Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާހަ – 5

Chobby Level 1
October 8, 2020 4 Mins Read
0 Comments

”  ކޮން ބައެއް!” ކުއްލިއަކަށް ވަަރަށް ބަރު އަޑަކުން މީހަކު ގޮވާލި އަޑު އިވުނުވެ. ކުރިމަތިންނެވެ. ކުރިމަތީގައި ހުރި އަދިރި ގަނޑު ތެރެއިން ކަޅު ކުލައިގެ ހޫޑީ އެއް އަޅާފައި ހުރި މީހަކު ނުކުތެވެ.
_______________________________
ބޮލުގައި ހޫޑީ އަޅާފައި ހުރުމުން އެމީހާ މޫނު އަނދިރި ކަމުން އެއީ ކާކު ކަމެއް ނޭނގެ އެވެ. ” އަހަރެމެން” ރިދަން އެމީހާ ސުވާލަށް ޖަވާބު ދިނެވެ. ” އަހަރެމެންނޭ ބުނީމަ އަހަންނަށް އެނގޭތަ ތީ ކާކު ކަން” އެމީހާ ބަރު އަޑުން ބުނެލިއެވެ. ” މާފު ކުރައްވާ! މީ ރިދަން މިތާ ފަހަތުގައި މި ތިބީ އަހަރެން ދެ އެކުވެރިން” ރިދަން ވަރަށް އަދަބު ވެރިކަމާއި އެކު އެހެން ބުނެލިއެވެ. ” އާން! އެއްކަލަ ކަންތަކާ ދޯ ކައެ ތި އައީ! ހިނގާބަ އެތެރެ އަށް! އެމީހާ ލާއިސް މެންނަށް އެތެރެ އަށް ވަންނަން ދައުވަތު ދިނުމުން ރިދަން ބޯ ޖަހާލާފައި އެތެރެއަށް ވަންނަން ހިނގާ ގަތެވެ.
” އޭ އެއީ ކާކުތަ! މާ ރީތި ކޮއް ކައެ ތި ވާހަކަ ދައްކަނީ އޭނައާ! މާ މާތް މީހެއް ތަ އެއީ!” ލާއިސް ވައި އަޑުން ރިދަން ކައިރީ އަހާލިއެވެ. ” ކަލޭ އިހަށް މަޑުން ހުރެބަ! މަ އަދި ކިޔާ ދޭނަމޭ!” ރިދަން ޖަވާބު ދިނެވެ. ލާއިސް އޯކޭ އޭ ބުނެ ކުރި އަށް ދިޔައެވެ.
މި މީހާ ގޮސް ހުއްޓުނީ އެ ގޭގެ ދޮރު ކައިރި އަށެވެ. ލައިފައި ހުރި ޖިންސުގެ ޖީބަށް އަތް ކޮއްޕައި ފާ މޫނު މަތީ އަޅާ މަާސްކެއް މީނަ ނަގާ އެ އެޅިއެވެ. ދޮރު ހުޅުވާ ލުމަށް ފަހު އެތެރެ އަށް ވަދުނެވެ. އެތެރެއަށް ވަންއިރު މުޅި ތަން އޮތީ އަލި ވެފައެވެ. އަލި ވެފައި ވަނީ ޒަމާނީ ވަސީލަތްތައް މުޅި އެ ތަނުގައި އޮތީ މައެވެ. އެ ހުރިހާ އެއްޗެއް ހުރީ ހުޅުވާލާފައެވެ. އެ މީހާ ހިނގާފައި ގޮސް އެތާ ހުރި ވައް މޭޒެއް ކައިރީ ހުރި ގޮނޑީގައި އިށީނދެ ލިއެވެ. އެމީހާ ފަހަތުން އައި ލާއިސް އާއި ލުވޭޒު އަދި ރިދަން އެތާ ހުރި ގޮނޑި ތަކުގައި އިށީނދެ ލިއެވެ.
” އާ! ހަމްދާން ހޯދަން ދޯ! އޭނާ ވީތަން އަދީބު ނުއެއް ފެނެއޭ! މަށައް ހީވާ ގޮތުގައި އޭނާ އެބަ އުޅޭ މި ރަށުގައި!” ފުއް ނޭވާ އެއްޗެއް ދޫކޮށްލާފައި އެމީހާ ބުނެލިއެވެ. ” އާން މަށަށް ވެސް ހީވަނީ ތިހެން! އެކަމް އޭނާ ކީއްވެ ތަ ފިލަންވީ! މަގޭ ކައިރީ މީދަ ލާއިސް ބުނި ހަމްދާނު ގެއްލުން ދުވަހު ނޫން ކުރިން ރޭ އަޔޯ މިގެއަށް! އެގެއަށް އައިމަ ކިޔާ ދިނީމޯ އަހަރެން ގެ ވާހަކަ! މަށަށް ހީވަނީ އޭނާ އަމިއްލައަށް އަކަށް ނޫން ކައް ނޭނގެ ފިލީ! އެހެން މީހަކު އޭނާ ހައްޔަރު ކުރީ ކައް ނޭނގެ!” ރިދަން އޭނާ އަށް ހީވާގޮތް ބުނެލިއެވެ. ” އާން ތީ ވެސް ވެދާނެ ގޮތެއް! މަޑު ކޮއްލާ! އެބަ ގުޅާ މީހަކު!” އެ މީހާ މީހަކު ގުޅާ ތީ މަޑު ކޮއްލާ ށޭ ބުނެ އެމީހާ ފޯނު ނެގި އެވެ.
