Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުރާނައިގެ ދިރުމޭ ތިއީ ( 1 ވަނަ ބައި )

SomeOnee Level 1
May 28, 2016 2 Mins Read
34 Comments

” އަމްކޮ .. އާދެބަލަ ދެން ސަކަރާތް ނުޖަހާ .. އަމްކޮ .. ދެން .. ތިހެން އުޅެންޔާ ރަޒިއްތަ ގާތު ބުނާނަން އިނގޭ ބަސް ނާހާ ވާހަކަ .. ދެން ކުޑޫ އަމްކޮ އަކާ ވާޙަކަ އެއްވެސް ނުދައްކާނަން .. ”  އުމުރުން އެންމެ ހަތަރުއަހަރުގެ އަމްހަލް ގެ ފަހަތުން ދުވަމުން ދިޔަ މަލަކް އަށް އަމްހަލް އަތުނުޖެހުމުން އެންމެ ފަހުން  މަލަކް އަމްހަލް ދެކެ ރުޅި އަންނަ ކަމަށް ހަދާލިއެވެ. އެންމެ ފަސޭހައިން އަމްހަލް އޭނާ ކައިރިއަށް އަންނާނީ އެހެން ހެދުމުން ކަން މަލަކް އަށް އިނގެއެވެ. ” ސޮރީ ކުޑޫ .. ސޮރީ ސޮރީ .. ޕްލީޒް ރަޒިއްތަ ގާތު ނުބުނައްޗޭ .. ބަލާބަ .. އަމްކޮ މިހިރީ ބަސްއަހައިގެން ނޭ .. ” މަލަކް ކައިރިއަށް އައިސް އަމްހަލް ވަރަށް ދެރަވެލާފަ އެހެން ބުނެލުމުން މަލަކް ގާތަށް ކުޑަކޮށް ހިނިއައެވެ. ނަމަވެސް އަދިވެސް ރުޅި އަންނަ ކަމަށް ހެދިގެން ހުރީ އަމްހަލް ކުޑަކޮށް ތަޅުވާލުމުގެ ނިޔަތުގައެވެ. ” ކުޑޫ ކީއްވެ އެއްޗެކޭ ނުބުނެ ތިހިރީ .. ކުޑޫ އައިމް ސޮރީއޭ .. ޕްލީޒް ކުޑޫ .. ” ތުން ފިއްތާލަމުން އަމްހަލް މަލަކް ގެ އަތުގަ ހިފާ ތަޅުވައިގަތުމުން މަލަކް އަށް އިތުރަށް ރުޅިއައިއްސަ ހުރިކަމަށް ހެދިގެންނެއް ނުހުރެވުނެވެ.  ހީލަމުން އަމްހަލް އާއި އެއް އިސްކޮޅަކަށް ތިރިވެލަމުން އަމްހަލް ގެ ގައިގާ ވަރަށް ލޯބިން ބައްދާލިއެވެ. އަދި ދުރުވެލުމަށްފަހު އަމްހަލްގެ ކޮލުގައި މަޑު މަޑުން ޖަހާލަމުން ވާހަކަ ދައްކަން ފެށިއެވެ. ” މޮޔަ އަމްކޮ ..ދެން ކުޑޫ އަމްކޮ ދެކެ ރުޅިއެއް ނާންނާނެ އެއްނު … ޔޫ އާ މައި ވަން އެންޑް އޮންލީ ކޮކީ ވިއްޔަ .. ” އަމްހަލް މައުސޫމު ގޮތަކަށް ހިނިތުން ވެލަމުން މަލަކް ގައިގަ ބައްދާލިއެވެ. ” ކުޑޫ .. އައި ލަވް ޔޫ .. ” އަމްހަލް އެ ބުނެލި ޖުމްލައިން މަލަކް ގެ ދެލޯ ފެންކަޅިވެގެން ދިޔައީ ހިތަށްއެރި އެއްޗަކުންނެވެ.

އަމްހަލް އަކީ މަލަކް ގެ ހުރި ހަމަ އެކަނި ކޮއްކޮ އެވެ. މަލަކް ގެ ދައްތައެއް ބޭބެއެއް ނުހުރެއެވެ. މަލަކް ގެ މަންމަ ފަރީޝާ ވަނީ އަމްހަލް ވިހެއުމުގެ ތެރޭގާ މަރުވެފައެވެ. ފަރީޝާ ގެ މަރުގެ ހަބަރު ލިބުމާއިއެކު އެވަގުތު ރަށަށް އަންނަވެގެން ފުރާ ހުރި މަލަކް ގެ ބައްޕަ ޒަކަރިއްޔާވެސް ވަނީ ހާޓް އެޓޭކެއް ޖެހިގެން މަރުވެފައެވެ. އެދުވަހަށްފަހު މަލަކް އުޅެމުން އައީ ފަރީޝާގެ އެއްބަނޑު އެއްބަފާ ދައްތަ ރަޒިއްޔާގެ ގޭގައެވެ. ރަޒިއްޔާ ދެކެނީ އަމްހަލް އާއި މަލަކް އަކީ އެނާގެ އަމިއްލަ ދެ ދަރިންގެ ގޮތުގައެވެ. ނަމަވެސް ރަޒިއްޔާ އަމްހަލް ދެކެ މާ ލޯބިވާހެން ހީވެއެވެ. އެއީ ރަޒިއްޔާގެ ފިރިހެން ކުއްޖަކު ނުހުންނާތީ ކަމަށްވެސް ވެދާނެއެވެ.

