Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ދިހަ ބިލިއަން ޑޮލަރު

Xim
March 4, 2017
4 Mins Read
52 Views
11 Comments

މަސައްކަތުގެ ތެރެއަށް ގެއްލިފައި ވަނިކޮށް ފޯނު ރިންގުވާން ފެށުމާއިއެކު ފޯނު ނެގުމަށްފަހު ގުޅަނީ ކާކުތޯ ބަލާލީމެވެ. ދަންނަ ނަމްބަރެއް ނޫނެވެ.

“އައްސަލާމް ޢަލައިކުމް” ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން ބުނެލީމެވެ.

“ވަޢަލައިކުމުއްސަލާމް، ކޮންތާކު ތިއުޅެނީ؟” އެކޮޅުން ސަލާމް ބަލައިގަތުމަށްފަހު ކުރީ ސުވާލެކެވެ.

“ގޭގަ މިވަގުތު މިއިނީ” ދަންނަ އަޑެއް ނަމަވެސް ކާކުކަން ޔަޤީން ނުވެއިނދެ ޖަވާބު ދިނީމެވެ.

“ކާކުތަ؟ ނޭންގުނޭ ނަމްބަރ ސޭވްކޮށްފަ ނެތީމަ” ކާކުކަން ޔަޤީން ކޮށްލުމަށް އަހަރެން ބޭނުން ވިއެވެ.

“ޒިމް ކަލެއަށްވާ ރަނގަޅު، މިހާރު މަވެސް ހަނދާން ނެތުނީތަ؟ ފަޒީން އޭ” ފަޒީން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

“އާން.. ކިހިނެއްތަ އެނގޭނީ، ތިއީ ކޮން ނަމްބަރެއް؟ އަނެއްކާ ކަލޭގެ އަޑުވެސް ތިހުރީ ބަދަލުކޮށްފައެއްނުން. ތިއީ ބިޓުންނާ ވާހަކަ ދައްކަން ގެން ގުޅޭ އަޑެއްދޯ އެމީހުނަށް އޮޅުވާލުމަށް” އަހަރެން ފަޒީން އާއި ދިމާކޮށްލީމެވެ.

“ކިހާ ބޮޑުކަމެއްތަ؟ ހެހެހެ…..” ފަޒީން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ” އޭ.. ޒިމް… ކަމަކުއޭ މި ގުޅީ. ބިޒީތަ؟”

“ކޮންކަމެއް އަނެއްކާ؟ އެއްކަލަ ކުއްޖާ ސެޓްކޮށްދޭންވީތަ؟” އަހަރެން ބޭނުންވީ ހަމަ ފަޒީން އަށް ޖެއްސުން ކޮށްލާށެވެ.

“ދެން..ސަމާސާ ހުއްޓާލަބަލަ. ބިޒްނަސްއެއް ފަށަންވެގެން އަބަ ޖެހޭ ފީސިބިލިޓީ ސްޓަޑީއެއް ހަދާލަދޭން.. ބީ.އޯ.ކިއު. އަކާއި އެކުގަ. ކަލޭގޭ ދާއިރާވީމަ ކަލެއަކަށްނުން ގުޅަންވާނީ” ފަޒީން ބޭނުންވެގެން އުޅޭ ކަންތައް އޭނާ ބުންޏެވެ.

“ޖައްސާލަންވީނުން މިކޮޅަށް، އަހަރުމެން ގެއަށް، ތިކަމާ ވާހަކަ ދައްކާލަން” ގެއަށް އައުމަށް އަހަރެން ފަޒީން އަށް ދައުވަތު ދިނީމެވެ.

” މިހާރު ދާންވީތަ؟”

“އާން .. އާދޭ މިހާރު.. ކީއްކުރަން ލަސްކުރަނީ” ފަޒީންގެ ސުވާލަށް އަހަރެން ޖަވާބު ދިނީމެވެ.

“އޯކޭ… މިދަނީ” ފަޒީން އެހެން ބުނެފައި ފޯން ކަނޑާލިއެވެ.

