Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެން މިވާ ލޯތްބާ ވަކިނުވޭ- ދެވަނަބައި

Boaganvilla Level 1
April 13, 2020 One Min Read
0 Comments

ނަފީސާގެ ލޯބީގައި ކޮޅުފައިން ޖެހުމަށް ފަހު ޖަވާދު ޒުވާން ރީތި އަންހެނަކާއި އެކު ދިރިއުޅުމެއް ފެށިއެވެ.އެ ދުވަހު ޖަވާދު އޭނާއަށް ދިން އަނިޔާ އަށްވުރެން ބޮޑަށް ނަފީސާގެ ހިތަަަށް އަސަރުކުރީ އޭނާގެ އެ ދުލުން ނަފީސާ އަށް ރައްދުކޮށް ބޭރުކުރި ބަސްތަކެވެ.އެ ބަސްތަށް މިހާރުވެސް އިއްޔެ އިވުނު ބަސްތަކެއް ފަދައިން އޭނާގެ ކަންފަތްދޮށުގައި ގުމާލަ ގުގުމާލަ އެބަ ހުއްޓެވެ.”ކަލޭ ތީ މުސްކުޅި ބުއްޑާއެއް ކަލޭގެ ފަރާތަކުން ވީ ފަސޭހައެއްނެތްތާ ދެންވެސް ޖެހުނިއްޔާ ޖެހޭނީ އިތުރު މުޞީބާތެއް މިހާރު ކަލެއާއި ކަލޭގެ ދަރީގެ ބޭނުމެއް އަހަންނަކަށް ނެތް
ކަލޭ އުޅޭނެ ގޮތެއް ހޯދައިގެން ކަލޭ ދަރި ގޮވަައިގެން ފެއްސޭ މި ވަގުތުން ފެށިގެން ކަލޭ ތީ މަގޭ އަންބެއްނޫން ތިހުރީ ވަރިކޮށްފަ! މަގޭ އަންބަކު ވެސް ދަރިއަކުވެސް މިއަދުންފެށިގެން ނުހުންނާނެކަން ހަނދާންކުރާތި! ހަމަ މިހާރު ރައްކާވޭ”ހައްޔު ގޭގެ މައިދޮރުން ނިކުމެގެން ދިޔަތަން ބަލަން އިން ނަފީސާގެ ލޮލޮން ބޭ އިޙްތިޔާރުގައި ކަރުތަށް އޮހިގަތީ އެދުވަހުގެހަންދާން ތަށް އާވުމުންނެވެ.ދެލޯ ފޮހެލަމުން ތެދުވެ އޭނާވެސް އަލުން ބަދިގެ ތެރޭގެ ކަންކަމާއިގެން އަވަސްވެގަތެވެ.ހައްޔު އައުމުގެ ކުރިއަށް މެންދުރަށް މީރު އެއްޗެއް ހެދުމަށްށެވެ.ދަރިފުޅުއަންނާނީ ރަނގަޅު ނަތީޖާއަކާއި އެކުކަން އޭނަ އަށް ޔަޤީންވާތީއެވެ.
ޖަވާދު އެގެއިން ނެރެލުމުން ނަފީސާ ދިޔައީ އޭނާގެ ތިމާގެ މީހެއްގެ ގެ އަށްށެވެ.މީ އޭނާގެ ނަސީބުގައި ހުރި ގޮތް ކަމަށްދެކެ ހެއްދެއްވިފަރާތަށް
ވަކީލު ކޮށްލައިގެންނެވެ.އަމިއްލަ އަަށް އަޒުމް ކަނޑައެޅީ ޖަވާދު ނުލާވެސް ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދީގެން މޮޅުކުއްޖަކަށް ހެދުމަށްށެވެ.މިއަދު އޭނާ ހައްޔު އާއި މެދު ފަޙުރުވެރިވެއެވެ. އޭނަ ބޭނުންވާ ފަދަ ދަރިއަކަށް ހައްޔުވީތީއެވެ. ނަފީސާ އަށް ވެސް މާ ގިނަ ދުވަހެއްނުވެ ރައްޓެއްސެއްގެ އެހީތެރިކަމާއި އެކު ސަރުކާރުގެ ވަޒީފަ ހަމަޖެހުނެވެ.އެހެންކަމުން އެ ދަމައިންގެ ޙަރަދުތަށް ކުރެވޭ ވަރުވެގެންދިޔައެވެ. ހައްޔު އަށް ރަނގަޅު ތަރުބިއްޔަތެއްދެވޭނީ ދައްތަ ގެ އާއިލާ އާއި ވަކިވެގެން ކަމަށް ނަފީސާ އަށް ޤަބޫލުކުރެވި އެމީހުން އަމިއްލަ ތަނަކަށް ބަދަލުވިއެވެ. އެދެމައިންނަށް އުފާވެރި ދިރިއުޅުމެއް ފެށުނެވެ.
މަޑުމަޑުން ނަފީސާވެސް ހަމައަކަށް އެޅި މާޒީގެ މަތިން ހަނދާން ނެތެމުން ދާކަހަލައެވެ.
ނޯޓް:-މި ވާހަކައިގެ ފުރަތަމަ ބައިގައި އާޒިމް ގެ ނަން ބޭނުން ކުރެވިފައި ވަނީ އޮޅުމަކުންނެވެ.ވީމާ އެކަން ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ.

Share Article

Follow Me Written By

Boaganvilla

Level 1

ދިވެހި ބަސް ދިވެހިންގެ ފަޙުރު????

Other Articles

Previous

ހިތުގެ ކޮންމެ ވިންދެއްގައި – 11 –

Next

ކައިރީގައި އެހެނަސް.. ދުރުގައި…11

Next
April 13, 2020

ކައިރީގައި އެހެނަސް.. ދުރުގައި…11

Previews
April 12, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 11 –


All Right Reserved!