
ވިޝްވާ

ގޮނޑުދޮށަށް ބީއްސަމުން އެދާ ބިޔަ ރާޅު ތަކުގެ އަޑު އެއްވެސް ހުރަހަކާ ނުލާ ޖެހެމުންދާ މަޑު ވައިރޯޅި ވަޔާއެކު އައިސް ބީހެމުން އެދަނީ ވިޝްވާ ގެ ކަންފަތް ދަށުގައެވެ. ގެޔާ މާދުރު ނޫން ހިސާބެއްގައި އަތިރިމަތީ ހުރި ޖޯލިފައްޗެއްގައި އިށީންދެ ލައިގެން ވިޝްވާ އިން އިރު އޭނާގެ ފަން ދިގު އިސްތަށިގަނޑު ވަނީ ވަޔާއި އެކު ވިހުރެން އޭގެ އެންމެ ފުރިހަމަމިނިވަންކަން މަތީ ދޫކޮށް ލެވިފައެވެ. ކަނދުރާ މަތިން، ކޯތާފަތުން ތޮޅެމުން އެ ދޮން މައުސޫމް މޫނުމަތިން ހޭކެމުން އުނދަގޫ ކުރަމުން ދިޔަ އިސްތަށި ތަށް އެއްފަރާތަކަށް ޖައްސާލުމަށްފަހު މަޑު މަޑުން އެދެލޯ މަރާލިއެވެ. އޭނާގެ އެ ބޮޑު ދެލޮލުން ކަޅުކަން ގަދަ ބޯބިޔަ އެސްފިޔަ ތަކު ތެރޭން ފޫދިގެން، ރަތްވެފާވި ކޯތާފަތް މައްޗައް ކަރުނަތައް އޮހިގެން ދިޔައީ ހުދު ވިޝްވާގެ ވެސް އިހްތިޔާރަކާނުލައެވެ. އޭނާގެ އެ ގިސްލުމުގެ އަޑު އިވެމުން އެ ދަނީވެސް ހުދު އޭނާގެ އަމިއްލަ ޒަމީރަށެވެ. މިއީ އާދައިގެ މަތިން ވިޝްވާ ގެ ދުވަސް ނިމޭ ހަމަހިމޭން ވަގުތުކޮޅެވެ. މިއީ އޭނާގެ ދުނިޔެއެވެ. އެކަނިވެރިކަން އެއީ ގާތް އެކުވެރިޔާކަމުގައި ވެފައިވާ ވިޝްވާ ނޯއްދަމާލައި ފުންނޭވާއެއް ދޫކޮށްލިއެވެ. ކަރުނަތައް ފޮހެލަމުން ދެލޯ އުންގުޅާލިއެވެ. މަޑުމަޑުން ޖޯލީގައި ވިޝްވާ އޮށޯވެލިއެވެ. އެއްވެސް ހުރަހަކާނުލާ އޭނާގެ ދޮން މޫނަށް ހަނދުވަރުގެ އަލިކަން އެޅިފައިވާއިރު ފެންކަޅިވެފައިވީ ދެލޯ ވަނީ މަޑު މަޑުން ވިދަވިދައެވެ. ގަޑިން މެންދަންވެ 12 ޖަހަން ކުޑަތަން ވަނީއެވެ. މިހާ ލަސް ގަޑިއެއްގައި ވިޝްވާ އެކަނި އެކަހެރި ހިސާބެއްގައި އޮވެ ވިޝްވާގެ އުދާސްތަށް ބޭރު ކުރުމަކީ ވިޝްވާ އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. އެއްވެސް މީހަކަށް ނޭނގެނީ އޭނާ އެކަން ކުރަން ޖެހޭ ސަބަބެކެވެ. އާނއެކެ، މިއީ ހުދު އެ ހަމަހިމޭން ވަގުތު މުޅި ދުނިޔެވެސް އޭނާއާ ކޮއްލަން ބޭނުންވާ ސުވާލެއްފަދައެވެ. ފުން ހިތާމަތަކާއި، ހިޔާލުތަކަށް ގެއްލިފައި އޮވެ އެމޯޅި ވެފައިވާ މޫނުމަށްޗައް ކުޑަ ސިހުމެއް ގެނުވީ ބިންދާލި ބޮޑު ރާޅެއްގެ ބާރު އަޑެވެ. ވިޝްވާގެ ޒަމީރު ވިޝްވާ އަށް ބުނެދިނެ، މިހެން އިނދެވުންތާ ވަރަށް ލަސް ވެއްޖެއެވެ. މުޅިދުނިޔެ ވަނީ ނިދާފައެވެ. ހަމަހިމޭން ކަމުގެ ސާލެއްލެވި ރަށުތެރެވަނީ އަރާމު ނިންޖަކުން ނިދާފައެވެ. ވިޝްވާ މަޑު މަޑުން ޖޯލިން ތެދުވެ ހިނގާ ގަތީ ގެއަށް ދިއުމަށެވެ. މަޑު ހިނގުމެއްގައި ހުރެ ހަނިމަގަކުން ފޯނު އަލިކުރަމުން ގޮނޑުދޮށުން އެއްގަމާދިމާލައް ހިނގަމުންދިޔަ ވިޝްވާ ވަށައިގެންވީ ދުނިޔެ އަށް އެވެސް ފަރުވާލެއް ނެތެވެ. 