Skip to content
އެސްފިޔަ

ބާޣީންގެ ބިރުވެރި އަޑު ( ސަމާސާ އަދަބު )

  • – – މާހިދު މުހައްމަދު / ފްރެޝްކޯނަރ / ނ. ހެނބަދޫ – –

( މިއީ މިރަށުގައި ހިނގި ހަޤީޤީ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ ސަމާސާ އަދަބެކެވެ. މިލިޔުމުގައި ބޭނުންކޮށްފައިވާނީ މިހާދިސާ ދިމާވި މީހުންގެ އަސްލު ނަންތަކެއް ނޫނެވެ. )

މިރެއަކީ ހެނބަދޫގައި ވަރަށް ޚާއްޞަ އަދި އެހާމެ ބޮޑު ރެއެކެވެ. ކޮންމެ އަހަރެއްގެ ޑިސެންބަރުގައި އަންނަ މެހެމާނުގެ ވިހެއި ދުވަސް ފާހަގަ ކުރުމުގެ ރެއެވެ. ރަށުގެ ރައްޔިތުން މިރެއަށް ތައްޔާރުވުމުގައި އުޅޭއިރު ހީވަނީ ރެވިތެޔޮ ވަށައިގެން އުޅޭހެންނެވެ. އެހާވެސް ދުވަސް ފޯރިގަދަވެފައި އުފާވެރިއެވެ. މިރޭ އޮންނަ ކެއުމަށާއި ޝޯވއަށް މީހުންތައް ތިބީ ކެތްނުލަވާފައެވެ.

އެރޭގެ މެންދަމު 12 ޖެހީއެވެ. ކަމަނަ އަކީ އުމުރުން 60 އަހަރުގެ އަންހެނެކެވެ. އޭނާ ހުރީ ގެއާ މާދުރުނޫން ހިސާބެއްގައި މީހަކާ މައްލަވަކުރާށެވެ. އޭނާގެ ބާރު އަޑުން މުޅިތަން ވަނި ގުގުމާލާފައެވެ. ކުއްލިއަކަށް އިވުނީ ގަދަފަދަ އަޑެކެވެ. އެ އިވުނު ގަދަ އަޑުން ކަމަނައަށް ދެކަމުހާޖަތަށް އެއްފަހަރާ ނުދެވުނީ ކިރިޔާއެވެ. އެއީ ދުވަހަކުވެސް އިވިފައިނުވާފަދަ ނާމާން އަޑެކެވެ. ހީވަނީ ބާޣީން އަރައިގެން އުޅޭ އަޑުހެންނެވެ. އެވަގުތު ވިދަންވެސް ފަށައިފިއެވެ. އެވަގުތު ކުޑަކަމުދާންވެސް އޭނާ ހުރީ ލޮލުންބޮލުންއެދިގެން ކަމުން ގަޔަށް ލެވުނުހާ ބާރެއްލައި ދުވެބަޑިބަޑިޖަހާފައި ގެއާ ދިމާލަށް ދިޔައީ އެއެއްމިއެއް ބަލާފައެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. އެއުޅެނީ ބާޣީން އަރައިގެން ވިއްޔާއެވެ. ސަލާމަތްވެވޭތޯ މަސައްކަތްކުރަން ޖެހޭނެ ނޫންހެއްޔެވެ؟

މީހާއަކީ ފަލަ ބަރުހެލި މީހެއްކަމުން ދުވެލި ހުރީ ފުރަތަމަ ގިޔަރުގައެވެ. ހަލުވިކަމާއެކު ދުވެފައި ދަނިކޮށް ދެން އިވުނީ އަސަރުގަދަ ބަން އަޑެކެވެ. އެއާއެކު ކަމަނަ އޮތީ ބިންމައްޗަށް ގުޅައަކަށް ޖެހިފައެވެ. ގަހެއްގެ މުލަކަށް ފައި ބީހުނީއެވެ. ވަރަށް ހާލުން ތެދުވެ އަނެއްކާވެސް އޭނާގެ ދަތުރު ފެށިއެވެ. ގެއާ ހިސާބަށް ކަމަނައަށް ދެވުނީ ތިންތަނަށް އެގޮތަށް ވެއްޓުމަށްފަހުއެވެ. މަންޒަރު ފެނުނު މީހެއްނަމަ ހިތުގެ ހިނގުން ހިނދުކޮޅަކަށް ނަމަވެސް އޭގެ ވާޖިބު ދޫކޮށް ހިމޭންވީސް ކަންނޭނގެއެވެ.

