Skip to content
އެސްފިޔަ
PRO · MVR 5.00

ކެހިވެރި ހިނިތުންވުން

އެއީ ފިނިފިނި ވިއްސާރަ ރެޔެކެވެ. އުޑުމަތި ބައްދާލާފައިވާ ކަޅު ވިލާތަކުން އޮހެމުންދިޔަ ބޯ ވާރޭ ތިކިތައް ބެލްކަނީގެ ރެއިލިންގްގައި ޖެހެމުން ދިޔައީ ވަކި ހަމައަކުން، މުޅި މާހައުލަށް ހައިބަތާއި ފަޅުކަން ގެނެސްދެމުންނެވެ. މުޅި މާހައުލަށް ވެރިވެފައިވަނީ ފަޅުކަމެވެ. އެކަނި މާއެކަނި ކޮޓަރީގެ ބެލްކަނީގައި ހުރެ، އަތުގައި އޮތް ހޫނު ސައިތަށިން އެތިފޮދެއް ބޯލަމުން އަހަރެން ވިސްނަމުން ދިޔައީ ދިރިއުޅުމުގެ އެކި ސަފުހާތަކާ މެދުގައެވެ. މޫނުގައި ބީހެމުންދިޔަ ފިނި ރޯޅިތަކާއެކު، ހިތުގެ އެންމެ ފުންމިނުން އުފެދެމުންދިޔަ އުދާސްތައް އަހަރެންގެ ސިކުނޑި ވަށާލިއެވެ. ލޯތްބަކީ ހަގީގަތުގައިވެސް ސިހުން ގެނެސްދޭ، އިންސާނާގެ މުޅި ހަޔާތް ބަދަލުކޮށްލާފަދަ ޒާތެއްގެ އިހުސާސެކެވެ. މީހަކު އުފަލުގެ ނިޝާންތަކުން ފުރާލައި، އަނެއްބައިފަހަރު އެކީއެކަށް ހަލާކުކޮށްލުމުގެ ބާރު ލޯބީގައި ވެއެވެ.
އެއީ މީގެ ދެ އަހަރު ކުރިއެވެ. މާޒީ ހަނދާން ނައްތާލަން ކިތަންމެ މަސައްކަތް ކުރި ނަމަވެސް ވަނީ ނާކާމިޔާބެވެ. އުޅަނދު މާކަނޑު މާ ދުރަށްގޮސް ފެތެނީއެވެ. އެ ހަނދާންތައް ދަނީ އަހަރެންގެ ހިތާއި ސިކުނޑީގައި ރަސްކަން ކުރަމުންނެވެ. އެއީ އަހަރެން އޮފީހުގެ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