނަ ހޭދަކުރަނީ ކޮޓަރީގެ ކިޑިކީ ދޮރުން ބޭރު ބެލުމުގައެވެ. ދުވަސް ތައް ފާއިތު ވަމުން ގޮސް މިހާރު ތިން މަސްވާން ކައިރި ވިއެވެ.ޚަބަރު ތައް އިވޭގޮތުން ބަލީގެ ހާލަތު ނުހަނު ނުރައްކާތެރި އެވެ.ޝީރީން ފަކީރު މިހާރު އެވަނީ ނަފްސާނީ ބަލީގެ ސިކާރަ އަކަށް ވެފައެވެ.ކުރެވޭ ނުކުރެވޭ ކަމެއް ނޭގެއެވެ.މުޅި މީހާ ބައެއް ފަހަރު ހުއްޓުން އަރާފައެވެ.އަނެއްބައި ފަހަރު މާ އަގަ ތަޅުވައެވެ.ކުޑަ މަންޖެ ޒަހާ ހުންނަނީ މިކަންތަކާ ވަރަށް ބޮޑަށް ދެރަވެފައެވެ.ފިރިމީގާ ކައިރީ ނެތުން އެއީ އަދި ވަކިން ޝީރީން ބަލިވާން މެދުވެރި ވި ސަބަބު ކަމުގައި ވެގެން ދިޔަ އެވެ.ް
އެއްދުވަހެއްގެ ދަންވަރުގެ ދަންވަރުގެ ވަގުތެވެ.ޝީރީން އަށް ސިއްސައިގެން ގޮސް ހޭލެވުނީ ސީމާ ޝީރީން ގެ އެދާއި ދާދި ކައިރީގާ ހުށްޓައެވެ.އެމަންޖެ ބަލާލީ މަންމަ ނިދާފަ އޮތް ތީއެވެ..ނަމަވެސް މިކަމުން ޝީރީން އަށް ލިބުނީ ކުއްލި ސިހުމެކެވެ.މަންމާ!މަންމާ!…މީ ސީމާ އޭ ލޯ ހުޅުވާލަ ބަލަ …ސީމާގެ އަޑު ބެދިއްޖެ …ކޮއްކޯ ކޮއްކޯ ނިކަން އަވަހަށް ފެންތައްޓެއް ގެނެސް ބަލަ މަންމަ އަށް ކޮންމެސް ގޮތެއް ވެއްޖެ”ޒަހާ މަންމަ ގެ މޫނުގައި ފެންފޮދެއް އުގުޅާލިއެވެ. ވަގުތުން އެމްބިއުލެންސް އަށް ގުޅާ ޝީރީން ހޮސްޕިޓަލް އަށް ގެންދެވުނެވެ.ޝީރީން އަށް ހޭލެވުނީ އިރު އޭނާ ވަނީ އެޑްމިޓް ކުރެވިފައެވެ.ދެލޯ ހުޅުވައި ވަށިގެން އޭނާ ބަލާލި އެވެ.ނަމަވެސް އެއްވެސް ކުއްޖެއް ފެންނާކަށް ނެތެވެ.”ޑޮކްޓަު ކޮބާތޯ އަޅުގަނޑު ގެ ކުދިން”ޝީރީން ޑޮކްޓަރާއި ސުވާލު ކުރި އެވެ.ނަމަވެސް ޝީރީން ޑޮކްޓަރާއި ސުވާލު ކުރި އެވެ.”އަރާމް ކޮށްލާ”ޑޮކްޓަރު ޖަވާބު ދިނެވެ.އެތަނުގައި ތިބި އެންމެން ތިބީ ޝޫޓެއް ލާ ގައި ނިވާކޮށްގެނެވެ.ޝީރީން އޮތް އެދާއި ކައިރީގައި އެހެން އެއްވެސް އެދެއް ނެތެވެ.ނަސީބު ވަރަށް ރަގަޅެވެ.އެއީ ވަރަށް އޯގާވެރި ޑޮކްޓަރެކެވެ.ހޮސްޕިޓަލް އަށް މީހުން އައުން ވަނީ މަނާ ކުރެވިފައެވެ.ޝީރީން ކައިރީ ގައި ތިބި ނަރުސް ކުދިން ނުހިނު އޯގާތެރި އެވެ.ޝީރީންގެ މިލާފިއިވާ މޫނުން އޭނަގެ ދިރިއުޅުމުން ކޮންމެވެސް އެއްޗެއުނިވާ ކަހަލައެވެ.ހޮސްޕިޓަލުން ގިނަދުވަހު ފަރުވާ ދިނުމަށް ފަހު މިހާރު ޝީރީންމޫނު އުޖާލާވެ މީހާ ރީތިވާން ފެށިއެވެ.ޝިީރިީން އަކީ ދެކުދިންގެ މަންމަ އެއް ކަމަކު ރީތި އަންހެނެކެވެ.މިހާރު ޝީރީން އަމިއްލަ އަށް ގޮސް ރީތިވުމަކީ އުދަގޫ ކަމެއް ނޫނެކެވެ .
