ސިއްރު…
އޭނާ ހަމަ ފެނުމާއެކު އަހަރެން ކުރި ދިގު އިންތިޒާރު ނިމުމަކަށް އަތުވެއްޖެއެވެ. އެކަމަކު އޭރު ވަގުތު ވަނީ ފާއިތު ވެފައެވެ. ނަމަވެސް އަހަރެންގެ މި މޮޔަ ހިތް އޭނާއަށް މާފުކުރީ ހިތުން ރުހުމުއެވެ. އެނާ އެބުރި އެއައީ އަހަރެންގެ މުޅި ދިރިއުޅުން އެފުއް މިފުށަށް ޖަހައި ފައި ކަން އެގިހުރެވެސް މެއެވެ.
ދުނިޔޭގައި ކަން ހިގާ ގޮތް ނިކަން ދެކިބަލާށެވެ. ތަޤްދީރުގެ ނިޔާ އެކަކަށް ވެސް ބަދަލެއް ނުކުރެވޭނެއެވެ. ހަމަ ގައިމު ވެސް އަހަރެން އޭނާ ދެކެ ވީ ސާފު ތެދުވެރި ލޯތްބެވެ. އޭގެ ބަދަލުގައި އޭނާ އެ ފުޑުފުޑު ކޮއްލީ އަހަރެން ކުރަމުން އައިހާ ފޮނި އުންމީދުތަކާއި ދެކެމުން އައިހާ ހުވަފެންތަކެވެ. އަހަރެންގެ ކުށަކީ ފަހެ ކޮބާ ހެއްޔެވެ. އޭނާ ދެކެ ލޯބިވި ކަން ސިއްރު ކުރުން ހެއްޔެވެ. އެއީ ކުށެއް ކަން އަހަރެންނަށް އޭރު އިގުންނަމަ ކިހާ ރަގަނޅު ވީސް ހެއްޔެވެ.
*** (މާޒީ) ***
ޔުނާން އަކީ އެންމެ ކުޑަ އިރުން ސުރެ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ދެ އާއިލާވެސް އަހަރެމެން ދެ މީހުންގެ ގުޅުން މާ ކުރިން ލިޔެ ނިންމާފައި ވީ ނަމަވެސް ދެ މީހުން ކުރެށް އެކަކުވެސް އެއަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓަމެވެ. ނަމަވެސް އަބަދުވެސް ދެ މީހުން އުޅެމުން އާއީ ވަރަށް ގާތް ކޮއްށެވެ. ޔުނާންގެ ހުރިހާކަމެއް ވެސް އެނާ އެންމެ ފުރަތަމަ ހިއްސާ ކުރާނީ އަހަންނާއެވެ. ހަމަ އެފަދައިން އަހަރެންގެ ހުރިހާ ކަމެއްވެސް އޭނާއަށް ހިއްސާކުރަމެވެ.
ބޮޑުވަމުން އައި ވަރަކަށް އަހަރެންގެ ހިތުގައި ޔުނާނަށް ޓަކައި ތަފާތު އިޙްސާސް ތަކެއް އުފެދެމުން ދިޔައެވެ. ދެ ފަރާތުގެ އާއިލާ މާ ކުރިން ނިންމާފައި އޮތް ނިންމުން އިގޭތީ އެކަން ޔުނާންއަށް އެންގުމަކީ މާ މުހިންމު ކަމެއް ކަމުގައި އަހަރެން ނުދެކެމެވެ. އެއީ މިހާތަނަށް އަހަންނަށް ކުރެވިފައިވާ އެންމެ ބޮޑު ކުށެވެ. ފަހަރުގަ އަހަރެން އެދުވަހު އެހެން ކަންތައް ނުކުރިނަމަ މިއަދު މިހެން މި އިޙްސާސްތައް ފޮރުވާކަން އަހަރެންނަށް ނުޖެހުނީސް ކަންނޭގެއެވެ. ނަމަ އަކުން ރިހައެއް ނުކެއްކޭނެތާއެވެ.
އަހަރެންގެ ހިތުން ޔުނާންވެސް އަހަންނާ ދޭތެރޭ ދެކުނީ އެފަދައިންނެވެ. އަހަންނަށް ނޭގުނު ކަމަކީ ޔުނާން އަހަރެންނާ ދޭތެރޭ ދެކެމުން އައީ އެއަށް ވުރެން މާ މާތް ގުޅުމަކުންކަމެވެ.
މަތީ ސާނަވީ ނިންމުމަށް ފަހު ޔުނާން މެލޭސިއާއަށް ދިޔައީ އެނާ އަބަދުވެސް އެންމެ ޝައުގު ވެރިވާ ދާއިރާކަމުގައިވާ ވިޔަފާރީގެ ރޮނގުން އިތުރަށް ކިޔެވުމަށްށެވެ. އަހަރެންވެސް އާއިލާ ގާތުގައި ހުރެގެން އިތުރަށް ކިޔަވަމުން ގެންދިޔައީ ފެންމަތި ވާން އުޅޭ ކަޅު ބޯ ވިލާގަނޑުގެ އެއްވެސް ހިލަމެއް ނުވާ ހާލުގައެވެ.
