Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

އަހަރެން ދެކޭ ގޮތުގައި ޑިޕްރެޝަން އެއީ ﷲ އަހަންނަށް ލެއްވި ޜަޙުމަތެެކެވެ.

Axoo Level 310 Stories100 Comments100 Login
July 13, 2020 3 Mins Read
8 Comments

ޑިޕްރެޝަންއަކީ ވަރަށް ވޭންހުރި ނަފްސާނީ ބައްޔެކެވެ. ދުނިޔޭގެ އެތައް ބަޔަކު މިބައްޔާއި ހަނގުރާމަކުރަމުންދާއިރު ގިނަ އަދަދެއްގެ މީހުންވަނީ މިބަލި ތަހައްމަލް ނުކުރެވި އަމިއްލައަށް މަރުވެސް ވެފައެެވެ. ހަމަ ކޮންމެ މީހަކަށްވެސް މިބައްޔާއި ކުރިމަތިލާން ޖެހިދާނެއެެވެ. ގިނަފަހަރަށް މިބައްޔާއި ކުރިމަތިލާން ޖެހޭނީ ހަޔާތުގައި ދިމާވާ ހިތްދަތި އެހެންނޫނީ ހިތާމަވެރި ޙާދިސާއެއްގެ ސަބަބުންނެވެ. އެއްވެސް ސަބަބަކާނުލާވެސް މިބައްޔާއި ކުރިމަތިލާން ޖެހިދާނެެއެވެ.

