Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކިވެ ދިޔަޔަސް (7)

Ya ee sh
Ya ee sh Level 110 Stories
May 19, 2020 5 Mins Read
4 Comments

އަހަރެން ޝީރީން ބައްޕަ މެންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ޝީރީންއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަހަރެންގެ މި ގުޅުމަށް ވާނީ ކިހިނެއް ހެއްޔެވެ؟ މި ހުރިހާ ސުވާލެއް ހިތުގައި ފުނި ޖަހައިގެން އަހަރެން އިންތަނުން ތެދުވެގެން ގެއާ ދިމާލަށް މިސްރާބު ޖެހީ މިސުވާލުތަކުގެ ޖަވާބު ހޯދުމުގެ ނިޔަތަކު ނޫނެވެ. އެހެނަސް އެހެން ކަމަކުއެވެ.
********************
އެޕިސޯޑް 7
“މަންމާ!” ގެއަށް ވަން ގޮތަށް ފުދޭވަރަކަށް ބާރަަށް މަންމަ އަށް އަހަރެން ގޮވާލީމެވެ. “ކީކޭ ދަރިފުޅާ!” ބަދިގޭގައި ކައްކަން ހުރި އަހަރެންގެ މަންމަ އަތް ދޮވެލައިގެން، ލައިގެން ހުރި ހެދުމުގެ ފަސްބައިން އަތް ފުހެމުން ނިކުތެވެ. އަހަރެން ދެރަވެލާފައި މަންމަ އަތަށް ތެލަސީމިޔާ ޓެސްޓްގެ ނަތީޖާ ދިނީމެވެ. އޭގައިވާ އެއްޗެއް ފެނިފައި މަންމަގެ މޫނުމަތިން އަރާފޭބި ކުލަވަރު ވަރަށް ރީއްޗައް އަހަންނަށް ފެނުނެވެ. “ކީއްވެ؟ ކިހިނެއް؟” އަހަރެން ފެން ކަޅިވެފައިވާ ޙާލު ބުނީމެވެ. ފިރިހެނަކަށްވެ ހުރެވެސް، ފިނޑިވެ އަހަރެންނަށް ރޮވޭ ގޮތް ވިއެވެ. އެހެންނަމަވެސް ހިތްވަރު ކޮށްލާފައި އަނެއްކާވެސް ވާހަކަ ދެއްކީމެވެ. “މަންމާ ޖަވާބެއް ދީބަލަ! ކީއްވެތަ؟ އަހަރެންނަށް އެނގިފައި އޮތް ގޮތުން ނަމަ މަންމަ ވެސް ބައްޕަ ވެސް ނޯމަލް.. ދެން ކީއްވެ؟” އަހަރެން ކުރި ސުވާލަށް ޖަވާބެއް އަންނަ ވަރު ވީ ދެނެވެ.
“ދަ..ރި..ފު..ޅާ.. މަންމަ އަކަށް ނޭނ..ގެ ކީއްވެ ކަ..މެއް..” އަހަރެންގެ މަންމަގެ އަޑު ފާޑަކަށް ބެދޭގޮތްވިއެވެ. ވާހަކަ ދެއްކުނީވެސް ކަރުގައި ބޮޑު ގާބުރިއެއް ހަރުލައިގެން މީހަކު ވާހަކަ ދައްކާނެފަދަ ގޮތަކަށެވެ. “ނޫން މަންމާ.. އިނގޭނެ.. އަހަރެންވެސް މީ ނުވިސްނޭވަރު ކުޑަކުއްޖެއް ނޫނޭ! އަނެއްކާ އަހަރެންނަކީ އެހެން މީހެއްގެ…” ވާހަކަ ކުރިޔަކަށް ނުގެންދެވުނެވެ. ޚުދު އަހަރެންގެ ވެސް އަޑު ބެދޭގޮތްވެ ވާހަކަ ދައްކަން ދަތިވީއެވެ. އޭރު އަހަރެންގެ މަންމަގެ ލޮލުން ހޯސްލާފައި ކަރުނަތަށް ފައިބައެވެ. އަހަރެން މަންމަގެ ލޮލުން ކަރުނަތަށް ފުހެލަދީފައި މަޢާފަށް އެދުނީމެވެ. ބުނަން ނުވާވަރުގެ އެއްޗެއް ބުނެވުނީމައެވެ. މަންމަ އެއްގެ ބޮލުގައި އަޅުވަން ނުވާ ވަރުގެ ބޮޑު އިލްޒާމެއް އެޅުވުނީމައެވެ. އަހަރެން ދެރަވެ ހުރެ މަންމަ ގޮވައިގެން ގެންގޮސް ސޯފާގައި ބޭންދީމެވެ.
“ދަރި..ފު..ޅާ.. ދަރިފުޅު ނުޖެހޭނެ.. މަންމަ ކައިރިން މަޢާފަށް އެދޭކަށް.. މަންމަ މީ ކުށްވެރިޔަކީ..” އަހަރެންގެ މަންމަގެ ލޮލުން ހޯސްލާފައި އަނެއްކާވެސް ކަރުނަތަށް ފައިބައިގަތެވެ. “މަންމާ ނޫން! ނުބުނާތި އަހަރެން މީ ނަޙަލާލު ދަރިއެކޭ.. ޕްލީޒް..” އަހަރެންނަށް ރޯން ފެއްޓުނެވެ.
“ދަރިފުޅާ މާޒް!.. އަހަރެެމެން ދެން ކިތަންމެ މަސައްކަތެއް ކުރިޔަކަސް ޙަޤީޤަތް ބަދަލެއް ނުކުރެވޭނެ އެއްނު؟.. މިހާރު ދެން ޖެހޭނީ ޙަޤީޤަތާ ކުރިމަތިލާން.. އާނ! ދަރިފުޅުތީ މަންމައަށް ކުރެވުނު ފާފައެއްގެ ނަތީޖާ..” އަހަރެންގެ ކަންފަތަކަށް އެއަޑު އަހާކަށް ކެތެއް ނުވިއެވެ. ބާރަށް ދެކަންފަތުގައި ހިފާ ނޫނެކޭ ވެސް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. “ދަރިފުޅާ! ހިތް ވަރު ކުރޭ! މަންމަ ވެސް ވަރަށް ހިތްވަރު ކޮށްގެން މިހިސާބަށް އާދެވުނީވެސް… ދަރިފުޅުވެސް މަންމަ މިހާރު އެކުށަށް ހިތާމަކޮށް ތަޢުބާ ވެއްޖައިން.. ދަރިފުޅާ.. މަންމައަށް މަޢާފް ކުރޭ..” އަހަރެންގެ މަންމަގެ ބަޑި ފަޅައިގެން ދިޔައެވެ. އަހަރެންނަށްވެސް ބާރަކަށް ރޯން ފެއްޓުނެވެ. މަންމަގެ އުނގުގައި ބޯއަޅާލައިގެން ވަރަށް އިރު ރޮއެ ހިތާމަ ކޮށް ކޮށްފައި އަހަރެން ތެދުވީމެވެ. އޭރުވެސް މަންމަ އިނީ ލޮލުން ކަރުނަ ފުހެލަ ފުހެލައެވެ. އަހަރެންނެކޭ އެއްވަރަށް ވަރަށް ރޮއެފިކަން މަންމަގެ އެރަތްވެ ދުޅަވެފައިވާ ލޮލުން ހެކިދެއެވެ.
“ދަރިފުޅާ!! މަންމަގެ މިކުށަށް މަޢާފް ކުރޭ! މަންމަ އެހެން ނޫނީ..” އަހަރެން މަންމަ ހުއްޓުވީމެވެ. “މަންމާ! އަހަރެން ހެޔޮހިތުން މަންމައަށް މަޢާފް ކޮށްފީމޭ!… އެކަމަކު ކީއްވެ އަހަރެން ކައިރި މިއޮށް ހުރިހާ ދުވަހު ނުބުނީ؟” ކުރެހިފައިވާ މާޔޫސީ އަޑަކުން އަހަރެން މަންމަ ކުރެން އެހީމެވެ. “މަންމަ.. އަށް ނުކެރުނީ ބު..ނަން.. ދަރި..ފުޅު މަންމަ..އަށް ނަފްރަ..ތު ކޮށްފާ..ނެތީ.. ދަރިފު..ޅު ބައްޕަ..އަށް ވެސް، ދަރިފުޅުގެ އަސް..ލު ބައްޕަ.. އަށްވެސް މި..ކަން ސިއް..ރު ކުރީ..ވެސް އެހެންވެ..” ރޮމުން ގިސްލަމުން ވޭނުން ފުރިފައިވާ އަޑަކުން މަންމަ ބުންޏެވެ. “ބައްޕަ އަކަށްވެސް ނޭނގެއޭ؟” ޙައިރާންވެފައި ހުރެ އަހަރެން އެހީމެވެ.