މަލަކް އާއި އަމްހަލް އުޅޭ ގޮތް ބަލަން އަތިރިމަތީގައި ހުރި ޒުވާނާގެ ތުންފަތުގައި މާނަފުން ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ. މަލަކް ގެ ހަރަކާތްތަކަށް ގޮސް ގެއްލިފައި ހުރި ޒުވާނާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް ކޮއްޕާލުމުންނެވެ. ކޮއްޕާލިގޮތުން ނުވެއްޓުނީވެސް ކިރިޔާއެވެ. ވަގުތުން ދެބުމަ ގޮއްޖަހާލަމުން އެ ޒުވާނާ އެނބުރި ބަލައިލިއެވެ. ”  ޒެވީ .. ކަލޭ ކޮންކަމަކަށް ގޮސް ހުސްވެފަ ތިހުރީ .. ” ކުރިމަތިގައި ހުރި ނަވީން ޒެވިޔަން އާއި ދިމާކޮއްލުމުން ޒެވިޔަން ނަވީން ގައިގަ ބޮނޑިއެއް އަޅާލިއެވެ. ” ޕިސް ޕިސް .. ނޫނޭ ވާ ތިހިރީ ވަރެއް ވެފަ .. މަ ނަމަ ތިހެން ދުރުގަ ބަލަހައްޓައިގެންނެއް ނުހުންނާނަން .. ” ނަވީން އަދިވެސް ބެލީ ޒެވިޔަން އާއި ދިމާކުރެވޭތޯއެވެ. ” ޝަޓް އަޕް .. ނަވީން ދެން ތީ މާ ކެރޭ މީހެންނު .. ” ދެވަނަ ފަހަރަށް ނަވީން ގައިގަ ޖަހަން އަތް މަޅާލަމުން ޒެވިޔަން ބުނެލިއެވެ. ” ޝާޓް އަޕް އޭ ..ސޮރީ .. މަ މިހިރީ ހަނދާން ނެތި ޓީ ޝާޓް ނުލާ .. އެހެން ވީމަ ތިކަން ނެތް ކުރެވޭކަށް ” ނަވީން އެހެން ބުނުމަށްފަހު ހެމުން ހެމުން ދުއްވައިގަތުމުން ޒެވިޔަން ހިނިތުންވެލަމުން ދެ ފަރާތައް ބޯ ހޫރާލިއެވެ. ނަވީން އަކީ މަޖާ މިޒާޖެއްގެ މީހެކެވެ. ބައެއްފަހަރު ޒެވިޔަން ނަވީން ގެ އުނދަގޫ ބޮޑުވެގެން ހަޅޭއްލަވައިނުގަންނަ ފަހަރު  މަދުވާނެއެވެ. ނަވީން ދުވެފައި ދިޔަ ދިމާއަށް ބަލަން ހުރުމަށްފަހު މަލަކް މެން ކޮބާތޯ ބަލައިލިއިރު ފެންނަން ނެތުމުން ޒެވިޔަން އޭނާގެ ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ.

( ނުނިމޭ )

Share Article

Follow Me Written By

SomeOnee

Level 1

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 52

Next

އިންތިޒާރުގައި ހުރިން 7

Next
May 28, 2016

އިންތިޒާރުގައި ހުރިން 7

Previews
May 28, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 52

34 Comments!

  1. SomeOnee says:
    May 28, 2016 at 7:06 pm

    i knw v v v kurukan .. mi bai mi intro eh kamah balaa .. dhn huri prts thah dhigu koh genesdheynan .. n aneh stry genesdheyn fashaany mi stry ninmaafa .. so hope u all will like this stry .. n rangalhu kohlan jehey than than plx do tell me ingey .. n one mre thing .. aneh bai alhugandu thin dhuvas fahun genesdheynan

  2. unknown says:
    May 28, 2016 at 7:16 pm

    V nice… Upload soon…we are waittin for next part

    1. SomeOnee says:
      May 31, 2016 at 6:20 pm

      thanks .. i’m trying to upload it as soon as possible

  3. Pwincess says:
    May 28, 2016 at 7:22 pm

    Ok… nice story

    1. SomeOnee says:
      May 31, 2016 at 6:21 pm

      thank u pwincess

  4. Phy says:
    May 28, 2016 at 7:46 pm

    Reethi vaane hen heevanee…waiting for the nxt part…

    1. SomeOnee says:
      May 31, 2016 at 6:22 pm

      thanks phy..

