
Kudhinge Boalhabe

އެއްސަހަރެއްގައި ނަމަކަށް ޢަލީ ކިޔާ ކުއްޖަކު އޭނާގެ މަންމައާއި ބައްޕައާއި އެކު މާ ސިންގާ ބޮޑު ސަހަރަކަށް ހިޖުރަކުރިއެވެ. އެ ސަހަރުގެ ނަމަކަށް ކިޔަނީ ބޮޑެއްލާއެވެ. ބޮޑެއްލާ ސަހަރަކީ މީގެ 20 އަހަރު ކުރިން ދިމާވި ހާދިސާއަކާއި ގުޅިގެން އިންސާނީ ލަޝްކަރެއްގެ %50 އިންސައްތަ ނެތިފަނާވެފައިވާ ސަހަރެކެވެ. އެ ސަހަރުގެ ދެބައިކުޅަ އެއްބައި މީހުން ނެތި ވެފައި އޮތުމުގެ ސަބަބުން އެ ސަހަރުގެ ބާކީ މީސްކޮޅު ތިބެނީ ގެއިން ބޭރަށް ނުނިކުމެ އެ ތެރޭގައިއެވެ. އެހެންކަމުން މުޅި ސަހަރު ބޭރުމަތިން ފެންނަނީ ވަރަށް ނާމާން ބިރުވެރި ސިފައެއްގައި އޮންނަ ސަރަހައްދެއް ހެންނެވެ. ނަަމަވެސް ޢަލީ އަކީ ވަރަށް ބިރުކުޑަ ކުއްޖަކަށްވާތީ އެގޮތަށް މަލަމަތި ފެންނަން އޮތެއް ކަމަކު ފަރުވާލެއް ނެތި ސަހަރުގެ ތެރެއަށް ވަދެގެން ދިޔައެވެ.
އެއް ދުވަހެއްގެ ހެނދުނުގެ ވަގުތެކެވެ. ޢަލީ ހެނދުނުގެ ސައި ބުއިމާއި އެކު ސަހަރު ބަލާލުމަށްޓަކައި އެކަނި ނުކުމެ އުޅުނެވެ. ޢަލީ އެކަނިމާއެކަނި ސަހަރު ބެލުމަށްޓަކައި އެކިއެކި ސަރަޙައްދުތަކުގައި ހިނގަމުން ދިޔައިއެވެ. އެއްވެސް އިންސާނެއްގެ ހިލަމެއް ނެތެވެ. ނަމަވެސް ޢަލީ ހުއްޓުމެއްނެތި މުޅި ސަހަރުގައި ހިނގަމުން ދިޔައީ އެއްވެސް ޙިޔާލެއް ފިކުރެއް ނެތިއެވެ. އެގޮތަށް ހިނގަމުން ދަނިކޮށް ސަހަރުގެ ދެބައިކުޅަ އެއްބަޔަށް އަރާ ހަމަވިތަނާ ކުޅިވަރު ކުޅުމަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދަކަށް އާދެވުނެވެ. އެހިސާބަށް އާދެވުންތަނާ ޢަލީއަށް ފެންނަމުން ދިޔައީ ދުވަހަކުވެސް ހަޔާތުގައި ފެނިފައިނުވާ އަދި ތަސައްވަރުވެސް ކުރެވިފައި ނުވާ އާދަޔާޚިލާފު މަންޒަރެކެވެ. އެހެންކަމުން ޢަލީއަށް ހުރެވުނީ އާޝޯހުވެފައިއެވެ. އެގޮތަށް ގަޑިއިރެއްހާއިރު ވަންދެން ހުރުމަށްފަހު ކުދިންތަކެއް އެ ސަރަހައްދުގައި ކުޅެމުންދާތީ އެކުދިންނާއި އެކު ބައިވެރިވުމަށް އެތަނަށް ވަދެ އެކުދިން ކައިރިއަށް ދިޔައެވެ. އެ ކުދިން ކައިރިއަށް ޢަލީ އައުމުން އެކުދިން ޢަލީ ގާތުގައި ކުޅޭނަންތޯ އަހާލިއެވެ. އެވަގުތު ޖަވާބު ގައި ޢަލީ ބައިވެރިވާނަމޭ މިހެން ބުނެލި އެވެ. މިގޮތަށް ޢަލީ ބުނުމުން އެވަގުތު އެތަނުގައި ތިބި ހުރިހާ ކުދިން އައިސް ޢަލީ ބައިވެރިކޮށްގެން ކުޅުމާއިގެން ކުރިއަށްދިޔައެވެ. ގަޑިތައް ފާއިތުވެ އިރުއޮއްސޭ ވަގުތު ވަންނަމުން ދާތީ ޢަލީގެ މަންމަ ޢަލީ ކޮބައިތޯ ބެލުމަށް ބޭރަށް ނުކުތެވެ. ނަމަވެސް ޢަލީ ގެއަކަށް ނާދެއެވެ. އެގޮތަށް ވަގުތު ފާއިތުވަމުންގޮސް އިރުއޮއްސި އަނދިރިވިއިރުވެސް ޢަލީ ގެއަށް އަންނާތި ޢަލީގެ މަންމަ ހާސްވެ ކަންބޮޑުވާން ފަށައިފިއެވެ. އެއްވެސް ޚަބަރެއް ޢަލީގެ ނެތުމުން ހަދާނެ ގޮތްހުސްވެފައިވަނިކޮށް ކުދިންގެ ބޯޅަބެ ޢަލީ ގޮވައިގެން ގެއަށް އައެވެ. ޢަލީ ގޮވައިގެން ގެއަށް ބޯޅަބެ އައުމުން ބޯޅަބެ ގާތު ޢަލީގެ މަންމަ ސުވާލުކުރިއެވެ. ތީކާކު؟ އަދި ޢަލީ ހުރީ ކޮންތާކު؟ އަދި ޢަލީ މިގޭގައި އުޅޭ ކަން އެނގުނީ ކިހިނެއް؟ ބޯޅަބެއަށް ޢަލީގެ މަންމަ ސުވާލުކުރުމުން އެހުރިހާ ސުވާލަކަށް ވަރަށް ވިސްނަން ހުރެފައި ޖަވާބު ދިނެވެ. ޢަލީގެ މަންމައަށް ވަރަށް ސާފުކޮށް ބޯޅަބެައަކީ ކާކުކަމާއި، ޢަލީ ހުރީ ކޮންތާކު ކަމާއި އަދި ޢަލީ އުޅޭ ގެ އެނގުން ގޮތް ކިޔައިދިނެވެ. ކުދިންގެ ބޯޅަބެއަކީ ބޮޑެއްލާ ސަހަރުގައި ދިރިއުޅޭ މީހެކެވެ. އޭނާ ދިރިއުޅެމުންދަނީ ބޮޑެއްލާ ސަހަރުގެ މެދަކާއި ހިސާބުގައިއެވެ. އަދި ކުދިވެރިން ކުޅުމަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދުވެސް ހުންނަނީ ހަމަ މިހިސާބުގައިއެވެ. އެހެންކަމުން ބޯޅަބެ އާއި ކުދީންގެ މެދުގައި ވަރުގަދަ ގުޅުމެއް އުފެދިގެން ދިޔައެވެ. ބޯޅަބެއާއި ކުދީންގެ މެދުގައި އުފެދިފައިވާ ގުޅުމަކީ އާއިލީ ގުޅުމެއް ފަދަ ވަރުގަދަ ގުޅުމެކެވެ. ޢަލީގެ މަންމައަށް ބޯޅަބެއަކީ ކިހާވަރެއްގެ މީހެއްކަން އެނގުމުން ބޯޅަބެއަށް ޝުކުރު އަދާކޮށް އެގެއަށް އައިސް އުޅުމަށް ދަޢުވަތު އެރުވިއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް އާ އަހަރަކަށް މަރުހަބާ ކިޔާ އައި ޞަފްޙާއަކުން ދުވަސްތައް ގުނަމުން ދިޔައީ ވަރަށްވެސް ބާރުމިނުގައި އެވެ. އެއްމަހުން