Skip to content
އެސްފިޔަ

ބީހުން….(6)

ދުވަސްތަށް ހަފުތާއަށް ބަދަލް ވަމުން ގޮސް މިރެއަކީ ޒޫމީއާ އީތަންގެ ކައިވެނި ކުރަން ހަމަ ޖެހުނު ރެއެވެ.ހ ލިލީވިލާ ހީވަނީ ގަނޑުވަރެއް ހެންނެވެ.އެހާވެސް ފުރިހަމައެވެ.” ކޮބާ ދަރިފުޅު ރެޑީ ވެއްޖެތަ؟ގާޒީމެން،ދުރުވެއްޖެ ” އަމީނާ ވަރުގެ ކޮޅަށް ރީތިވެގެން އައިސް ބުނެލިއެވެ. ” ލައްބަ މަންމާ ނިމިއްޖެއް، އެކަމަކު މަންމާ ހަމަ އަޅުގަނޑު ކައިވެނި ކުރާ މީހަކު ނުބުނާނަންތޯ؟ އަޅުގަނޑު ވަރަށް ބިރު އެބަގަނޭ” ޒޫމީ އެންމެ ފަހު ވަގުތު ވެސް ޝަކުވާ ކޮއްލިއެވެ.” ދަރިފުޅާ އިރު ކޮޅަކުން އިގޭނެ ކާކުކަން އެހާ ޝަކުވާ ގިނަ ނުކޮއް ހިންގާ ދާން” އަމީނާ ހީލަމުން ބުނެލިއެވެ.” މަންމާ އަޅުގަނޑު މިހިރީ ވަރަށް ދެރަވެފަ” ޒޫމީ އަނެއްކާ ވެސް ޝަކުވާ ކޮއްލިއެވެ” އެކޮން ކަމަކާތަ؟ ދަރިފުޅާި” އަމީނާ ހައިރާންވެފަ އަހައިލިއެވެ.” މަންމާ މަލާ އަދިވެސް ނާދެއެއް ނޫން، އަޅުގަނޑު އެތަށް ފަހަރަކު ގޮޅާވެސް ފިން އެކަމަކު ވެސް ނުނަގާ” ޒޫމީ ވަރަށް ދެރަވެ ހުރެ ބުނެލިއެވެ.”ދަރިފުޅާ އެކަމާ އެހާ ނުވިސްނަބަލަ މަލަކާ އަންނާނެޔޭ” އަމީނާ ޒޫމީ އަށް ވިސްނާދެމުން ބުނެލިއެވެ. ދެމައިން އެއްކޮއް ބޭރަށް ނިކުތް އިރު ގޭތެރެ އޮތީ ފުރި ބާރުވެފައެވެ.އާއިލާ މީހުނާ ރަށްޓެހިންނެވެ. ސަލީމުގެ ރަށްޓެހި ވިޔަފާރި ވެރިންގެ އާއިލާތަކެވެ. ޒޫމީ ނިކުއް އިރު ގާޒީ ކުރިމަތީގަ އީތަން އެކަނި ހުރުމުން ޒޫމީ ހުރީ ހައިރާން ހައިރާން ވެފައެވެ.” ކޮބާބައި؟ އެހެން މީހުން ކީވެބާ؟ މަށާ އީތަން އާ އެކަނި ކީވެބާ؟” ޒޫމީ ހިތާ ހިތާ ސުވާލް ކޮއްލިއެވެ. އީތަން ވެސް ހުރީ އެފަދަ ހާލެއް ގައެވެ. ޒޫމީ އެހިޔާލުގަ ހުރެ މަޑު މަޑުން ގޮސް އީތަން އާ ޖެހިގެން ހުރި ގޮޑީގައި އިށީދެއްޖެއެވެ.”ޏ ފުވަށްމުލަކު އަށްސޭރި އާދަން މުހައްމަދު އާ ހަމަ އެރަށު އަލަމާގޭ ރާބިއާ ޖައުފަރު ކައިވެނި ކޮއްގެން ލިބުނު ދަރި އީތަން އާދަން އާ ކ މާލެ ލިލީވިލާ މުހައްމަދު ސަލީމު އާ ހަމަ އެރަށު ގ ލޭކޮކާ އަމީނާ ފާރޫގު ކައިވެނި ކޮއްގެން ލިބުނު ދަރި މަރްޔަމް ޒޫމީ ސަލީމު އާާ ކައިވެނި ކޮއްދީފީމެވެ”ގާޒީ އެވިދާޅު ވި އެއެޗަކުން. އީތަން ހުރީ ބަސް ހުއްޓިފައެވެ”. އަނބި ގަބޫލްފިން ” އީތަން ޒޫމީގެ މޫނަށް ބަލާލަމުން ބުނެލިއެވެ.އެއަޑާ އެކު އެއްމެން އައްޖަހަން ފެށުމުން ޒޫމީ އިނީ ލަދުން އަވަދި ވެފައެވެ.ޕާޓީގެ ކަންތަށް ފެށިއްޖެއެވެ. އޭރުވެސް މަލަކާ އެއް ނާދެއެވެ.އޭރު ވެސް ޒޫމީ މަލަކާ ފެނޭތޯ އެކި ތަންތަން ހޯދަމުން ދިޔައެވެ.ލިލީވިލާ ހީވަނީ ވެއްޓި ދާނެހެންނެވެ ލަވަ ޖެހުމާ ޑާންސު ކުރުމާ މިހެން ގޮސް އެތަށް ފޯރިއެއް ނަގަމުން ދިޔައެވެ.ގަޑިން އެގާރަ ޖެހިތަނާ ޕާޓީ ނިމިގެން މަޑު މަޑުން މީހުންތަށް ދާން ފަށާފިއެވެ.”ދަރިފުލާ ހިގާ އަވަހަށް ކާރަށް އަރަން ދާނަް” އަމީނާ ޒޫމީގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.” ކޮންތާކަށްދާން ” ޒޫމީ ހައިރާންވެފަ އަހައިލިއެވެ.”ރިސޯޓަށް، ދަރިފުޅުމެންނަށް ޓަކާ ބައްޕަ މެން ވާނީ ރިސޯޓު ރެޑީކޮށްފަ” ސަލީމު ހީލަމުން ބުނެލިއެވެ. އެކުދިންނަކީ މައިން ބަފައިން ކުރިމަތީ ޖަދަަލް ކުރާ ކުދިންނަށް ނުވާތީ، އެހެން ބުނުމުން ގޮސް ކާރަށް އަރައިފިއެވެ. ލިބިފަ ތިބި ވަރުބަލި ކަމާއެކު ވެސް އެކުދިން ޑެހުނީ ރިސޯޓަށް ދާންށެވެ.