އެމީހާ އޭނާއާ ވާހަކަ ދައްކަމުން ދިޔައެވެ. ކިޔާ ނުކިޔާ އެއްޗެއް ނޭނގެ އެވެ. އިރުކޮޅަކުން އޭނާ ފޯނު ބޭއްވީ ވަރަށް ރުޅި އައިސް ހުރެގެން ނެވެ. ” މަގޭ ބޯ ހަލާކު! އެ ގެއްލުނީ މަގޭ ފައިސާ ކޮޅު! ރިދަން އާ ތީދަ ދެމީހުން އާދެބަ މަށާ އެއްކޮށް! އެހެން ބުނުމުން ރިދަން އާއި ލާއިސް އާއި ލުވޭޒު ގޮނޑިން ތެދުވެ އެމީހާ ފަހަތުން ހިނގާގަތެވެ.
އެމީހާ ގޮސް ވަދުނީ ކޮޓަރި އަށް ތެރެއަށެވެ އެމީހާ ފަހަތުން އަނެއް ތިން މީހުން ވަދުނެވެ ލާއިސް ލޯ ބޮޑު ދިޔައީ ބޮޑު ވެގެން ނެވެ. އަނެއް ދެ މީހުން ނަށް ވެސް ސިހުމެއް ލިބުނެވެެ. ހާދަހާ މަކަރުގަދަ މީހެއް ތާއެވެ. ” ކަލޭ ހާދަރު މަކަރުވެރި މީހެކޭ ތީ! ހަމަ މިހާރު ދޫ ކުރޭ މީނާ މިތަނުން! އެހެން ނޫނީ ކަލޭ މަރާލާ ނަން!” ލާއިސް ރުޅިވެރިކަމާއި އެކު ބުނެލިއެވެ. ” އާން މަ މީ މަކަރު ގަދަ މީހެއް! ކައެ މެން ތިން މީހުން ޖެހޭނީ ހަމަ އަހަރެން ބުނާ ގޮތަށް ކަންތައް ކުރަން! ނުކޮށް ފިއްޔާ ހަމަ މިހިރަ މީހާ ހަދާފަ ހުރި ގޮތަށް ހަދާ ލާނަން! ހައްހައް!!” އެމީހާ ރުޅި ވެރި ކަމާ އެކު ބުނެލިއެވެ.
ލާއިސް މެންނަށް އެތަނުން ފެނުނީ އެމީހުން އެ ހޯދަން އުޅޭ ހަމްދާނެވެ. ހަމްދާން ބަދެފައި ހުރި އިރު މުޅި މީހާ ގައިގައި ލޭ އުނގުޅި ފައި ހުއްޓެވެ. މީހަކު ހަމްދާނު ގައި ތަޅާފައި ހުރި ކަމުގެ ނިޝާން ފެންނަން ހުއްޓެވެ. “އަހަރެން މި ބުނީނުންތަ އޭނާ ދޫކުރާށޭ! ކަލޭ ތަޅާލަފާން އެހެން ނޫނީ!” ލާއިސް ރުޅި އައިސް ހުރެ އެހެން ބުނެފައި އެމީހާ ގައިގައި ޖަހަން އަތް މަޅާލިއެވެ. އެ ވަގުތު ރިދަން ލާއިސް ގެ އަތް ހިފެހެއްޓުމަށް ފަހު މަޑު ހުންނާށޭ ބުނެލިއެވެ. ” އޭ! ކަލޭ ބުނާހާ ކަމެއް އަހަރެމެންނެއް ނުކުރާން! އެކަން ހަނދާން ކުރާތި! ރިދަން ރުޅި ވެރިކަމާއެކު ބުނެލިއެވެ. ” އަހަރެން ބުނާގޮތް ޖެހޭނީ ހަދަން! ނުހަދާ ފިއްޔާ މި ބުނީނު ހަދާނެ ގޮތް! ހައްހައްހާ” އެމީހާ ބޮޑާ ކަަމާއި އެކު ބުނެ އެމީހާ ކައިރީ ގައި އޮތް ލަނޑިބުރި ނެގިއެވެ.
” އަދި ބުނަންތަ ވާހަކަ އެއް! މަ ބުނާ ކަންތައް ނުކޮއްފިއްޔާ މިހިރަ ހަމްދާނު މަރާލާ ނަން! ވިސްނިއްޖެތަ!” އެމީހާ ނުލަފާ ހިންޏެއް އަންނަމުން ބުނެލިއެވެ. ” އޭ! ހަމްދާން ނުމަރައްށޭ! އަވަހަށް ބުނޭ ހަދަން ވީ ގޮތް! އޭރުން އެކަން ކޮއްދޭނަން! ލާއިސް ވަރަށް ހާސްވެފައި ބުނެލި އެވެ. ” މާދަމާ ރޭ ކަލޭމެން މި ތަނަށް އާދޭ އޭރުން ބުނާނަން ކުރަންވީ ކަންތައް! ދެން ދޭ އަވަހަށް މިހާރު ތިޔޮއް ނިދި ބުރާންތި ވަނީ! އެމީހާގެ އެހެން ބުނުމުން ތިން މީހުން އެއްކޮށް އެތަނުން ނުކުންނަން ހިނގާ ގަތެވެ.