އެއްމެ ކުޑައިރުއްސުރެ އަހަރެން އެ ސަބްޖެކްޓަކަށް އެއްމެބޮޑު ޝަޢުޤެއް ހުންނަ ސަބްޖެކްޓަކީ ހިސާބެވެ. ހިސާބު ވަނީ އަހަރެން ނަށް ގޭމަކަށެވެ. އަބަދުވެސް ކަލްކިއުލޭޝަންތައް ހެދުމަށް ޝައުޤު ހުރެއެވެ. އޭގެ ސަބަބުން އަހަރެންގެ ސިކުނޑިއަށް ލުއިކަމެއް ގެނުވައެވެ. މަތީ ސާނަވީގެ ތަޢުލީމް ނިންމާލި އިރުވެސް އެއްމެ މަތީ ފާހެއް ލިބުނު އެއް ސަބްޖެކްޓަކީވެސް ހިސާބެވެ. ކިޔަވާ ނިންމާ މަތީ ތަޢުލީމުގައި އަހަރެން ޚިޔާރު ކުރީ އީމާރާތް ކުރުމުގެ ދާއިރާއިރާއިން ކުރިއަށް ދިއުމަށެވެ. އިމާރާތް ފަރުމާ ކުރުމާއި ކުއަންޓިޓީ ސާވެއިންގ އެއީ އަހަރެންގެ ކެރިއާ ކަމުގައި ވިއެވެ. ވޭތުވެ މިދިޔަ ފަނަރަވަރަކަށް އަހަރު ދުވަހު އަހަރެން މި ހޭދަކުރީ އިމާރާތްތައް ފަރުމާ ކުރުމާއި، އިމާރާތްތައް އަގު ކުރުމާއި އިމާތްތައް ކުރުމަށް ހިނގާނޭ ޚަރަދާއި ތަކެތީގެ ހިސާބުތައް ހެދުމުގައެވެ. ޚާއްޞަ ގޮތެއްގައި “ކުއަންޓިޓީ ސާވެއިންގ” ގެ ދާއިރާއިން މިވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ. މިހެންވުމުން އަހަރެން ކިތައްމެ ކުޑަކަމަކަށް ޚަރަދެއް ކުރިނަމަވެސް އޭގެ އެއްމެ ފީސިބަލް ގޮތަކީ ކޮބައިކަން ބެލުން ވަނީ އަހަރެންގެ ކަށީގައި ހިފާފައި ހުންނަ ކަމަކަށެވެ.

“ހުޅުވާލާ” ގޭގެ ބެލް ޖެހި އަޑު އިވުމާއި އެކު އަހަރެން ބުނީމެވެ.

“އާދޭ.. އާދޭ” ފަޒީން ދޮރު ހުޅުވާލުމާއި އެކު އެތެރެއަށް އައުމަށް ބުނެލީމެވެ.

” ކަލޭ އަބަދު މަސައްކަތުގަ ދޯ… ތިހެން އުޅޭކަށް ނުވާނެ..ކޮފީއެއް ބޯލާ ހަދަންވެސް މިހާރު ނުފެނޭ ވިއްޔަ” ފަޒީން ދޮރު ލައްޕާލާފައި އެތެރެއަށް ވަންނަމުން ބުންޏެވެ.

“އާންދެން….މަސައްކަތް ހުއްޓާ ކީއްކުރަން ބޭކާރުކޮށް ވަގުތު ދުއްވާލަނީ…. އާން ކިހިނެކޭ ހަދަންވީ؟ އަނެއްކާ ލާރިގަނޑެއް ލިބުނީތަ ޕާޓީއަށް ސޮއިކޮށްލީމަ” ފަޒީން ބުނި އެއްޗަކަށް ޖަވާބު ދެމުން އޭނަ ބޭނުންވާ ކަމެއް އޮޅުން ފިލުވާލަން ޖެއްސުމުގެ ގޮތުން އަހާލީމެވެ.

“ޕާޓީ އަށޭ….މަވާ ސަލާމް އެސަކަރާތަށް…ބޭރު ފްރެންޑެއް އެބަ ބުނޭ އިންވެސްޓް ކޮށްދީފާނަމޭ..ރިއަލް ސްޓޭޓަށް. އެހެންވީމާ ކަލޭ މަށަށް މި އިމާރާތް ހަދަން ހިނގާނެ ޚަރަދެއް ބަލާލަ ދީބަލަ”  ފަޒީން އޭނާ ގެނައި ކުރެހުން އަހަރެންގެ އަތަށް ދިއްކޮށްލަމުން ބުންޏެވެ.

