Skip to content
އެސްފިޔަ

ހުވަފެނަކަށް ނުވިނަމަ……

Listen to this story Audio · 5:11 Powered by Esfiya Voice
0:00 5:11

މިއީ ޚިޔާލީ ވާހަކަ އެއް! މި ވާހަކަ އަކީ އަޅުގަނޑު މުޅިން އަލަށް އެސްފިޔަ އަށް ލިޔާ ވާހަކަ އަކަށް ވުމުން ކުށް ހުރެދާނެ އެވެ.

އެހެން ރޭރެ އޭ ވެސް އެއްފަދަ އިން މިރޭ ވެސް އަހަރެން ނިދަން ވަދުނީ އެގާރަ ގަޑި ބައިގަ އެވެ. އެހެން އޮށްވާ ނިދުނީ ކޮން އިރަކު ކަމެއް ވެސް ނޭނގެ އެވެ. އަރާމު ފުން ނިދީގެ ތެރެއަށް ޣަރަގުވެގެން ދިޔަ އެވެ. ފުން ނިދީގެ ތެރެއިން އަހަންނަށް ފެނިގެން ދިޔައީ އަހަރެން ހިނގާލަން ދާ މަންޒަރެވެ. ހިނގަމުން ދަނިކޮށް ތުއްތު ތުއްތު ކުއްޖެއް ގެ ރުއިމުގެ އަޑު އިވެން ފެށި އެވެ. އެ އަޑު އަންނަ ދިމާލަށް އަހަރެން ދާން ފެށީ މެވެ. އަޑު އަންނަނީ ގަސް ގަޑެއްގެ ތެރެއިން ނެވެ. އެ ގަސް ގަޑުގެ ތެރެއިން އަހަންނަށް ފެނުނީ ވަރަށް ތުއްތު ތުއްތު ފިރިހެން ކުއްޖެ ކެވެ. ވަގުތުން އެ ތުއްތު ކުއްޖާ ނަގައިގެން ޕޮލިސް ސްޓޭޝަން އަށް ދިޔައީ މެވެ. އަދި ފުލުހުންނަށް އެ ކުއްޖާ ފެނުނު ގޮތް ކިޔާ ދިނީ މެވެ. ފުލުހުން އެމްބިއުލަންސަށް ގުޅައިގެން އެ ތުއްތު ކުއްޖާ ހޮސްޕިޓަލް އަށް ގެންދިޔަ އެވެ. ވަގުތުން އެ ކުއްޖާ އަށް ފަރުވާން ދޭން ފެށުނެވެ. އެ ކުއްޖާ އަށް ފަރުވާ ދީ ނިމެން ދެން އަހަރެން އިނީ ހަމަ އެ ތުއްތު ކުއްޖާ ކައިރީ ހޮސްޕިޓަލް ގަ އެވެ. ފަރުވާ ނިމުމުން ފުލުހުން ބުނީ އެ ތުއްތު ކުއްޖާ ހިޔާ އަށް ލުމަ ށެވެ. ނަމަވެސް އަހަންނަކަށް އެ ކަމާ އެއް ބަހެއް ނުވެ ވުނެވެ. އެހެން ކަމުން އަހަރެން ބުނީ އަހަރެން އެ ކުއްޖާ ބަލަން ބޭނުން ވާ ވާހަކަ އެވެ. އެހެން ބުނުމުން ފުލުހުން ކުޑަ ކުދިން ބަލަހައްޓާ އިދާރާ އާ ވާހަކަ ދެއްކުމަށް ފަހު އެ ކުއްޖާ އަހަންނަށް ލިބޭ ގޮތް ހަދާ ދިނެވެ. އެ ކުއްޖާ އަހަންނަށް ލިބުމުން ނާހްގެ ނަމުން ނަން ދިނީ މެވެ. އެ ނަން އަހަރެން ދިނީ އެއީ އަހަންނަށް ވަރަށް ރީތި ނަމަކަށް ވާތީ އެވެ. ނާހް އަށް 6 މަސް ވުމުން އަހަރެން ދިޔައީ އަހަރެންގެ ރަށް ކަމުގައިވާ މ. މާކަނޑިދޫ އަށެވެ. ރަށަށް ގޮސް ހަފްތާ އެއް ވީ ތަނުން ފުޓުބޯޅަ މުބާރާތެއް އޮންނަ ވާހަކަ އަޑު އިވުނެވެ. މި މުބާރާތަށް އެހެން ރަށް ރަށުން ވެސް މީހުން ގެނެވެ އެވެ. އެ ގޮތުން އެއް ދުވަހެއްގެ ހެނދުނު ގަޑީ އަހަރެން ނާހް އަށް ސައި ދޭން ގޭ ފޫޓު ގައި އިން ދާ ކުޅޭ ޓީމް ތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް ކަމުގައިވާ ކަނޑު ނޫ ޓީމް ވަދެގެން އަންނަ ތަން ފެނިއްޖެ އެވެ. އެހެން ނަމަ ވެސް ކުލި އަކަށް އަހަންނަށް ފެނުނު މޫނަކުން އަހަރެން ބިރުން ނާހް ގޮވައިގެން ވަގުތުން އަހަރެން އުޅޭ ކޮޓަރި އަށް ވަދުނީ މެވެ. އެއީ ނާހްގެ ބައްޕަ ކަން އަހަންނަށް ވަގުތުން އެނގި ޖެއެވެ. ނާހް އަށް ކާންދީ ނިންމާފަ ތަށި ތަށް ހިފައިގެން ދާން ނުކުތް ގަޑީ އިވުނު އަޑުން އަހަންނަށް ހުއްޓުން އެރިއެވެ. އެ ދެއްކި ވާހަކަ އިން އަހަންނަށް އިނގުނީ ނާހްގެ ބައްޕަ އަށް ކިޔަނީ ނުހައިކް ކަމެވެ. ނުހައިކް އާ ވާހަކަ ދައްކަން އެތާ އެ ވަގުތު ހުރީ ރަށު މީހެއް ކަމަށް ވާ އައިމަން އެވެ. އައިމަން ނުހައިކް ކައިރީ ބުނީ ދެންމެ އެ ވަތް ކުޑަ ކުއްޖާ ނުހައިކް އާ ވައްތަރު ވާހަކަ އެވެ. އެހެން ނަމަ ވެސް ނުހައިކް އެ ވާހަކަ ގަބޫލެއް ނުކުރި އެވެ. އަހަންނަށް ހަމަޖެހުމެއް ލިބުނެވެ.

