Skip to content
އެސްފިޔަ

ޖާހާ

ތިންވަނަ ބައި

“ނަސީމް ނާޒިމާ ވީތަނެއް ނޭންގުނު. އަޅެ ދެން މަ ކިހިނެތް ހަދާނީ” ހަފްސާ ރޮވިފައިވާ ރާގެއްގައި އޭނާގެ ފިރިމީހާއަށް ބުނެލިއެވެ.” ނަސީމް އިނީ އިސްދަށަށް ޖަހައިގެން މާޔޫސްވެފައެވެ. އެވަގުތު ނާޒިމާ ނިދާ ހޭލައިގެން އޭނާގެ މައިންބަފައިންނާއި ދިމާއަށް އަންނަ ތަން ފެނުނެވެ. ދެމީީހުންނަށް އެއް ފަހަރާ އިން ތަނުން ތެދުވެވުނެވެ. އަދި ހުއްޓުން އަރާފައި ހުރެވުނެވެ.

“ދަރިފުޅު ކޮންތާކުން ތިއައީ” ނަސީީމް ސުވާލު ކުރިއެވެ.

“ރޭގަ ކުރަތްޕެއް ފެނިގެން އަލަމާރި އާއި ފާރާ ދޭތެރޭ އިން ހުސްތަން ކޮޅުގައި އިށިއިނދެ އިންދާ ނިދުނީ” ނާޒިމާ އެވާހަކަތައް ބުނާކަށް ބޭނުމެއް ނުވިއެވެ. އެނާގެ މައިންބަފައިން އެކަމާ ފިކުރު ކޮއްފާނެތީއެވެ.

“މޫމިން!ކޮބާ އެއްކަލަ ކުއްޖާ.އަހަންނަށް ދައްކަން ބުނެފަ ހަބަރެއްވެސް ނުވެއެއްނު.” އުމޫރުބުނެލިއެވެ.

“އުމޫރު!އެއީ އެހެން ބުނި އެއްޗެއް ނޫން. އެހެން ނޫނަސް އަހަރެން ކައިވެނި ކުރާނީ އިންސާނަކާ” މޫމިން ޖަވާބު ދިނެވެ. “މަންމަމެން ތިކަމުގައި ބުނަނީ ކީކޭ” އުމޫރު ބުނެލިއެވެ. “އަދި ނާހަން. އެހެން ނޫނަސް ކައިވެނި ކުރަނީ މަންމަމެންނެއް ނޫނެއްނު” ޖަވާބުގައި މޫމިން ބުނެލިއެވެ.

މެންދުރު ފަހުގެ ވަގުތު ކޮޅެކެވެ. ނާޒިމާ އޭނާގެ ދެ ދައްތަ އާއި އެކު ފެންޑާގައި ތިބި ވަގުތެވެ. ނާޒިމާގެ ކަންފަތް ބުޑަށް ފިނި ވައިރޯޅިއެއް ޖެހިލިއެވެ. ނާޒިމާ ފަހަތް ބަލައިލިއެވެ. ރަތް ކުލަަައިގެ ހެދުމެއްގައި ހުރި ޅަފުރައިގެ އަންހެން ކުއްޖެއް ނާޒިމާ އަށް އެވަގުތު ފެނުނެވެ. އެ ކުއްޖާގެ އިސްތަށިގަނޑު ބިމުގައި ޖެހެެެެެެެއެެެވެެ. ހުރީ ފަސް އެނބުރިއެވެ. ނާޒިމާ ތެދުވިއެވެ. އަދި މަޑުމަޑުން އެދިމާއަށް ހިނގައިގަތެވެ.

“ނާޒިމާ!ކޮންތާކަށް ތިދަނީ”ފާރާ ދިމާއަށް ނާޒިމާ ދާތަން ފެނުމުން ނާޒިމާގެ ދައްތަ ނަސްމާ ގޮވާލިއެވެ. “ނާޒިމާ” ނާޒިމާގެ ދެވަނަ ދައްތަ ނޫރާ ގޮސް ނާޒިމާގެ ގައިގައި ހިފެއްޓިއެވެ. ނާޒިމާ އަށް ހޭވެރިކަން ވިއެވެ. ނަމަވެސް އެ ކުއްޖާއެއް އެތާކު ނެތެވެ.