” ޒޫމީ މީކިހިނެއް ވީކަމެށް” އީތަން ޒޫމީ ކުރެން އަހައިލިއެވެ.” ނޭގެ މަށަކަށް މަންމަ މެން ވަރަށް ގޯސް ނުބުނެ ބަހައްޓައިފަ ދެމީހުން ވިއްޔާ އެ ކައިވެނި ކުރުވީ ” ޒޫމީ ހުރީ ލަދާ އެއްވަރަކިށް ލަދުވެސް ގަނެފައެވެ. ވާނީ އެހެން ނޫން ހެއްޔެވެ.އީތަން އަކީ ބޭބެއެއް ގޮތަށް ދެކޭ މީހެއަް ވިއްޔާއެވެ “ޒޫމީ މިރޭ ޕާޓީތެރޭގަ ވަރަށް ބޮޑަށް ސޭޑް ވެފަ ހުރީ، އެކީވެ؟” ޒޫމީ މާދެރަވެފަ ހުންނާތީ އީތަން އަހައިލިއެވެ.”ދެރަ ވާނެނޯންތަ؟ މަލާވެސް ނާދޭ ޕާޓީއަކަށް އަދި އެވަރުން ކައިވެނި ކުރަން މިޖެހުނީ އީތަން އާ ވިއްޔާ، ދެން މީހަކް ދެރަ ނުވެ ހުރޭތަ؟” ޒޫމީ ދެރަވާ ސަބަބު ބުނެލިއެވެ.” އެކަމާ އެހާނުވިސްނާ ދެން، ފަހުން ރަގަޅު ވާނެ މާލެ ގޮއްސަ ދެން މަލަކާޔާ ޓޯލްކު ކުރާނީ” އީތަން ޒޫމީ ހިތްހަމަ ޖައްސަ ދޭންވެގެން އީތަން ބުނެލިއެވެ.” ދެންހިގާ ނިދަން އުޅެމާ ވަރަށް ލޮޑެއް ނޫން؟” އީތަން ބުނެލިއެވެ.އީތަން އެހެން ބުނުމުން ޒޫމީ ފާހާނަޔަށް ވަނދެ ފެންވަރައިގެން ނުކުތުމުން އީތަން ވެސް ވަނދެ ފެން ވެރާގެން ނިކުތެވެ.އާކާވެނީގެ ހިތްހަމަ ޖެހުމާ އުފަލާ އަރާމު ލިބިގެން އީތަންގެ ެެދެމަފިރިން ލިބުނު ހިތްހަމަ ޖެހުމާއެކު ނިދީއެވެ. ގަދަ ނިދީގަ އޮތް ޒޫމީ އަށް ހޭލެވުނީ މިރޭވެސް މީހަކު އަށްލާހެން ހީވެގެނެވެ.ޒޫމީ ލޯ ހުޅުވި އިރު ހިޔަންނެއް ކަހަލަ އެއްޗެއް ފެނުނެވެ. މިވީހާ ތަނައް ޒޫމީ އަށް މިކަހަަ ގޮތަކަށް އަދި ނުފެނެވެ ޒޫމީ ލޯ ހުޅުމާއެކު އެ އެއްޗެއް ގެއްލިއްޖެއެވެ.” އީތަން އީތަން ހޭލަބަލަ” ޒޫމީ އީތަންގެ ގައިގައި ކޮއްޓަމުން ގޮވިއެވެ.އެގޮތަށް ޒޫމީ ގޮވާ ގޮވާ ލޮޑުވި ފަހުން އީތަން އަށް ހޭލެވުނެވެ”ކީކޭ އަދިވެސް ޒޫމީ ނުނިދަންތަ؟” އީކަން ދެލޯ ބޮޑު ކޮށްލަމުން އަހައިލިއެވެ. . ” އީތަން މިތާ މީހަކު އެބައުޅޭ” ޒޫމީ ބިރުން ހުރެ ބުނެލިއެވެ.” ކޮބާ؟ ކޮންތާކު ހުރީ” އީތަން އެހެން ބުނެ މުޅި ކޮޓަރިއަށް ލޯ އުކަން ފެށިއެވެ”. ކޮބާ؟ ނެތެން ނޫން އެކަކުވެސް، ތި ވާނީ ޒޫމީއަށަް ހޮވަފެނެއް ފެނުނީ ކަމަށް، އަވަހަށް ކުރުސި ކިޔާގެން ނިދާލާ” އެހެން ބުނެ އީތަން އަނެއްކާވެސް ނިދީއެވެ. އެރޭ ހަތަރު ދަމު ޒޫމީ ފަކީރު އުތީ ނުނިދާ އެކަމާ ވިސްނާށެވެ.

