ބަދަލު … 02 ވަނަ ބައި
ޖޯން އެބުރި އައީ އަހަރެން އެހެން އިންނަތާ ހަތަރުގަޑިއިރު ފަހުންނެވެ. ދޮރުހުޅުވާލިއަޑަށް އަހަރެން އިސްއުފުލާ ބަލާލީމެވެ. “ޔުއަރ އެލަބައިސް ޗެކްޑް އައުޓް.. ޔުއަރ ފްރީ ޓު ގޯ” ޖޯން އަހަރެންގެ އަތުގެ ބިޑި ނައްޓާލަމުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ތެދުވީމެވެ. އަދި މަޑުނުކޮށް އެތަނުން ނިކުތީމެވެ. އަހަރެން ފިޔަވަޅުތަކަށް ހުއްޓުން އެރީ އެތަނުގެ ތެރޭގައި ހުރި ގޮޑި ބަރީގައި އިން މީހާ ފެނުމުންނެވެ. “މަދީހް” އަހަރެންނަށް މަދީހްގެ ނަން ކިޔާލެވުނެވެ. އަދި ފަހަތަށް އެބުރި ޖޯންއާއި ދިމާލަށް ބަލާލިއެވެ. އޭނަ އަހަރެން ބަލާލުމުން ބުމަ އަރުވާލިއެވެ. އަހަރެން ރުޅިވެރިކަމާއި އެކު އަތް މުއްމަޅާ ބާރުކޮށްލީމެވެ. އަދި މަދީހްއާއި ދިމާލަށް ބަލާލަމުން ރުޅިވެރިކަމާއި އެކު އަވަހަށް އެތަނުން ނިކުންނަން އަހަރެން ހިގައިގަތީމެވެ. އެވަގުތު މަދީހްވެސް އަވަސްކަމާއި އެކު އަހަރެންގެ ފަހަތުން އައެވެ.
“ނިރްމާން.. ހޭ” މަދީހް އަހަރެންގެ ފަހަތުން އަހަރެންނަށް ގޮވަމުން ނިކުތެވެ. އަހަރެން އަޑުއިވޭކަމަށް ނަހަދާ ބޭރަށް ނިކުމެ ޓެކްސީއެއް ލިބޭތޯ އަތް އުފުލާލީމެވެ. ޓެކްސީ ހުއްޓާލުމާއި އެކު ދޮރުހުޅުވާފައި އަވަހަށް ވަނީ އަހަރެން އެއްވެސް ވަރަކަށް މަދީހްއާއި ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ނަމަވެސް އަވަސްކަމާއި އެކު ދޮރުލައްޕަން އުޅެނިކޮށް މަދީހް އަވަހަށް އައިސް ދޮރުގައި ހިފެހެއްޓިއެވެ. އަހަރެން ރުޅިވެރިކަމާއިއެކު މަދީހްއާއި ދިމާލަށް ބަލާލުމުންވެސް މަދީހް ދޮރުން ދޫކޮށްލާ ހިޔާލެއް ނުކުރިއެވެ. އެހެންކަމުން އަހަރެން ދޮރުން ދޫކޮށްލުމަށްފަހު އަދި އެތެރެއަށް ޖެހިލީމެވެ. އެވަގުތު މަދީހްވެސް ޓެކްސީއަށް އަރާ ހަމަޖެހިލިއެވެ. އަހަރެން ޑްރަވަރު ކައިރީގައި އަހަރެންގެ ގޭގެ އެޑްރެސް ބުނީމެވެ. “ވަޓް ހެޕެން ނިރްމާން..” މަދީހް ސުވާލު ކުރިއެވެ. މަދީހްގެ މި ސުވާލާއި އެކު އަހަރެންގެ ދެލޯ ފެންކަޅިވިއެވެ. އަހަރެންވެސް ބޭނުންވަނީ އެސުވާލުގެ ޖަވާބެވެ. އޭގެ އިތުރަށްވެސް ހިތުގައި ފުނިޖެހި ބާރުވަމުންދާ ސުވާލުތަކަށް ޖަވާބު އަހަރެން ބޭނުންވެއެވެ. “ޖޯން ކޯލްޑް މީ.. ނަސީބު އަހަރެންނަށް މިދުވަސްކޮޅު އޮސްޓޭރިއާގައި ހުރެވުނުކަން.. އަހަރެން ހައިރާންވި ނިރްމާންގެ ފެމެލީއަށް މީހަކު އެޓޭކް ކުރީއޭ ބުނީމަ.. އެއްވެސް މައުލޫމާތެއް އެގިއްޖެތަ އިތުރަށް” މަދީހް ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިނީމެވެ.
“ލުކް މޭން.. އައި ކޭން ހެލްޕް ޔޫ” މަދީހް ހިތްހަމަނުޖެހިފައި ބުނެލިއެވެ. “އައި ޑޯންޓް ނީޑް ޔުއަރ ހެލްޕް..” އަހަރެން އެއިންގޮތަށް އިދެ ބުނެލީމެވެ. “އެކަމަކު ވާ.. އަޅެ މީހާގެ ސިފަ ބަދަލު ވިޔަސް އަދިވެސް ތި ރުޅިގަނޑު ނުދޭ ދޯ.. ގޮތްދޫނުކުރުމާއި މީހުންނާއި ވާހަކަ ދައްކާނެ ގޮތެއް ދަހެއް ނުވޭ ދޯ” މަދީހް ބުނެލިއެވެ. އަހަރެން ރުޅިވެރިކަމާއި އެކު މަދީހްއާއި ދިމާލަށް ބަލާލީމެވެ. އޭނައަކީ އެހެން ބުނަން ކާކު ހެއްޔެވެ. މިއަދު އަހަރެން މިހާލުގައި މިވަނީ އެމީހުންނާއި ހެދިއެވެ. އެއްވެސް ވިސްނުމެއް ނެތި އަމިއްލަ އެދުމުން ފޯވެފައިވާ މިކަހަލަ ތާކުން ތާކުން ނުޖެހޭ މީހުން ގިނަވީމައެވެ. “އޯކޭ.. އޯކޭ.. ތިވަރަށް ލޯ ނޭޅިޔަސް އަހަރެނަށް އެނގެއޭ ތިހުރީ ރުޅިގަދަވެފަކަން.. އެކަމަކު އަހަރެންނަށްވެސް ކުރެވިދާނެ ކަމެއް ހުރެދާނެ ދޯ” މަދީހް ބުނެލިއެވެ. “މިއީ ރާއްޖެއެއް ނޫން.. އޮސްޓްރޭލިޔާ.. އައި ޑޯންޓް ތިންކް ޔޫ ކޭން ޑޫ އެނީތިން” އެހާ ހިސާބަށް ދެވުނު އިރު ޓެކްސީ އަހަރެންގެ ގެއާއި ކައިރިއަށް މަޑުކޮށްލިއެވެ. އަހަރެން އަވަސްކަމާއި އެކު ބޭރަށް ފޭބީމެވެ. ލާރިވެސް ނުދީ އަވަހަށް ގެއަށް ވަނީމެވެ.