“ދުނިޔޭގެ.. ނަޒަރުގައި ދަރިފުޅުގެ.. ބައްޕަ އަކީ ޔާޒިދު.. އެކަމު ދަރިފުޅުގެ.. އަސްލު ބައްޕަ އަކީ.. ހަމީދު ކިޔާ މީހެއް.. މަންމައަށް އޭނަ.. ފެނިގެން އޭނަ މާރީތި.. ވެގެން ވާހަކަ.. ދެއްކެން ފެށުނީ! އޭރު.. މަންމަ އުޅުނީ ސްކޫލެއްގެ.. ޓީޗަރަކަށް.. ޔާޒިދު ބައްޕައާ.. ވެސް އިނދެގެން.. އޭރު އުޅުނީ.. އެކަމަކު މަންމަމެން ދެމީހުންނަށް… މާ ބޮޑަށް ލޯބިވެވި.. އެ ގުޅުމެއް ހިންގުނީ!.. ދަރިފުޅުގެ ޔާޒިދު ބައްޕަ އަކަށް.. މިކަމުގެ އެއްވެސް.. ކަމެއް ނޭނގޭނެ.. އެގުޅުން ހިންގުނު.. ފަހުން ހަމީދު.. މަންމައަށް.. ބޭވަފާތެރިވެފަ ފިލީ.. އޭނަ މަންމައަށް ދެއްކީ.. ހުސް ލޯބީގެ ދަޅަ.. ދަރިފުޅަކީ އޭނަގެ ދަރިޔެއްކަން.. މަންމައަށް.. އިނގުނީ ދަރިފުޅުގެ ޔާޒިދު.. ބައްޕަ އަށް ނޭނގި، ދަރިފުޅުގެ.. ޑީ.އެން.އޭ ޓެސްޓް ހެދީމަ.. އެކަމަކު މިއިން.. އެއްވެސް ކަމެއް ޔާޒިދު ބައްޕައަކަށް.. ނޭނގޭނެ..” އިސްދަށަށް ޖަހައިގެން، ގިސްލަމުން އަހަރެންގެ މަންމަގެ ޙަޔާތުގެ އެންމެ ކަޅު ޞަފްޙާ އަހަންނަށް ކިޔާދިނެވެ. އޭރު އަހަރެންގެ ކޯތާފަތް މަތީވެސް ކަރުނައިގެ ސާލެއް އުފެދިއްޖެއެވެ.
“އޭގެ ފަހުން މަންމަ އެކުށަށް ފުރިހަމައަށް ތަޢުބާވިން.. އަދިވެސް މިހާތަނަށްވެސް އެކުށަށް ތަޢުބާވެ، އެފާފަ ފުއްސެވުމަށް އެދި މާތް ކަލާނގެ ޙަޟްރަތުގައި ކޮންމެ ނަމާދަކަށް ފަހު ދަންނަވަން.. ދަރިފުޅާ!.. މަންމަ އަށް މަޢާފް ކުރޭ..” ލޮލުން ކަރުނަތަށް ފުހެމުން މަންމަ ބުންޏެވެ. “މަންމާ! އަހަރެން ވަރަށް ދެރަވެއްޖެ.. ހަމަ އެހާ އުފާވެސް ވެއްޖެ.. މަންމަގެ މިދަރިފުޅު މަންމައަށް އަބަދުވެސް މަޢާފު ކުރާނަން!..” ކިތަންމެ ބޮޑު ފާފައެއް ކޮށްފައިވި ނަމަވެސް އެއީ މަންމަ ކަމެއް އަހަރެން ހަނދާނުން ކިރިޔާވެސް ކައްސާ ނުލައެވެ. މަންމައެއްގެ ދަރަޖައާއި އެފަކީރު އަހަރެން ބަނޑުގައި 9 މަސް، ވޭނުގައި ހޭދަކުރިކަން ކިރިޔާވެސް ހަނދާނުން ނައްތާ ނުލަމެވެ. ހެޔޮހިތުން މަޢާފް ކުރީވެސް އެހެންވެއެވެ. މަންމަ އެކުށަށް ތަޢުބާވެ ހިތާމަ ކުރާތީއެވެ.
އެރޭ ފާއިތުވެ، އަނެއް ދުވަހުގެ ހެނދުނު 10 ޖެހިއިރު އަހަރެން ހުންނާނީ ޝީރީންމެން ރަށުގައެވެ. އަހަރެން އެކަންޏެވެ. މަންމައަށް ކުޑަ މަސައްކަތެއް ޖެހިގެން ނާދެވުނީއެވެ. ކޮންމެއަކަސް އަހަރެންގެ ބޮލުގައި އުފެދިފައިވާ ހައިޖާނަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ރޭގަ، ވީކަންތަކާ ވިސްނަން އޮވެ ރަނގަޅަށް ނުވެސް ނިދެއެވެ. އެހެންނަމަވެސް ފަރުވާލެއް ނެތެވެ. އަހަރެން ބޭނުމީ ޝީރީންއެވެ.
“އައްސަލާމް ޢަލައިކުމް!” އަހަރެން ޝީރީންމެންގޭ ދޮރުމައްޗައް އަރާފައި ސަލާމް ގޮވާލީމެވެ. އޭރުވެސް ހިތް ހީވަނީ މޭފަޅާފައި ނިކުމެދާނެ ހެންނެވެ. “ވަޢަލައިކުމުއްސަލ…” ލާމުގައި ފިލި ނުޖެހެނީސް ޝީރީންގެ އަޑު ހުއްޓުނެވެ. ވާނީވެސް އެހެންކަން އަހަރެންނަށް މާކުރިން އެނގެއެވެ. އަހަރެން މިއައީވެސް އެމީހުން ކައިރި ނުބުނެއެވެ. “ސަޕްރާއި..” އަހަރެންނަކަށް ވެސް ޖުމްލައެއް ފުރިހަމަ އެއް ނުކުރެވުނެވެ. ދުވެފައި އައި ގޮތަށް އައިސް ޝީރީން އަހަރެންގެ ގައިގައި ބާރު ބާރަށް އޮޅުލައިގަތީއެވެ. ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ބީދައަކުންނެވެ. އަހަރެން ހުރީ ނޭވާލާންވެސް ހިނދު ކޮޅަކަށް ހަނދާން ނެތިފައެވެ.
“ރީން.. މަންމަމެން އައިސް ދާނެ..” ހާސްވެ ހުރެ އަހަރެންގެ ކަންބޮޑުވުން ފާޅުކުރީމެވެ. ވަގުތުން ޝީރީން އަހަރެންގެ ގައިން ދޫކޮށްލިއެވެ. “ދަރިފުޅާ ކާކުތަ؟” ދެމީހުުން ގެއަށް ވަންނަން ހިނގައިގަތް ވަގުތު ނިކުތީ ޝީރީންގެ މަންމައެވެ. ތަންކޮޅެއް އަވަހަށް ނުނިކުތް ކަން އެއީ އަހަރެންގެ ނަޞީބެވެ. “އަހަނ ޔަލްމާޒްތަ؟ ކޮންއިރަކު އައީ؟ ވަދޭ ވަދޭ..” ޝީރީންގެ މަންމަގެ ދަތްތައް ސޭލް އަޅުވާފައިވާ ފަދައެވެ. އުފަލުން ގޮސް ކަން ނޭނގެއެވެ. އެންމެން ވަދެ ސަލާން ގަލާން ކޮށްފައި ޙާލު އަހުވާލު އެހުމަށްފަހު ކޮޓަރިތަކަށްވަނީ މެންދުރު ނަމާދަށް ކައިރިވަމުން ދާތީއެވެ.
އެރެއެވެ. އާދައިގެ މަތިން އަހަރެންނާއި ޝީރީން ދިޔައީ ހިނގާލާށެވެ. މަގުތަކުން ލަނބަމުން ގޮސް ތުނޑިއަށް ދެމީހުން ދިޔައީ އޮލަ ވާހަކައެއްގައި ތިބެއެވެ. ތުނޑީގެ އެހިތްފަސޭހަ މާޙައުލުގައި އޮތް ހުދު ކިރުކޮޅެއް ފަދަ ވެލިގަނޑު މަތީ އަހަރެމެން ދެމީހުން އިށީނދެގެން ތިބީ ނުހަނު ގާތުގައެވެ. ނަމަވެސް ދެމީހުންގެ ހިތަށްވެސް ދިޔައީ ނުތަނަވަސްކަން ވެރިވަމުންނެވެ. އަހަރެންގެ ޙަޤީޤަތް ޝީރީންގެ ބައްޕައަށް އެނގުމުން ދެން ވާނެ ގޮތަކާމެދު ދެމީހުންވެސް ވިސްނަން ތިބީ އެކަކު އަނެކަކުގެ ބޯ މަތީ ބޯ އަޅާލައިގެންނެވެ.