އެގޮތުން އަހަންނަށް މިބައްޔާއި ކުރިމަތިލާން ޖެހުނީ ގާތް ރަޙުމަތްތެރިއެއްގެ މަރަށްފަހުގައެވެ. އޭރު އަހަރެންގެ އުމުރުން ތޭރަ ވަރަކަށް އަހަރެވެ. އެއްފަހަރަކު އަހަރެން ވަރަށް ބަލިވެގެން ރަށުގައި ހުންނަ މަރުކަޒުގައި އެޑްމިޓް ކުރެވުނެވެ. އަހަރެންގެ ރަޙުމަތްތެރިޔާ އެތަނަށް ގެނެވުނީ ވަރަށް ގަދަޔަށް ހުންއައިސްގެންނެވެ. ރަހުމަތްތެރިޔާ ބާއްވާފައި އޮތީ އަހަރެން އޮތް އެނދާއި ޖެހިގެން އޮތް އެނދުގައެވެ. ބަރާބަރު ހަފްތާއަކަށްފަހު އަހަރެން ދޫކޮށްލިއިރުވެސް ރަހުމަތްތެރިޔާގެ ޙާލަތަށް ކުރިއެރުމެއް ނައިސް އެތަނުގައި އޮތެވެ. އޭގެ ދުވަސްކޮޅެއްފަހުން ރަޙުމަތްތެރިޔާ ގޮވައިގެން މާލެފުރަން އުޅޭ ޙަބަރު އަހަންނަށް ލިބުނެވެ. ރަޙުމަތްތެރިޔާއަށް ރަނގަޅު ފަރުވާއެއް ލިބޭނޭ ހިތާ އަހަރެން އުފާކުރީމެވެ. އެހެންނަމަވެސް މާގިނައިރެއްވެސް ނުވެ ލިބުނު ޙަބަރަކުން އަހަރެންގެ މުޅިން ގައިން ރޫރުއަޅައިގެން ދިޔައެވެ. ލިބުނީ ކަނޑުމަތީގައި ރަޙުމަތްތެރިޔާ ދުނިޔެދޫކުރި ޙަބަރެވެ. އެހާ ޅަ އުމުރުގައި ރަހުމަތްތެރިޔާ މަރުވެދިއުމުގެ ސަބަބުން އަަހަންނަށް އަބަދުހެން ވިސްނެމުން ދިޔައީ ރަހުމަތްތެރިޔާއާއި ދޭތެރޭގައެވެ. ރަޙުމަތްތެރިޔާގެ އެކުއްލި މަރާއި ދޭތެރޭގައެވެ. އެހާ ޅައުމުރުގައި މަރުވިތީ އެކަމާއި މެދުގައެވެ. އަހަރެންވެސް މަރުވެދާނޭ ހިތަށް އަރާ ކޮންމެ ފަހަރަކު ބިރުންގޮސް ރޮވޭ ވަރުވެއެވެ. އަބަދުވެސް ހީވަނީ މަރުވާން އުޅޭހެންނެވެ. އަހަރެންގެ ހިތުތެރޭގައި އޮތް ބިރުވެރިކަން ބޮޑުވެ ދިރިއުޅުމުން އުއްމީދު ކެނޑެން ފެށިއެވެ. أستغفرالله!! އެވަރުންވެސް ނަމާދެއްކޮށް ޤުރުއާން އަކުރެއް ކިޔަވާކަށް އަހަރެންގެ ހިތަށް އެންމެފަހަރަކުވެސް ނާރައެވެ. މަންމަމެން އަހަރެން ރަނގަޅުވޭތޯ އެތައް މަސައްކަތްތަކެއް ކުރަމުން ދިޔައެވެ. ނަމާދުކޮށް ﷲގެ ކިބައަށް ދުޢާކުރުމުށް އެތައްފަހަރަކު މަންމަ ނަސޭހަތްތެރިވިއެވެ. މަންމަގެ ބަސްއަހައިގެން ނަމާދުކުރަމެވެ. ހުރިހާ ނަމާދުތަކެއް ނުކުރެވެއެވެ. ހާއްސަކޮށް ފަތިސް ނަމާދު އެއީ އަހަރެން އޭރު އެއްގޮތަކަށްވެސް ނުކުރާ ނަމާދެކޭ ބުންޏަސް ގޯހަކަށް ނުވާނެއެވެ. ގިނަ ވަގުތު އަހަންރެން ކިޔެވުމުގައި ހޭދަކުރަމުން ގެންދިޔަނަމަވެސް އެކަމަށް އަހަންނަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. ނަތިޖާއަކަށްވީ އަހަރެންގެ އަހަރީ ނަތީޖާ އަހަރަކަށްވުރެ އަހަރެއް ދަށްވެގެން ދިއުމެވެ. ގުރޭޑް ހަޔަކުން ފެށިގެން ޕްރިފެކްޓެއް މަގާމުގައި ހުރި އަހަރެން ގުރޭޑު އަށެއްގެ ފެށުނުކޮޅު އަހަރެން އަހަރެން އަތުން އެމަގާމު އަތުލެވުނެވެ. އެކަންވެސް ވީ އަހަރެންގެ ބަލި ބޮޑުވި ކަމަކަށެވެ. އެންމެ ފަހުން ގްރޭޑް ދިހައެއް ނިމި އޯލެވެލް އިންވެސް އަހަންނަށް ލިބުނީ އެންމެ ދެފާހެވެ.