ގެއަށް ވަދެ އަހަރެން ދިޔަ ގޮތައް ހުއްޓެލީ ޖޯން ދެއްކި ފޮޓޯތަކުގެ ތެރެއިން އަހަރެންގެ ލޮލުގައި އަޅައިގަތް ތަނުގައެވެ. “ވަޓް އިޒް އިޓް” މަދީހްގެ އަޑު އިވިގެން ދިޔައީ ފަހަތުންނެވެ. އަހަރެން މަޑުމަޑުން އިނގިލިން އެތަނުގައި ޖައްސާލީމެވެ. އެފާރުގައިވަނީ ކުޑަ ތަންކޮޅެއް ހަލާކުވެފައެވެ. އަހަރެންގެ ހައިރާންކަން އެތައް ގުނައަކަށް ބޮޑުވެގެން ދިޔައެވެ. އެތަނުގައި އަޅުވާފައިވާ އަހަރެންގެ އައިލާގެ ފޮޓޯވަނީ ތިރިއަށް ވެއްޓިފައެވެ. އަހަރެން އެ ފްރޭމް ނެގީމެވެ. އަދި މަޑުމަޑުން އެފޮޓޯގައި ފިރުމާލީމެވެ. “ނިރްމާން” މަދީހްގެ އަޑަށް އަހަރެން ކުޑަކޮށް ސިހިގެން ދިޔައެވެ. އަހަރެން އެބުރި މަދީހްއަށް ބަލާލީމެވެ. “އިޓްސް އަ ބުލެޓު ހޯލް… އެނގެއެއް ނުން ވަޒަން.. އޭގެ ވަޒަނެއް އަރާފައި ހުރި ތަނެއް އެއީ” އަހަރެން ބުނެލީމެވެ. އަދި ފޮޓޯ އޭނައަށް ދައްކާލީމެވެ. އެފޮޓޯ ގައި ސީދާ ވަޒަން އަރާފައިވަނީ އަހަރެންނަށެވެ. އެފާރުގައި އިނީ އެ ފޮޓޯ ގަނޑު ފޫއަޅާފައި ގޮސް ފާރަށް ވަޒަން އަރާފައިވާ ކަމުގެ ނިޝާނެވެ. “ހީވަނީ ތިއީ ‘ނައިން އެމް އެމް ޕިސްޓަލް’އެއްގެ ވަޒަނެއް އަރާފަހެން” އަހަރެން ބުނެލީމެވެ. “ނައިން އެމް އެމް”މަދީހް މަޑުމަޑުން ކިޔާލީ އެއްޗެއް ހަނދާކުރަން އުޅޭ ގޮތަށެވެ.
“ދިސް އިޒް އަ ކްރައިމް ސީން” ދެމީހުންވެސް ސިހިގެން ދިޔައީ ޖޯންގެ އަޑަށެވެ. އަހަރެން އެއަޑު އައި ދިމާލަށް ބަލާލިއިރު ޖޯން މަޑުމަޑުން އެތެރެއަށް ވަންނަނީއެވެ. “ހޭވް ދޭ ފިނިޝް ޗެކިން އެވްރީތިން” މަދީހް ޖޯންއަށް ބަލާލަމުން އަހާލިއެވެ. “ދިޒް އިޒް މައި ހައުސް” އަހަރެން ޖޯންއަށް ބުނެލީމެވެ. “ފްރޮމް ވެއަރ ޓޫ ޕީޕަލް ވާ ކިޑްނެޕްޑް” ޖޯން އަހަރެންނަށް ޖަވާބު ދެމުން އަހަރެން ކައިރިއަށް ހުއްޓެލިއެވެ.
ޖޯންއަކީ އަހަރެން އޮސްޓޭލިއަރ އަށް މީގެ ހަ އަހަރު ކުރިން ބަދަލު ވި އިރު މިކޮޅުން އަހަރެންގެ މަސައްކަތްތައް ބަލަމުން ދިޔަ މީހެކެވެ. މަދީހްގެ އެކުވެރިއެއް ތޯއްޗެކެވެ. އެކަމަކު މިވީ ހަ އަހަރު ދުވަސް ތެރޭގައި އަހަރެންނާއި ޖޯން އާއި ދެމެދު ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. އޭނަ އަހަރެންގެ ހުރިހާ ކަމެއް ބަލަމުން ދިޔައީ އާއިލާގެ ބޮޑު ބޭބެ އޭނަގެ ކޮއްކޮއެއްގެ ކަންތައް ބަލާހާ ރަނގަޅަށެވެ. އަހަރެން ކަމަކާއި ދެރަވިޔަސް އަދި ރުޅި އަޔަސް، އިތުރު އުދަގުލެއް ވިނަމަވެސް އެންމެ ފުރަތަމަ އަހަރެންނަށް އެހީވުމުގައި ނޫނީ އަހަރެންގެ ވާހަކަތައް އަޑުއެހުމުގައި ޖޯން ހުންނާނެއެވެ. “ޔާ ފިނިޝް ކަލެކްޓިން އެވިޑެންސް” ޖޯން ބުނެލިއެވެ. އަހަރެން މަޑުމަޑުން ތަންތަން ބަލަން ފެށީމެވެ. އެއީ ކާކު ކުރާނެ ކަމެއް ހެއްޔެވެ. އަހަރެންގެ އަންހެނުންނާއި ދަރިފުޅާއި ބަޔަކު ދިމާކުރަންވީ ކީއްވެ ހެއްޔެވެ. އެފޮޓޯ ގަނޑަށް އެގޮތަށް ވަޒަން ޖެހުމުން އޭގެން ދެކަމެއް ދޭހަ ކޮށްދެއެވެ. އޭގެ ތެރެއިން އެއްކަމަކީ މިކަމަކީ އަހަރެންނާއި ގުޅުން ހުރި މީހެކެވެ. އެމީހުންނަށް އަނިޔާ ދިން ބަޔަކު އެހެން އެހެދީ އަހަރެންނަށް ދެރައެއް ދޭންވެގެންނެވެ. އެހެން ނޫންނަމަ އެގޮތަށް އަހަރެންނަށް އަމާޒުކޮށް އެފޮޓޯއަކަށް އެމީހުން ވަޒަނެއް ނުޖަހާނެއެވެ. ނޫނީ ދެވަނަ ގޮތަކީ އެމީހުން އެއީ މިދުނިޔެ މަތީގައި ތިބި އެންމެ ސްޓުޕިޓް މީހުންނެވެ. ވަޒަނެއް އެވިޑެންސްއެއްގެ ގޮތުގައި ދޫކޮށްފައި އެމީހުން ދާނީ އެހާ ބޮޑަށް އޮގަނައިޒް ނުވީމައެވެ. ނޫނީ އެމީހުން ގަސްދުގައި އެކަން ކުރަން ބޭނުންވީ އަހަރެންނަށް އެއްޗެއް އަންގަން ވެގެން ބާއެވެ.