އަނެއް ދުވަހު ހަވީރު އީތަންގެ ދެމަފިރިން މާލެ އަތުވެއްޖެއެވެ. “މަންމަ ރޭގަވެސް އަޅުގަނޑު ނިދާފަ އޮއްފާ އެއްކަލަ ގޮތައްވި އަދި ރޭގަ އަޅުގަނޑަށް ހިޔްންނެއްވެސް ފެނުނު” އަޅެ ތިއީ އަޖައިބެއް ނޫންތަ! ދަރިފުޅު ކުރުސިކިންތަ؟” އަމީނާ ހައެރާންވެފަ އަހާލިއެވެ. “އާއެކޭ މަންމާ! ކުރުސި ކީމޭ!” އަމީނާގެ ސުވާލަށް ޒޫމީ ޖަވާބު ދިނެވެ. “ތިއީ ދަރިފުޅަށް ހީވިއެއްޗަކަށް ވެދާނެ! ހަމަ ޔަޤީންތަ ދަރިފުޅަށް ފެނުނުކަން؟” އަމީނާ އަނެއްކާވެސް ކުރީ ސުވާލެވެ. “ދެން މަންމަ ޖެހޭނީ ތިވާއެއްޗެއް ބަލަން” ޒޫމީއެވާހަކަ ނިންމާލިއެވެ. “އަދި މަންމަ ހަނދާންނެތުނީއޭ މިރޭ ދަރިފުޅުމެން ފުރަން ޖެހޭނެއެއްނޫނު” އަމީނާ އެހެން ބުނުމުން ޒޫމީ ލައްބަ މަންމާއޭ ކިޔާފަވަނީކޮޓަރިއަށެވެ. މިވަމުންދާ ކަންތައްތަކާހެދި ޒުުމީގެ ބޯއިނީ ބޮޑުރިހުމަކަށްވެފައެވެ. އޭނަ ދައްކާ ވާހަކަ އެކަކުވެސް ޤަބޫލު ނުކުރާތީއެވެ. “ކީއްވެތަ މަ ދައްކާ ވާހިކަ މަންމަވެސް އީތަންވެސް ޤަބޫލު ނުކުރަނީ؟ ހަމަ ގައިމުވެސް މަށަށް ފެނުނުވިއްޔާ” ޒޫމީ ހިތާހިތުން ބުނެލިއެވެ. އެވސްނުމުގައި ފުރޮޅި ފުރޮޅިއޮއްވާ ޒޫމީއަށް ނިދިއްޖެއެވެ. “އޭ…ޕްރިންސެސް ހޭލަބަލަ ފުރާގަޑި ޖެހިއްޖޭ ހާދަވަރަކަށޭ ތިނިދަނީ، ޕްރިނަސެސް ނިދާފައޮއްވާ މަ ޕެކްވެސްކޮށް ނިންމާލައިފިން!” އީތަން އެހެން ބުނުމުން ޒޫމީ ތެދުވެގެން ފާހާނާއަށްވަދެ ފެންވަރައިގެން ނިކުމެއްޖެއެވެ. ދިހަ ދުވަހުގެ ހަނީމޫނަކަށް އީތަންގެދެމަފިރިން މޮރިޝަސްއަށް ފުރައިފިއެވެ. ީ

