އުމެއިޒާ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ރަޝިއަން އެއާވޭސް އިން ފައިބައިގެން އައި އަންހެން ކުއްޖާ އޭނާގެ ލަގެޖްތައް ހިފައިގެން ބޭރަށް ނިކުމެ ފޯނުގައި ފަރިތަކަމާއެކު ނަމްބަރެއް ޖަހާލުމަށްފަހު ގުޅާލިއެވެ. “ކޮބާ؟ ކޮންތާކުތަ؟ އުމެއިޒާ ގުޅާލީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށެވެ. “ފަހަތް ބަލާބަލަ މިހިރީ އޭ” ބުނުމުން ފަސްއެނބުރި ބަލާލާފައި އަދީ އޭ ކިޔާ ގޮސް އެއަންހެން ކުއްޖާގެ ގައިގައި ބައްދާލިއެވެ. އަހަރެމެންގެ ޑޮކްޓަރު ދޯ މީ؟ މަރުޙަބާ. އައި އޭމް ސޯ ހެޕީ ފޯ ޔޫ. އަދީވާ އަށް އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ އުމެއިޒާއަށް ތަޢުރީފް ކޮށްނުލައި ނުހުރެވުނެވެ. ހެހެ. ހިނގާ ދާން އަވަހަށް. ކާންޓް ވެއިޓް ޓު ސީ މައި ފެމިލީސް ރިއެކްޝަން. އޮޅިގެންވެސް ނުބުނަން ދޯ ނަސީބަކުން.އެ ދެ ރަޙުމަތްތެރިން ދެއްކި ވާހަކައިން އެނގިގެން ދިޔައީ އުމެއިޒާގެ އާއިލާ އަށް އުމެއިޒާ އަންނަ ކަން ނޭނގޭ ކަމެވެ.
ހ.އެކްރޯޕޮލިސް ގޭގެ ކުރިމައްޗަށް ކާރު މަޑުކުރުމާއެކު ގޭގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާ އައިސް ގޭޓް ހުޅުވާލަދިނެވެ. ގެއަށް ވަދެގެން ދިޔައިރު އުމެއިޒާގެ ހިތުގައި ތަފާތި އިހުސާސް ތަކާއި ޝުޢޫރުތައް ހިނގަމުން ދެއެވެ.ގޭގެ ބެލް އަޅާލުމަށްފަހު އަތުގައި އޮތް މާބޮނޑިން މަލެއް ބިންމަތީގައި ބޭއްވުމަށްފަހު އުމެއިޒާ އާއި އަދީވާ އެތާ ހުރި ތަނބެއްގެ ބިއްދޮށަށްވަދެ ފިލިއެވެ. އިރުކޮޅެއްނުވަނީސް އޭނާގެ މަންމަ އައިސް ދޮރު ހުޅުވުމަށްފަހު ބޭރު ބަލާލިއިރު މީހެއްނެތުމުން ގެއަށް ވަނުމަށް އެނބުރުނު ވަގުތު އޭނާގެ ލޮލުގައި ދޮރު ކުރިމަތީގައި އޮތް މާ އަޅައިގަތެވެ. އެ މާ ނެގުމަށްފަހު ފަރާތް ފަރާތް ހޯދާފަައި އަނެއްކާ ގެއަށް ވަދެ ދޮރު ލެއްޕިއެވެ. އަނެއްކާވެސް އުމެއިޒާ ގޮސް ހަމަ ކުރިންހެން މަލެއް ބޭއްވުމަށްފަހު ބެލް އަޅާލައިފައި ކުރިން ހުއްޓި ހުރި ތަނބު ކައިރީގައި އައިސް ހުއްޓުނެވެ. މި ސަކަރާތުގައި ވިއްސަކަށް މިނެޓު ހޭދަ ކުރުމަށްފަހު އޭނާގެ އަތުގައި ހުރި ބާކީ މާތައް ހިފަިގެން ދޮރުމަތީގައި ހުއްޓި ބެލް އަޅާލިއެވެ.ނަމަވެސް މިފަހަރު ދޮރުހުޅުވީ އޭނާގެ ބައްޕަ އެވެ. އަދި ފަހަތުން މަންމަ ކާކުހޭ މިއަދު މޮޔަވެގެން މިކަހަލަ ސަކަރާތް ޖަހަނީ ކިޔަމުން އާދެއެވެ. ދޮރުހުޅުވާލި ވަގުތު އެމީހުންނަށް ފެނުނީ މޫނު މަތީގައި ރަތް މާ ބޮނޑިއެއް އަޅަަިގެން ހުރި ޒުވާން އަންހެން ކުއްޖެކެވެ.އަދީވާ ދިޔައީ މިހުރިހާ މަންޒަރެއް ތަނބުގެ ފަހަތުގައި ހުރެ ވީޑިއޯ ކުރަމުންނެވެ. އުމެއިޒާގެ މަންމަ ވާރިޝާ އެނބުރުނީ އުމެއިޒާގެ ބައްޕަ އާފްތާބް އާއި ދިމާލަށެވެ. މިއުމުރަށް ދިޔައީމަ އުޅޭގޮތްތަ މީ؟ ސާބަސް އެކަމް އާފްތާބަށް. ލަދުން ބޯ ހަލާކު. އާފްތާބް ހުރީ ބުނާނެ ޢެއްޗެއް ނޭނގިފައެވެ. އޭނާ ވަކި ބުނާނީވެސް ކީކޭ ހެއްޔެވެ. އޭނާ ދަންނަ މީހެއްވެސް ނޫންވިއްޔާއެވެ. އުމެއިޒާއަށް އެންމެ ފަހުން ހިނިގަނޑު ކޮންޓްރޯލް ނުކުރެވި މޫނި މަތީގައި އިން މާ ބޮނޑި ނެގުމަށްފަހު ސަޕްރައިޒް އޭ ކިޔައި ހަޅޭލަވައިގަތެވެ.