  5. aff says:
    May 28, 2016 at 8:48 pm

    reethi vaane hen heewany.. pic varah obi swaraa my fav ( helly shah ) ..keep going..☺☺

    1. MADDY says:
      May 29, 2016 at 11:07 am

      mine too aff swaragini rockzz long time without meeting yu dhw aff

    2. SomeOnee says:
      May 31, 2016 at 6:23 pm

      thanks .. hehe yah swara ..thanks alt once again 🙂

  6. Enee says:
    May 28, 2016 at 10:55 pm

    Kithah part tha ?

    1. SomeOnee says:
      May 31, 2016 at 6:24 pm

      adhi neynge ehen kithah prt tho innaany bunaakah ..

  7. Ellie says:
    May 28, 2016 at 10:57 pm

    Oh swara ge pic laafa ineema thank you.?☺?☺?

  8. Ellie says:
    May 28, 2016 at 11:02 pm

    Malak name v salhi Cox my baby name malak. Feshun salhi . avahah up kohdhechey

    1. SomeOnee says:
      May 31, 2016 at 6:25 pm

      hehe thanks alt ellie ..n ur wc .. aslutha? hehe yah malak v salhi name eh e ee .. i’ll try to upload the nxt prt as soon as possible

  9. Hooo says:
    May 28, 2016 at 11:26 pm

    Oww..swara.
    Hie Vanie varah reethie vaaneyhen.
    Avahah update kurahchey.

    1. SomeOnee says:
      May 31, 2016 at 6:26 pm

      thanks hoo 🙂 .. yah will try

  10. mary says:
    May 29, 2016 at 7:51 am

    V reethi avaha upkohdehchey

    1. SomeOnee says:
      May 31, 2016 at 6:26 pm

      thanks mary ..

  11. Zai says:
    May 29, 2016 at 10:46 am

    thi photo ga swaara inyma hyve v v v rythi vaanehen.. :> :> :> v v reethi feshun

    1. SomeOnee says:
      May 31, 2016 at 6:27 pm

      hehe thanls zai ..

  12. mesw says:
    May 29, 2016 at 11:05 am

    swara ge pic eh laafa sanskaar netheema kada bwt story obi and i love swasan soo pls sanskaar ah change kohlaba

    1. aff says:
      May 29, 2016 at 2:12 pm

      aslu dhw.. swasan?

    2. SomeOnee says:
      May 31, 2016 at 6:28 pm

      thanks mesw .. sanskaar ge pic eh dhw .. have to think about it .. thanks once again 🙂

  13. love says:
    May 29, 2016 at 11:51 am

    varah reethi vaahakaah.

    1. SomeOnee says:
      May 31, 2016 at 6:29 pm

      thanks love .. 🙂

  14. Ok ok says:
    May 30, 2016 at 2:21 am

    Hab story
    gavaidhun up vaane dhuvas thakeh Hama jassaafa bunelaa dhyba eirah vaahaka up vaaleh las vaathyve noolheveyne

    1. SomeOnee says:
      May 31, 2016 at 6:29 pm

      thanks .. ok bunela dheynan 🙂

  15. aff says:
    May 30, 2016 at 9:27 am

    alhey MADDY u back dhw…… yah long time dhw.. ☺☺☺Happy to c yuhh..

    1. Maddy says:
      May 30, 2016 at 10:32 am

      Yeah dheyn ekamu dhimaa vaane missed yuh aff

  16. Seenu says:
    May 31, 2016 at 11:43 am

    Vr reethivaane hen heeveyy…??????

    1. SomeOnee says:
      May 31, 2016 at 6:30 pm

      thanks seenu 🙂

  17. SomeOnee says:
    May 31, 2016 at 6:35 pm

    hey all .. shaa mi ulheny v v v v balive .. huss ais roagaa jehigen .. ehnve ehaa avahah aneh prt up koh nudhevidhaane .. mihaaruvess eba try kuran aneh bai avahah upload kureveytho .. dhn shaa rangallhu vihaa avahakah dhn huri baithah genesdheyn fashaanan .. hope hurihaa kudhin nah understnd vaane kamah .. _ shaa _

  18. Asma says:
    August 1, 2016 at 9:34 am

    hei kober U.. adhivx balygatha

Comments are closed.



All Right Reserved!