އާދުވަހަކަށް އިރުއަރައިފިއެވެ. އަހަރެންނާއި ޝީރީންގެ ޢާއިލާ ތިބީ ހެނދުނުގެ ނާސްތާއަށް އިންސާފު ކުރާށެވެ. އަހަރެން އިނީ ނެގިމަޑުވެފައެެވެ. ބޮލުގައި އުފެދިފައިވާ ހައިޖާނު އަދިވެސް ނިމުމަކަށް ނާދެއެވެ. އެހެންނަމަވެސް މޫނުމަތިން އެކަން ވީހާވެސް ބޮޑަކަށް ނުދައްކަ ވޭތޯ ބެލީމެވެ.
ސައި ބޮއެ ނިމުމުން ޝީރީން ބައްޕަ ދުފަން ހުރެގެން އަހަރެންނާ ސުވާލު ކުރިއެވެ. ނަތީޖާ އައީ ކިހިނެއްތޯއާ ކައިވެނީގެ ދެންހުރި ކަންކަން ކިހިނެއްތޯއެވެ. އަހަރެން ވަކި ބުނާނީ ކީކޭ ހެއްޔެވެ؟ ދޮގު ހަދަން ވީއޭވެސް ބައެއްފަހަރު ހިތަށް އަރައެވެ. އޭރުން އެއްވެސް މައްސަލައެއް ނުޖެހި ކައިވެނި ކުރެވޭނެއެވެ. އެހެންނަަމަވެސް ފަހުން ވާނެ ކަންތަށް މާބޮޑު ވާނެކަން އިނގޭތީ ފަސްޖެހެވުނީއެވެ. “ޔަލްމާޒް؟!” ތަންކޮޅެއް ބާރަށް ޝީރީންގެ ބައްޕަ ގޮވާލުމުން ސިހިފައި އަހަރެންނަށް އާނއެކޭ ބުނެވުނެވެ. އޭރު ޝީރީންއާ އޭނާގެ މަންމަ އެތަނަށް އަންނަނީއެވެ. “ކޮން ޚިޔާލަކަށް ގެއްލިފަ؟ އަނެއްކާ އަހަރެންގެ ޝީރީން ނޫން އެހެން އަންހެން ކުއްޖަކާމެދު ވިސްނަނީތަ؟” ލާނެއް ގޮތަކަށް ހީލަމުން ޝީރީންގެ ބައްޕަ ބުންޏެވެ. “ނޫން ބައްޕާ!.. އެއީ.. އެއީ..” ދެރަވެފައި ހުރިވަރުން އެފަހަރު އަހަރެންނަށް ޝީރީން ބައްޕައާ މުޚާތަބު ކުރެވުނީވެސް ބައްޕައޭ ކިޔާފައެވެ. “އެއީ އެއީ ކޯއްޗެކޭ؟” ބޮޑު ސުވާލުމާކެއް މޫނުމަތީ ޖަހައިގެން ހުރެ ޝީރީންގެ ބައްޕަ އެއްސެވެ،
“ބޭބޭ.. އަހަރެން ޝީރީންދެކެ ވަރަށް ލޯބިވޭ.. ވަރަށް ވަރަށް.. ލިޔުންތެރިޔެއްގެ ޤަލަމަކުން ބަޔާން ނުކޮށްދެވޭ ވަރަށް.. އެކަމަކު.. އެކަމަކު އަަހަރެންނަކީވެސް މައިނަރ ތެލަސީމިޔާ ކެރިއަރެއް! އެހެނެކޭ ކިޔާފަ އަހަރެން ބޭނުމެއް ނޫން ޝީރީން ދޫކޮށްލާފަ ދާކަށެއް.. ޝީރީންވެސް ބޭނުމެއް ނުވޭ..” ޝިރީންގެ ބައްޕަގެ މޫނުމަތީ ހީވީ ތޫނު އެތިފަހަރެއް އަޅާލިހެންނެވެ. ވަގުތުން މޫނުމަތީގެ ކުލަވަރު ބަދަލުވެ މުޅި މޫނު ފުސް ވެއްޖެއެވެ. މިއީ އަހަރެން ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ.