ގެއަށް ދެވުނުއިރު ކަމަނައަށް ހުރީ ތިންތަނަށް ވެއްޓުމުގެ ސަބަބުން އޭނާގެ ހާޖަތުގެ އެއްބައި ކަނޑިއްކަށް ފުރިހަމަކޮށްފައެވެ. އެގަޑީގައި ބަޣީންގެ އަޑުވެސް ހުރީ ހިނދުކޮޅަކަށް މެދުކެނޑިފައެވެ. ގެއަށް ވަތްގޮތަށް އޭނާ މަސައްކަތްފެށީ ގިފިއްޔަށް ވަދެ އޭނާގެ ހާޖަތުގެ ބާކީބައި ފުރިހަމަކުރާށެވެ. އެވަގުތު ކޮޓަރިން ނުކުތް ކަމަނަގެ ފިރިމީހާ ތަކުރާރު ދެލޯ މުދުނަށްއެރީ ފެނުނު ހިތްގައިމު މަންޒަރަކުންނެވެ. ލޮލަށް ފެނުނީ ހަގީގަތެއްކަމަށް ގަބޫލު ނުކުރެވިގެން ދެތިން ފަހަރު ލޯވެސް އުނގުޅާލިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ފެންނަނީ ހަމަ އެއް މަންޒަރެކެވެ. “މަންޖޭ!!! މިތަނަށް؟” ހައިރާންވެހުރެ ތަކުރާރު ބުނެލިއެވެ. އެއާއެކު ކަމަނަ ހަމަހޭވެރިކަންވިއެވެ. ވާނުވާ ރޭކާލިއެވެ. އޭނާއަށް ކުޑަކަމުދާން އިނދެވުނީ ގިފިލިކަމަށް ހީކޮށް ގޭގެ ސިޓިންރޫމުގައެވެ. ބިރުގަތްފައިހުރިވަރުން ކަމަނައަށް ގިފިލިވެސް އޮޅުނީއެވެ. ނަމަވެސް މިހާރު މިއޮތީ ވާނެ އެއްޗެއްވެ ނިމިފައެވެ. “ތަކުރާރާ ބާޣީން އަރައިގެން އެބަ އުޅެޔޭ” ކަމަނަ ތުރުތުރުލާފައިވާ އަޑަކުން ބުނިއިރު ހީވަނީ ރޮނީހެންނެވެ. ދުވެފައިގޮސް ކޮޓަރިއަށް ވަދުނީ ތަކުރާރާ ތަކުރާރެއް ކިޔާފައެވެ.

ކަމަނަ ގިފިލިގައި އުޅެނިކޮށް އެއްކަލަ އަޑު އަނެއްކާވެސް އިވެން ފަށައިފިއެވެ. ކަމަނަގެ ހިތް ތެޅޭވަރުން ރޯމަހެއް މަރަށް ތެޅޭފަދައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިރޭ ބާޣީންގެ ކިބައިން އޭނާގެ ފުރާނަ ސަލާމަތްވިއްޔާވެސް ރަނގަޅެވެ. އެވަގުތު އޭނާ ހުރީ ވަރަށް ކަރުހިތްކައިގަނެފައެވެ. ފެންބޯން ބޭނުންވެފައެވެ. ނަމަވެސް ކާގެ ހުންނަނީ ގެއާ ވަކިންކަމުން ފެންބޯން ދާކަށްވެސް އޭނާގެ ކެރުންތެރިކަން އެއްބަހެއް ނުވިއެވެ. އެކަމަކު ކަރުހިއްކުން ނުފިލުވާ ކެތްކުރާނީވެސް ފަހެ ކިހިނަކުން ހެއްޔެވެ؟ އެވަގުތު ކަމަނަގެ ސިކުނޑިއަށް އައީ އެކަމަށް އޮތް ހަމައެކަނި އަދި މޮޅު ހައްލެވެ. ގިފިލީގައި ހުރި ފެންވަޅުން އޭނާގެ ދެލޯ ތަގުޅިކޮށްލައިގެން ހުރެ ދާންޏެއްގެ ފެން ބޮއެގެން ދިޔައެވެ.