ތުނޑީގައި މޫމިން އެކަނިމާ އެކަނި އިން ވަގުތެވެ. ޖާހާ އުދުހިލާފައި ގޮސް ތުނޑީގައި ހުރި ކާނި ގަހުގައި އިށިއިނެވެ. މީ އަދައިގެ މަތީން ޖާހާ ކުރާކަމެކެވެ. ޖާހާގެ މަޤްސަދަކީ މޫމިން އާއި ވާހަކަ ދެއްކުމެވެ. ނަމަވެސް އޭނާއަކަށް ނުކެރުނެވެ. ޖާހާ އޭނާ އަށް ވާހަކަ ދައްކާތަން އެހެން މީހަކަށް ފެނި އޭނާގެ ބައްޕަގެ ކައިރީ ބުނެފާނެތީއެވެ. ބިރުވާނަކީ އެރަށުގެ އެންމެ އިސް ވެރިޔާއެވެ. އޭނާގެ އަމުރަށް ކިޔަމަން ނުވާ ޖިންނިން ގެންގުޅެނީ އަޅުން ހެންނެވެ. ޖާހާ ވިސްނަން އިނދެފައި ސިފަ ބަދަލު ކޮއްލިއެވެ. އިންސާނެއްގެ ސޫރަ އަށްށެވެ. މޫމިން އަށް ފެންނާނެހެން ވައްކަޅިން ބަލަމުން ގޮނޑުދަށުގައި ހިނގަން ފެށިއެވެ. މޫމިންނަށް ލިބުނު ސިހުމުގައި ޖާހާއަށް ބަލައިލެވުނެވެ. ޖާހާގެ ކަތިނަޒަރަށް ބަލަމުން މޫމިންއަށް ހިނިތުންވެލެވުނެވެ.ޖާހާވެސް ހިނިތުންވެލިއެވެ. މޫމިން މަޑުހިނގުމެއްގައި ޖާހާގެ ކައިރިއަށް ދެއެވެ. ޖާހާ އޭނާ ހުއްޓިފައި ހުރި ދިމާގައި އިށިއިނެވެ. މޫމިން ވެސް ކައިރީގައި އިށިއިނެވެ. ޖާހާ ގެ މޫނަށް ބަލަމުން މޫމިން ހިނިތުންވެލިއެވެ.

“މަށަށް މި ފެންނަނީ ހުވަފެނެއްތަ؟”

“މީ ހަޤީޤަތެއް. ޤަބޫލު ކުރަން ދަތީތަ؟”

“ޤަބޫލު ކުރަން ދަތިވަނީ. އަހަރެންގެ ނަމަކީ މޫމިން. ތި ކުއްޖާގެ ތައަރަފެއް ދީފާނަންތަ؟”

“މީ މީ ސަމާ.”

“މޫމިން! މާދަންވެސް މިގަޑިއަށް އައިސް ދެއްޗޭ. މިހާރުމާ ލަސްވެއްޖެ. ދެން ގޮސްލީމޭ.”

ޖާހާގެ ފިޔަވަޅުތަކަށް ބަލަމުން މޫމިން ދިޔައެވެ. މިކަން ޖާހާއަށް އިނގެއެވެ. އެހެންކަމުން ޖާހާ ވެސް ހުސިޔާރުވެ އިންސާނެއް ފަދައިން ހިނގާލައިފައި ގޮސް މޫމިން ނުވިސްނާ ހުރި ދަނޑިވަޅު ބަލާފައި ގެއެއްގެ ކައިރިން ގަހަކަށް އަރާ އަސްލު ސިފައަށް ބަދަލުވިއެވެ. މޫމިން ޔަޤީން ކުރީ އެއީ އިންސާނެއްކަމަށެވެ.

…..ނުނިމޭ…..

Comments (9)

  1. Shain shanko

    V reethi mi part

  2. ro0za

    I m 1st dhw… Adhi nuves kiyan unmedhu kuran reethi vaane kamah…

  3. Ainthu Rishfa

    Haadha kurey. Dhan golhe dhikugon genesba. Vara reethi

  4. Rsh

    V kuru but nice

  5. LAHEY

    Next part thankolheh dhigu kohdheh chey.btw very nice

  6. Shaan

    Kobaaa mi story

  7. Shifu

    Mi vx dhn meehun vaahaka liyaa goiththa?
    Ethi fukkareh?

    1. Pherther
      Shifu

      hehe thankolheh dhigukoh genesdheynan inshallah next part thah

  8. Aroofa

    Kobaitha mi vaahaka mihaaru

Comments are closed.