ޝީރީން ފަހުން ބަދަލު ކުރި ވާރޑުގައި ހައެއްކަ ބަލިމީހުން ތިއްބެވެ . ކޮންމެ އެދެއްގެ ކައިރީގައި ނަރުސް ކުއްޖެއް ހުއްޓެވެ.އެތާންގައި އެކިބަލި ތަހައްމަލުު ކުރަމުންދާ މީހުން ތިއްބެވެ.އެތަން ކިތަންމެ ހާވެސް ސާފުވެފައި ތިއްބެވެ.އެކަކު އެތަނުން ފެންނަ މަންޒަރަކީ ބަލި ހިތަކަށް ބަލަން އެހާ ފަސޭހަ މަންޒަރެއް މޫނެވެ.ބައެއް މީހުންގެ ކެކުޅުމުގެ އަޑު އެތަނުން އިވެމުން ދެއެވެ.ﷲ ރަހުމަތުން ޝިީރިިީންްްްް މިހާރު އެވަނީ ބަލިން ރަގަޅު ވެފައެވެ.
އެއްދުވަހެއްގެ ހަވީރުގެ ހަމަހިމޭން ވަގުތެވެ.ޝީރިން އިނިީ ވާހަކަ ފޮތެއް ކިޔާލާށެވެ. އެންމެ ދެތިން ބަލިމީހުން ފިޔަވާ ހުރިހާ އެންމެން ވަނީ ނިދާފައެވެ. ކުއްލި އަކަށް ސިއްސުވާލީ ޑޮކްޓަރު ގެ އަޑެވެ.”މިއަދު ޑިސްޗާޖު ކުރާނެ”އެވަގުތު ޝީރީން ވީ އުފަލުން ކިޔަން އިން ވާހަކަ ފޮތް ލައްޕާލިއެވެ.”އލްހަމްދު ލިއްލާހި ” ޑޮކްޓަރު އަޅުގަނޑު އެކަނިތޯ ގެއަށް ދާންވީ “ނޫން!އަޅުގަނޑާއި އިތުރު ދެ ނާރސް ދާނެ” ނަރުސް ކުއްޖާ ކައިރިން ޝީރީން ގެ ފައުލާ އެހެނިހެން ސާމާނާ ތައްޔާރު ކުރަން ޑޮކްޓަރު އެދުނެވެ.ކުރު ދެތިން ޖުމްލަ އެއް ބުނެލުމަށް ފަހު ޑޮކްޓަރު ދުރުވީ އެހެން މީހުންގެ ހާލު ބައްލަވާށެވެ.ޝީރީން ޑޮކްޓަރާއި ދިމާލައް ބަލަން އިނެވެ.ޑޮކްޓަރ އަސްރަފަކިީ ހިތްހެޔޮ މަޑުމައިތިރި މީހެކެވެ.ދިގު އިސްކޮޅަކާ ރީތި ދެލޮލެވެ.ތުބުޅި މާ ދިގު ނޫން ކަމަކު ކޮންމެވެސް ވަރަަކަށް ތުބުޅި ހުއްޓެވެ.ކަރުގައި އޮތް ކަށިގަނޑުން މީހުންގެ ގައިގާ ޖައްސަމުން ގެންދެއެވެ…ބޯ ގުދުކޮށް މީހުންނާ ވާހަކަ ދައްކަމުން ދިޔަ ދިޔަ ހެން ބޮލުގެ ފަން އިސްތަށި ކޮޅު މޫނުމައްޗަށް ވެއްޓެމުން ދިޔަ އެވެ.އަދިވެސް ޝީރީން އަދިވެސް އެއިނީ އަސްރަފް އަށް އޭނަގެ ނަޒަރު ހުއްޓާލައިގެން އެވެ.ހީވަނިީ ހަމަ ރަގަޅަށް ވެސް ޖަޒުބާތު ގައި ޖެހުނީ ހެންނެވެ.އެންމެ ފަހު ބަލިމީހާ ބަލާނިމަށް ފަހު އަސްރަފް ޝަރީފްގެ އެދާއި ކައިރިއަށް އަތުވެއްޖެ އެވެ.