އޭގެ އަނެއް ދުވަހެވެ. ހެނދުނު ކަމަނަ ހޭލިއިރު އޮތީ ގަދައަށް ހުން އައިސްފައެވެ. ފުރަތަމަވެސް އޭނާ ބެލީ ރޭގައި ހިނގި ހަނގުރާމައިގެ ޚަބަރެއް ލިބޭތޯއެވެ. ނަމަވެސް މީހުންތައް ހަމަޖެހިލާފައި އުޅޭގޮތުން ރޭގައި ކަމެއް ހިނގިހެންވެސް ހީނުވެއެވެ. މީހުންގާތު އަހައި އޮޅުންފިލުވުމުން އޭނާއަށް އެނގުނީ ރޭގައި ޝޯވ ނިންމާފައި ހަވާ އެރުވީކަމެވެ. އެއީ ބަޑިބޭހުގެ ކުޅިވަރު އަޑުކަމެވެ. ވާނުވާ އޮޅުންފިލި އިރު އޭނާ ހުރީ އޭނާއަށް އުޅެވުނުގޮތް ހިތަށްއަރާފައި ހެވޭވަރުން ކެތްނުވެފައެވެ. ވާނީވެސް އެހެންތާއެވެ. އެފަދަ ޒާތެއްގެ ބިރުވެރި ކަމަކާ އޭނާއަށް މިވީހާ ތަނަށް ކުރިމަތިވެފައެއް ނެތެވެ. އެންމެ ފަހުން ކަމަނައަށް މިޖެހުނީ ހަސްފަތާލަށް ދާށެވެ.

  • – – ނިމުނީ – –

Comments (36)

  1. ❤Raiya

    Haha lolx v.majaa ingey hahahaha?

  2. Mahid

    Thanks ?

  3. Inu

    ???

    1. Mahid
      Inu

      ???

  4. Aish

    ???????????

    1. Mahid
      Aish

      ???. Majaa dho Aish

  5. Axee

    Hehe…………stil want more samaasa adhab…☺☺…

    1. Mahid
      Axee

      Yes will try ☺

  6. Hooooo?

    Varah majaaaaa. And use kohfa huri baskoshaaru varah salhi.

    1. Mahid
      Hooooo?

      Thanks Hooooo

  7. sonaalee

    V majaa ..n vvv reethi

    1. Mahid
      sonaalee

      Thanks sonaalee

  8. Anonymous

    Vv.reethi v majaa ginaan bet nun

  9. Mahid

    Thank u.

  10. Lam

    Nice

    1. Mahid
      Lam

      Thanks Lam

  11. Neesha

    Haha v nice

    1. Mahid
      Neesha

      Thanks Neesha

  12. Maantexx

    Meeekonaharaku hinigi kamehtha brw
    Vaahka habyes………..

    1. Mahid
      Maantexx

      Thanks Maantexx

  13. Mahid

    2014 ga

  14. mariyam

    Salhi ey ingey… Gina ginain samaasaa adhab genesdhybala….

  15. Mahid

    Hehe. Try kuraanan

  16. shy

    ??????? asluves varah hevihjje. Kamana ah vee goi nuvee hama kiriyaa??? hahahaha??? salhi ingey???

    1. Mahid
      shy

      ????. Lol.
      Thanks.

  17. umm....?

    thi vaahakaya v gulhey haadhisaaeh mirashugaves higi… lol that was so hilarious..

    1. Mahid
      umm....?

      ????. Lol.
      Thanks.

  18. AkkO_AngeL

    Maahidhu.. U hv got telent for this dear.. Just go for it.. Plus baskoshaaru vx salhi vrh. I dont knw abt others, but I’m looking forward to see your improvements nge.. Wanna read mwe n mwe strys frm yuh. ??

    1. Mahid
      AkkO_AngeL

      Thiya kurevvi thaureefashaai thiya dhevvi hivvarah shukuru dhannavan. Insha Allah adhives mi fadha samaasaa adhabu genesdheynan

  19. Mahid

    Thank U 🙂

  20. zio ??

    varah salhiingey perfect ???

    1. Mahid
      zio ??

      Thanks zio

  21. mary

    Wow asluves varah majaa.

    1. Mahid
      mary

      Thanks mary

  22. marysha

    Haha majaa ingey.. Hithah araa mii aslu kaakuge vaahaka eh baaey.. Ma aduvx naahan maadhuu

    1. Mahid
      marysha

      Hehe. Mee rashu dhethin meehunah dhimaavi haadhisaa thakeh.

Comments are closed.