ޔުނާން މެލޭސިއާގައި ކިޔަވަން ހުރި އިރުވެސް ގަވައިދުން އަހަރެމެން އިންޓަނެޓްގެ ޒަރިއްޔާއިން ގުޅައި ވާހަކަ ދައްކައި ހަދަމެވެ. ދެމީހުންގެ ގުޅުމަކަން އެއްވެސް ހީނަރު ކަމެއް ނާދެއެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ ޔުނާން އާއި ޔޫލީގެ ސިއްރު ގުޅުން ޔުނާން އަހަރެންނަށް ސިއްރު ނުކުރުމެވެ.
ޔުނާން އެވާހަކަ އަހަރެން ކައިރީ ބުނި ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ ބަނަ ދުވަހެވެ. ތަގުދީރު ކުޅުނު ކުޅިގަނޑު ނިކަން ދެކެ ބަލާށެވެ. ޔުނާނަށް ވެސް ދެ އާއިލާގެ ނިންމުން ނުލާހިކު ރަގަނޅަށް އިގޭނެއެވެ. އޭނާއަށް ނޭނގުނީ އަހަރެންގެ ހިތުގައި އެނާއަށް ޓަކައި އުތުރި އަރަމުން ދިޔަ ޖަޒުބާތުތަކެވެ. ކުރާނެ ކަމެއް ނެތެވެ. އެއަކު އޭނާގެ ކުށެއް ނެތެވެ. ނަމަވެސް އެއްފަހަރުވެސް އޭނާގެ ހިތައް އަހަރެން އޭނާއާ ދޭތެރޭ ދެކޭ ގޮތާމެދު ކުޑަ ވެސް ޝައްކެ ނުވަނީ ހެއްޔެވެ.
އަނެއް ކޮޅުން ޔުނާން އަހަރެން ކައިރީ އެވާހަކަ ބުނާނީ ވެސް އޭނާ އަހަރެންނަށް ކިހާ އިތުބާރެއް ކުރާތީ ތާއެވެ. އޭނާ އެހެން މީހުންނަށް އެކަން ސިއްރު ކުރިފަދައިން އަހަރެންނަށް ވެސް ސިއްރު ކުރެވެން އޮންނާނެ ނޫން ހެއްޔެވެ. ނަމަވެސް އޭނާ އެ އެދުނީ އަހަރެންގެ އެއްބާރު ލުމަށްށެވެ. އޭގައި އަހަރެން ކޮޅުފައިން ޖަހާނީ ކިހިނަކުން ހެއްޔެވެ. ކުށް ކުރީ އަހަރެންނެވެ. އަހަރެންގެ އިހުސާސްތައް ފޮރުވީ އަހަރެން އަމިއްލައަށް ށެވެ. ދެންވެސް ފޮރުވަން ޖެހޭނީ އަހަރެން އަމިއްލައަށްށެވެ.
ޔުނާން އަހަރެން ކައިރީ އެދުނީ ޔޫލީ އާއި އޭނާއަށް އެހީވުމަށްށެވެ. ދެ އާއިލާއާ ދެކޮޅަށް އޭނާ އެކަނި ނިކުންނަން އަހަރެން އޭނާއަށް ފުރުސަތު ދޭނީ ކިހިނަކުން ހެއްޔެވެ. އޭރުން ދުވަހަކުވެސް އޭނާ އަހަރެންނަށް މާފު ކުރާނެ ހެއްޔެވެ. ހަމަގައިމުވެސް އަހަރެންނަމަކަ ނުކުރާނަމެވެ.
***
މިއަދު އަހަރެން ޔުނާން އާއި ޔޫލީ ބަލާ އެއާޕޯޓަށް އައިސް މިހުރީ އަހަރެންގެ އަމިއްލަ އިހްސާސްތައް ވަޅުލައި ކަފުން ކޮއްފައެވެ. ދެ އައިލާއަށް ސިއްރުން ޔުނާން ޔޫލީއާ ބޭއްވި ގުޅުމަށް އަހަރެން މަޢާފު ކޮއްފީމެވެ. ހުދު އަހަރެންގެ އިހްސާސްތައް ވެސް ގުރުބާން ކޮއްފައެވެ. ދެ އާއިލާއަކަށް މިކަމެއް އަދި ނޭގޭނެއެވެ. އިރާދަ ކުރެއްވިއްޔާ އަހަރެމެންގެ ނިންމުމަށް ދެ އާއިލާއިންވެސް އިޙްތިރާމް ކުރާނެއެވެ.
***ނިމުނީ***
6 Comments!
Comments are closed.

Reethi Vaahaka eh.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thankx?????
Vrh reethi ingey…. ❤️
Thnx?
Vrh reethi stry eh…❤️ Masha allah…? U re very talented darl…? This is ur first stry tha? Adhivx dear ge strys kiyaalan libeyne kamah hope kuran…? Lysm darl…?
Thankyou☺️? n yes this my first story ❤️ luv you more ?