Skip to content
އެސްފިޔަ

ބޭނުމޭ އިޝްގާ

” ޔޫހާ ޔޫހާ ތެދުވެބަލަ . ހެނދުނުވެއްޖޭ.” ފާތުން ޔޫހާ ތެދުނުވެގެން ޔޫހާ އަށް ގޮވަނީއެވެ. މިއަދަކީ ފާތުން ގެ ރައްޓެހި މާޖިދް ފާތުން ގޮވައިން ކޮފީ އަކަށް ދާން ބުނި ދުވަހެވެ. ފާތުން ދާ ކޮންމެ ތާކަށް ޔޫހާ ގޮވައިގެން ދާތީ މިއަދުގެ ކޮފީއަށް ޔޫހާ ގެންދަން ބޭނުން ވިއެވެ. ” ޔޫހާ ތެދުވެބަ ލަސްވެޔޭ އެބަ. ”   …. “އުމްމްމްްމް.. މިތެދުވިއްޔޭ ފާތުމަޔާ… ހާދަ އުނދަގޫވެސް ބޮދު މީހެކޭތި.. ހުއްހް!! ” ޔޫހާ ތެދުވުމާ އެކު ފަތިވަރު އަމުނާލިއެވެ…. ފާތުން އެއްޗެކޭ ނުބުނެވެނީސް ފޯނު ރިންގުވާން ފަށައިފިއެވެ. ” މި ގުޅަނީ މާޖިދު.. ދެންވެސް ރީތިވާން ދޭބަލަ …. ” ފޯން ނަގަމުން ޔޫހާ ގާތު އަވަސްކުރަން ފާތުން ބުންޏެވެ.

މާލޭގެ ހަލަބޮލި މަގުގައި ދެ އެކުވެރިން އަތު ގުޅައިގެން ދިޔައީ މަޖާ ވާހަކަ ދައްކަމުން ހެމުންނެވެ… ޔޫހާ އަކީ އަނގަ ފެޅިއްޔާ ހުއްޓަން ވެސް ނޭންގޭ ކުއްޖުކެވެ. ” މާޖިދު އަކީ ފާތުން ބިޓެއް ދޯ؟ ”  ފާތުން ގައިގަ ކޮށްޓާ ލަމުން ޔޫހާ އެހިއެވެ.. ” ޔޫހާ އެއީ މަ ފްރެންޑް އެކޭ ތިހެން ނުކިޔަބަ… ”  ފާތުން ތުން އަނބުރާލަމުން ބުނެލި އެވެ… ” އޯހޯ ލަދުގަތީ ދޯ…. ހަހަހަހާ….” ޔޫހާ ބޮޑު ހިނި ގަނޑެއް ޖަހާލިއެވެ.

ވުޑް އެޕަލް ގެ މަތީގާ މާޖިދް އެވެރިންގެ އިންތިޒާރުގާ އިނެވެ… ޔޫހާ އާއި ފާތުން އަންނަތަން ފެނުމުން މާޖިދް ހިނިތުން ވެލިއެވެ.. ” ހާދަ ލަހޭ ދޯ މި އަންހެންވެރިން” މާޖިދު އެދެމީހުންނަށް ބުނެލިއެވެ… ” ހުމް.. މި ޔޫހާގެ ލަސްކަމޭ އެއީ… ކިހާ އިރެއްވީ ގޮވާތާ… ދޯ ޔޫ…. ” ފާތުން ޔޫހާ އަށް ދޯ ދިނެވެ. ޖަވާބުގާ ޔޫހާ ތުން އަނބުރާލިއެވެ… ” ފާތުން ބުނީމެންނު އަދި އަޔާން އަންން ވާހަކަ ކޮބާ އޭނަ؟ ” މާޖިދު އެއްޗެއް ހަނދާވުމުން އަހާލިއެވެ. ” އޭ އާން!! ގުޅީމޭ މިތަނަށް އަންނަމުނަމުން.. މި އަންނަނީ އޯ ރެޑީވެގެން…”

” ކައިސަން ސައިބޯން ވީނު”  ނިދާހޭލައިގެން އައިތަަނާ ކަިސަން ގެ ދައްތަ މޫމިނާ  ބުނިޔެވެ… ” ނޫން ދައްތާ މިގަޑީ ބޭނުމީ  އެކްސްއެލް އެއް…” ކައިސަން ސައިބޯން އިންކާރުކުރުމުން ކައިސަން އަތަށް 100 ރުފިޔާ މޫމިނާ ދިއްކޮށްލިއެވެ..

ކޮންމެ ދުވަހެއް ގެ އިރު އެރުމާ އެކު ކައިސަން އެންމެ ފުރަތަމަ ވެސް ބޭނުން ވާނީ އެކްސްއެލް އެކެވެ. ގޭމީހުން ހުސްބަނޑާ ހުރެ އެކްސްއެލް ނުބޯން ބުންޏަސް ކައިސަން އަޑެއްނާހަ އެވެ… ދެނީ ބީރު ކަންފަތެކެވެ.

ދެވަނަ ބަޔަށް އިންތިޒާރު ކޮށްލަށްވާ….

 

Comments (6)

  1. Angel

    Wow v reeti. When next part

    1. aminath layaa
      Angel

      ވަރަށް އަވަހަށް ނިކުންނާނެ

  2. Kokko

    Hahahaha hus haasaru

    1. Sana
      Kokko

      Shut up not haasaru don’t ruined some one’s life I you don’t this ask some one and you will understand✋✋✋

  3. im

    Ahaa reechei noon
    Kokko buni hen hus haasaru huree
    Vara kuru

  4. Angel

    Nooney

Comments are closed.