5 މިނެޓް ވަރު ހިނގާލުމަކަށް ފަހު ވިޝްވާގެ ގެއަށް އާދެވުނެ، ގޭގެ އެތެރޭން އެވެސް ދިރުމެއް ނުވާކަހަލައެވެ. ފަނޑު ނޫކުލައިގެ ނިދާ ބޮކިން ނޫނީ ސިޓިން ރޫމް ގެ އެއްވެސް އަލިކަމެއް ނުވެއެވެ. ވިޝްވާ ގޭގެ ދޮރު ފަރުވާތެރި ކަމާއެކު ލައްޕާލުމަށްފަހު ތަޅުލިޔެ، އަދި ހަރުގައި ފައިވާން މަޑުން ބަހައްޓާލުމަށްފަހު ބާރު ބާރަށް ގޮސް ކޮޓަރިއަށް ވަދެ، އެދޮރުވެސް ތަޅުލިއެވެ. ދެންވެސް ވިޝްވާގެ ގައިން ދޫވެގެން ދިޔައީ ފުން ނޭވާއެކެވެ. ވިޝްވާގެ އަމަލުތަކުން ހީވަނީ ވަރަށް ސިއްރުން ކަމެއްފޮރުވަން އުޅޭހެނެވެ. ނޫނީ އެއްވެސް މީހަކަށް ވިސްވާގެ ވިޔަވަޅެއްގެ އަޑުވެސް އިއްވަން ބޭނުން ނުވާހެނެވެ. މީގެ އިރުކޮޅެއްކުރިން ފުން ހިތާމައެއްގައި ވީ ކަމުގެ އެއްވެސް އަސަރެއް މިހާރަކު ވިޝްވާގެ މޫނުމަތިން ފެންނަން ނެތެވެ. އެއީ އާންމުކޮށް ކޮން އުޅޭ ކަމެއް ކަހަލައެވެ. ހިތާމަ ކުރުމާއި ހިތާމައިގެ ވަގުތު އެކަން ފޮރުވުމާއި ވަންހަނާ ކުރުމަކީ،އިންސާނުން ނަށް ލިބިގެންވީ ހުނަރެއްނަމަ ވިޝްވާ ވަރަށްވެސް މޮޅަށް އެކަން ކޮއްފިއެވެ. ކުޑަ ވަގުތުކޮޅަކަށް އަލަމާރި ލޯގަނޑުން ވިޝްވާ އޭނާގެ އަމިއްލަ ސޫރަ ބަލަން ހުރުމައް ފަހު ދެ އަތް މަށްޗައް ނަގާލިއެވެ. އަތުގައިވާ ވޫލް ކޮޅުން ވިޝްވާގެ ކަޅު ދިގު އިސްތަށިގަނޑު އެއްކޮށްލައި ގެނެސް ބޮލުމެދައް ހުޅިއެއް ޖަހާލިއެވެ. އަދި މޫނުމަތިން ދެފަރާތަށް ވެއްޓިފައިވާ އިސްތަށިކޮޅު ގެންގޮސް ކަންފަތުގައި އަޅުވާލިއެވެ. ދެން އަވަސްވެގަތީ ނިދާ ހެދުމަށް ބަދަލު ކޮއްލައި އަވަހަށް ނިދާލުމަށެވެ. ވިޝްވާ އެނދުގެ ބާލިސްތަށް ހެޔޮވަރު ކޮއްލުމަށްފަހު އެނދުގައި އޮށޯވެލިއެވެ. އަދި ބާރު ބާރަށް ބާލީހުގައި ބައްދާލުމަށް ފަހު ދެލޯމަރާ ފިއްތާލިއެވެ. އެހެނަސް އެދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނުވާކަހަލައެވެ. ވިޝްވާ އޭނާގެ އަމިއްލަ ނަފްސަށް ނިދުމަށް މަޖުބޫރު ކުރާހާލު ޝަހާދަތުގެ ކަލިމަ ދުލަށް އަމުނާލިޔެއެވެ. އޭނާގެ އެ މައުސޫމް މޫނުމަތިން އެންމެ ފަހަރަކުވެސް ރަތްކަން ފިލާނުދެއެވެ. އެއްފަރާތުން އަނެއް ފަރާތަށް ފުރޮޅެމުން އޮވެ ރޭގަނޑުގެ އެއް ދަން ހުސްވެ މެންދަމުން އަލިވެ 2 ޖަހަން އުޅެނިކޮށް ވިޝްވާ އައް ނިދިއްޖެއެވެ. ކުޑަ ކުއްޖެއް ފަދައިން ނިދީގައި އެވަނީ އުމުރުން އެންމެ 19 އަހަރުގެ ވިޝްވާ އެވެ. ނިދީގައިވެސް ވިޝްވާގެ ރީތިކަން ފާޅުވެވެ ހުއްޓެވެ. އެ ދޮން ކަނދުރާއި ، ކަޅުކަން ގަދަ އިސްތަށި ގަނޑުންވެސް ވިޝްވާގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދެއެވެ. އިހިފަތު ބުމައާއި ފިޔާތޮށި ތުންފަތުން އެމޫނު މައްޗަށް އިތުރު ރީތިކަމެއް ލިބިފައިވިއެވެ. ބަލާފޫހި ނުވާނެ ކަހަލަ ރީތިކަމެކެވެ. ކުޑަ ދުރުމިނެއްގައި ވިޝްވާގެ އެ ލޯބި މޫނަށް ބަލައިގެން ހުރި ނާވް ގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.