ީ 14 ގަނޑިއިރުގެ ދިގުދަތުރަކަށްފަހު އީތަންގެ ދެމަފިރިންއަށް މޮރިޝަސްއަށް ދެވިއްޖެއެވެ. މާގިނަ އިރުތައް އެރޕޯޓުގައި ހޭދަނުކޮށް އީތަންގެ ދެމަފިރިންނަށް ދާންހަމަޖެހިފައިން ހޮޓަލަށް ދެވިއްޖެއެވެ.” އީތަން ހާދަ ބަނޑުހައޭ ހިނގާބަލަ އެއްޗެއް ކާން” ޒޫމީ ހުރީ ބަނޑުހައި ވެގެން ކަޅި އަރާވަރު ވެފައެވެ.” ހިނގާ ދާންދޯ، އެކަމަކު ކަމަނާ ފެން ވެރި އަކަސް މައަދި ފެން ނުވަރަމޭ އިނގޭ، އޯކޭދަޯ މަ ފެން ވަރައިގެން ދިޔަޔަސް”އީތަން އޭނަގެ ހަނދެއް ފަދަ ރީތި އަންހެނުން ކޮލުގައި ހިފާލަމުން ބުނެލިއެވެ.” އޯކޭ އެކަމަކު ފެން ވަރަން ލިބޭނީ ފައިވް މިނިޓް، ފައިވު މިނިޓުް ތެރޭ ނިމެންނާ އަވަހަށް ދުރުވޭ ބޭފުޅާ، އެޔަށް ވުރެ ލަސް ވެއްޖެއްޔާ މަނުކާނަން” ޒޫމީ ތުއިވެފަ ބުނެލިއެވެ.” އަސްތާ މަގޭ ވައިފީ ހާދަ މޮޅޭ، އޯކޭ އޮން ޓައިމަށް ނުކުންނާނަން” އީތަން ޒޫމީ އަށް އެއްލޯ މަރަމުން ގޮސް ފާހާނަޔަށް ވަދުނެވެ. ” ވާވް ހާދަ ސަޅިއޭ މިތަން، ކިހިނެއް އީތަން އަށް މިތަނަށް އަންނަން އިގުނީ” ޒޫމީ އީތަންގެ ގައިގައި އެލިގަނެމުން އަހައިލިއެވެ. ” އަޯއޯ…އައްސްލުރީތިތަ؟” އީތަން ޒުމީ ކިޔާ އެއްޗެއް ބަލަން ވެގެން އަހައިލިއެވެ.” އާއެކޭ ހަމަ ރީތިވީމައޭ މި އަހަނީ، ލުކުސްލައިކު ރާއްޖެ” ޒޫމީ ބުނެލިއެވެ .” މަ ކިޔަވަން އުޅުނު އިރު އެތަނުން ދިމާވި ފުރޭންޑެއް ބުނީ މިތަނުގެ ވާހަކަ، އެހެންވެ މަވެސް ބޭނުންވީ މަގޭ ވައިފް ގޮވައިގެން މިތަނަށް އަންނަން، އަސްލު ތި ޕުރިންސެސް އާ އިންނަން ޖެހޭނެ ކަން އިގުން ނަމަ މިތަނައް އަންނަ ހިޔާލެއް ނުކުރާނަން” އީތަން ޒޫމީއާ ދިމާލަށް އެއްލޯ މަރަމުން ބުނެލިއެވެ.”އައްޗި ހީކުރީތަ މަ އެކަނި ވިޔަސް އައިސްދާނަމޭ، އެހެން ނޫނަސް މަ ކުރިން ވެސް ބުނީމެން ނޫން މަ އިންނާނީ އީތަންއާއޭ” ޒޫމީވެސް ދެރަނުވާން ވެގެން ބުނެލިއެވެ. އޯއޯ…އެހެން ވީމަ އެހާ ކޮޑަ އިރުވެސް ހިތުލީދޯ!؟ އީތަން ގަސްތުގަ ޒޫމީ ލަދު ގަންނަވާލިއެވެ.” އޭ އަދި މަންމަ މެންނަކައް ގުޅާވެސް ނުލެވެއެއް ނޫން ހިނގާބަލަ ގުޅާލަން އެމީހުން ތިބޭނީ ވަރަށް ހާސްވެފަ” ޒޫމީ ކުއްލިއަކަށް ހަދާން ވެގެން ބުނެލިއެވެ.” ހައްހައް…މިހާރު މައުލޫ އޮޅުވާލީދޯ، އޯކޭ އޯކޭ ހިނގާ ގުޅަމާ” އީތަން ޒޫމީއާ ދިމާކޮއްލަމުން ބުނެލިއެވެ.” ހަލޯ ” އަމީނާ ފޯނު ނަގަމުން ބުނެލިއެވެ.”މަންމާ މީ އަޅުގަނޑޭ ކިހިނެއްތޯ؟ ކޮބާތައީތަންގެމަންމަ؟ އެންމެން ރަގަޅުތޯ؟” ޒޫމީ އެއްފަހަރާ ސުވާލް ފުންނެއް އޮއްސާލިއެވެ.” އާ ދަރިފުޅާ އެންމެން ވެސް ރަގަޅު، ބައްޕަވީ އޮފީހުގަ، އީތަން މަންމަ އެބަހުރި ކައިރީގަ،ދަރިފުޅުމެން ކިހިނެއްތަ .؟ އަމީނާ ޒޫމީގެ ކޯލެއް އައުމުން އުފަލުން ދަތް ދިއްކޮއްގެން ހުރެ ބުނެލިއެވެ. ” އެހެންތޯ، އަޅުގަނޑުމެން ރަނގަޅު، މަންމާ ދީބަލަ އީތަން މަންމަ އަތަށް ފޯނު” ޒޫމީ އެހެން ބުނުމުން އަމީނާ ރާބިއާ އަތަށް ފޯނު ދިނެވެ. ލައްކަ ގިނަ އިރު ވާހަކަ ދެއްކުމަށް ފަހު ފޯނު ކަނޑާލިއެވެ. ” އަލްހަމް ދުލިއްލާހި އިރާދަ ކުރެއްވީތީ އެދެކުދިން ވެސް ތިބީ ވަރަށް އުފަލުން، އުމްމީދު ކުރި ވަރަށް ވުރެވެސް އެދެކުދިން ގެ ގުޅުން ރަނގަލު” ލިބުނު އުފަލެއްގެ ބޮޑު ކަމުން ޝުކުރު އަދާ ކުރާ ހާލު އަމީނާ ރާބިއާޔާ ވާހަކަ ދައްކަމުން ބުނެލިއެވެ.