“އިޒް ދެއަރ އެނީވަން ޔޫ ކޭން ތިންކް އޮފް ދެޓް މޭ ވޯންޓް ހާމް ޔޫ.. އޯ ޔުއަރ ފެމެލީ” ޖޯން އަހާލިއެވެ. އަހަރެން މަދީހްއާއި ދިމާލަށް ބަލާލީމެވެ. “އެއީ ތެދެއް.. އެއްވެސް މީހަކަށް ޝައްކު ކުރެވޭތަ” މަދީހް ސުވާލު ކުރިއެވެ. އަހަރެން އެތަނަށް އުކާލެވިފައިވާ ކުޝަންތައް ނަގާ ސޯފާގައި ތަރުތީބުކޮށްލީމެވެ. އެތަނުގައި ތެޅިފައިވާ ވާސްތަކާއި މޭޒުގެ އެތިކޮޅުތައް ފިހިގަނޑުން އެއްފަރާތް ކޮށްލީމެވެ. “ނޫން.. އައި ޑޯންޓް ނޯ” އަހަރެން ވިސްނިވަރަކަށް އަހަރެންގެ ބޮލުގައި ރިއްސަމުން ދިޔައެވެ. “އެކަމަކު… އައި ތިންކް ދިސް އިޒް ޕާސަނަލް..” މަދީހް އެ ފޮޓޯ ގަނޑު ނަގާ ބަލާލަމުން ބުނެލިއެވެ. “ދެއަރ އިޒް ވަން ޕާސަން.. ބަޓް ހީ އިޒް އިން ޖެއިލް” އަހަރެން މަދީހްގެ މޫނަށް ބަލާލީ މަދީހްއަށް އަހަރެން މި ބުނާ މީހެއް ރަނގަޅަށް އެނގޭނެތީއެވެ. އަހަރެން އެންމެ ބިރުގަންނަނީ އޭނަގެ އަތެއް މީގެ ވެދާނެތީއެވެ. އެހެން ވެއްޖެނަމަ އަހަރެންގެ އަންހެނުންނާއި ދަރިފުޅު މިހާރު ދުނިޔޭގައި ހުރެދާނެ ކަމާއި މެދުވެސް ޝައްކެވެ. މަދީހް ބަލާލީ އަހަރެންނާއި ދިމާލަށެވެ. “އެކްޗުއަލީ.. ދެއަރ އިޒް ސަމްތިން ވީ ނީޑް ޓު ޓޯކް އެބައުޓް” މަދީހް ބުނެލިއެވެ. އެވަގުތު އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ.
“ނޯ.. ނޯ.. ދެޓްސް ނޮޓް.. ވެން” އަހަރެން ކުއްލިއަކަށް ރުޅިގަދަވިއެވެ. “އޭނަ މެޑިކަލް ކަމެއްގައި ބޭރަށް އައީ.. އޭގެ ފަހުން މިހާރު ހަމަސް ވަނީ މި.. އޭގެ ފަހުން އޭނަގެ ހަބަރެއް ނުވެގެން މިއުޅެނީ” މަދީހް ބުނެލިއެވެ. “ވަޓް.. ހަމަސް.. އަދި ކިރިޔާތަ ބުނަން ތިއެގުނީ..ކަލޭމެން ކިހިނެއް ވެފަތަ ތިބެނީ.. ބަލަ އޭނަ ބޭރަށް ފޮނުވާއިރުވެސް ނޭނގޭތަ.. ރާއްޖެއިން ބޭރުގެ ކިތައްމެ ބަޔަކާއި އޭނަ ގުޅުން އޮންނަ ކަމެއް.. ކަލޭމެން ހިތަށް އެރި ގޮތަކަށް ކަންތައް ކުރާއިރު.. އަހަރެންނާއި ދޭތެރޭގައި ވިސްނާލަންވެސް ނޭނގުނުތަ” އަހަރެން މަދީހްއާއި ދިމާލަށް ހަޅޭލަވައިގަތީމެވެ. އެމީހުން ބޭނުން ގޮތަކަށް ކަންތައް ކުރަނީ ކީއްވެ ހެއްޔެވެ. އަނެއް މީހާއަށް ކޮންމެ ފަދަ ގެއްލުމެއް ލިބުނަސް އެއީ އެމީހުންނަށް އެއްވެސް ކަމެއް ނޫން ހެއްޔެވެ. ޖޯން ހުރީ އަހަރުމެން ދައްކާވާހަކަ ނޭނގޭތީ ވާނުވާ ނޭނގިއެވެ. އެހެންކަމުން މަދީހް އޭނައަށް ކޮންމެވެސް ވަރަކަށް އެމީހާގެ މައުލޫމާތު ހިއްސާ ކުރިއެވެ. ” ލުކް.. ޔުއަރ ‘ޑެޑް’.. ރިމެންބަރ.. އެހެންވީމަ އަހަރުމެން ހީކުރީ ނިރްމާން ސޭފް ވާނެކަމަށް.. އެހެންވެ އަސްލު” “ވަރަށް ސޭފް ވެއްޖެ އެއްނުން.. މިހާރު.. އަހަރެންގެ އަންހެނުންނާއި ދަރިފުޅު އެމީހާގެ އަތްދަށުގައި.. ކަލޭމެން ހިތައްވެސް ނުގެނެވޭނެ.. އެއީ ކިހާ ނުބައި މީހެއްކަން..” އަހަރެންނަށް އަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. އޭނަގެ ނުބައިކަން ހިތައް އެރުމުންވެސް އަހަރެންގެ ގައިން ހީބިހި ނަގައިގަނެގެން ދެއެވެ. އެއީ ރާއްޖޭގައި މިއުޅޭ އާދައިގެ ގޭންގް މެންބަރެއް ނޫނެކެވެ. އެއީ ނުރައްކާތެރިކަމުން ފުރިފައިވާ މީހެކެވެ.