އަނެއް މަހަށް ހަނދު ބަލާ އިރު ލޮލުފިޔަ ރަނގަޅަށް ޖަހާނުލެވެނީސް އޮންނަނީ މަސް ފަށާފައިއެވެ. ކުރަން ހުންނަ ކިތަންމެ ބޮޑު ކަމެއް ހުއްޓަސް ކަންވެނިމޭއިރު ރަނގަޅަށް ގިނަފަހަރު ނުވެސްް އިނގެއެވެ. ހަމަ އެގޮތަށް ބޮޑެއްލާ ސަހަރަށްވެސް ވަނީ ތަފާތު އެތައް ބަދަލެއް އައިސްފައި އެވެ. ކުރިން ގެއިން ބޭރަށް ނުނިކުމެ އެތެރޭގައި ބަންދުވެގެން ތިބޭ މީހުން މިހާރު ބޭރަށް ނުކުމެ އުޅެނީ ވަރަށްވެސް ބާރުމިނުގައި އެވެ. ކަމެއް ދިމާވި ތަނެއްހެންވެސް
ހީނުވެ އެވެ މުޅި ސަހަރުުގެ ބޭރުގައިވާ މަލަމަތި އިތުރަށް ނަލަވެ ފުރިހަމަވެގެން ދަނީ މި ސަހަރުުގެ ޢާއްމުން ބޭރަށް ނުކުމެ ސަހަރުގައި އުފެދިފައިވާ ނާމާން ބިރުވެރި ދުވަސްތައް ނައްތާލުމުންނެވެ. އެހެންކަމުން ޢަލީގެ އާއިލާއާއި ބޯޅަބެ ކުރަމުންދިޔަ މަސައްކަތް މިހިސާބަށް އައިރު ކާމިޔާބުވެފައިވުން އެއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އޭގެފަހުން ބޮޑެއްލާ ސަހަރުގައި ވެރިކަން ކުރާ ސަރަޙައްދެއް ޤާއިމްކުރެވި އެސަރަހައްދުގައި ވެރިކަން ކުރުމަށް ކުދިންގެ ބޯޅަބެ ހަމަޖެއްސިއެވެ. ބޯޅަބެ ހަމަޖެހުމުން ހުރިހާ ކުދިވެރީންނާއި ސަހަރުގެ އެންމެން ދިޔައީ އުފާވެރިކަން ފާހަގަކުރަމުންނެވެ. އެހެންކަމުން ކުދިންގެ ބޯޅަބެ އެސަހަރުގެ އެންމެން ނިންމި ނިންމުން ބަލައިގަނެ އެސަހަރަށް ބޮޑެތި ތަފާތު އަދި ފައިދާހުރި އެތައް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުން ދަނީ ވަރަށް ބާރުމިނުގައިކަން ފާހަގަކޮށް އެންމެން ބޯޅަބެ ދަނީ ތަރުޙީބު ދެމުންނެވެ. ހުރިހާ ކުދިވެރީންވެސް ބޯޅަބެއަށް ތާއީދު ކުރެއެވެ. އެހެންކަމުން މިއީ ބޯޅަބެއަށް އިތުރަށް މިކަމުން ވަރަށް ބޮޑަށް މަސައްކަތް ކުރުމަށް ލިބުނު ފުރުސަތެކެވެ. ބޯޅަބެ ފަރާތުން އެސަހަރުގެ އެންމެން ވަރަށް ބޮޑަށް އުއްމީދުކުރާ އެތައް ބައިވަރު ކަންކަން ދަނީ ފައިދާހުރި ގޮތެއްގައި ލިބެމުންނެވެ. އެސަހަރުގެ އެންމެން ހީވެސް ނުކުރާ ފަދަ ތަފާތުކޮށް ކުރިއެރުން ހޯދަމުން އަންނާތީ އެސަހަރުގެ އެންމެން ތިބީ ނިންމި