“ފަޒީން ކަލޭ ހާދަ ލަކީ އޭ. މަށަށްވެސް ހޯދާދީބަލަ އިންވެސްޓަރެއް” ކުރެހުން ހިފުމަށްފަހު މަތިމަތިން ބަލާލަމުން ފަޒީން އާއި ދިމާލަށް ބުނެލީމެވެ.

“ކަލޯ އެއަށް އަންނަނީ އިންވެސްޓަރުންނެއް ނުން…އެތަނުން އިންވެސްޓަރެއް ހިނގާބަލަ ދަލެއް ޖަހައިގެން ވިޔަސް ދަމައިގަންނަން” ފަޒީން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

“ކޮންތާކަށް އަންނަ އިންވެސްޓަރުންނެތް؟” އަހަރެން ބޭނުންވީ ފަޒީން ލައްވާ އެވާހަކަ އިތުރައް ދެއްކުމަށެވެ.

“ފާފު އަތޮޅަށް އެއޮތީ ކިހާ ބޮޑު އިންވެސްޓްމަންޓް އެއްތަ.. ދިހަ ބިލިއަން ޑޮލަރު” ފަޒީން އަހަރެންނަށް އިތުރަށް އޮޅުން ފިލުވާލަ ދިނެވެ.

“ދޮގެއްނޫން…ހާދަ ބައިވަރު ރުފިޔާއެކޭ ދޯ އެއީ؟” އަހަރެން ވެސް ފަޒީން އާއި ބައިވެރި ވެލީމެވެ.

“ކަލެއަށް އެނގޭތަ ދިހަ ބިލިއަން ޑޮލަރު އެއީ ކިހާވަރެއްކަން؟” އަހަރެން ފަޒީން ކުރެން އަހާލީމެވެ.

“ކަލޯ މަށަކަށް ނޭންގޭނެ.. ކަލޭކަހަލަ އަބަދު މެތްސް ގެ ތެރެއަށް ބޯހަރާލައިގެން އިންނަ މީހަކަށް ނޫނީ ބިލިއަނާ ޓްރިލިއަނާ ނޭންގޭނެ. މަށަށް ތި ހިސާބުގެ އެއްޗިއްސާމެދު ވިސްނިޔަސް ނިދި އަންނަނީ” ފަޒީން ޖަވާބުގައި ބުންޏެވެ.

“އާން ފަޒީން… އެއީ މުޅި މިޤައުމު އެކީ އެކަށް ޑިވެލޮޕް ކުރާހާ ވަރުގެ ފައިސާ” އަހަރެން ފަޒީން އަށް އިތުރަށް އޮޅުން ފިލުވާލަދޭން ބުނީމެވެ.

10 ބިލިއަން އެމެރިކާ ޑޮލާރ އިން ހިންގޭނީ ކިހާވަރެއްގެ މަޝްރޫޢު ތަކެއްތޯ އަންދާސީކޮށް ބަލާލަމާތޯއެވެ. ކިއުންތެރިންނަށް ވިސްނައި ގަތުމަށް ފަސޭހައަކަށްޓަކައި އަޅުގަނޑު މިހާފައިސާއިން ކުރެވިދާނެ ކަންކަން ކަން މިހާރު ރާއްޖޭގައި ހިންގިފައިވާ ބޮޑެތި މަޝްރޫޢުތަކާއި އުމްރާނީ ކުރިއެރުންތަކާއި އަޅާ ކިޔާލާނަމަވެ.

