ހަންޖަރު- 3 ވަނަ ބައި
ޒަހާ އަށް ވަގުތުން ތެޅިގަނެވުނެވެ. ނޭނގޭ އަތަކުން އޭނާގެ އަތުގައި ހިފީމައެވެ. ކުއްލި އަކަށް ވިދާލި ވިދުވަރުން ސިއްސައިގެން ގޮސް އޭނާ ގައިގާ އޮޅުލައިގަނެވުނެވެ. އެއާއެކު ހޮނު ގުގުރި އެއްގެ އަޑުން މުޅިތަން އެއްއަޑަކުން ގުގުމާލި އެވެ.
“ސޮރީ” އޭނާ އާ ދިމާލަސް ބަލާވެސް ނުލާ ޒަހާ ރާފާ މެން ކައިރިއަށް ދާން ހިނގައިގަތެވެ. ދިޔައިރު އެމީހުން ތިބީ ވާރެޔާ ތެމިދާނެތީ ވާރޭ ނުވަންނަ ގޮތައް ހުރި ތަނަކަށް ވަދެއެވެ.
” ހާދަ ލަސްވީ” ޒަހާ ޝުބާ މެންނާ އަރާ ހަމަކުރުމުން ޝުބާ ޝަކުވާ ކޮއްލިއެވެ. ޒަހާ އޭނާ ކުރަން ދިޔަ ކަންތައް ވެސް ހަނދާން ނެތިފަ ހުއްޓަ ޝުބާ އެހެން ބުނުމުން ހަނދާން ވިއެވެ.
“ހިނގާ ދާން ދޯ ” ރަފާ ޒަހާ އަށް ދޯދިނެވެ.
” ވީ ވިލް ގޯ ޓެކްސީގަ. ޝުބާ އެން ޒީން ޑްރޮޕް ކޮށްދީފާނަން ވިލިންގިލި ފެރީ އަށް ”
” ޔާ. ޒަހާ މެންނާ އެކީ ދޯ ދާނީ” ޒަހާ ބުނިބަހަށް ޒީނާ ޝުބާ އަށް ދޯ ދިނެވެ. ހަތަރު ކުދިން އެކީ ގޮސް ޓެކްސީ އަކަށް އެރިއެވެ. ވާރޭ ބޯކަމުން އެރުނީ ޓެކްސީ އަކަށްތޯ ވެސް އެކުދިންނަށް ބަލައެއްނުލެވުނެވެ.
” ވިލިނގިލި ފެރީ އަށް” ޓެކްސީ ގެ ފުރަތަމަ ސީޓް އަށް އަރާފަ ޒަހާ ބުނެލިއެވެ.” ޒަހާ އަދިވެސް މާލެ އައިސް ތިގެންގުޅެނީ ކުރީގެ ނަމްބަރ ތަ؟” ޝުބާ ކާރުގައި ހަމަޖެހިލަމުން ބުނެލިއެވެ.
” ނޫން.ޝުބާ ނޯޓު ކޮއްލާ.މިކިޔަނީ” ޒަހާކީ ނަމްބަރ ޝުބާ ނޯޓު ކޮއްލިއެވެ. ޒަހާމެންނަށް ނޭނގުނު ކަމަކީ ޒަހާ ގެ ނަމްބަރ ނޯޓު ކުރި ދެވަނަ ފަރާތެއްވެސް ވާކަމެވެ.
” މިއޮއް އައި ” ވިލިނގިލި ފެރީ ކައިރިޔަށް ކާރު މަޑުޖައްސާލުމުން ރަފާ ބުނެލިއެވެ. ” ބައި ރަފް އެންޑް ޒަހާ” ޑްރައިވަރ އަތަށް ފަންސަވީސް ރުފިޔާ ދެމުން ޒީނާ ބުނެލިއެވެ. ޓެކްސީ އޮބާލީމާ ޒަޙާ ޑްރައިވަރ ކައިރި ޒަހާ މެން މިހާރު އުޅޭ ގެއަށް ދިޔުމަށް އެދުނެވެ.
