Skip to content
އެސްފިޔަ
PRO · MVR 5.00

ދެހާސް އަށާރަ

މިއީ ހިތުން ފޮހެލަން ދަތި، ހަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެވިފައިވާ ވާހަކައެކެވެ. 2018 ވަނަ އަހަރުގެ އެ ނާމާން ދުވަސްތަކަކީ އަދިވެސް ހަނދާނަށް ވެރިވާ ކޮންމެ ފަހަރަކު މުޅި ގައިން ހީބިހި ނަގައިގެންދާ ފަދަ ހިތްދަތި ދުވަސްތަކެކެވެ.
އެއީ އޮކްޓޯބަރު މަހުގެ ފަހުކޮޅެވެ. އާދައިގެ މަތިން އިރުއޮއްސި، މުޅި ރަށަށް އަނދިރިކަން ވެރިވަމުން ދިޔައީ އާދަޔާ ޚިލާފު ބިރުވެރިކަމަކާ އެކުގައެވެ. މަގުތައް މަތިން މީހެއްގެ ހިލަމެއް ނެތެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުގެ ތެރެއިން ވެސް އިހުސާސް ވަނީ ފުން މާޔޫސްކަމެކެވެ. ރަށުގެ މުޅި ޖައްވު ވަނީ އެއްވެސް ދިރުމެއް ނެތް ފަދަ ހިމޭންކަމެއްގައެވެ. ނަމަވެސް އެ ހަމަހިމޭންކަން މުގުރާލަމުން ދިޔައީ ރަށުތެރެއިން މެދުކެނޑުމެއްނެތި އިވެމުންދިޔަ ކާޅުތަކުގެ ބިރުވެރި އަޑުތަކުންނެވެ.
ކުދިބޮޑު އެންމެން ގޭގޭގެ ދޮރުތައް ލައްޕައިގެން ތިބިއިރު، އެ ބިޔަ ކާޅުތައް ގަސްގަހުގެ ކުރިތަކުގައި އަޅައިގަނެގެން ތިބެ ގޮވަމުން ދިޔައީ އާދައިގެ ގޮތަކަށް ނޫނެވެ. އެއީ ކޮންމެވެސް ބޮޑު ނާމާން ކަމެއްގެ ސިގްނަލެއް ދޭ ކަހަލަ ގޮތެކެވެ. ކުރިމަތިވާން އުޅޭ ބޮޑު މުސީބާތެއްގެ އިންޒާރެއް ފަދައެވެ. އެ އަޑ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