2017 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ މުޅި ދަޢުލަތުގެ ބަޖެޓަކީ 1.728 ބިލިއަން ޑޮލަރެވެ. އަނެއްހެން ބުނާނަމަ ފާފު އަތޮޅަށް އިންވެސްޓް ކުރަން އުޅޭ އެއްޗެއްގެ 2 އިންސައްތަވެސް މުޅި ރާއްޖޭގެ ބަޖެޓް ނާރައެވެ.  ދިހަ ބިލިއަން އެމެރިކާ ޑޮލަރަކީ ދިވެހި ފައިސާއިން ބަލާނަމަ ރަސްމީ އެކްސްޗޭންޖް ރޭޓަށް ބެލިކަމުގައި ވިޔަސް 154500000000.00 (އެއްލައްކަ ފަންސާސް ހަތަރުހާސް ފަސްސަތޭކަ މިލިއަން ދިވެހި ރުފިޔާއެވެ.  މިއަދަދު ގެ ފައިސާއަށް ބަލާނަމަ މިހާރު ރާއްޖޭގައި ހިންގާފައިވާ ބޮޑެތި މަޝްރޫޢު ތަކަށް ބަލާއިރު މިހާ ފައިސާއިން ހުޅުމާލެ ވަރުގެ 334 ރަށް ހިއްކޭނެ އެވެ.  ގެދޮރު އިމާރާތް ކުރުމަށް ބަލައިފި ނަމަ 3 ކޮޓަރީގެ 140900 (އެއްލައްކަ ސާޅީސް ހާސް ނުވަސަތޭކަ) އެޕާޓްމަންޓް އެއްމެ ޒަމާނީ ފެންވަރަށް ބިނާކޮށް ތަރައްޤީ ކުރެވޭނެއެވެ. ނުވަތަ މިހާ ފައިސާއިން އަޅުގަނޑުމެން މިހާރު މާލޭގައި މި ދުއްވާ ރީތި ކާރުތައް ފަދަ ކާރު ގަންނަ ކަމުގައި ވާނަމަ 434700 (ހަތަރު ލައްކަ ތިރީ ހަތަރުހާ ހަތްސަތޭކަ) ކާރު ގަނެވޭނެއެވެ.  ނުވަތަ ބޮޑެތި ކަންނެލި އޮޑިފަހަރު ތަރައްޤީ ކުރުމަށް ބަލައިފި ނަމަ އެއްމެ ޒަމާނީފެންވަރަށް ސަތޭކަ ފޫޓުގެ 30770 (ތިރީސް ހާސް ހަތްސަތޭކަ ހަތްދިހަ) އޮޑި ބަނދެ ތަރައްޤީ ކުރެވޭނެއެވެ.  އަދި މިނޫންވެސް ބޮޑު މަޝްރޫޢު އަކަށް ބަލާލައިފި ނަމަ ހުޅުލޭގައި މިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފެންވަރަށް އެއްމެ ޒަމާނީ ވަސީލަތްތަކާއި ޓަމިނަލްއާއި ރަންވޭއާއި އެކު 25 އެއާޕޯޓް ތަރައްޤީ ކުރެވޭނެއެވެ.

“ކަލޯ ތިވަރުގެ ބޮޑު މެގަ އިންވެސްޓްމަންޓް އެއް އައީމަ މުޅި ދިވެހިރާއްޖެއަށްވުރެ ފާފު އަތޮޅު މުއްސަނދިވާނެދޯ؟” ކުޑަގޮތަކަށް އަހަރެން ހަދާލި ހިސާބުތައް ފަޒީން އަށް ދައްކާލުމުން ހައެރާންވެގެން ބުނެލިއެވެ.

“އާން…ޔަޤީނެއްނުން.” އަހަރެން ބޯހަލުވާލަމުން ފަޒީން އަށް ޖަވާބުދިނީމެވެ.

“އެހެންވީމަ އަސްލު ތިއީ ވިސްނަންވެސް ޖެހޭ ކަމެއްދޯ؟” ފަޒީން ކޮންމެވެސް އެހެން ކަމަކާއި ވިސްނާލިއެވެ. ފަޒީން އަކީ މިހެން ހިނގާ މަޝްރޫޢު ތަކުގެ ސިޔާސީ އޮއިވަރާމެދު ވަރަށް ވިސްނާ މީހެކެވެ. އަސްލު ވިސްނަންވެސް ޖެހޭނެ ތާދޯއެވެ.

މިސާލަކަށް މިފަދަ ބިޔަ މަޝްރޫއެއް އައިސް އަޅުގަނޑުމެންނަށް އަޑު އިވިފައިވާ ގޮތަށް ތަރައްޤީ ވެއްޖެ ނަމަ މިހާރު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީ ކުރެވިފައިވާ މަޝްރޫޢުތަކާއި ތަރައްޤީ ކުރެވެމުންދާ މަޝްރޫއުތަކަށް އޭގެ އަސަރު ކުރާނެ ކަމީ ޔަޤީކަމެކެވެ.  ކުޑަކޮށް މިކަމަށްވެސް ކަޅިއެއް ހިންގާލަމާތޯއެވެ.