“އައިމް ޓަޔަޑް ” ރަފާ އެހެން ބުނެލާފައި އެއްޗިސް ބަދަލު ކޮއްލަން ދިޔައެވެ.ޒަހާ ވެސް ކޮޓރި އަށް ގޮސް އެއްޗިސް ބަދަލު ކޮއްލައިން ނުކުތް އިރު ރަފާ ދެ ކޮފީ ތަށި ގިރަފަ ފިލްމެއް އަޅުވައިން ޒަހާގެ އިނަތިޒާރުގައި އިނެވެ. “އާދޭ މިހުރީ ކޮފީ ގިރާފަ” ކޮފީ ތަށި ދިއްކޮލަމުން ރަފާ އެހެން ބުންޏެވެ. ޒަހާ ކޮފީ ތަށި ހިފަިގެން ފައި ވަށް ކޮއްލައިން އިނދެ ފިލްމް ބަލަން ފެށިއެވެ. ރީތި އެހެނަސް ބިރުވެރި ފިލްމެއް ބަލަން ދެމީހުން ތިބިއެވެ. ނަމަވެސް ނަމާދު ގަޑި ޖެހުމުން ހުއްޓާލައިފައި ނަމާދު ކޮއްގެން އައިސް ދެމީހުން ފިލްމް ބަލަން ފެށިއެވެ.
ރަފާ އެހެން އިންދަ ނިދި އަންނަން ފެށިއެވެ. ތާއްޔާ ޖެހި ޖެހި އޮތް ރަފާ ކުއްލިއަކަށް ސިހުނީ އޭނާގެ ފޯނަށް މީހަކު ގުޅަން ފެށުމުންނެވެ. އެގުޅީ ޙަލަފް އެވެ. ރަފާ ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. ދެންމެ ތާއްޔާ ޖެހި ޖެހި އިން ރަފާ މިހާރު އިނީ އުފަލުން ގޮސް ފޮޅިފައެވެ. ރަފާ ނިދަން ކަމަށް ބުނެ ކޮޓަރި އަށް ވަދުނީ ޙަލަފް އާ ވާހަކަ ދައްކަން ވެގެންނެވެ.
ޒަހާ ވެސް ކުރާނެ ކަމެއް ނެތުމާ އެކު ޓީވީ ނިއްވާލާފަ ކޮޓަރި އަށް ވަނީ ނިދާލާ ހިތުންނެވެ. ކޮޓަރި އަށް ގޮސް ލައިން ހުރި އެއްޗިސް ބާލާފައި ނިދަންލާ އެއްޗިސް ލިޔެވެ.
“އެއީ ހަމަ ޒަހާ އެވެ. އެހެން މީހެއް ނޫނެވެ. އެކަކަށް އޭނާ ނޭނގުނަސް އަހަންނަށް އިނގޭނެއެވެ” ޒަޔާން އޭނާގެ ހިތާހިތުން ކިޔަމުން ދިޔައެވެ. އެތް އަތް އޭނާގެ ނިތްކުރިމަތީ ބާއްވައިގެން އަތުގަ އޮތް ފޯނުގަ ނޯޓް ކުރެވިފައިވާ ޒަހާ ގެ ނަމަބަރ އަށް ގުޅާލިއެވެ.
ޒަހާ އަށް ނިދިނިދި އޮއްވާ އޭނާގެ ފޯނު ރިންގު ވިއެވެ. ނަމްބަރ އަށް ބަލާލިއިރު ނުދަންނަ ނަމްބަރެކެވެ. އައި ރުޅީގަ ފޯނު ކަނޑަލިއެވެ. އަނެއްކާވެސް ފޯނު ރިންގުވިއެވެ. މިފަހަރު ނަގާނީތޯ ނުނަގާނީތޯ އޭނާގެ އަމިއްލަ ނަފްސަށް ސުވާލުކޮއްލިއެވެ.
19 Comments!
Comments are closed.