އިވްލީން! ބާރު އަޑަކުން ހަރުކަށި ރާގަކަށް މަލްދާ ގޮވާލިއެވެ. އެއަޑަށް ސިއްސައިގެންގޮސް ޓީވީ ބަލަން ބަނަހެއް ހިފައިގެން އިން އިވްލީން ކޮއްޅަށް ޖެހުނެވެ. އަދި ސިހިފައި ކުއްލިޔަކަށް މަންމާ ކިހިނެއް ވީހޭ ބުނެ ބަދިގެ ތެރެޔަށް ބޯ ދިއްކޮއްލިއެވެ.” ކިތައް ފަހަރުތަ ބުނަންވީ ތިޔަ ޓީވީގެ އަޑު މަޑުކޮށްލަން، ތިޔަ ބަނަސްވެސް މުޅިތަނަށް ނާޅަބަލަ، ތައްޓަކަށް ލައިގެން ގޮސް އިނދެގެން ކައިބަލަ ! އުނދުން މަތީ ރިހަތެތްޔެއް ހާކަން ހުރެ މަލްދާ އެއް ނޭވައިން ފައްޗަކަށް އަމުނައިލިއެވެ. އޯކޭ މަންމާ އޭ ބުނުމައް ފަހު މަލްދާ އެދުނުގޮތައް ކަންތައް ކުރުމަށް އުމުރުން 8 އަހަރުގެ އިވްލީން އެއްފައި ކޮރަމުން ފުމެމުން ދުއްވާގަތެވެ. ރޭގަނޑުގެ ތެތް ފިނިން ތެމިފައިވި ބިންގަނޑު އިރުގެ ރަންދޯދިން ހޫނުކުރަމުން ފިއްސަމުން ގޮސް މެދު އުޑުގައި އިރުޖެހެން ކައިރިވަނީ އެވެ. މަލްދާ އުންދުން ނިއްވާލުމަށްފަހު ބަދިގޭން ނިކުމެ ކުދި ކިޔަމުން ގޮސް ޓަކި އެޖެހީ ވިޝްވާގެ ކޮޓަރި ދޮރުގައި ޖެހީ ވަރައްވެސް ބާރަށެވެ. އަދި އަޑު ހުރި ބާރެއްލައި ގޮވާގަތެވެ. މިހާރު އެޔޮއްގެ މެންދުރު ވަނީ ، ވިޝްވާ ހޭލަން އުޅޭ! އިތުރު އެއްޗެއް ނުބުނެ މަލްދާ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ގޮސްފިއެވެ. ފަރުދާގެ ނިވަލުން ވިޝްވާ ކޮޓަރި އެތެރޭގައި ނިދި މޫނަކާއިގެން ކަންނެތް ގޮތަކައް މޯޅިއަކަށް ދެމިލިއެވެ. އިރުކޮޅެއް ކުރިން ބާރު ބާރަށް ކަންފަތުގައި ދެއަތުން ހިފާލައިގެން ވިޝްވާ އޮތަސް މިހާރު އެ އަތް ވިޝްވާ ދޫކޮށްލައިގެން އެއޮތީ އިތުރަކަށް އަޑެއް ދެން ނީވޭނެ ކަން ޔަގީން ވާތީކަހަލައެވެ. އަދި މި އީ ވިޝްވާ އަށް އާކަމެއް އާ އަޑެއް ހެންވެސް ހީނުވެއެވެ.
ބޭރު ދޮރު ކުރިމަތީ ހުރެ މީހަކު ސަލާން ގޮވާ އަޑަށް ވިޝްވާ ކޮޓަރިން ނިކުމެ ބޯ ދިއްކޮލިއެވެ. ޓީވީ ހުރީ ހުޅުވާފައި ނަމަވެސް އެތާކު އިތުރު މީހަކު ނެތެވެ. އަދި ވިޝްވާ މަންމަގެ ހިލަމެއްވެސް މިހާރަކު ނެތެވެ. ސަލާން ބަލައިގަތުމަށް ފަހު ވިޝްވާ ބޭރައް ނިކުމެލިޔެވެ. އެވަގުތު ގެޔަށް އައިސް ހުރީ ޖެހިގެން ހުރި ގޯޅި ގައި ހުންނަ ފިހާރައިން މަންމަ އޯޑަރ ކުރި ސާމާނު ހިފައިގެން އެފިހާރަ ގެންގުޅޭ ބިދޭސީ މީހާއެވެ. އެއްޗެހި ހުރީ ޕޭ ކޮއްފައިތޯ އަހަމުން ވިޝްވާ އެ ކޮތަޅު އެމީހާ އަތުން ނެގިއެވެ. އަދި ބޯޖަހާލަމުން އާއެކޭ ބުނުމަށް ފަހު އެމީހާ ނިކުތެވެ. ވިޝްވާ ބަދިގެޔަށް ގޮސް ކޮތަޅު ބެހެއްޓުމަށް ފަހު ކޮފީ އެއް ގިރަން ތަށި ހަރުން ޖޯޑެއް ނެގިއެވެ. ވިޝްވާގެ ހުދު ދެލޮލަށް ވަނީ ކުޑަ ރަތް ކަމެއް ވެރިވެފައެވެ. އަދި މީހާގެ ހަށިގަނޑުން ވަރުބަލި ކަމެއް އިހުސާސް ވެވެ ހުއްޓެވެ. ވިޝްވާ އައް އެކަން މާބޮޑު ކަމަކަށް ނުވެއެވެ. ރޭގަނޑު ރަނގަޅައް ނުނިދޭ ކަމާއި ވިޝްވާގެ ކެއުމުގެ ވައްޓަފާޅި އައް އަންދާޒާ ކޮއްވެސް އެއީ ވިޝްވާ އަށް މާބޮޑު ކަމަކަށް ނުވެސް ވާނެއެވެ.
