Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

އެ ސިޓީ

Chuweet Eysha Level 1
September 21, 2020 2 Mins Read
2 Comments

މި ވޭތުވެ ދިޔަ 18 އަހަރުގައި އަހަންނަށް އުޅެވުނީ އެންމެ ފުރިހަމަ އަށްތޯ އަހަރެންގެ އަމިއްލަ ނަފްސާ އަހަރެން ސުވާލު ކޮށްލީމެވެ.އާނއެކެވެ. އަހަންނަށް އުޅެވުނީ ގޯސްކޮން ކަން އަހަންނަށް މިއަދު ވިސްނިއްޖެވެ. އަހަރެން މިހެން ނޫޅިނި ނަމަ އަހަންނަށް މި ދުވަސް ދެކެއް ނުވެސް ޖެހިދާނެވެ. ހުދު ކަފުނެއްގައި އެވަނީ އަހަރެންގެ މަންމަގެ ހަށިގަނޑު ނިވާ ކޮށްފައެވެ. އެ މަންމަގެ ދެލޯ ކައިރި ވަޅު ވަދެ ފައިވާ ތަން ފެންނަ ކޮންމެ ފަހަރަކު އަހަރެން ހިތަށް ކުރަނީ ފުން އަސަރެކެވެ. ބުނެދޭކަށް ނޭނގެއެވެ.
މިހާރު ހިތުގައި ޖެހެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟
މިހާރު ވަގުތު ފާއިތު ވެއްޖެވެ.
…
މަންމަގެ ވަޅުލުމުގެ ކަންތައް ނިމި ގެޔަށް އައުމުން ޝިފާދައްތަ އަހަންނަށް ސިޓީ އެއް ދިނެވެ. ޝިފާޒާދައްތަ އަކީ މަންމަގެ އެންބަޑު ގައި ހުރި ހަމަ އެކަނި ކޮއްކޮ އެވެ. ޝިފާޒާ ދައްތަ އެ ސިޓީ ގައި އަހަރެން ހިފީމެވެ. ކޮޓަރި އަށް ވަނެ އަވަސް ވެ ގަތީ އެ ސިޓި ކިޔުމަށެވެ.
ސިޓީ.:
ލޯބިވާ ދަރިފުޅު ރަޔާން އަށް.
ދަރިފުޅާއެވެ. ދަރިފުޅު ގްރޭޑް 10 އެއްގައި އުޅުން އިރު ހޯދި ކާމިޔާބި އަކީ މަންމަގެ ހިތުން ފިލާނޭ ކާމިޔާބީ އެއް ނޫނެވެ.މަންމަ އުންމީދު ކުރީ އެ ދުވަހުން ފެށިގެން ދަރިފުޅުވާނީ ކިޔަވައިގެން ހުރި އަޚްލާޤު ރަނގާލު ދަރިއެއް ކަމަށެވެ. ނަމަވެސް މަންމަ އަށް ކުރެވުނީ ކުށް ހީއެއްކަން ގަބޫލް ކުރަން އަދިވެސް މަންމަ އަށް ދަތިވެއެވެ. މަންމަގެ ލޮލުގެ ނޫރު ކަމުގައި ވާ،އަދި މަންމަގެ ހުރި ހަމަ އެކަނި ދަރިފުޅާއެވެ. މަންމަގެ ދެލޯ މަރާ ކޮންމެ ހިނދަކު މަންމަ އަށް ސިފަވަނީ ދަރިފުޅު ޑަކުޓަރެއްގެ ޔުނީފޯމުގައި ހުއްޓަ އެވެ. އަދި އޭގެ ފަހަތުގައި ޤުރުޢާން ހިތު ދަސްކޮށް ހާފިޒް ސަނަދު ނަގައިގެން ހުއްޓާއެވެ. މަންމަ ދުނިޔޭގައި ހުއްޓާ މި ދުވަސް ދެކޭނެ ފުރުސަތެއް މަންމަ އަކަށް ނުލިބުމީ މަންމަ ވަރަށް ދެރަވި ކަމެކެވެ. ދަރިފުޅާއެވެ. އަދިވެސް ވަގުތު އެބަ އޮތެވެ. އިސްލާހު ވާށެވެ. ތި އުޅުން ދޫ ކޮށްލާށެވެ. މަންމަގެ އުންމީދު ތަކުގައި ކުލަ ޖައްސަ ދޭށެވެ. މަންމައަށް ދުނިޔޭގައި އެ ދުވަސ ނުދެކެވުނަސް އާޚިރުގައި އެ ދުވަސް ދައްކާތޯ ދުޢާ ކުރީމެވެ.
ދަރިފުޅާއެވެ. މަންމަގެ އަބަދު ވެސް ހެޔޮ ވާނެވެ. ނަމަވެސް ތި އުޅުން ދޫކޮށްލީމައެވެ.
ލޯބިވާ މަންމަ
ޝީޒާ.
**
ސިޓީ ކިޔަ ނިމުނު އިރު އަހަރެންނަށް ރޮވިއްޖެވެ. ކަރުނަތައް ފުހެލުމަށްފަހު އަލުން އައު ދިރި އުޅުމަކަށް ރުޖޫޢަ ވުމަށްޓަކައި އަހަރެން ތައުބާ ވީމެވެ. ކުރިއަށް އޮތް ތަނުގައި ރަނގަޅު ވުމަށް އަޒުމު ކަނޑަ އެޅީމެވެ. ކުރިން އުޅެވުނު ދަށު ފަންތީގެ އަމަލު ތަކާ ދުރު ވީމެވެ. މަންްމަގެ އެދުމުގެ މަތިން މަންމަ އަށްޓަކައެވެ. މި ދުނިޔޭގައި މަންމަ ނެތެއް ކަމަކު އެ މަންމަގެ ނަސޭހަތް އަބަދަށް އަޑު އަހާނަމެވެ.
މަންމަ ނިޔާވުމަށްފަހު އަހަރެން އުޅެމުން އައީ ޝިފާޒާ ދައްތަގެ ކައިރީ އެވެ. ދައްތަގެ ބައެއް ކަންތައް ވީ އަހަރެން ވަރަށް ފޫހިވާ ކަންތައް ތަކަަށެވެ. އެއިން ކޮންމެ ފަހަރަކު އަހަރެން ގްރޭޑް 6 ގައި އުޅޭ އިރު މަންމަ ދޭ ނަސޭހަތް މަތިން ހަނދާނ ވެއެވެ.
“ދަރިފުޅާއެވެ. އެހެން މީހުންނަށް އިޚްތިރާމް ކުރާށެވެ. އެހެން މީހުންގެ ކަންތަކާ ނުބެހޭށެވެ. އެހެނއ މީހުންނާ އެކީ އުޅެނ ދަސް ކުރާށެވެ. ”
މި ޖުމުލަތަކުގެ އަޑު އިވުމުން އަހަރެން ހިތަށް އަސަރު ކުރެއެވެ. އަދިވެސް އަހަރެންގެ އަޒުމަކަށް ގުޑުމެއް ނުގެންނާނަމެވެ. ޝިފާޒާ ދައްތަ ކިތަންމެ ހަރުކަށްޓަސް އަހަރެން އޭނަޔަށް އިޚްތިރާމް ކޮށް ގަދަރު ކުރާނަމެވެ. އަދި ލޯބި ވެސް ވާނަމެވެ.