. . ” އީތަން އީތަން ލޯހުޅުވަބަލަ ބަލާބަލަ އެހެރީ މީހަކު، އީތަން އަޅެ ހޭލަބެލަ ” ޒޫމީ ނިދާފަ އޮތް އީތަން އަށް ގޮވަމުން ބުނެލިއެވެ.ޒޫމީ ހުރީ ބިރުން ހަލާކު ވާވަރުވެފައެވެ.” އީތަން އަޅެ ނިދަނީއޭ ކިޔާފަ މަރުވަނީތަ؟ތިދެލޯ ހުޅުވަބަލަ” ޒޫމީ އީތަން ގެ ގައިގަ ޖެހުމުން އީތަން އަށް ހޭލެވުނެވެ. “އައްދިޔޯއި ކީއްވެތަ؟ ތިޖަހަނީ؟ ” އީތަން ދެލޯ ހާކަމުން ވީތަދާ އެއްކޮއް އަހައިލިއެވެ.” ބަލާބަަލަ އެހެރީ ކާކުތަ؟” ޒޫމީ އިގިލި ދިއްކުރަމުން ބޮނެލިއެވެ. ޒޫމީ އެދައްކާ މީހާ ހުރީ ނުލަފާ ފާނޑަކައް ޒޫމީ އާ ދިމާއަށް ބަލައިގެން ހޭންށެވެ. ” ކޮބާތަ؟ މަށަކަށް ނުފެނޭ، ކޮންތާކު ހުރި މީހެއްތަ؟” އީތަން ތަން ތަން ހޯދަމުން ބޮނެލިއެވެ. އެހެރީއޭ ކިޔާ ޒޫމީ ދައްކަމުން ދިޔައެވެ. ނަމަވެސް އީތަން އަކަށް ނުފެނުނެވެ. އެ އިފުރީތު އިނީ ޒޫމީ އާ ދިމާލަށް ބަލައިގެން ހެވި ދިލިފައެވެ.
****ނުނިމޭ….