**********
ތައުސަމް އަހަރެންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ލޭޓަރ.. އައި ގޮޓް އަ ކޯލް.. ވިތް ދިސް ވީޑިއޯ” އަހަރެން ފޯނު ނަގާ ދައްކާލީމެވެ. ތައުސަމް ފޯނު ނަގާ ވީޑީއޯ ޕްލޭ ކޮށްލިއެވެ. “ޕްލީޒް.. ބޭބީ.. ހެލްޕް މީ.. އައި ޑޯންޓް ނޯ ވަޓް ދޭ ވޯންޓް.. އައި އޭމް ސްކެއަރޑް.. ވީ އަރ ސްކެއަރޑް” ވީޑިއޯ އިން ޖޭޒްމީން ވާހަކަ ދެއްކި އިރު އޭނަގެ ލޯމަތީގައި ވަނީ ފޮތިގަނޑެއް އައްސާފައެވެ. އޭނަގެ ކައިރީގައި ދާވޫދްވެސް ބައިންދާފައި އިންއިރު، އެކުޑަ ކުއްޖާގެ ލޯމަތީގައިވެސް ވަނީ އެއްޗެއް އައްސާފައެވެ. އަދި ދެމީހުންގެ ދެއަތް ފަހަތަށް ވާގޮތަށް އާއްސާފައި އިން އިރު ދެފައިގައިވެސް ވަނީ ބޮޑު ވާގަޑެއް އައްސާފައެވެ. “އައި ވޯންޓް އެވްރީތިން ޔޫ ސްޓޯލް ފްރޮމް މީ.. އެވްރީތިން.. ޖަސްޓް ގޯ ޓު ޔުއަރ ކަންޓްރީ.. އެންޑް ވެއިޓް ފޮ މައި ކޯލް” ފަހަތުން އިވިގެން ދިޔައީ ފިރިހެނެއްގެ ބަރު އަޑެކެވެ. އެހާ ހިސާބުން އެ ވީޑީއޯ ނިވުނެވެ. ތައުސަމް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ދޭ ވޯންޓް އެވްރީތިން.. މަނީ.. ޑްރަގްސް.. ވެޕަންސް.. އެވްރީތިން” އަހަރެން އިސްޖަހާލީމެވެ.
“އެއީ އޭނަ ދޯ” ތައުސަމް އަހާލިއެވެ. އަހަރެން ބޯޖަހާލީމެވެ. ތައުސަމް ދެފަރާތަށް ބޯ ހޫރާލިއެވެ. އަހަރެން ފުންނޭވާއެއް ދޫކޮށްލީމެވެ. “އަހަރެންނަށް ހީވަނީ ދެން މިއަދަށް ވާ ވަރު ވެއްޖެ ހެން..” ކުޑަކޮށް މީހާ ހަމައަކަށް އެޅިލަމުން އަހަރެން ތައުސަމް އަތުން ފޯނު ޖަހައިގަތީމެވެ. ތައުސަމް އާއި މަދީހް ބޭނުންވާ ކަންތައް ވެގެން ދިޔައީއެވެ. އަހަރެންގެ ހިތުގައިވާ އުދާސްތައް ބޭރުކޮށްލެވިއްޖެއެވެ. އެކަމަކު އަދިވެސް އަހަރެންނަށް ހީވަނީ މީހަކު އަހަރެންގެ ހިތް މައްޗަށް ފައިން އަރާ ބާރުކުރަމުން ދާ ހެންނެވެ. “މަދީހް ބޭނުންވާ ކަންތައްވެސް ވީ އެއްނުން..” އަހަރެން ފޯނު ޖީބަށް ލީމެވެ. އެވަގުތު ތައުސަމް ހިނިގަނޑެއް ޖަހާލިއެވެ. “ސޯ. މިތަނުގައި އިންނަނީ.. މިހާ އަވިގަދަ އިރު..” ތައުސަމް އަހާލިއެވެ. “އަހަރެން ދާނެ އެހެން ތަނެއް އެބަހުރިތަ” އަހަރެން ތައުސަމްގެ މޫނަށް ބަލާލަމުން އެހެން އަހާލީމެވެ. “ހައު އެބައުޓް ޔުއަރ ހައުސް” ތައުސަމް ބުމަ މައްޗަށް އަރުވާލަމުން ބުނެލިއެވެ. “ޔާ…. އެންޑް ޓެލް ދެމް ވަޓް.. ހައި މަމް.. އައި އޭމް ބެކް.. ފްރޮމް ޑެޑް.. އެންޑް ޔޫ ނޯ ވަޓް.. އައި ހޭވް އަ ވައިފް އެންޑް ކިޑް… ހޫ ވޯޒް ކިޑްނެޕް ލައިކް އަ ޑޭ އެގޯ ” އަހަރެން ބުނެލީމެވެ. އެވަގުތު އަނެއްކާވެސް ތައުސަމް ހިނިގަނޑެއް ޖަހާލިއެވެ.
އަހަރެން ކިތައްމެ ބޭނުން ވިޔަސް އަހަރެންގެ ގެއަކަށް ނުދެވޭނެއެވެ. މާލޭގައި ފައިޖެހުމާއި އެކު އަހަރެންވެސް އެންމެ ބޭނުންވި ކަމަކީ އަހަރެންގެ އާއިލާއާއި ބައްދަލު ކުރުމެވެ. އަހަރެންގެ މަންމަގެ އުގުގައި ބޯއަޅާލައިގެން ކުޑަކުއްޖެއް ފަދައިން ރޯލާށެވެ. އެކަމަކު މީގެ ހައަހަރު ކުރިން ވަނީ އަހަރެން އެލޯބިންވެސް މަހްރޫމް ކޮށްފައެވެ. “އެކްޗުއަލީ..” ތައުސަމް ބުނެލިއެވެ. އަހަރެން ތައުސަމްގެ މޫނަށް ބަލާލީމެވެ. “ދޭ ނޯ…” އަހަރެން ހައިރާންކަމާއި އެކު ތައުސަމްއާއި ދިމާލަށް ބަލާލީމެވެ. “މަދީހް.. ބުނި އެމީހުން ކައިރީގައި.. ނަވީލްގެ އެކްސިޑެންޑްއަށް ފަހު.. ނަވީލްގެ މަންމަ ވަރަށް ސަކަރާތްވި.. އެހެންވީމަ.. އެންމެ ފަހުން މަދީހް ބުނީ ނަވީލްއަށް ވީ ހުރިހާ ގޮތެއް” ތައުސަމް ކިޔައިދިނެވެ. އަހަރެންނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެއްގޮތަކަށް ބަލަނީ ނަމަ އެއީ އުފާވެރި ހަބަރެކެވެ. އަހަރެންނަށް ހިތްހަމަޖެހިގެން އުޅެލެވިދާނެއެވެ. އެކަމަކު އަނެއްކޮޅުން ބަލާނަމަ.. އެއީ އަނެއް ބިރުވެރިކަންތަކެވެ. އެމީހާއަށް އަހަރެންގެ އާއިލާއާއި ބެހޭގޮތުންވެސް މައުލޫމާތު އެގޭނެކަމާއި މެދު ޝައްކެއް ނެތެވެ. އަނެއްކާ އަހަރެންގެ މަންމަމެންނާއި ދިމާނުކޮށްފިއްޔާ ވާ ރަނގަޅެއެވެ.