ރާއްޖާގައި މިވަގުތު ހިނގަމުންދާ އެއްމެ ބިޔަ މަޝްރޫޢު ތަކަކީ މާލެއާއި ހުޅުލެއާއި ދެމެދުގައި އަޅާ ބްރިޖްގެ މަޝްރޫޢު އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢޫ އާއި ހުޅުމާލެ ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކެވެ. މި މަޝްރޫޢު ތަކަށް ބަލާލާއިރު މި ހުރިހާ ޕްރޮޖެކްޓެއްގެ ވެލިއު 3 ބިލިއަން ޑޮލަށްވުރެ މައްޗަކަށް ނުދެއެވެ.  އެންނަމަވެސް އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭ އާއްމުދަނީއާއި ދިވެހި ދައުލަތުގެ ބަޖެޓަށް ބަލައިދިފި ނަމަ މިއީ މެގަ ޕްރޮޖެކްޓް ތަކެކެވެ. އަދި މިކަމަށް ހިނގާ ޚަރަދު ރިކަވަރ ކުރުމަށް ދުވަސް ނަގާނެ މަޝްރޫޢު ތަކެއްވެސް މެއެވެ.  ކަން މިހެން އޮއްވާ ރާއްޖޭގެ އެއްހެން އަތޮޅެއްގައި މީގެ އެތައްގުނަ ބިޔަ ބޮޑެތި މަޝްރޫޢުތަކެއް އިންޓަނޭޝަނަލް އެއާޕޯޓާއި ސީޕޯޓާއި ޔޮޓް މެރީނާ ތަކާއި ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ ރިސޯޓް ތަކާއި ބިޔަ ޝޮޕިންގ މޯލްތަކާއި ބިސްނަސް ސެންޓަރު ތަކާއި ހައުސިން ޔުނިޓްތަކާއި އަދި ބޮޑެތި ކޮންޑެމިނީއަމް ތަކާއި އެކު އެބުނާ ފަދައިން އެއްމިލިއަން މީހުންގެ އާބާދީ އަކާއި އެކު ތަރައްޤީކޮށް އެއީ ރާއްޖޭގައިވާ އެއްމެ ބިޔަ ވިޔަފާރީގެ މަރުކަޒަށް ވެއްޖެ ނަމަ ދެން މާލެ ކައިރިއަށް ވެދާނެ ގޮތަކާއި މެދުވެސް ވިސްނާލުމަކީ ނެތްކަމެއް ނޫންތާއެވެ.

ރާއްޖެއަށް ތަރައްޤީ ލިބުމާއި ރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކޮށް އަޅުގަނޑުމެންގެ އަތްމަތި ތަނަވަސް ވެގެން ދިއުމަކީ އަޅުގަނޑުމެން އެއްމެންވެސް އެދޭގޮތެވެ. އެހެންނަމަވެސް ކަންކަން ކުރެވެމުން ދާއިރު ހުރިހާ އޭންގަލް އަކުންވެސް އެކަންކަމާއި މެދު ވިސްނުމަކީ ރަނގަޅުކަމެއް ކަމުގައި އަޅުގަނޑަށް އަބަދުވެސް ހީވެއެވެ. މިދެންނެވި ފަދައިން އެވަރުގެ ބިޔަ މަޝްރޫޢުއެއް ތަރައްޤީ ކޮށްފިނަމަ ކޮންމެ ގޮތެއްވިޔަސް އިންވެސްޓަރުންގެ އިންވެސްޓްމަންޓް ތަކަކީ ދިވެހިންގެ އަތް އެއަށް ގަދަކުރެވޭނޭ ފަދަ ގޮތަކަށް ކަންކަން އޮންނާނެ ކަމަކަށް ވުމަކަށް އިންވެސްޓް ކުރާ ފަރާތަކުން  ނޭދޭނެއެވެ. މިސާލެއްގެ ގޮތުން ބުނާނަމަ، އެތަނުގައި އިންޓަނޭޝަނަލް އެއާޕޯޓްއެއް އޮންނަ ކަމުގައި ވާނަމަ އެތަންވެގެން ދާނީ 100 އިންސައްތަ އިންވެސްޓް ކުރާ ފަރާތުގެ ކޮންޓްރޯލް ދަށުގައި އޮންނަ ތަނަކަށެވެ. އަދި އޭރުން ރާއްޖެއަށް މިހާރު އަންނަ މުއްސަނދި ފަތުރުވެރިން ގެ ޖެޓްތަކާއި ޔޮޓްތަކުގެ ވެސް މަންޒިލަކަށް ވެގެންދާނީ މިދެންނެވި ލަގްޒަރީ ބިޒްނަސް ސަހަރެވެ. އަދި ދިވެހިންގެ ކުޑަ އާބާދީއަށް ވުރެ މާ ބޮޑު ބޭރުމީހުންގެ އާބާދީއެއް ރާއްޖޭގެ އެހެން ދިމާލެއްގައި އާބާދު ވެއްޖެ ނަމަ ކަންވާނީވެސް ކިހިނެއް ތޯއެވެ؟ އަޅުގަނޑުމެންނަށް މިހާރުވެސް މި އުޅެނީ ބަނގްލަދޭޝްއިން މަސައްތު އައިސް ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަށްވެސް ކޮންޓްރޯލް ނުކުރެވިގެންނެވެ. އެމީހުންވެސް އެވަނީ އަޅުގަނޑުމެން ރާއްޖޭގައިވާ އެމެހާ އިޤްތިޞާދީ ކަންކަމަށް މިހާރުވެސް އަތްގަދަކޮށްފައެވެ. އަޅުގަނޑުމެން މިތިބީ ފަސޭހަގޮތް ފަސޭހަ ކޮށްލައިގެން އަނގާގައި ދަތްނާޅަންޏާ ކާން ކޮންމެ އެއްޗެއްވެސް ވަރިހަމަ ކޮށްލައިގެންނެވެ. ކަންކަމާއި މެދު ވިސްނާ ފިކުރު ހިންގާ ޚިޔާލު ބަދަލު ކޮށްލަން ވާނެ ނޫންތޯއެވެ؟