5 އަހަރު ފަސް.

މިއަދު އަހަރެން ވަރަށް އުފާ ވެއެވެ. އަހަރެންގެ މަންމަގެ އުންމީދު ތަކުގައި އަހަރެން މިއަދު ކުލަ ޖައްސާދީފީމެވެ. އަހަރެންނަކީ މިހާރު ރާއްޖޭގެ އެންމެ މޮޅު އެތެރެ ހަށިގެ ޑރ.މުހައްމަދު ރަޔާން އެވެ. މުސްޙަފް އެކީ ދަސްކޮށްގެން ހުރި ހާފިޒެކެވެ. މީ މިހާރު ކުރީގެ ރަޔާން އެއް ނޫނެވެ. އިޚްތިރާމާއި ޤަދަރު ލިބޭ ރާއްޖޭގެ ރައްޔިތުން ފަޚްރު ވެރިވާ ފަދަ ދަރި އެކެވެ.
ހިތަށް އަރަނީ މަންމަ ދުނިޔޭގަ ހުރި ނަމަ އެވެ.
ނަމަ އޭ ކިޔަސް ވާނީ ކީއްހެއްޔެވެ. މަންމަ ވަނީ މާ ދުރަށް ގޮއްސައެވެ.
ވިސްނުނު އިރު ވަގުތު ފާއިތު ވެއްޖެވެ.
=.ނިމުނީ.=

 

Share Article

Follow Me Written By

Chuweet Eysha

Level 1

12 year old gurl who loves to write stories.. Just trying to write a unique stories that readers will like... Thank u all my fans??❤ If any mistake just comment. "Faadu kiyumaky libey kuri erumwkeve. Lysm readers❣

Other Articles

Previous

ފުރަބަންދު – 4

Next

ރާހަ – 3

Next
September 21, 2020

ރާހަ – 3

Previews
September 21, 2020

ފުރަބަންދު – 4

2 Comments!

  1. Lam'aa says:
    September 22, 2020 at 4:34 pm

    Haadhahaa reechey evil writer thi dhiny hama advice eh LAM ah…. LAM akee mamma ge basnaahaa Ulley kujjeh ekamaku dhen… iraadhakureviyyaa ragalhu vaanan… ❤️❤️❤️❤️

    1. Aishwarya says:
      September 25, 2020 at 10:23 am

      Wow

Comments are closed.



All Right Reserved!