އެހެންވިޔަސްވެސް މާލެއައިސް އަހަރެން ބޭނުންވި ދާއިރާއިން ކޯސް ހަދަން ފެށީމެވެ. ކޯސް ފީ ދެއްކުމަށް ލާރި ހޯދުމަށް ވަޒީފާއަކަށްވެސް ވަނީމެވެ. ވަޒީފާއާއި ކޮލެޖް ތެރޭގައި މާހެވިފައި އުޅުނަސް އަހަރެންގެ ހާލަތު ރަނގަޅެއް ނޫނެވެ. ގެއަށް އައުމަށްފަހު އަހަރެން މުޅިން އެހެންމީހަކަށް ބަދަލުވެއެވެ. ރޭގަނޑު ނިދާކަށް ނުކެރެއެވެ. އަނެއްދުވަހު ހޭލަންވާއިރަށް މަރުވެފައި އޮވެދާނެތީއެވެ. އެކަމަކުވެސް أستغفرالله!! އަހަންނަކަށް ނަމާދަށް ފަރުވާތެރިއެއް ނުވެވެއެވެ. އެހާލުގައިވެސް އަހަރެންގެ ކަމަކީ ދަންވަރު ހޭލާއޮވެ ހިލޭ ފިރިހެނުންނާއި ޗެޓް ކުރުމެވެ. އެކަމުން އަހަންނަށް ވަގުތީ ހިތްހަމަޖެހުން ނޫން އެއްޗެއް ނުލިބެއެވެ. އަހަންނަށް އެތަކެއް ފިރިހެނުންނާ ރައްޓެހިވެވުނެވެ. أستغفرالله!! އެހާލާތުގައިވެސް އަހަރެން ދިޔައީ ބޮޑެތި ފާފަތައް ކުރަމުންނެވެ. އަންހެނަކަށްވެހުރެ ހަށިގަނޑުގެ ވަނާތައް ފާޅުވާނޭފަދަ ހެދުން އަޅަމުންދިޔައީ ނަރަކައިގެ ހޫނު އަޛާބަށް ވިސްނާލުމެއްވެސް ނެތިއެވެ. އަހަރެންގެ ބަލިބޮޑުވީ އަހަރެންގެ މާމަ ނިޔާވި ހިސާބުންނެވެ. މާމަގެ މަރުން ލިބުނު ހިތާމައިން އަރައިނުގަނެވިގެން އުޅެނިކޮށް ބޮޑުދައިތަގެ ފިރިމީހާ ކުއްލިގޮތަކަށް ނިޔާވިއެވެ. އެކަންވީ އަހަންނަށް ތަހައްމަލް ކުރަން އުނދަގޫ ކަމަކަށެވެ. ރޭގަނޑުގެ ނިދިން މުޅިން މަހްރޫމްވިއެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. އަބަދު އޮށޯވެގެން އޮވެވެނީއެވެ. ހިތުގެ ތެޅުން މަޑެއް ނުވެއެވެ. ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް ،ޕެނިކް އެޓޭކްސް’ ތައް އަންނަންފެށިއެވެ. ނަމާދަށް ފަރުވާތެރިވެ ﷲ ހަޟްރަތަށް ދުޢާކުރުމަށް މަންމަ އަހަންނަށް ދިން ނަސޭހަތް ޤަބޫލުކުރުމުގައި އަހަރެން ފެއިލްވީއެވެ. އެއަށްވުރެ ބޮޑަށް ޝައިޡާނީ ވަސްވާސްތަކަށް އަހަރެންވަނީ ހެއްލިފައެވެ.  އެންމެ ފަހުން އަހަރެންގެ ދައްތަމެންގެ އެހީއާއި އެކު ނަފްސާނީ ޑޮކްޓަރަކަށް ދެއްކީމެވެ. އެބޭސްތައް ކާންފެށުމުން އަހަންނަށް ކޮންމެވެސް ވަރަކަށް ލުއިވިއެވެ. ބޭހުގެ ބާރުގައި ނިދެއެވެ. ނަމަވެސް ހަޤީޤީ ހިތްހަމަޖެހުމެއް އަހަންނަކަށް ނުލިބުނެވެ.