ވިޝްވާ ކޮފީ ތަށި ގިރައިގެން މޭޒު ކައިރީ އިށީންދެލިއެވެ. މަލްދާ އައިސް ކާގެ އެތެރެއައް ވަދެ އަންގަ ހުޅުވާލި ވަގުތު އިތުރު ބަހަކައް ފުރުސަތު ދިނުމެއް ނެތި ވިޝްވާ ވާހަކަ ފެށިއެވެ. ” މަންމާ، މިހުރީ ފިހާރައިން ގެނާ ކޮތަޅު ، ކޮބާތަ އިވްލީން ކޮއްކޮ،”
މަލްދާ ޗުސް ކަނޑާލަމުން ބުނެލިއެވެ. ” އެކަމަކުވާ ވިޝްވާ ، އެމަންޖެ ސުކޫލްއަށް ލާފައި ނޫންތަ އަހަރެން މި އައީ ، އެހެރަ ގަޑިން 12ގަޑި ބައި ވަނީ އޭ “ ވިޝްވާ އަށް ބޭ އިހްތިޔާރުގައި ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. އަދި މަންމަގެ ހަޅޭކުގެ އަޑު މިފަހަރުވެސް އަޑު އަހަން ޖެހުނީކަން އެނގުމުން ވިޝްވާ ބެލީ އަވަހަށް އެތަނުން ދެވޭތޯ އެވެ. އެކަމަކު ކަންވީ އެހެންނެއް ނޫނެވެ. މިޔަދުވެސް އާދައިގެ މައިން މަންމަ ފެށިއެވެ. ވިޝްވާގެ ދިރިއުޅުމުގެ ވައްޓަފާޅިގެ ދޯހަޅި ވާހަކައެވެ ޒުވާން އުމުރު ބޭކާރު ވެދާނެ ވާހަކައެވެ. އެ އުމުރު އެހެން ކުދިން ހެން ނުކިޔަވާ ވާހަކައެ ވަޒީފާ އަކައްވެސް ނުބަލާ ވާހަކައެވެ. ލަހުން ނިދުމާއި ލަހުން ހޭލަން އާދަވެފައިވާ ވާހަކައެވެ. މިއީ އެއްވެސް ހާލެއްގައި ދެރަވާހަކަ އެއް އަދި ގޯސް ވާހަކަ އެއްވެސް ނޫނެވެ. މީގެން އެއްވެސް ކަމެއް ގޯސް ނޫނެވެ. ގޯސް ވަނީ ވިޝްވާ އައް އެހީ ވެދޭންވީ ދުވަހު އެކަން އެހެން ނުކޮށްދިން އަނގައިން ކޮންމެ ދުވަހަކުވެސް މި އަޑުތައް ވިޝްވާގެ ކަންފަތައް އިއްވާތީ އެވެ. އަދި ކުއްވެރިޔަކީ ވިޝްވާ ކަމަށް ސިފަކޮއްދޭން އުޅޭތީއެވެ. ލޯބި އޭގެ އެންމެ އިންތިހާ އަށް ބޭނުންވި އިރު އަޅާނުލަ ވިޝްވާ ދޫކޮއްލި ކޮއްލުމެވެ. މިޔަދު ވިޝްވާގެ ހަޔާތުގައި ނަގަމުން މިދަނީ ކުޑައިރުން ސުރެން އެރި އުޅުނު ފެންގަނޑުގެ ބޮޑެތި ބިޔަ ރާޅުތަކެވެ. މަންމާ!ވިޝްވާ ބާރަކައް މަލްދާ އަށް ގޮވާލެވުނެވެ ކޮފީ ތަށި ގިރިގޮތައް މޭޒުމަތީ ހިހޫ ވާން ދޫކޮއްލުމަށް ފަހު ވިޝްވާ ގޮނޑި ފަހަތައް ޖައްސާލުމަށް ފަހު ތެދުވެގެން ދިޔައެވެ. މިއީ އާދައިގެ މަތިން ވިޝްވާގެ ދުވަސް ފެށޭގޮތް ކަމުގައި އޭނާގެ މޫނުމަތިން ހެކި ދެއެވެ.
ވިޝްވާ އެވަގުތު ގެއިން ނިކުމެގެން ދިޔައީ އޭނާގެ ހަމަ ހިމޭން ދުނިޔެ އައް ބޯ ހަމަ ޖައްސާލަންށެވެ. މިއީ ރަށުގެ އަލައް އާބާދުވަމުން އަންނަ ހިސާބެއެއް ކަމުން މިދިމާލު ގޮނޑުދަށު އަތިރިމަތިން މީހަކު ހިލަމެއް ވާނީ ވަރަށް މަދުންނެވެ. ވިޝްވާ ބޭނުން ވަނީވެސް މިވަގުތު އެކަނިވެލަންށެވެ. އެކަނިވެރިކަން މާ ރަނގަޅެވެ. މިކަހަލަ އެތައް އެއްޗެށް ވިޝްވާ ގެ ހިތައް އަރަމުން ދިޔައެވެ. ވިޝްވާ އިށީންދެ ލައިގެން އިނީ ގޮނޑު ދޮށުގައި ހެދިފައި ހުރި ބޮޑު ކާނި ގަހެއްގެ ބުޑުގައި ދޮންވެލި ގަނޑަށް ދެފައިލައިގެން އިނދެ ވިޝްވާ ހިތުގެ އުދާސްތައް ކަރުނުން ބޭރުކުރަމުން ގޮސް ކޯތާފަތް އެއްކޮށް ތެންމާލިއެވެ. އިރު އިރުކޮޅާ އަތުން ބޭ އިހްތިޔާރުގައި ވެލި މުށެއް ނަގާ މޫދާ ދިމާލަށް އުޅެވެއެވެ. ނޭނގި ނަމަވެސް މިކުޑަ އަމަލުން އެހެން ފަރާތެއްގެ ހިތައް ފިނިކަމެއް ލިބިދެއެވެ. އަދި ވިޝްވާގެ ހިތާމައަކީވެސް އެފަރާތް ވަރައް ހިތި އެއްޗެއްކަމުގައި ވަނީ ވެފައެވެ. މިގޮތުގައި ވިޝްވާ ވަގުތުތަކެއް ގޮނޑުދޮށުގައި ހޭދަކުރުމަށްފަހު މާޔޫސް ކަން މޫނުމަތިން ފިލާހައި ކޮއްލާފައި ގެޔަށް ދާން އުޅެގަތެވެ. އޭރު އަސުރު ވަގުތު ވަރަށް ގާތް ވެއްޖެ އެވެ. ވިޝްވާ ތެދުވެ ގެޔަށް ދާން ހިނގާ ގަތެވެ . އެވަގުތު ކުޑަކޮއް ވައިބާރު ވީކަމުގެ އިހުސާސް ވިޝްވާ އަށް ކުރުވިއެވެ. މޫސުން ގޯސްވަނީކަމުގައި ބަލާ ވިޝްވާ މާބޮޑު ފަރުވާލެއް ނުދީ އަނެއްކާވެސް ކުރިޔައް ފިޔަވަޅެއް އެޅިއެވެ. އެވަގުތު ވިޝްވާގެ ވަރަށް ކައިރިން އިތުރުމީހެއްގެ އިހުސާސް ކުރެވުނު ކަހަލަ ގޮތެއް ވިއެވެ. މިއީ ކުރިން ދުވަހަކުވެސް ވިޝްވާ އަށް ދިމާވި ގޮތެއް ނޫން ކަމުން ދުވާލު ގަޑި ކަމުގައި ވިޔަސް ކުޑަކޮށް ވިޝްވާ ހިތް ބިރުގަންނަ ކަހަލަ ގޮތެއްވިއެވެ. ނަމަވެސް މޫނުމަތިން އެކަހަލަ އަސަރެއް ނުދައްކައެވެ، މަޑުމަޑުން ހިނގާލުމަށް ފަހު ވިޝްވާ ގެއަށް އައުމުން އެންމެ ފުރަތަމަވެސް ފެނުނީ ވިޝްވާގެ އެނދުމަތިން ކުރަހާފައި ވާ ފެމެލީ ފޮޓޯއެކެވެ، ވިޝްވާ ގެ މޫނު މަށްޗައް އުފާ ވެރިކަމެއް ގެނުވި ހިނިތުން ވުމެއް އެގަޑީ ކުރުވިއެވެ. މިއީ އިވްލީން ސުކޫލް ފިލާވަޅެކެވެ. މި ހަދިޔާކުރަނީ އެންމެ ލޯބިވާ ދޮންތަ އަށް ، އެ ގަނޑު ކޮޅުގައި ލިޔެފައި އޮތެވެ. އެވަގުތު އިވްލީން ކޮބާތޯ ބެލުމަށް ގޮސް އެ ކޮޓަރީ ދޮރު ހުޅުވާލި އިރު ސުކޫލް އިން އައުމުގެ ވަރުބަލި ކަން މަތީ އިވްލީން އަށް އޮތީ ނިދިފައެވެ. އިތުރަށް އުނދަގުލެއް ނުކޮށް ވިޝްވާ އަނބުރާ ވިޝްވާގެ ރޫމް އަށް ދިޔައެވެ. އަދި ގޭތެރޭން މަންމަގެ ހިލަމެއްވެސް ނެތެވެ. ވެފަހުރި ވަރުބަލީގެ ސަބަބުން ވިޝްވާ ބޭނުން ވީ ފެންވަރާލައިގެން ޖައްސާލާށެވެ.
ދޮންތާ! ދޮންތާ!. މައުސޫމް އަޑަކުން ގޮވަމުން ވިޝްވާގެ އެނދު މަގަތުގައި އިށީނދެ ލައިގެން އިން އިވްލީން ވިޝްވާގެ ގައިގައި އެނދަށް އަރައި ބައްދާލިއެވެ.ނިދީގައިވި ވިޝްވާ ލޯހުޅުވާލުމަށް ފަހު ވިޝްވާ ވެސް އިވްލީން ގެ ގައިގާ ފިރުމާލިއެވެ. އެއްވެސް ކަހަލަ އުފަލެއް ނުވާ މިދުނިޔޭގައި ވިޝްވާގެ ހިތަށް ކުޑަ ނަމަވެސް އުފާވެރި ކަމެއް ލިބިދެނީ ހަމައެކަނި މިކުޑަ ފުރާނައެވެ. އިވްލީން އެއީ ވިޝްވާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަށް ނުވިކަމުގައިވިޔަސް އިވްލީން އަދި ވިޝްވާ ވެސް ދެކެނީ އެގޮތަށެވެ. ވިޝްވާގެ ބައްޕަ ވަނީ މީގެ އަހަރު ތަކެއް ކުރިން ނިޔާވެފައެވެ. އިވްލީން ގެ ބައްޕަ އަކީ މާލޭ މީހެކެވެ. ނަމަވެސް މަންމަ ވަނީ އިވްލީން ގެ ބައްޕަގެ ގާތުންވަރިވެފައެވެ. އޭނާގެ އުޅުން ވިޔާނުދާ ކަމަށް ބުނުމަށް ފަހުއެވެ. ވިޝްވާގެ ބައްޕަ ނިޔާވީ ވިޝްވާގެ އުމުރުން އެންމެ 9 އަހަރުގައެވެ. ދެން މަންމަ ވިޝްވާގެ މާމަ އާއި ހަވާލު ކުރުމަށް ފަހު ބަދަލުވީ މާލެއެވެ. މިއީ ވިޝްވާގެ ހަޔާތުން މަންމަގެ ލޯބި ކަފުންވެގެން ދިޔަހިސާބެވެ. ދިޔަ ފަހުން މަންމަގެ އެއްވެސް ހަބަރެއް ނުވެއެވެ. އިވްލީން ކޮއްކޮގެ ބައްޕަ އާއި ދުރަށް ގޮސް ރަށައް އައުމާއި ހަމަ އަށެވެ. ދާދި ފަހުން މާމަ ނިޔާވުމާ ހަމަ އަށް ވިޝްވާ އުޅެމުން އައީ އެކަނިވެރި ދިރިއުޅުމެކެވެ. ކޮއްކޮ ގޮވައިގެން ވިޝްވާގެ މިއެކަނިވެރި ހަޔާތައް މަންމަ ގުޅުން ފަހުން އަދި މާކަށް ދުވަސްތަކެއް ވެފައި ނުވެއެވެ. މިއީ މާޒީއެވެ . ވިޝްވާގެ އެކަނިވެރި ކަމާ ހިޔަނީގެ ކުޑަ މިންވަރެކެވެ. ދެކުދިން މިހެން ތިބޭތާ އިރުތަކެއް ފަހުން ހަމަހިމޭން ކަމަށް ނިމުމެއް ގެނުވީ އިވްލީން ގެ އަޑެވެ. ދޮންތާ! ހިނގާ ކާން ދާން މަންމަ ބުނީ ކާން އަންނާށޭ! . ވިޝްވާ ވަރަށް ލޯބިން އިވްލީން ގެ ނިތްކުރިޔައް ބޮސް ދިނުމަށް ފަހު ބުނެލިއެވެ. އާން! ހިނގާ ކާން ދާން ދޮންތަ ވެސް ވަރަށް ބަނޑުހައި! އަދި ދެކުދިން އެކުއެކީ ކާގެއައް ދިއުމަށް ހިނގާ ގަތެވެ. އޭރު މަލްދާ އިނީ ކެއުމަށް އިންސާފު ކުރާށެވެ. ދެކުދިން ފެނުމާއި އެކުބުނެލިއެވެ. ކަލޭމެން ދެކުދިންނަށް ސާބަސް! އަހަންނަށް ޖެއްސުމަށްތަ ތިޔަހާ ލަހުން އައީ އިވްލީން އިށީނދޭ ކާން! ވިޝްވާ ކޮއްކޮ ކޭމަ ތަށި ދޮވެލާތި އަދި އަލުން ރިހަފޮދެއް ހޫނު ކޮއްލަން ވާނެ އެކީ އެކަށްޗަކަށް ކިޔާލުމަށްފަހު މަލްދާ އަތް ދޮވެގެން ކާގެ އެތެރޭން ނިކުންނަން ދަމުން ފަރުވާކުޑަ ރާގަކަށް ބުނެލިއެވެ. މަންމަގެ ރާގު ހުރިގޮތުން ބަނޑުހައިވެފައި ހުރި ނަމަވެސް ވިޝްވާ ކާހިތެއް ނުވިއެވެ. އެހެން ނަމަވެސް ކޮއްކޮ ދެރަނުކުރުމަށް އިށީންދެ ކޮއްކޮ އާއި އެކު ކެއުމަށް އިންސާފު ކުރަމުން ވިޝްވާ ކޮއްކޮ އާއި އެކު ސަކަރާތް ގަންނަމުން ދިޔައެވެ.
މިހާރު ގަޑިން ރޭގަނޑު 10 ޖަހަން ވަރަށް ކުޑަތަން ވަނީ ވެފައެވެ. މަލްދާ އައީ ޖެހިގެން ހުރިގޭ ހަދީޖާ ކައިރިން އެގޭގައި އަނގަ ތަޅުވަން އިނުމަށް ފަހުއެވެ. އޭރު އިވްލީން އޮތީ ކެއުމަށް ފަހު އައިސް ނިދާފައެވެ. ވިޝްވާ ކޮބާތޯ ބެލުމަށް މަލްދާގެ ޝައުގުވެރި ކަމެއް ނެތް ކަހަލައެވެ. ސޯފާގައި އިށީންދެލުމަށް ފަހު މޭޒު މަށްޗައް ދެފައި ނަގައި އަރުވައި ހެޔޮވަރު ކޮއްލިއެވެ. އަދި ރިމޯޓް ނަގާ ޓީވީ އިން ހިންދީ ޑްރާމާއެއް އަޅުވާލިއެވެ. އެވަގުތު ކޮޓަރި އެނދުމަތީ ވިޝްވާ އޮތީ ދެލޯ ބޮޑުކޮއްގެން ސީލިން އައްބަލައިގެންނެވެ. ވިޝްވާ ލައިގެން އޮތީ އަތް ކުރު ކަޅު ކުލައިގެ ޓޮޕް ކޮޅަކާއި ކަޅު ދޫ ހަރުވާޅެކެވެ. އިސްކޮޅުގައި 5 ވަރަކަށް ފޫޓު ހުންނަ ވިޝްވާ މި ފޭރާމުގައި ފެންނަލެއް ވަރަށް ފުރިހަމަ އެވެ ވިޝްވާ އަކީ ރީތި ބައްޓަމެއް ލިބިފައިވި ދޮން ރީތި އަންހެން ކުއްޖެކެވެ . ނަމަވެސް މިއީ ވިޝްވާ ފަހުރުވެރި ވާ ކަންކަމެއް ނޫނެވެ. ފެންނަ ގޮތުގައި ވިޝްވާ އެއޮތީ ނިދާކައް ނޫނެވެ. އޭނާ ކަމަކަށް އިންތިޒާރު ކުރަމުން ދާކަން މޫނުމަތިން ހެކިދެއެވެ. މިގޮތުގައި ކޮޓަރި ތެރޭން ހަމަ ހިމޭންކަން އިރުގަނޑަކަށް ދެމިގެން ދިޔައެވެ. ބޭރުގައި މަލްދާ އަޅުވާފައި ހުރި ޓީވީގެ އަޑު ކެނޑުމުން ވިޝްވާ ފޯން ގަޑި ބަލާލިއެވެ. އޭރު ގަޑިން 11 ޖަހާފިއެވެ. ކުޑަ އިރުކޮޅެއް ފަހުން ވިޝްވާ ބޭރަށް ބޯ ދިއްކޮއްލިއެވެ. ވެރިވެފައި ވަނީ ހަމަ ހިމޭންކަމެވެ. ފަނޑު ނޫކުލައިގެ އަލި ނޫން ދިރުމެއްނެތެވެ. މަޑު މަޑުން ވިޝްވާގެ ފައިވާން ނަގައި ފަޔަށް ހެޔޮވަރު ކޮއްލިއެވެ. އަދި ގޭދޮރު ތަޅުގައި މަޑު މަޑުން ހިފާލިއެވެ ވިޝްވާގެ އަމަލްތަކުން ހީވަނީ ވަގެއް ވައްކަން ކުރަން އުޅޭ ހެންނެވެ.