“ޕްލީޒް.. ޑޯންޓް ކޯލް މީ ނަވީލް އިނގޭ..” އަހަރެން މޫނު އަނެއް ފަރާތަށް އަބުރާލަމުން ބުނެލީމެވެ. އެއްވެސް މީހަކު އަހަރެންނަށް އެނަން ކިޔާކަށް އަހަރެން މިހާރު ބޭނުމެއް ނޫނެކެވެ. އެ ބުނާ ނަވީލްއެއް ވަނީ މީގެ ހަ އަހަރު ކުރިން މަރުވެފައެވެ. މިމީހުންގެ އަތުން މަރާލާފައެވެ. މިހާރު އަހަރެންނަކީ ނިރްމާންއެވެ. އެހެންވީމަ އަލުން އަހަރެންނަށް ނަވީލް ކިޔައިގެން އަހަރެންގެ ހަޔާތުގައި ހަ އަހަރު ކުރިން ވީ ކަންތައް ހަނދާން ކުރާކަށް އަހަރެން ބޭނުމެއް ނޫނެކެވެ. އެވަގުތު އަނެއްކާވެސް ތައުސަމް ހިނިގަނޑެއް ޖަހާލިއެވެ.
“ތިޔެއްނޫނޭ.. އަހަރެން ވަރަށް ބަނޑުހައި ވެއްޖެ.. ހިނގާބަލަ އެއްޗެއް ކާންދާން” ތައުސަމް ބުނެލިއެވެ. އަހަރެން ތައުސަމްގެ މޫނަށް ބަލާލީމެވެ. “އައި އޭމް ނޮޓް ގޮއިން ވިތައުޓް ޔޫ..” ތައުސަމްއަށް އަހަރެންގެ ބަލާލުމުގެ މާނަ ނަގައިގަނެވުނެވެ. “ލެޓްސް ގޯ” އަހަރެންވެސް ގޮތް ދޫކޮށްލުމަށްފަހު އެތަނުން ތެދުވީމެވެ. ތައުސަމް ހިނިތުންވުމެއް ރައްދުކޮށްލަމުން ތެދުވިއެވެ. އަހަރެން ތައުސަމްގެ ފަހަތުން ގޮސް އޭނަގެ ސައިކަލުގެ ފަހަތަށް އެރީމެވެ.
ދެމީހުން ރެސްޓޯރެންޓަކަށް ވަނުމަށްފަހު ކޮފީއަކަށް އޯޑަރު ދިނީމެވެ. “ޔޫ ނޯ ވީ ކޭން ހެލްޕް ޔޫ ރައިޓް” ތައުސަމް ބުނެލިއެވެ. އަހަރެން ފަރުވާ ކުޑަކަމާއި އެކު އެތަން ވަށައިގެން ހޯދާލީމެވެ. “އަހަރެން އެހީ ބޭނުންނަމަ އޮސްޓްރޭލިއަ ޕޮލިހުންގެ ފަރާތުން އެހީ ހޯދީމުސް” އަހަރެން ބުނެލީމެވެ. “ކޮންމެވެސް ކަމެއް ވެގެންނެއް ނުން އޭނަ ނަވީލް ކައިރީގައި ރާއްޖެ އަންނަން ބުނާނީ..” ތައުސަމް ބުނެލިއެވެ. އެއީ އަހަރެންވެސް ވިސްނި ކަމެކެވެ. އަހަރެން ރާއްޖެއަށް އައި ފަހުން މިހާރު ތިންގަނޑިއިރުވަނީއެވެ. އެކަމަކު އަދިވެސް އޭނަގެ ހަބަރެއް ނުވެއެވެ. އޭނަ މަޑުއެކުރަނީ ކޮންކަމަކަށް ހެއްޔެވެ. ކާކުގެ ސިގްނަލްއަކަށް ހެއްޔެވެ. އަނެއްކާ އަހަރެންގެ އަންހެނުންނާއި ދަރިފުޅުވަނީ ރާއްޖޭގައި ހެއްޔެވެ. އެހެން ވެއްޖެނަމަ..
“އެހެންވީމަ.. ނިންމާފަ ދާނަން ދޯ.. އޮފީހަށް..” ތައުސަމް ވާހަކަ ދެއްކިއެވެ. އެވަގުތު ވެއިޓަރ އައިސް ދެމީހުން ކުރިމަތީގައި ކޮފީތަށި ބެހެއްޓިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ކޮފީ އިން އެތިފޮދެއް ބޯލީމެވެ. “އަހަރެންނަށް އެގޭ މިވަގުތު ނަވީލްއަށް އެންމެ އުދަގޫވާނީ އެތަނުގެ ތެރެއަށް ގޮސް ވަންނަންކަން.. އެކަމަކު ޓްރަސްޓް މީ.. ވީ ކޭން ހެލްޕް ޔޫ” ތައުސަމްވެސް ކޮފީ އިން އެތިފޮދެއް ބޯލިއެވެ. “ޓްރަސްޓް ޔޫ.. އެންޑް ފޮ ގޯޑް ސޭކް.. ޑޯންޓް ކޯލް މީ ނަވީލް” އަހަރެން ފާޑަކަށް ބަލާލީމެވެ. “އޯކޭ.. ޓްރަސްޓް މަދީހް އެހެންވިއްޔާ” ތައުސަމް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަހަރެން އިތުރަށް އެއްވެސް އެއްޗެއް ނުބުނަމެވެ.
************
އަހަރެންން ތައުސަމް ފަހަތުން ގޮސް ހުއްޓުނީ ކާރާއި ސައިކަލް ހަދާ ކަހަލަ ގަރާޖްއެއް ކުރިމަތީގައެވެ. “މިހާރު މިތަނުގައިތަ” އަހަރެން ފޫހިކަމާއި އެކު ތައުސަމްއާއި ސުވާލު ކުރީމެވެ. އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު ހިނިތުންވުމެއް ރައްދު ކުރަމުން ތައުސަމް އެތެރެއަށް ހިގައިގަތެވެ. އަހަރެން އެތެރެއަށް ބަލާލީމެވެ. އޭރު ކާރެއްގެ ކައިރީގައި މީހަކު މަސައްކަތެއް ކުރަމުން ދިޔައެވެ. އަހަރެން ތައުސަމްގެ ފަހަތުން ވަތްތަން ފެނުމާއި އެކު އެމީހާ ކުރަމުން ދިޔަ މަސައްކަތް ބެހެއްޓުމަށްފަހު އަހަރުމެންނާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ތައުސަމް އަތުން ހުރިހާ ކަމެއް ރަނގަޅުކަމަށް އެމީހަކަށް އެންގިއެވެ. އަހަރެންވެސް އޭނައަށް ހިނިތުންވުމެއް ރައްދުކުރަމުން ތައުސަމްގެ ފަހަތުން އެތެރެއަށް ހިގައިގަތީމެވެ.