4
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Xim

I am a freelance writer, who always love to write about different topics.

Other Articles

Previous

ފުން ލޯބި (28)

Next

ހުވަފެން (8)

Next
March 4, 2017

ހުވަފެން (8)

Previews
March 3, 2017

ފުން ލޯބި (28)

11 Comments

  1. Anonymous says:
    March 4, 2017 at 7:27 am

    ” Kuhveriyakee”… mi vaahaka update kohdhybala plz..

    1. Xim says:
      March 4, 2017 at 4:05 pm

      In Sha Allah varah avahah alun kuhveriyakee ge aa baeh genesdheynan.

  2. Me says:
    March 4, 2017 at 10:47 am

    Vaane vaane

  3. Nilandhe says:
    March 4, 2017 at 10:55 am

    Nilandhoo ah libeyy kurierun hajam nukurevigen ulhey myhun vx feneyyy ???

  4. Kuda futhu says:
    March 4, 2017 at 2:25 pm

    Ey kaley dhn maa siyaasy nuvey mi ee vaahaka site eh. Gos mi konmx ehen thaaku liyay. Ma mee vaki party ehge meeheh noon. Ekm rah vihkumaa ma dhekolhu. Gos ehen thaaku mi liyay

    1. Xim says:
      March 4, 2017 at 4:45 pm

      Miee faharehgai ves siyaasee vumeh nooneve. Site ge admin in approve nukuraa evves liumeh alhugan’duge faraathun post nukuraanameve. Kankamaai medhu visnaa fikuru kurumakee oiy kameh noon tho eve?

  5. Abdu says:
    March 4, 2017 at 2:59 pm

    Nilandhu ah vaanee vaki kon faidhaa eh….
    Mihaaruves vikkaafa huri than thanun dhivehinna vee faidhaa akee….
    Kaaduge subsidy kandaalun
    Cycle sticker jehun ginavun
    Airport tax 25 dollar negun
    5 faharah karant aguboduvun.
    GST bodu vun.
    Phone bilun GST negun
    Customs duty bodu kurun
    Fen bilu boduvun
    Guest house thakun nagaa tax inthihaayah bodukuree
    10 million dollar ah gannane meehun thibbaa feydhoo finolhu vikkaigen sarukaarah libunee 3 million dollar.

  6. Xim says:
    March 4, 2017 at 4:13 pm

    Alhugan’duge mi Article akee faharehgaives siyaasee gothun evves faraathakah burave hure genesdheefaivaa article eh nooneve.

  7. shaxu says:
    March 4, 2017 at 6:49 pm

    This is a good one..Nd hiyaalufaalhukurumakee hama varah best kameh..article varah salhi..??

  8. Fat says:
    March 4, 2017 at 7:42 pm

    Varah nice .

  9. Isha says:
    March 5, 2017 at 7:12 am

    Hama ragalhu vaahaka eh

Comments are closed.

All Right Reserved!