ނިންމުން އެއީ ވަރަށް ފައިދާހުރި ނިންމުމަކަށްވުމުން ވަރަށް ބޮޑަށް އުފާވެފައިއެވެ. ވީމާ އެސަހަރުގެ އެންމެން ބޯޅަބެއަށް ޝުކުރު އަދާކޮށް ބޯޅަބެގެ ހުރިހާ ނިންމުމުކަށް ވަރަށް ތާއީދު ކުރެއެވެ. ބޯޅަބެއަކީ ކުޅިވަރަށް ފޯރި ހުންނަ ބޭފުޅަކަށްވާތީ އެ ސަހަރުގެ ރައްޔިތުންނަށް ކުޅިވަރު ކުޅުމަށް މުބާރާތްތައް ބޭއްވުމަށް ކޮމެޓީއެއް ކަނޑައަޅާ އެކޮމިޓީގެ ދަށުން އެކިއެކި ކުޅިވަރުތައް އިންތިޒާމުކޮށް ހިންގާ އެންމެންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާކޮށް އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރުމަށް އެންމެންނަށްވެސް ބާރު އަޅައެވެ. ކުދިންގެ މެދުގައި އޮންނަ ގުޅުންތައްވެސް އިތުރަށް ވަރުގަދަކޮށް އެކުވެރިކަން ޤާއިމްކޮށްފައިވެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ބޯޅަބެ ނިންމި ނިންމުން ޤަބޫލުކޮށް އެކަމަށް ތާއީދު ކުރަމުން އެންމެން އެކުގައި ގުޅިގެން އެއްބައިވަންތަކަން ޤާއިމްކޮށް އެންމެން އުޅެމުން ދިޔައީ ވަރަށްވެސް ފުރިހަމަ ގޮތުގައިއެވެ. ބޯޅަބެ ހުންނަނީ ވަރަށް ބޮޑަށް އުފާވެފައިކަން ބޯޅަބެއަށް ވެސް އިހްސާސް ކުރެވުނީ ވަރަށް ފަހުންނެވެ. ބޯޅަބެ އުފާވާން މެދުވެރިވި ސަބަބަކީ މިސަހަރުގެ ހުރިހާ ފަރާތްތަކުންވެސް އެންމެ އުއްމީދުކުރާ ވަރުގެ ވެރިއަކަށް ބޯޅަބެއަށް ވެވުނީމައެވެ. އެ އަހަރަށްފަހު އެސަހަރުގެ އެންމެން ވެސް އުޅުނީ ވަރަށްވެސް ފާގަތި ދުވަސްތަކެއްގައިއެވެ.
މޯރަލް އޮފް ދަ ސްޓޯރީ
ބައެއްގެ ތެރޭގައި ވަރުގަދަ ގުޅުމެއް އޮވެއްޖެނަމަ މަސްލަހަތު ނަގައި ލުމުގެ ނިޔަތުގައި ކިތަންމެ ބަޔަކު ތިއްބަސް މަސްލަހަތު ނަގައި ލުމަކީ ފަސޭހަކަމެއް ނޫންކަމަށާއި އެއީ އެބަޔަކަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމެކެވެ.
މިސާލު: ދިހަ ދަނޑި އެއްފަހަރުން ބިންދާލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ހަމައެފަދައިން އެންމެ ދަނޑިއެއް ބިންދާލުމަކީ ވަރަށް ފަސޭހަކަމެކެވެ. ސަބަބަކީ އެންމެ ދަނޑި އަކީ އެއްވެސް ބާރެއް އޮތް އެއްޗަކަށް ނުވާތީއެވެ.