“އޭރުވެސް އަހަރެންނަށް އެނގޭ ތައުސަމްއަށް ނޫނީ ތިކަން ކުރެވޭނެ މީހެއް ނުހުންނާކަން” ތައުސަމް ފަހަތުން އަހަރެން ވަންތަން ފެނުމުން މަދީހް ވާހަކަ ދެއްކިއެވެ. އަހަރެން އެތަނަށް ބަލާލީމެވެ. އެތަނަކީ ސައިކަލާއި ކާރު އެއްޗެހި ހަދާ ކަހަލަ ގަރާޖެކެވެ. ހަމައެކަނި އެތަން ގަރާޖްއަކާއި ވައްތަރީ ވަންނަ ހިސާބެވެ. ވަކި ހިސާބަކުން އަދި އިތުރަށް އެތެރެއަށް ވަނުމަށް އިން ދޮރުން ތައުސަމް އެތެރެއަށް ވަނެވެ. އަހަރެން ތައުސަމްގެ ފަހަތުން ގޮސް އެތެރެއަށް ވަނީމެވެ. އެތަނަކީ ފުދޭވަރެއްގެ ކުޑަ ކޮޓަރިއެވެ. މުޅިތަން ފުރިފައިވަނީ އެކިވަރުގެ ސްކްރީންތަކުންނެވެ. މެދުގައި ބޮޑު ސްކްރީން ޓީވީއެއް ހުރި އިރު އޭގެ ވަށައިގެން ވަނީ އެކިވަރުގެ ސްކްރީން ތަކެވެ. އަދި ބޮޑު ކީބޯޑް އެއް ކައިރީގައި މީހަކު އިށީދެލައިގެން އިދެ އެކި ފިއްތަކަށް އޮބަމުން ދިޔައެވެ. އެކި ސްކްރީން ތަކުން ފެންނަމުން ދިޔައީ މާލޭގެ އެކި ހިސާބު ތަކުގައި ބެހެއްޓިފައިވާ ކެމެރާގެ ރިކޯޑިން ތަކެވެ. އެމީހާގެ ފަހަތުގައި އޭނަ އިށީދެގެން އިން ގޮޑިމަތީގައި އަތް އަޅުވާލައިގެން މީހަކު ބޮޑު ސްކްރީންއަށް ބަލަހައްޓައިގެން ހުއްޓެވެ. މަދީހްގެ ފަހަތުގައި އަންހެން ކުއްޖެއް ފައިލް ބޮޑިއެއް ހިފައިގެން ހުރީ ސްކްރީންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ.މަދީހްގެ އަޑަށް އެންމެން އަހަރުމެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ތައުސަމްގެ ފަހަތުން އެތެރެއަށް ވަނީމެވެ.
“މަރުހަބާ.. އެންޑް ވެލްކަމް ބެކް” މަދީހް އަހަރެންނަށް ސަލާމް ކޮށްލުމަށް އަތް ދިއްކޮށްލިއެވެ. އަހަރެން ގަދަކަމުން ހިނިތުންވެލަމުން މަދީހްގެ އަތުގައި ހިފާލީމެވެ. “ނަވީލް.. އާ ޔޫ ނަވީލް” ކީބޯޑު ކައިރީގައި ފިއްތަކަށް އޮބަމުން ދިޔަ މީހާ އެތަނުން ތެދުވެ އަހަރެންނާއި ކުރިމަތިލިއެވެ. “ނިރްމާން” އަހަރެން އަތް ދިއްކޮށްލީ ސަލާމްކޮށްލާށެވެ. އެކަމަކު.. ޝާވިން އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެންނަށް ހިނިތުންވެލެވުނެވެ “އިޓްސް ސޯ ގުޑް ޓު ސީ ޔޫ މޭން.. ހިޔެއްވެސް ނުވޭ. ނަވީލް ހެނެއް ތީ… އަހަރެންނަށް ކުރިއަކުން ނޭނގޭ ނަވީލް ތިހާ ބޮޑަށް ބަދަލު ކޮށްފަ ހުރިކަމެއް.. ބަދަލު ކުރި ވާހަކަ ބުނީމަވެސް އަހަރެން ހީކުރީ ހަމައެކަނި ކުޑަ ބަދަލެކޭ ގެންނާނީ.. އެކަމަކު ނޫން.. މުޅި މީހާ ބަދަލު ކޮށްލާފަ” ޝާވިން އަހަރެންނާއި ދުރައް ޖެހިލަމުން ވާހަކަ ދެއްކީ އެއީ އަހަރެންކަން ޔަގީން ނުވާ ހާލުގައި ހުރެގެންނެވެ. އަހަރެން އެއަށް ރައްދުކޮށްލީ ހިނިތުންވުމެކެވެ. “ނަވީލް.. އިޓްސް ބީން އަ ލޯންގް ޓައިމް” ޝާވިންގެ ފަހަތުގައި ގޮޑީގައި އަތް އަޅުވާލައިގެން ހުރި މީހާ ބުނެލިއެވެ. އަހަރެން އޭނަގެ މޫނަށް ބަލާލީމެވެ. އެއީ އެއްއިރެއްގަވެސް އަހަރެންގެ އެކުވެރިއެއް ނޫނެކެވެ. އަބަދުވެސް އަހަރެންނާއި ދެކޮޅުވެ އަހަރެން ރުޅި އެރުވުމަކީ އޭނަ މާ ހިތްހަމަޖެހޭ ކަމެކެވެ. “ޝިފާން” އަހަރެން ބުނެލީމެވެ. އޭނަ އަހަރެންނަށް ސަލާމްކޮށްލުމަށް އަތް ދިއްކޮށްލިއެވެ. އަހަރެން އެއަތުގައި ހިފާލުމާއި އެކު އޭނަ އަހަރެންނަށް ތަދުވާވަރަށް އަތް ފިއްތާލިއެވެ. އަހަރެން އޭނަގެ މޫނަށް ބަލާލީ ރުޅިވެރިކަމާއި އެކުގައެވެ. “މިއީ.. މައިޝާ.. އެނގެއެއްނުން” ތަންކޮޅެއް ދުރުގައި ފައިލްތައް ހިފައިގެން ހުއްޓުން އަރާފައި ހުރި އަންހެން ކުއްޖާ އަހަރެންނަށް ދައްކާލަމުން މަދީހް ބުނެލިއެވެ. އަހަރެން މައިޝާ އާއި ދިމާލަށް ބަލާލީމެވެ. އަހަރެންނަށް އޭނަގެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފާހަގަ ކުރެވުނެވެ. ފަނޑުހިނިތުންވުމެއް ރައްދުކޮށްލަމުން އަހަރެން މަދީހްއާއި ދިމާލަށް އެބުރުނީމެވެ.