12 އަހަރު ފަސް

އަހަރެން އެ ހުރިހާ ވާހަކަ އެއް ނާހް އަށް ކިޔައި ދިނީ ނާހް އަށް އުމުރުން 12 އަހަރު ވުމުންނެވެ. އެ ވާހަކަ ކިޔައި ދީ ނިމުމުން ނާހް ދާން ހިނގާ ގަންނަން އުޅެނިކޮށް އަހަރެން ނާހް ކައިރީ ބުނީމެވެ. ” ދަރިފުޅާ ނާހް… ދަރިފުޅުގެ މައިން ބަފައިން ކާރިއަށް ދާން ބޭނުން ނަމަ ދަރިފުޅު ދިޔަޔަސް މި މަންމަގެ އެއްވެސް މައްސަލަ އެއް ނެތް.” އަހަރެން ބުނީމެވެ. އެހެން ބުނުމާއި އެކު ނާހް ބުނީ ނާހްގެ ހުރިހާ ވެސް މީހަކީ އަހަރެން ކަމުގައެވެ. އެކަމާ އަހަރެން ވަރަށް އުފާވިއެވެ. އެހެން ނަމަ ވެސް އަހަރެން ނާހް ކައިރީ ބުނީމެވެ. ” ދަރިފުޅުގެ މައިން ބަފައިންނަށް އަބަދު ވެސް ހިތް ސާފު ކުރައްޗެވެ.” ނާހް އާއެކޭ ބުންޏެވެ.