ގެއިން ނިކުމެގެން ހިނގަމުން ވިޝްވާ އެދަނީ އޭނާގެ އެންމެ ފެވަރިޓް ޕްލޭސް އަށެވެ. މަގުމަތިން އެއްވެސް އަލިކަމެއް ނުވެއެވެ. ހަނދުވަރުގެ މަޑު އަލިކަމެއް ފިޔަވައި ވިޝްވާގެ ލޮލަށް އަލިކަމެއް ނުވެއެވެ . އެހެން ނަމަވެސް ވިޝްވާ އެއަލީގައި ހިނގަމުން އެދަނީ ވަރަށް ފަރިތަކަމާއި އެކުގައެވެ. މީހުން ބުނެއުޅެއެވެ. ކޮންމެ ރެޔަކު އެއް ގަޑިއެއްގައި މިހެން އެކަނި މިކަހަލަ ތަންތަނަށް އައިސް އުޅެން ރަނގަޅެއް ނުވާނެއެވެ. އެކަމަކަށް ވިޝްވާގެ ފަރުވާލެއް ނުވެއެވެ. އޭނާ އަށް މިއީ މާ މުހިއްމު ވާހަކަތަކެއް ނޫނެވެ . ޖެހިލުމެއްވެސް ނުވާކަހަލަ އެވެ. ވިޝްވާ މިރޭވެސްގޮސް އެއިނީ އޭނާ އެންމެ އިންނަ ހިތް ވާ ޖޯލިފަތީގަ އެވެ. މިޔަދުވެސް ވިޝްވާގެ ދުވަސް ފެށިގެން ނިމެންދެން ހިތައް ކުރިމަތި ލާން ޖެހުނީ ހިތް ދަތިކަމެވެ. ފޫހި ކަމާއި ރުޅިވެރި ކަމެވެ. މިރޭވެސް ވިޝްވާގެ ކަރުނަ ތަށް ބަނޑުން ކޮއްލަން ބޭނުން ވެއެވެ. ޖޯލީގައި ވިޝްވާ އިން އިރު އިނީ ފެންކަޅި ވެފައެވެ. ކިތެންމެ ހަނދުވަރު ރީތިކަމުގައި ވިޔަސް ވިއްސާރަ ވާން އުޅޭ ފާޑު ވާންފެށިއެވެ. މިކަން ވިޝްވާ އަށްވެސް އެނގެއެވެ. ވިޝްވާ ހިތާމަތަކުގެ ފުން ކަނޑަށް ގެނބިގެންދިޔަ އެވެ. އެދެލޮލުން ކަރުނަ ހިލި ޖޯލީގެ ތެރެޔަށް ވިޝްވާ ބޮނޑިވެލިއެވެ، ދެލޯ މަރާ ބާރަށް ފިއްތާލުމަށް ފަހު ވިޝްވާ ބޮލުގައި ބާރަށް އަތުން ހިފާލެވުނެވެ، ހަމަ އެވަގުތު ވަރަށް ފިނި އަތަކުން ވިޝްވާގެ ރަތް ވެފައިވި ކޯތާފަތުގައި ހިފާލިކަމުގެ އިހުސާސް ކުރެވުނެވެ. ސިހިފައި ވިޝްވާ ދެލޯ ހުޅުވާ ބޮޑު ކޮއްލިއެވެ. އެއްވެސް މީހެއް ފެންނަން ނެތެވެ، އެހެންނަމަވެސް މިފަހަރު މިއީ ވިޝްވާ އަށް ހީވި ގޮތެއް ކަމަށް ނިންމޭކަށް ނެތެވެ. ވިޝްވާގެ ކޯތާފަތުން ފިނިކަމުގެ އަސަރު އަދިވެސް ހުރީތީއެވެ. ވިޝްވާ މިފަހަރު ވަރަށް ޖެހިލުންވިއެވެ. ވެފަހުރި ވަރުބަލި ކަމާއި ދެރަވެސް އިރުކޮޅަކަށް ފިލައިގެން ދިޔައެވެ. ވިޝްވާ ވަށައިގެން ހޯދާލިނަމަ ވެސް ދެވަނަ ފަރާތެއް އެތަނަކުން ފެންނަން ނެތެވެ. ވިޝްވާ ހާސްވާ ގޮތް ވިއެވެ. މީހާ ފިނިވެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. މިރޭ ދެން މިތަނުން ދިއުމަށް ވިޝްވާގެ އަމިއްލަ ޒަމީރު ވިޝްވާ އަށް ބުނެދިނެވެ. ވިޝްވާ އަވަސްވެގަތީ އެވަގުތު އެތަން ދޫކޮށް ދިއުމަށެވެ. ގަޑިން މެންދަމު 1 ގަޑި ބައި ވަނީ އެވެ . ހަނި މަގުން ގެޔާދިމާލަށް ދިޔުމަށް ވިޝްވާ ހިނގަން ފެށިއެވެ.