މި މީހުންނަކީ އަހަރެން ދުވަހަކުވެސް ބައްދަލު ކުރަން ބޭނުންވި މީހުންނެއް ނޫނެކެވެ. މި މީހުން މަސައްކަތް ކުރާތަނަކަށް ނުވަންނަން އަހަރެން ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. ނަމަވެސް އެންމެ ފަހު ވަގުތު.. މި ގްރޫޕް މީހުންނަކީ މީގެ ކުރިން އަހަރެން އެބަޔަކާއި އެކު މަސައްކަތް ކުރި މީހުންނެވެ. އެއް ގްރޫޕްއެއް ގޮތަށް މަސައްކަތް ކުރަމުން އައި ސަރުކާރުގެ ވަކި މުއައްސަސާގެ އެއްގެ ދަށުން މަސައްކަތް ކުރާ ގްރޫޕްއެކެވެ. އަހަރުމެންގެ ގްރޫޕްއަށް ކީ ނަމަކީ “ހިޓް’ މިނަމެވެ. އަހަރުމެންގެ މަސައްކަތަކީ އެކި ކަހަލަ މީހުންނަށް ފާރަލުމެވެ. ބައެއްފަހަރު ސިފަ ބަދަލު ކޮށްގެންނާއި އެކިކަހަލަ ހީވެސް ނުކުރާކަހަލަ ތަންތަނަށް ވަދެގެން މަސައްކަތް ކުރުމަކީ އަހަރުމެންގެ ޙާއްސަ ސިފައެކެވެ. އެ ގްރޫޕްގައި ޝާވިންއަކީ ކޮމްޕިއުޓަރ މާހިރެކެވެ. ދެން ހުރީ މަދީހްއެވެ. އެއީ އަހަރުމެންގެ ބޮސްގެ ގޮތުގައި މަސައްކަތް ކުރި މީހާއެވެ. އޭނަގެ މަސައްކަތަކީ ޕޮލިޓިކަލް ކަންތައްތަކާއި ތަންތަނުގެ ވެރިންނާއި ވާހަކަ ދެއްކުމާއި އަހަރުމެންގެ ގްރޫޕް ހަމައެއްގައި ހިފެހެއްޓުމެވެ. ތައުސަމްއާއި ޝިފާން އަދި އަހަރުމެންނަކީ މައިގަނޑު ގޮތެއްގައި ހުރިހާ ކަމެއް ކުރާ މިހުންނެވެ. މައިޝާގެ އަސްލު ބޭނުމެއް އަހަރެންނަކަށް ނޭނގެއެވެ. ބައެއްފަހަރު އޭނައަކީ އަހަރުމެން ‘ސެޑިއުސް’ ކުރުމަށް ގެނެސްފައި ހުންނަ މީހެކޭވެސް ހިތައް އަރައެވެ.
އަހަރެން މަޑުމަޑުން އެތަނަށް ބަލާލީމެވެ. އެތަނުގައި ތަފާތުވެފައި ވަނީ ހަމައެކަނި މާހައުލެވެ. އިތުރަށް އެއްވެސް އެއްޗެއް އެތަނަކުން ބަދަލެއް ނުވެއެވެ. މިވީ ހަ އަހަރު ތެރޭގައި އެތަނުގައި ތިބި އިތުރު އެއްވެސް މީހަކަށް ބަދަލެއް ނާދެއެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް އަހަރެންނަށް ފެންނަމުން ދިޔައީ އަމިއްލަ އެދުމުގެ ކުލަވަރެވެ. “މަދީހް ސަރ ނަވީލްގެ ކޭސްގެ ވާހަކަ ބުނީ ސުރެއް އަހަރެން މި މަސައްކަތް ކުރަނީ އޭނަ ނަވީލްއަށް ގުޅި ނަންބަރ ޓްރޭސް ވޭތޯ.. އެކަމަކު މިވަގުތު އެ ފޯނު އޮތީ ނިއްވާލާފައި” އަހަރެން ހިޔާލުތަކަށް ގެއްލިފައި ހުއްޓާ ޝާވިން ވާހަކަ ދެއްކިއެވެ. އަހަރެން އަތް މުއްމަޅާ ބާރުކޮށްލީމެވެ. “ފަސްޓް.. އަހަރެންނަކީ ނަވީލްއެއް ނޫން.. ނަވީލް މަރާލަފަ ތި މީހުން އޭނަ ވަޅުވެސް ލީ ތޯއްޗެއް.. އަދި އޭނަގެ މަރުގެ ސެޓްފިކެޓް ވެސް ހެދީ ތިޝާވިން ތޯއްޗެއް.. ދެން ކޮން ނަވީލް ނަވީލް އެކޭ ކިޔާކަށް އަޅެ.. އަހަރެންނަކީ ނިރްމާން.. ނި..ރް..މާ…ން.. އެގިއްޖެ” ރުޅި ގަދަވި ވަރުން އަހަރެންނަށް ޝާވިން ކައިރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ޝާވިން ބިރުން ފަހަތަށް ޖެހިލިއެވެ. “އާ.. ބުނާތީ އަޑުއަހަން… ތިއީ ކޮންޕިއުޓަރގެ ކިންގް އޯ… ވީ ކަމެއް ކޮބާ.. ތިއުޅެނީ ފޯން ނިންވާލާފައޭ ކިޔައިގެން އެވެސް ހޯދަން ނޭނގިގެން” އަހަރެން އަޑު ބާރުވަމުން ދިޔައެވެ. “އައައަ..ހަހަރެން.. އައައަސްލު.. ޕްރީޕެއިޑެއް ވީމަ..” “ކޮން ޕްރިޕެއިޑެކޭ ކިޔާކަށް. ތިއީ އެއްވެސް ކަމެއް ވާ މީހެއްތަ. ބުނެބަލަ” ބިރުން ހުރި ވަރުން ޝާވިންއަށް ރަނގަޅަކަށް ވާހަކައެއްވެސް ނުދެއްކުނެވެ.