Vnise
haadakury…but v nice☺
achiii mee stry eh tha .. garunaku baeh up vany bolah udhagoo vey mo gotha stry liyaa myhun thibyma ……. huh
Varah reethi vaahaka.. Thankolheh dhigu kohla dheythi next episode ingey zahaa…Varah ufaavey Foohi filuvaalan story kiyaalan libey thyy… Thank uuu
Kudhin Kudhin thaafaathu comment kuraane… Eh ves kujjakaa dheythereyy hiyy baru nukuraathi ingey…… Nice story
Moya eh thi xaha aky….hahahhaha ehcheh liyan neygunas liyan vaaane igey……mi kaley anga tha…ennnn…ahchydiiii…..dhen mi site ah mikahaka mududhaaaaru vaahaka nuliyaaaathiii….site badhunaam kuran ….mi v molhelhi vaahaka liya site eh thikahala kuni vaahaka eh alah mi site in mi fenunyves….idiot….lol
100percent agree with u … ken nice comment. ….
kihinei vegen thr thi dhemyhun thi ulheny….aslu mashah egey thi vegen ulhey goi…ekujja kuda vefa molhah vahaka liyaathy j vany…thihaa molhiya dhn kaleymen liyan v nun molhethi vahaka…bala ekujja vx ekan e kurany kuri erumakashy…adhi bunan ken n rrr vx ufan vi iraku higaakah neyge…bt veettemun dhaskohfa hunnany…hama egoi vaany kamei dhaskuramun dhaa kujjakah….ahrmen proud vey ehaa kuda kujjeh ehaa hiyvaru kohfa mihaa magubool site eh ga liyaathy
owhh plxxxx … mi site ga mihaaru kuda kudhin ginavegenney mi ulhey.. xaha liyunyma okay dhw ehkam enme fahun ves stry liyunu kujja thimanna ah 18 nuve ey buny ma site ga hus hury 18 plus stries….. anyway comment kuraa golhi eh bahahtaafa eh hury comment kuran .. so alhugandu beynun gothaka alhugandu comment kuraany.. alhugandu nubalaanan kuda kujje thw nooney bodu kujje thw….
and yah alhugandu stry liyan beynun vyma stry liyaany … kuda kujje stry liyunyma j eh nuvaane … hama ehkani mi site ga register kohgen stry liyan fesheema eh noon ingeny stry liyan … mihaaru ves stry kiyaagina kudhinnaky stry liyan ingeyne kudhin …
I thought ken ix a gud prsn n hav a gud heart, by seen cmmnts frm other storys.. bt frm this cmmnt I undrstnd dat my thinkin ix wrng….
Give respect to others and get respect from others. ….
Plx, dhulun bas beyru vumuge kurin ehn myhunge fylings aa medhuvx visnaalun rangalhu Vaane dhw. Hithey kiyaa ethi onnanyky hama ekani ken ge eh noon dhw.. Xaha ge vx hama hih onnaane.. So, ehchekey kiyumuge kurin visnaalun rangalhuvaane .. mee insaanun ehn v ma kuhvx kureveyne.. bt e kuh islaahu kuran bunumuge badhaluga hithah aihaa ehcheh kiyun eiy adhi enme rangalhu goiy hnneh hiyeh nuvey.. n thikahala bahun muhaathab kurun rangalheh nuvaane.. Ken ge cmmnt ah rply kurevunyma sry. Bt, mi cmmnt fenunyma ehchekey nubune nuhurevuny..
Nice
Ehchis eh nuhunnaane ehchehi hunnaani
Dhivehi bahun liyan dhas kuran eba jehey ehen nuny mi kahala kanthahthah dhimaavaane…
VARA CUTE STORY
midhen vaahaka eh tha. adhi evex 3 folhuvaiy
Varah reethi vaahaka eh
Varah loabi zahakko
Keep it up…. u can do it…. don’t. Worry about. Bad words… think goood way….. okey…. v nice…..
brother koba part 4 avas kurey