ވިޝްވާ!! ޒުވާން ހިތްގައިމު ރީތި އަޑަކުން ފިރިހެނަކު ގޮވާލީ އެވަގުތު ވިޝްވާގެ ކުރިމަތިންނެވެ. ވިޝްވާ ގަނޑުވިއެވެ ،ދެލޯ ބޮޑުވިއެވެ އަދި ބިރުން ހުރެ ތިތީި ! ތީއީ ކާކު؟ ވިޝްވާ އަހާލިއެވެ. ވިޝްވާ އަށް ފެންނަމުން ދިޔައީ އިސްކޮޅުން ދިގު ފުރިހަމަ ރޫފައެއްގައި ހުރި ފިރިހެނެކެވެ. އޭނާގެ ބުޅި ދިގު އިސްތަށި ގަނޑުން ވަރުގަދަ ހައިބަތެއް ލިބިފައިވި އެ ފިރިހެނާ އަށް އިތުރު ފުރިހަމަ ކަމެއް ލިބިފައި ވެއެވެ. ބިރުން ހުރެ ކޮއްލީ ސުވާލައް ޖަވާބު ދެމުން އިރިހެން މީހާ ވިޝްވާ އަށް ބުނެލިއެވެ. ބިރު ނުގަނޭ ވިޝްވާ! ހިންގާ ގެޔާހަމަ އަށް ގެންގޮސް ދޭނަން !! ވިޝްވާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެ އަދި ތިޔައީ ދުވަހަކުވެސް މިރަށުން ފެނުން މީހެއް ނޫންކަމަށާއި ނުދަންނަ މީހެއް ކަމުން އަދި މިހާ ލަސް ގަޑި އެއްގައި މިތަނުން ފެނުމުން ވިޝްވާ އައް އެފަރާތައް އިތުބާރެއް ނެތް ކަމަށް ބުނެ އެއްނޭވައިން ބިރުން ހުރެ ހުރިހާ ވާހަކަ ތަކެއް ކިޔާލުމަށް ފަހު ވިޝްވާ ހިނގާގަތީ ގެ ވަރަށް ކައިރި ކަމަށް ބުނެއެވެ. ބާރު ފިޔަވަޅު ތަކެއްގައި ވިޝްވާ ގޮސް ގެއްލެން ދެން އެ ފިރިހެން މީހާ ބަލަން ހުރި ކަން ވިޝްވާ އަށް އެނގުނެވެ . ފައިވާން އަތަށް ލައިގެން ވިޝްވާ ދުވަމުން ކަހަލަ ގޮތަކަށް ގެޔަށް އައިސް ބޭރު އިސްކޫރުން ފައި ދޮވެލައިގެން މަޑު މަޑުން ގޭގެ ދޮރު ހުޅުވާލުމަށް ފަހު އެތެރެޔަށް ވަދެ ދޮރު ލައްޕާލިއެވެ. ވިޝްވާގެ މޭ ދިޔައީ އަދިވެސް ބާރު ބާރަށް ތެޅެމުން ހިތުގައި ގަދަ އަށް ވިންދު ޖަހަމުންނެވެ. ވިޝްވާ ސިހުނީ ސިޓިންރޫމް ގެ ހުދު ބޮކި ދިއްލުނީމައެވެ ސޯފާގައި އެއިނީ މަންމަ އެވެ މަލްދާގެ މޫނުމަތިން ރުޅިގެ އަސަރު ހިލި ހިލި ހުއްޓެވެ. ބޭއިހްތިޔާރުގައި ވިޝްވާ އަށް މަންމާ! އަހަރެން! ބުނެވުނެ، މަލްދާ އެހިސާބުން ވާހަކަ ފެށިއެވެ. އުހޫން!! ހުއްޓާލާ! ވިޝްވާ ތިޔަ އުޅެނީ ކޮން ސިފައަކަށްތަ! ގަޑިން ވީ އިރެއް ނޭނގޭތަ! މިއީ މެންދަން ކަންވެސް ނޭނގެނީތަ ! ތިޔަ އައީ ކޮންތާކުން ! ރުޅިވެރި ކަމާއި އެކު މަލްދާ ، ވިޝްވާ އާއި އެތަކެއް ސުވާލު ތައް ކުރިމަތި ކުރުވިއެވެ . އަދި މީގެ ފަހަށް ބޭރަށް ދަންވަރު ގޮސް ހަދާނަމަ ގޭ ދޮރުގެ ތަޅުދަނޑި އަތުލާނެ ކަމުގެ އިންޒާރެއް ދިނުމައް ފަހު މަލްދާ އޭނާގެ ކޮޓަރިޔަށް ދިޔައެވެ. ވިޝްވާ ދުނިޔެ ބޮލުމަތީ އުފުލަން ޖެހިފައިވި މީހެއް ފަދައިން ހުރެ ކޮޓަރިއަށް ވަނެ އެނދުމަތީ އިށީނދެ ލެވުނެވެ. މިހުރިހާ މަންޒަރެއް ދުރުން ބަލަން ދުރުގައި މިރޭވެސް އެހުރީ ނާވް އެވެ.