އެވަގުތަކި ޝީރީން އޭނަގެ ފައިވާން ހޯދަމުން ދިޔަ ވަގުތު އެވެ.ފައިވާން އޮތީ އެނދުގެ މާދަށުގައި ކަމުން ފައިވާން ނަގަން އުޅުމުގެ ތެރޭގަ ޝީރީން އަރިއަޅާލައިގެން ގޮސް ހިފުނީ އަސްރަފް ގެ އަތުގައެވެ.ޝީރީން ލަދުރަކި ފާޑަކަށް ބުނެލިއެވެ.ޑޮކްޓަރުގެ މޫނުމަތިން ފެންނަނީ ހިނިތުން ވުމުގެ ކުލައެވެ.މިގޮތުގައި ހިދުކޮޅަކު ތިބުމަށްފަހު އަތް ދޫކޮށް ލިއެވެ.”ޝީރީން އެއްވެސް ކަމެއް ބޭނުމިއްޔާ އަޅުގަނޑާ ގުޅުއްވާ “ވަގުތުން ޝީރީން ޑޮކްޓަރުގެ ނަންބަރު އޭނަގެ ދީނުގައި ދައްކާ ކުރީއެވެ އަޅުގަނޑު ފިރިމީހާ މިތަނަށް އެއްވެސް އިރެއްގައި އައިތޯ !ޝީރީން ޑޮކްޓަރާއި ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ގެންދެއެވެ.”ދަރިއަކު ވެސް ނާދޭތޯ!”އެ ވަގުތު އެސުވާލަށް ޖަވާބު ދިނީ ނަރުސް ކުއްޖެކެވެ .”ދއްތަ ގެ ކުދިން ގުޅާ ހާލުވެސް ބަލާ ނަމަވެސް ފިރިމީހާގެ ހަބަރެއް ނުވޭ!ވާނީ މާ ބިޒީ ކަމަށް “ޝީރީން ގެ ހިތުގައިވާ ޝަކުވާތައް އެހެންމީހަކަށް ހިއްސާ ކުރާކަށް ބޭނުމެއްނޫނެވެ.ނާފިޒް އަކީ ގޭގާ އުޅުނަސް އެހާބޮޑަށް ކަންކަން ބަލާ މީހެއް މޫނެވެ.ފުރަތަމަ އަނބިމީހާ އާއި އެކު ނާފިޒް ގިނަވަގު ހޭދަކުރާ އިރު ޝީރީން އަށް ލިބެނީ ދާދި މަދު ވަގުތެވެ.ކޮންމެ އަކަސް ދުވަހުގެ ހަތަރެއް ޖެހުމާއި އެކު ޑޮކްޓަރާއި ދެ ނަރުސް ކުދިން ޝީރީން އާއި އެކު އައީ ގެއަށެވެ.ގޭ ތެރެ ވަނީ ނުހަނު ޒީނަތްތެރި ކޮށްފައެވެ.ފިނިފެންމަލުގެ ގުލްދަސްތާ އަކުން އެކުދީން ޝީރީން އަށް ވެދުން ކުރި އެވެ.ގޭ ފާރުގައި” ވެލްކަމް މަމް”މިހެން ޖަހާލާފަ ވެއެވެ.ގޭގެ ބޮޑު ކާމޭޒު ވަނީސައިފޮދަކަށް އިންތިޒާމް ކޮށްލާފައެވެ.ސައިބޮއެ މާ ލަސްތަކެއް ނުވަނީސް ނަރުސް ކުދިން ހިގައްޖެއެވެ.ނަމަވެސް ޑޮކްޓަރު ކުޑަ އިރު ކޮޅަކު މަޑުކޮށްލައިގެން އިނެވެ.އަދި ޝީރީން ގެ ބަލި ހާލަތާއި ބެހޭ ގޮތުން ކުދިންނާއި ވާހަކަ ދެކެވުނެވެ.ކުޑަ އިރުކޮޅަކަށް ފަހުން ޑޮކްޓަރު ވެސް ހިގައްޖެއެވެ.
