ކުޅީގައި ދިރިއުޅޭ މަހެއްގެ ނަޒަރުން
އަހަރެން ދުނިޔެއަށް އުފަންވީ ވަރަށްވެސް ފޮނި އުންމިދުތަކަކާއިއެކުއެވެ. އާއިލާއާއި ރަޙުމަތްތެރިންގެ ފަރާތުން ރަނގަޅު ތަރުބިއަޔަތެއް ލިބިގަތުމާއެކު، މުޖުތަމަޢު ބަލައިގަންނާނެ ފަދަ ސިފަ ތަކެއް ލިބިގަތުމަކީ އަހަރެން ދުށް އެންމެ ބޮޑު ހުވަފެނެވެ. ވަގުތީ ދުނިޔޭގެ ދިރިއުޅުމަކީ ކާމިޔާބު އެއްޗަކަށް ހެދުމަށްޓަކައި ކުރެވުނު ހުރިހާ މަސައްކަތެއް ކުރުމަށް އަހަރެން ޢަޒުމް ކަނޑައެޅީމެވެ. އަބަދުވެސް ހިތުގައި ވެއެވެ. މިހުވަފެން ވާނީ ޙަޤީޤަތަކަށް ބާވައެވެ؟ ނޫނީ ފެނަށް ވެގެން ގޮސްދާނެ ބާވައެވެ؟
އެންމެ ފުރަތަމަ އަހަރެންނަށް ފެންނަންފެށީ އަހަރެންގެ ހުވަފެން ޙާޤީޤަތަކަށް ވަމުން ދާކަމުގެ ފެހި ސިގުނަލެކެވެ. އާއިލާގެ ފަރާތުން ރަނގަޅު ތަރުބިއަޔަތެއް ލިބިގެން ހެޔޮލަފާ އެކުވެރިންތަކެއް ވެސް ބިނާ ކުރީމެވެ. އެކުވެރިންނާއިއެކު އުފަލާއި މަޖަލުގައި ދުވަސްތައް ވޭތުކުރަމުން ދިޔައީ ދުނިޔެއަކީ ބަދަލުވާ ތަނެއްކަމާމެދުވެސް ވިސްނާ ނުލައެވެ.
ޒަމާން އައީ ބަދަލުވަމުންނެވެ. ބުނާތީ އަހަމުއެވެ. ހުވަފެނަކީ ބިލާހެކެވެ. ކުރިން އަހަރެން އެކަން ދޮގު ކުރީމެވެ. ނަމަވެސް މިހާރު އެކަން ޤަބޫލުކުރަން މަޖުބޫރު ވެއްޖެއެވެ. އެއީ އަހަރެންގެ ޙަޔާތަށް އައި ބޮޑު ތޫފާނެކެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި އުޅެމުން އެދާ އިންސާނުން ޖެހުނު އެއްޗެއް ހޫރީ އަހަރެމެންގެ ބޯމައްޗަށެވެ. ފުރަތަމަ ކުނި ކޮތަޅެކެވެ. ދެން ދަގަނޑާއި، ޕްލާސްޓިކް ކޮތަޅާއި، ދަޅާއި ފުޅިވެސް އުކިއެވެ. އެއިން ނުރެކެވި އުޅެނިކޮށް އިވުނީ ހިތް ކުދި ކުދި ކޮށްލި އަޑެކެވެ.