އެވަގުތު އަހަރެންގެ ފޯނު ރިންގް ވާންފެށިއެވެ. އަހަރެން ފޯނަށް ބަލާލުމަށްފަހު ސިހުމާއި އެކު މަދީހްގެ މޫނަށް ބަލާލީމެވެ. މަދީހް އަތުން އެތަނުގައި ތިބި އެންމެންނަށް އަޑު މަޑުކުރުމަށް އެންގިއެވެ. އެވަގުތު އެންމެން އަހަރެން ވަށައިގެން އައިސް މަޑުކޮށްލިއެވެ. ޝާވިން ފިޔަވައެވެ. ޝާވިން އަހަރެންގެ ނަންބަރު އޭނަގެ ލެޕްޓޮޕްގައި ޖަހާލާ، ފޯނުކޯލް ޓްރޭސް ކުރެވޭތޯ މަސައްކަތް ފެށިއެވެ. “ހަލޯ” އަހަރެން ފޯނު ސްޕީކަރަށް ލަމުން ބުނެލީމެވެ. “ހައު އާ ޔޫ ޑުއިން.. އޯލް.. ސޯ ޔޫ މެޓް ޔުއަރ ފްރެންޑްސް.. ގުޑް” އެކޮޅުން އިވުނީ އަހަރެން އެމީހެއްދެކެ އެންމެ ރުޅި އަންނަ މީހާގެ އަޑެވެ. ކޯލަކީ ވީޑިއޯ ކޯލްއެއް ނަމަވެސް، އެމީހާގެ މޫނެއް ނުފެނެއެވެ. ހަމައެކަނި ފެންނަން ހުރީ ކަޅުކުލައިގެ އަދިރި ގަނޑެއް ކަހަލަ ތަނެކެވެ. އަހަރެންގެ ދަރިފުޅާއި އަންހެނުން އެމީހެއްގެ އަތްދަށުގައިވާ މީހާގެ އަޑެވެ. އަހަރެން ދަތްކުޑި ވިކާލީމެވެ. އެމީހާގެ ވާހަކައިން އަހަރެން ކައިރީގައި ބަޔަކު ތިބިކަން އޭނައަށް އެނގޭކަން އަންގާލިއެވެ. “ވެއަރ އިޒް މައި ވައިފް އެންޑް ކިޑް” އަހަރެން ރުޅިވެރިކަމާއި އެކު އެހީމެވެ. “ރޯންގް ކުއިޝަން..” އެމީހާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އެވަގުތު އަހަރެން ހިފަހައްޓައިގެން ހުރި ރުޅިގަނޑު ހީވީ ފަޅައިގެން ދިޔަ ހެންނެވެ. މުއްމަޅާ ބާރުކޮށްލެވުނެވެ. އެވަގުތު ތައުސަމް އަހަރެންގެ ކޮނޑުމަތީގައި އަތްބާއްވާލިއެވެ. ބާރުއޮތީ އޭނަގެ އަތުގައޭ ބުނެލާފަދަ ގޮތަކަށެވެ.
އަހަރެން ފުންނޭވާއެއް ދޫކޮށްލީމެވެ. މީހާ ހަމައަކަށް އެޅުމަށްޓަކައެވެ. “ވަޓް ޔޫ ވޯންޓް” އަހަރެން މަޑުމަޑުން އަހާލީމެވެ. “ގުޑް..ނައު ޔޫ އާސްކް ރައިޓް ވަން.. އައި ވޯންޓް އެވްރީތިން.. ޔޫ ސްޓޯލް ފްރޮމް މީ” އެމީހާ ބުނެލިއެވެ. ކިތައްމެ ހިތްވަރެއް ކުރި ނަމަވެސް އަހަރެން ހިފަހައްޓައިގެން ހުރި ރުޅިގަނޑު ބޭރަށް ނިކުތެވެ. “ސްޓޯލް ފްރޮމް ޔޫ އޭ.. ބަލަ ކާކުތަ މީހަކު އަތުން އެއްޗެއް ވަގަށް ނަގައިގެން އުޅެނީ.. އަހަރެންގެ އަންހެނުންނާއި ދަރިފުޅު ކަލެއޭ ތިއުޅެނީ ނަގައިގެން” އަހަރެންނަށް ހަޅޭލަވައިގަވުނެވެ. އެވަގުތު މައިޝާ އަހަރެންގެ އަތުގައި ހިފަހައްޓާލިއެވެ. އޭނަގެ މަޑު އަތުގެ އިނގިލިތަކުން އަހަރެންގެ އިނގިލިތަކާއި ގުޅުވާލިއެވެ. އަހަރެން މައިޝާ އާއި ދިމާލަށް ބަލާލީމެވެ. އެވަގުތު އެކޮޅުން އަނެއްކާވެސް އިވުނީ ހީގަތް އަޑެވެ. “ލުކް.. ޔޫ ވޯންޓް މޭކް އަ ޑީލް އޯ ވަޓް.. އައި ކޭން ކަޓް ދިސް ފޯން ރައިޓް ނައު.. ބަޓް އިފް އައި ޑޫ ދެޓް.. ޔޫ އަރ ނޮޓް ގޮނަ ނޯ އެނީތިން އެބައުޓް ޔުއަރ ފެމެލީ” އެކޮޅުން ބުނެލިއެވެ. އެވަގުތު މަދީހް އައިސް ފޯނު މިއުޓަށް ލިއެވެ. “ރުޅި މަޑުކޮށްފަ.. ވާހަކަ ދައްކަބަލަ.. އޭރުންދޯ އެގޭނީ އޭނަ ބޭނުންވާ ކަމެއް” މަދީހްވެސް ހިތްހަމަނުޖެހިފައި ބުނެލިއެވެ.
އަހަރެން ދަތްޕިލަ ފިއްތާ ބާރުކޮށްލީމެވެ. “އޯކޭ.. އައި އޭމް ލިސިނިން” އަހަރެން މިއުޓް ކަޑާލުމަށްފަހު އަހާލީމެވެ. “ޔޭސް.. ސޯ.. އައި ވޯންޓް އެވްރީތިން.. ވެޕަން.. މަނީ.. ޑްރަގް.. އެވްރީތިން ދެޓް ޔޫ ޓުކް ފްރޮމް މީ..” އެކޮޅުން ބުނެލިއެވެ. އަދި އެހެން ބުނުމަށްފަހު ވީޑިއޯ އިން ފެންނަ ގޮތް ހެދިއެވެ. އަހަރެންގެ ރުޅިގަނޑު އިތުރު ވެގެން ދިޔައެވެ. އެކޮޅުން ފެންނަން އިނީ މިހާރު ދެމީހުންނެއް ނޫނެކެވެ. ތިން މީހުންނެވެ. ތިންވަނަ މީހަކީ އަހަރެންގެ ކޮއްކޮއެވެ. އަހަރެން ހާސްކަމާއި އެކު އެތަނުގައި ތިބި އެންމެންގެ މޫނަށް ބަލާލީމެވެ. އެތަނުގައި ތިބި އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. “ކޮއްކޮ” އަހަރެންނަށް ބުނެވުނެވެ.
ނުނިމޭ…
5 Comments!
Comments are closed.
???????Me fisrt v reeti when next part love you
And me 2nd Hi fantasy… v reethi konirakun next
Me third adhi alah fantasy ge vaahaka yah comment kohlee any way story hama habeys
އަޅެ ފެންޓަސީ ކޮބައިތަ؟ ހާދަ ލަހޭ ވާހަކަ އަވަސްކޮށްދީބަލަ
Pls update soon