އެދުވަހުގެ އިރު އޮއްސުމުން ޝީރީން ވަނީ އޭނަގެ ކޮޓަރި އަށެވެ އަދި ގައިން ތާހިރުވެ ލުމަށް ފަހު ނިމިފައިވާ އޭނަގެ ފޯން ޗާރޖް އަށް ޖަހާލިއެވެ.ފޯނު ހުޅުވުމާއި އެކު ލިބުނީ ކުއްލި ހައިރާން ކަމެކެވެ.އެއީ ނާފިޒް ގެ ނަމްބަރުން އައި މެސެޖެކެވެ.”އަހަރެން ނަށް މާފު ކުރާށެވެ.އަހަރެންގެ ކުދިން ގެ މަންމަ އާއި އެކު މިދިޔަ ދުވަސްތައް އަހަރެން ވޭތު ކުރަމުން ދިޔަ އީ ޝީރީން އަށް ދޮގުހަދާފައެވެ.އަހަރެން ރާއްޖޭން ބޭރަށް ނުދަމެވެ.ނަމަވެސް ދަރިން ބޭންވާތިވެ ގޭގައި މަޑުކުރިީ އެވެ.އަދި ބުނަމެވެ. އަހަރެން ދެން ޝީރީން ގެ ދިރިއުޅުމުގައި ނެތީމެވެ.”ތިހުރީ ވަރިކޮށްފަ”އެވެ ….ލިބުނު ކުއްލި މެސެޖުން ޝީރީން އަށް މާބޮޑު ހިތާމަ އެއް ނުލިބުނެވެ.ޝީރީން އޭނަގެ ހިތާހިތުން ސުވާލުކުރެވުނެވެ.އެ ވަގުތު ޝީރީން އަށް ނާފިޒް ގެ އެންމެހާ ގޯސް ސިފަތަކެއް ޖަމާ ވަމުން ދިޔަ އެވެ.ބަލި އެދުގާ މަސް ދެމަސް ވާއިރު ހާލު ބަލާ ނުލައެވެ.އަދި މިނޫނަސް ކިތަންމެ ކަންތައް ތަކެވެ.އެރޭގެ ނިދި އޭނަޔަށް އަލްވަދާޢު ކިޔެވެ. މިހާރު އޭނަގެ ހިތުގައި އެހެން ނަމެއް ބިންވަޅު ނަގައިފިއެވެ…އެއީ އޭނަ އަށް ހޮސްޕިޓަލް ގައި ފަރުވާދިން ޑޮކްޓަރ ގެ ނަމެވެ.ދުވަސް ތައް މާޒިވަމުން ދެއެވެ.އެއްދުވަހެއްގެ ހެދުނުގެ ވަގުތެވެ. ޝީރީން ސިއްސުވާލީ ޑޮކްޓަރ ގެ ފޯނުކޯލު އެވެ.ޝީރީން ފޯނު ހިފައިގެން ވަނީ ކޮޓަރި އަށެވެ.
” ހަލޯ “ހާލު ކިހިނެއް”ރަގަޅު” ފުންނޭވާ އަކަށް ފަހު ޝީރީން ޖަވާބު ދިނެވެ.ކުޑައިރުކޮޅަކު މަޑުކޮށް ލެވިދާނެތަ؟ ލައްބަ! އަޅުގަނޑު މިދުވަސް ކޮޅު ވަރަށް ފްރީ…އޯ އެހެންތަ..
އަސްރަފް ގެ ވާހަކަ ހުރި ގޮތުން ހީވަނީ ޝިީރީން ގެ ދިރިއުޅުން އޭނައަށް އެނގޭހެން ނެވެ..ޝީރީން ގެ އަޑުގައިވަނީ އުފާވެރި ކަމެވެ.އެދުވަހު އަސްރަފް އޭނާގެ ބަނަ ހަޔާތް ޝިީރީން އަށް ކިޔާދިނެވެ.އަދި މިހާރު ބޭނުން ވަނީ ދިރިއުޅުމެއް ފަށަން ކަމުގާ އޭނާ ބުންޏެވެ.ދެމީހުންގެ ގުޅުން ދުވަހަކަށް ފަހު ދުވަހެއް ބަދަހި ވަމުން ގޮސް ލޯބިިީގެ ގުޅުމަކަށް ބަދަލުވެ ނިމިއްޖެއެވެ.ގޭގެ ބޮޑު އުދޯލި ވެގެން ދިޔައީ އޭގެ ދެ މީހުންގެ ލޯބިިީގެ މަންޒިލް ކަމުގައެވެ.ޝިރީން ގެ އަށް އަސްރަފް އަންނަ ކޮންމެ ރެއަކު ލޯބީގެ ހަދާނަކަށް ރަތްފިނިފެން މަލެއް ގެނެސް ދެއެވެ.ރަތް ފިނިފެން މަލަކީ ޝިީރީން ވަރަށް ލޯބި ކުރާ އެއްޗެއް ކަން ފަހުން އަސްރަފް އަށް އެގުނެވެ.ދެމީހުންގެ ލޯބީގެ ރާސްތާ ކައިވެންޏާ ހިސާބަށް މިހާރު ވަނީ ގޮސްފައެވެ.ޒަހާ އާއި ސީމާ މިހާރު ތިބެނީ ވަރަށް ބޮޑަށް އުފާވެފައިވާ.މާގިނަ ދުވަސް ތަކެއް ނުވަނީސް ދެމީހުން ގެ ކައިވެނި ކުރެވި އުފާވެރި އާހަޔާތެއްގެ ބިންގާ އެޅިގެން ދިޔައެވެ……
-ނިމުނި-