އެހާ ހިސާބުން އަހަންނަށް ހޭލެވުނެވެ. އޭރު އަހަންނަށް ހުރީ ރޮވެން ކައިރި ވެފައެވެ. އެހެން ނަމަ ވެސް އެއީ ހުވަފެނެއް ކަން އަހަންނަށް އިނގި ގެން ދިޔަ އެވެ. އަހަރެން ހިތަށް އެރިއެވެ. ހުވަފެނަކަށް ނުވި ނަމަ ކިހައި ރަނގަޅު ވީސް ހެވެ. އެ ހުވަފެނުގެ ސަބަބުން އަހަންނަށް އެހެން ކަހަލަ އިޙުސާސް އެއް ކުރެވެން ފެށިއެވެ. މި ހުވަފެނުން އެ ފެނުނު ދިރިއުޅުމަކީ ހާދަ އުފާވެރި ދިރިއުޅުމެކެވެ. އަހަރެން ހޭލާ ހުންނަ އިރު ވެސް އަހަންނަށް ހީވާ ކަހަލަ އެވެ. އެ ދަރިފުޅު އަހަރެން ކައިރީ އަބަދު ވެސް އުޅޭ ހެން ހީވާ ކަހަލަ އެވެ.

2 އަހަރު ފަސް

އަހަރެން މިހާރު ކައިވެންޏެއް ކުރިތާ 2 އަހަރު ވީ އެވެ. މިހާރު އަހަރެންގެ ދެ ކުދިން ތިބެ އެވެ. އެއީ އެއްމާބަނޑު ދެ ކުދިން ނެވެ. ލިބުނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެ ކެވެ. ފިރިހެން ކުއްޖާ އަށް ކީ ނަމަ ކީ ނާހް އެވެ. އަންހެން ކުއްޖާ އަށް ކީ ނަމަ ކީ ނީރާ އެވެ. ނާހްގެ ނަމުން ނަން ދިނީ ވެސް އެ ހުވަފެނުން އެ ފިރިހެން ކުއްޖާ އަށް އެ ނަން ދިނީމަ އެވެ. އެ ކުއްޖާ އަކީ ހުވަފެނުން އަހަންނަށް ފެނުނު ކުއްޖެއް ކަމަށް ވިޔަސް އެ ކުއްޖާ ދެކެ އަހަރެން ވަރަށް ލޯބި ވެއެވެ. އަހަރެން އެ ހުވަފެން މަތިން ދުވަހަކު ވެސް ހަނދާން ނައްތަ އެއް ނުލެ ވޭނެ އެވެ. އެއީ އަހަރެން އެންމެ ފުރަތަމަ މަންމަ އަކަށް ވީ އެ ހުވަފެނުން ނެވެ. އެ ހުވަފެނުން ފެނުނު ކުއްޖާ އަށް ނުވި ޔަސް އަހަރެން އަހަރެންގެ ދެ ދަރިން ދެކެ ވަރަށް ލޯބި ވެއެވެ. އަހަރެން އަބަދު ވެސް ހިތަށް އަރަ އެވެ. އެ ހުވަފެން ހުވަފެނަކަށް ނުވި ނަމަ އެ ކުއްޖާ އުޅޭނީ އަހަރެން ކައިރީ ގަ އެވެ. އެކަމަކު ވަސް ކުރާނީ ކީ ހެއްޔެވެ؟ އެ ހުވަފެން ވާނީ ހަމަ ހުވަފެނަކަށެއް ނުން ހެއްޔެވެ؟ އެހެން ވި ޔަސް މި ހުވަފެން ހުވަފެނަކަށް ނުވި ނަމަ ކިހާ ރަނގަޅު ވީސް ހެވެ.

މީ ހުވަފެނަކަށް ނުވި ނަމަ…..

މި ވާހަކަ މިހާ ހިސާބުން ނިމުނީ އެވެ.

Comments (2)

  1. yaz_an027

    The story line is soo good… I like itt!! Keep up… Hoping to see more stories from you..

    1. devil_heart
      yaz_an027

      Thank u… Ia vrh avahah ehn story eh kiyaalan libeyneh

Comments are closed.