އުމުރުން އެކާވިސް އަހަރުގައި އަހަރެން ކައިވެނި ކުރީމެވެ. ކައިވެނި ކުރުމުން ހުރިހާ ކަމެއް ރަނގަޅުވާނޭ ހިތަށް އެރިއެވެ. އެހެންނަމަވެސް ބަލި އިތުރަށް ގޯސްވުން ނޫން ކަމެއް ނުވިއެވެ. ވަޒީފާ އަދާކުރާތަނަށް އަހަރެންގެ ސަބަބުން ބޮޑެތި ގެއްލުންތައް ވާން ފެށިއެވެ. ނަމާދާއި ދޭތެރޭގައި ވިސްނެންފެށީ ހަމަކުއްލިއަކަށެވެ. ނަމާދުނުކޮށް ހުއްޓާ މަރުވެދާނެތީ ގަންނަ ބިރު ބޮޑުވިއެވެ. ބަރާބަރަށް ނަމާދުކުރަން ފެށީމެވެ. އެހެންނަމަވެސް ހަށަމް ބަނދެގެން ހުންނައިރު އިވޭ ބާރު ހިތުގެ ތެޅުމުގެ އަޑުގެ ސަބަބުން އަހަންނަށް ހީވަނީ ހިތްހުއްޓިދާނެ ހެންނެވެ. އެކަމުގެ ސަބަބުން އަހަންނަށް ނަމާދަށް ދޭންޖެހޭ ސަމާލުކަމެއް ނުދެވެއެވެ.

އެއްރެއެއްގެ މަޢްރިބްގެ ވަގުތެވެ. ނަމާދަށް ހުރެފައި އަހަންނަށް ހަށަމް ނައްޓާލެވުނީ ހަމަ ކުއްލިއަކަށެވެ. ހިތް ތެޅޭލެއް ބާރުކަމުންނެވެ. ހީވީ ދެންމެ ދެންމެ ހިތް ހުއްޓިދާނެހެންނެވެ. މަންމަ ފެނުމާއި އެކު އަހަންނާ ގިސްލާފައި ރޮވެން ފެށުނެވެ. އަހަރެންގެ ލޯބިވާ މަންމަ ނަޞޭހަތްތެރިވީ ހަމަ އެންމެ ކަމަކަށެވެ.

” ދަރިފުޅާއެވެ. ނަމާދު ކުރާށޭވެ. ﷲ ގެ ހަޟްރަތުގައި ދަންނަވާށެވެ. ކިތަންމެ ބިރުގަތް ނަމަވެސް ނަމާދު ދޫކޮށްނުލާށެވެ. ހެދުނާއި ހަވީރުގެ ޛިކުރުކިޔާށެވެ. ގިނަގިނައިން ޤުރުއާންކިޔަވާށެވެ.” ހަޔާތުގައި ފުރަތަމަ ފަހަރަށް އަހަރެންގެ މަންމަގެ އެނަޞޭހަތަށް ބޯލެނބީމެވެ. ހަމައެވަގުތު އަނެއްކާވެސް ނަމާދަށް އެރީމެވެ. މަންމަ ބުނިގޮތަށް ހިތްވަރުކޮށްލާފައި ނަމާދުކުރިއަށް ގެންދިޔައީމެވެ. އަލްޙަމްދުލިﷲ!! އިސާހިތަކު އަހަރެންގެ ހިތުން ބިރުވެރިކަން ފިލައިގެން ދިޔަގޮތެއްވެސް ނޭނގެއެވެ. ﷲ ރަޙްމަތް ހިތަށް އެރުމާއި އެކު އަހަންނަށް ރޮވުނެވެ. އަހަރެންނަށް އުޅެވުނު ގޮތާއިމެދު ދެރަވެ ހިތާމަކުރެވުނެވެ. އެފަހުން އަހަރެން ދީނީ ކަންތައްތަކަށް ފަރުވާތެރިވަން ފެށީމެވެ. ދީނީ ޢިލްމު އުނގެނެން ފެށީމެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވި ހަޤީޤީ ސަބަބަކީ އެއީ ނޫންހެއްޔެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ﷲ އެއްކައުވަންތަކޮށް އެކަލާނގެއަށް އަޅުކަން ކުރުމަށް ނޫންހެއްޔެވެ.