“ދެން ކިހިނެއް ތިކައިވެނި ކުރާނީ؟.. އަހަރެމެންގެ އިހުމާލުން އަނެއްކާ މިދުނިޔެއަށް އިތުރު ކެރިއަރެއް އުފަންވާކަށް އަހަރެން ބޭނުމެއް ނޫން!.. އަހަރެމެންގެ ނަޞީބު އެއީ ޝީރީން ލޭ އަޅަން ނުޖެހޭ ކަން.. އެކަމަކު ކޮންމެ ކޮންމެ މީހަކަށް އެނަޞީބެއް ނުލައްވާނެ.. އަހަރެން ބޭނުމެއް ނޫން މި ކައިވެނި އިތުރަށް ކުރިއަށް ގެންދާކަށް.. ޔަލްމާޒްވެސް ދެން ޝީރީންއާ ދުރަށްދޭ.. މުޅި އޭނަގެ ޙަޔާތުންވެސް..” ދެރަވެފައި އަހަރެންންނާއި ޝީރީންއަށް ފުރަގަސް ދީގެން ހުރެ ޝީރީންގެ ބައްޕަގެ ދުލުން އެބޭރުކުރީ ހުވަފެނުގައިވެސް އަހަރެން އަޑުއަހަން ބޭނުންނުވި ބަސްތަކެކެވެ. އަހަރެންނަށާ ޝީރީންއަށް އެއްފަހަރާ ދެމީހުންގެ މޫނަށް ބަލައިލެވުނެވެ. ފެންކަޅިވެފައިވާ އެދެލޮލަށާއި ރަތްވެ މިލާފައިވާ އެ މޫނަށް ބަލާކަށް އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. ވަގުތުން ދެލޯ މަރާލާ އަނެއް ފަރާތަށް މޫނު އަނބުރާލީމެވެ.
“ނޫން ބައްޕާ! ތިހެން ނުބުނޭ.. އަހަރެން މާޒްއާ އިންނަން ތައްޔާރު.. ކޮންމެ ޙާލެއްގަވެސް.. އޭނައާ ނުލާ އަހަރެންނަކަށް ދެނެއް ނޫޅެވޭނެ! ބައްޕާ ޕްލީޒް ތިހެން ނުހަދާ.. ޕްލީޒް ޕްލީޒް..” ދެން އިވުނީ އަހަރެންގެ ލޯބިވާ ޝީރީންގެ އަޑެވެ. ވޭނުން ފުރިފައިވި، އެހާމެ ހިތާމަ އެކުލެވިފައިވާ އެއަޑުން އޭނާގެ ބައްޕަ ކައިރި ރޮއެ އާދޭސް ކުރަނީއެވެ. އަހަރެން މިފަހަރުވެސް ޚިޔާރު ކުރީ ހިމޭންކަމެވެ. އަހަރެން އެއްޗެކޭ ބުނަން މިއީ އެންމެ މުނާސަބު ވަގުތަށް ނުވުމުންނެވެ. “ނޫން ދަރިފުޅާ! މިއީ ބައްޕަ މާޒްދެކެ ނޫނީ ދަރިފުޅުދެކެ ނުރުހުންވެގެން ބުނާ އެއްޗެއް ނޫން.. މީ ހަމަ ދަރިފުޅުމެންނަށް ރަނގަޅަކަށް ބައްޕަ ބުނާ އެއްޗެއް!.. މާޒް ކޮއްކޯ! އަވަހަށް ދަބަހަށް އެއްޗެހި އަޅައިގެން ފުރަން އުޅޭ! ބޭބެ މާޒްގެ ރީން ބަލާނަން..” އަހަރެމެންނާވީ ފަރާތަށް އެނބުރެމުން އަތުގެ ނުފުށުން ދެލޯ ފުހެލަމުން ޝީރީންގެ ބައްޕަ ހިތްހެޔޮކަމާއެކު ބުންޏެވެ.
އާނއެކެވެ. ޝީރީންގެ ބައްޕަ އެބުނީ ތެދެކެވެ. އަހަރެމެންގެ އިޙުމާލުން އަނެއްކާ އިތުރު ލޭއަޅާ ކުއްޖެއް މި ދުނިޔެއަށް އުފަންވެ، އިތުރު ފުރާނައެއް ދިޔުމުގެ ކުރިން ފިޔަވަޅު އަޅަންވީ މިހާރުއެވެ. ކިތަށް ކުދިން ލޭއަޅަން ނުލިބި މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔައިފިހެއްޔެވެ؟ ކިތަށް މަޢުޞޫމު ފުރާނަ އަށް ލޭނުލިބި އިތުރު ވޭންތަކެއް ތަޙައްމަލް ކުރަން ޖެހޭ ހެއްޔެވެ؟ މިއީ ވިސްނާފައި ގޮތް ނިންމަންވީ ވަގުތެވެ. އެހެންކަމުން އެއަމުރަށް ބޯލަނބައިގެން އަހަރެން ހަމައެކަނި ފުރީ އެރަށަކުންނެއް ނޫނެވެ. ޝީރީންގެ ޙަޔާތުންވެސްމެއެވެ.