Comments (13)

  1. Arw

    Story v nice thankolheh romantic kohba eyrun v obi vaane.. I love this story ❤️❤️? avahah up kurahchey

  2. Ash ?

    I’m first yayy….v.loabi mi part ves

  3. click a shot ?

    V.salhi mi part ves…when next part….?

  4. click a shot ?

    V.reethi mi part ves

    1. click a shot ?
      click a shot ?

      Eh comment eh repeat kurevifa..huri sorry for that…I thought the first comment was not upload…that’s why i wrote another comment

  5. rannnnnn

    Mee meehun kaiveni kuraa goie tha….ran ves nukiyaa tha khuthubaaves nudheytha. ..alhe ran keemavess igeyne dhw kaiveni kuran ulhey meeheh….boa halaaku

    1. Anonymous
      rannnnnn

      Dhn hurihr ehcheh liyan jeheythe knmehn..rankiyaafathaa kuraany kaiveni..evaahaka nuliye in kamuga viyas

  6. Hisherm

    Alhe hmm dhw rannnnnnn. ma vx vrh agree with ya cmmnt

  7. Rifu

    Mee biruveri vaahaka eh kamah neiy mention koffa eh, ekamun biruveri vaahaka eh hen eba heevey kiyaaleema.

    1. Adam
      Rifu

      YA biruveri vaahaka eh phone in liyaathee kanneyge try kuran bt loabi ekani unnamed mention Vefa sorry varah bodah ekamaa?

  8. Too much

    Fashaafa ves miothy 6th part in ?

    1. Adam
      Too much

      Too much part 1 to 6ah up kohfa innaanee

  9. Ainth

    Thedheh. Hama 1st in feshy.. V rythi

Comments are closed.