އާއިލާއާއި ރަޙުމަތްތެރިން އާދޭސް ކުރަމުން ދިޔައީ ސަލާމަތުގެ އައްސޭރި އަކަށް ގެންގޮސްދިނުމަށެވެ. އަހާށެވެ. އަހަރެންގެ ފުރާނަ ސަލާމަތްކުރުމަށްފަހު ދާނަމެވެ. ނަމަވެސް ވަގުތު ފާއިތުވުމުން ކުރެވޭނީ ކީއްހެއްޔެވެ؟ އަހަރެން އެކަނިވެރިވީއެވެ. މިހާރު ހިތަށް އަރައެވެ. އެދުވަހު އަހަރެންވެސް މަރުވިނަމަ ކިހާ ރަނގަޅު ހެއްޔެވެ. އޭރުން މި ބޭއިންސާފު ލިބޭ، އަނިޔާވެރި ދުނިޔެ ދެކޭކަށް އަދި އެ އިޙުސާސް ކުރާކަށް އަހަރެންނެއް ނުހުންނާނެއެއްނޫން ހެއްޔެވެ. މިގޮތް މާ ރަނގަޅުވާނެއެވެ. އެންމެ ފަހުން ހުވަފެނުގައިވެސް ބުޅަލު ވަކިއެޅީއެވެ. ބުޅަލެއް ނޫނެވެ. އިންސާނުންނެވެ. އެމީހުންނަށް ދެއްވާފައިވާ ބުއްދި އެއީ ފަހެ ކީއްކުރާ އެއްޗެއް ހެއްޔެވެ؟
ޒަމާންތައް ހޭދަކުރަމުން ދިޔައީ އެންމެ ގާތް އެކުވެރިޔާ “އެކަނިވެރިކަން” ގޮވައިގެންނެވެ. އެދުވަހުގެ ބިރުވެރިކަމުގެ ފަހުންވެސް އެތައް ފަހަރަކު އެ “ކުނީގެ ވާރޭ” އަހަރެންގެ ބޯމައްޗަށް އޮހިއްޖެއެވެ. އެތައް ފަހަރަކު އިންސާނުންގެ ނަޖިސް ވެސް ކެވިއްޖެއެވެ. މިހެން އުޅެގެން އެއްދުވަހަކު އަހަރެންވެސް އެއެއްޗެހީގެ ޝިކާރައަކަށް ވެގެން މަރުވެދާނެއެވެ. ހިތް އާސްމާނުގައި ބާއްވައިގެން އޮންނަންޖެހެނީ މި ބިރުވެރިކަން ހިތުގައި ވާތީއެވެ.
ފަހެ މިކަން ހުއްޓޭނީ ކޮންއިރަކުން ހެއްޔެވެ؟ މި ޤުދުރަތުގެ ނިޢުމަތްތައް ނެތިގެންދާ ދުވަހަކުން ހެއްޔެވެ؟ ބަލަން ހުންނާށެވެ. އަހަރެންނާއެކު އަހަރެންގެ “ގެ” ނެތިގެންދާ ދުވަހަކުން ހިތާމަ ކުރާނެ ތޯއްޗެކެވެ. ނަމަވެސް އަހަރެންގެ އާދޭސް އަހާނީ ފަހެ ކާކު ހެއްޔެވެ؟ އަހަރެންގެ ހިތުގެ އާދޭސް އަހާށެވެ. މިހިތް ރޮމުން ބުނަމުން މިދަނީ ހަމަ އެންމެ ވާހަކައެކެވެ. “ވިސްނާލުމަށް އެދެމޭ! ގިސްލާ ރޮމުން ބުނަމޭ!”
-ނިމުނީ-
12 Comments!
Comments are closed.


oh second time first dhoa vrh reethi….
A rana darling first dhw mifaharu… congra
Awesme stry buddy ??? this ones jst prfct im speechles vvvvvvvvvvvvv reethi gnsdhyfa innlh kyp up the gud wrk dearie ?? stry hma bst nge ????
thanks all
Thanks everyone for ur support.. asluves varah ufaa vejje..
N I’m third dhw…
Wowowow… vvvv rythi masha allah… kyleen ge sifa kurun thah hama ehvana…???
Thanks Twinkle.. so pleased..
vvv reethi vaahaaka n its the biggest truth cox of humans their house n their families are being destroyed…. n we dont even understand
thanks.. aslu emmen ekkoh masakkaiiy kuran vee ekan e gothah viya nudhee dhiumah… misaalakah aharemen kuni kottegge thereyga thibenya kihineiy baa vaanee.. kiriyaa vaheh dhuvaa iru ves neyvaa nulevigen mi ulheny.. dhe e ehchessah vaane varu visnaalumakee varah muhimmu kameh.. dhw… i wish emmenah visneyne nama.. but emmenge visnun thafaathu vaane kan ves engey.. amilla ah ves gaboolu kuran ekahala kankan kurevey kan ves.. but i think emmen ekan huttuvan ulhenyaa vaane.. ekaku ulhunakas nuvaane.. 1 aiiy thelhiyas adeh neeveyney bunaa gothah
heheh.. dhw
Varah salhi & unique