ޑިޕްރެޝަން ހަމަކޮންމެ މީހަކަށްވެސް ދިމާވެދާނެއެވެ. އެކަމުގެ ހަޤީޤީ ޝިފާވަނީ އިސްލާމްދީނުގައެވެ. ނަމާދުގައެވެ. ޤުރުއާނާއި ޛިކުރުގައެވެ. މިއަދު އަހަރެން ދެކޭ ގޮތުގައި ޑިޕްރެޝަން އެއީ ﷲ އަހަންނަށް ލެއްވި ޜަޙުމަތެެކެވެ. އެއީ އަހަންނަށް ކުރިމަތިވި ވަރަށް ބޮޑު އިމްތިޙާނެކެވެ. އެއިމްތިޙާނުން ފާސްވުމަށް އަދިވެސް އަހަރެން މިދަނީ ގަދައަޅާ މަސައްކަތް ކުރަމުންނެވެ.

އަހަރުމެން ނިކަމެތި އިންސާނުން ﷲއަށް ޝުކުރުވެރިމިވަނީ ހާދަހާވާ މަދުންނެވެ. އަހަރުމެން އެތަކެއް ފާފައެއް ކުރުމަށްފަހުވެސް ތައުބާވެ ފާފަފުއްސެވުމަށް އެދިއްޖެ ނަމަ އެކަލާނގެއީ ގިނަގިނައިން ފާފަތައް ފުއްސަވާ ރަޙްމާންވަންތަ ރަޙީމްވަންތަ އެއްކައުވަންތަ ރަސްކަލާނގެވެ. ލޮބުވެތި ކިޔުންތެރިންނޭވެ. އަހަރުމެން ހިތާމަ ކުރަންވީ ދުނިޔަވީ ކަންތައްތަކުގައެއް ނޫނެވެ. އަހަރުމެން ހިތާމަ ކުރަންވީ ޢާޙިރަތަށް ގެންދާނެ ހެޔޮ އަމަލެއް ނެތުމުންނެވެ. ވަގުތު ފާއިތުނުވަނީސް ﷲގެ މަގަށް ރުޖޫޢަވާށެވެ. ވަގުތުމިވަނީ ވަރަށް ކުޑަތަންވެފައެވެ.

ﷲ މިއަޅާއާއި ތިބާގެ ފާފަތައް ފުއްސަވާ ޢަފޫކޮށްދެއްވާށި!! އާމީން!!

 

 

 

ނޯޓް: މިއީ ހަޤީޤީ ވާހަކައެކެވެ. ދުޢާ އަކީ މިވާހަކައިން ގިނަބަޔަކަށް ޢިބްރަތްލިބުމެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

އަޒޫގެ ވާހަކަ ކިޔާކުދިންގެ ސަމާލުކަމަށް

Next

އިންތިޒާރު ޓްރެއިލާރ…..

Next
July 13, 2020

އިންތިޒާރު ޓްރެއިލާރ…..

Previews
July 13, 2020

އަޒޫގެ ވާހަކަ ކިޔާކުދިންގެ ސަމާލުކަމަށް

8 Comments!

  1. Sadha says:
    July 13, 2020 at 9:28 pm

    Ma sha allah… ♥️?

  2. Shiufa says:
    July 13, 2020 at 9:40 pm

    ?Azoo ge full name akii koba thr
    Hama ahaaliii inge..

    1. Axoo says:
      July 13, 2020 at 9:43 pm

      Axoo ge full name siirehge gothuga baavvan beynumy..please don’t mind dear ❤️

  3. Shiufa says:
    July 13, 2020 at 9:40 pm

    That’s gud azooo… ♥️♥️♥️♥️

  4. Shiufa says:
    July 14, 2020 at 7:29 am

    ?Hehe ok azoo

  5. Livy says:
    July 14, 2020 at 12:18 pm

    Varah Varah reethi ❤️❤️❤️???maa sha Allah ? Varah Iburaitheri vaahaka eh❤️❤️

  6. No one says:
    July 14, 2020 at 10:00 pm

    Varah ibraitheri story eh..?

  7. Kairaa says:
    July 14, 2020 at 10:32 pm

    varah iburaitheri story eh….adhi vx mikahala story eh kiyaalan libeyne kamah unmeedhu kuran???….

Comments are closed.



All Right Reserved!