ތިން މީހުން އެ ގެއިން ނުކުމެ މިސްރާބު ޖެހީ ލާއިސް މެން ގެއަށް ދިއުމަށެވެ. ” އޭ ރިދަން އެއީ ކާކުތަ! މާ ގަދަވެގެން އުޅޭ މީހެއް!” ލާއިސް ގެއަށް ދިޔަަ މަގުމަތީ ބުނެލިއެވެ. ” އާން! އެއީ ދޯ! އެއީ މަށާ އިންޓަނެޓުން ދިމާވި މީހެއް! އޭނަ މެސެންޖާއިން ހައެ ޖަހާލަފައި އިނީމަ މަ އިންނާނެ ރިފްލައި އެއް ދީފަ! އޭގެ ފަހުން އަހަރެމެން ދެމީހުން ރައްޓެހިވެގެން ވާހަކަ ދައްކަންފެށިން! އޭނަ ނަމަކީ އަތޫފް! ބޮޑު ހެކަރެއް! މިރަށު މީހެއް އެއީ! ދެން މަ އެހީ ކަމެއް ކޮއްދެވިދާނެ ހޭ! އެހެން ބުނީމަ އޭނަ ބުނި ކޮންކަމެއް ހޭ ކޮއްދޭން ވީ ބުނީމަ މަ ބުނީ ހަމްދާން ހޯދައި ދީފާނަން ހޭ! އެހެން އެހީމަ އޭނަ ބުނި އޭނަ ބުނާ ކަންތައްވެސް ކޮއްދޭން ޖެހޭނޭ! އޭރުން ހަމްދާން ހޯދައި ދޭނަމޭ! އިފްތިޤާގަކުން އެތާ ހަމްދާން ހުރީ! ދެން ކިހިނެއް ހަދާނީ!” ރިދަން ވަރަށް ކަންބޮޑުވެ ހުރެ ކިޔަދިނެވެ.
” އޭނާ ބުނާ ގޮތް ހަދަން ވީތަ ނޫނީ ނުހަދަން ވީތަ! އަދި ނޭނގެ އޭނަ ކުރަން ބުނާނީ ކޮންކަހަލަ ކަމެއް ކަމެއް ވެސް! މަށައް ހީވަަނީ އޭނަ ބުނާ ކަންތައް ނުކޮއް ވަގަށް ހަމްދާން ސަލާމަތް ކުރަން ވީ ހެން!ދޯ!”ލުވޭޒު ބުނެލިއެވެ. ” އާންް ތީ ރަނގަޅު ގޮތެއް! އެކަމަކު ކިހިނެއް ހަމްދާން ސަލާމަތް ކުރާނީ !” ލާއިސް އަހާލިއެވެ. ” ދެން މަށައް ހީވަނީ މާދަމާ ރޭ އެތަނަށް ގޮސް ގެން ހެން އިނގޭނީ ކަމެއް ކުރަން އިނގޭނީ!” ރިދަން ބުނެލިއެވެ.
ތިން މީހުން ވާހަކައިގައި ތިބެ ހިނގަމުން ގޮަސް ލާއިސް މެންގެއާ ހަމައަށް ދެވުނެވެ. ލުވޭޒު ގެއަށް ދަނީ އޭ ބުނެ އޭނާގެ ގެއަށް ދާން ހިނގާ ގަތެވެ. ލާއިސް ރިދަން ކައިރީ ގެއަށް ވަންނަން އަންނަށޭ ބުނެ ލާއިސް ގެއަށް ވަންނަން ހިނގަ ގަތެވެ. ކުއްލި އަކަށް ލާއިސް މޫނު ބޮލުގައި ފަހަތްކޮޅުގައި މީހަކު ވަރަށް ބާރަށް ޖެހި އެވެ. ދަނގަޑު ބުރި އަކުންނެވެ. ޖެހި ގޮތަށް ލާއިސް ބިންމައްޗައް ވެއްޓުނެވެ. އެއާ އެކު ލާއިސް ބޮލުން ރަތް ކުލައިގެ ލޭ ތިކި ތައް ބުރަ ބުރާއިގެން ދިޔައެވެ.
ނުނިމޭ

Share Article

Follow Me Written By

Chobby

Level 1

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން (އިޢުލާން)

Next

ތިޔަ ލޯބި އަދު ލިބޭނެބާ 10

Next
October 8, 2020

ތިޔަ ލޯބި އަދު ލިބޭނެބާ 10

Previews
October 8, 2020

އަންނަންދެން ހުންނާނަން ލޯބިން (އިޢުލާން)



All Right Reserved!