އެދުވަހަށްފަހު އަހަރެން ޢަޒުމް ކަނޑައެޅީ މިފަދަ ކަންކަން ޒުވާނުންނަށް ހޭލުންތެރި ކުރުވުމަށެވެ. މިކަމުގެ ސަބަބުން އަހަރެންފަދަ އިތުރު މީހަކާ، ޝީރީން ފަދަ އިތުރު މީހެއްގެ ދިރިއުޅުން ހުއްޓި ބަރުބާދުވާން އަހަރެންގެ ހިތް ނޭދޭތީއެވެ. އެޢަޒުމުގައި އަހަރެންނަކީ މިހާރު ރާއްޖޭގައި ނަން މަޝްހޫރު، ކާމިޔާބު، ތެލަސީމިޔާއަށް ޚާއްސަ ޑަކުޓަރެކެވެ.
އެދުވަހަށްފަހު ޝީރީންގެ މޫނެއް އަދި އަދަށް ދާންދެންވެސް އަހަރެންނަކަށް ނުފެނެއެވެ. އެކި ގޮތް ގޮތުުން ހޯދި ހޯދުމުން އަހަރެންނަށް އިނގުނީ އޭނާއަކީ މިހާރު ސައިކޮލޮޖިސްޓެއް ކަމެވެ. ވަޒީފާ އަދާކުރަނީ ބޭރު ޤައުމެއްގައި ކަމެވެ. އަހަރެންނާއި ޝީރީން ވަކިވެ ދިޔަކަމުގައި ވިއަސް އަހަރެންގެ އެލޯތްބަށް އެއްވެސް އުނިކަމެއް ނާދެއެވެ. ވަކިވެ ދިޔަޔަސް އެލޯތްބަށް އަދިވެސް އަހަންނަށް އިންތިޒާރު ކުރެވެއެވެ.
*== ނިމުނީ ==*

Share Article

Ya ee sh
Follow Me Written By

Ya ee sh

Level 110 Stories

Other Articles

Previous

ވާށޭ މަށާ އެކީ-23

Next

އެކުއްޖާ 11

Next
May 19, 2020

އެކުއްޖާ 11

Previews
May 19, 2020

ވާށޭ މަށާ އެކީ-23

4 Comments!

  1. Shaa? says:
    May 19, 2020 at 1:56 am

    Very nice and sorry
    New story eh genesdheh chey

    1. Ya ee sh Ya ee sh says:
      May 19, 2020 at 3:35 am

      Varah ufaa vejje vaahaka reethi veema.. and why sorry?!?
      InSha Allah aa vaahaka eh genesdheveytho hama mi balany???

    2. Shaa? says:
      May 19, 2020 at 11:47 am

      Sorry for previous comments. I know I do not have to say that it’s my fault sorry

    3. Ya ee sh Ya ee sh says:
      May 19, 2020 at 1:05 pm

      Its ok.. you don’t have to feel bad or regret it.. its no one’s fault?..

Comments are closed.



All Right Reserved!