ރުހޭތޯ ކަލާ… ޓްރެއިލަރ
މުޅިން ތަފާތު ދެ ދުނިޔެއެކެވެ. މުޅިން ތަފާތު ދެ ވިސްނުމެކެވެ. މުޅިން ތަފާތު ދެ މަންޒިލެކެވެ. މުޅިން ތަފާތު ދެމީހުންނެވެ.
ޒިވްޔަން އަކީ މާލޭގެ މުއްސަނދި ދެމަފިރިއަކަށް ލިބިފައިވާ އެންމެ ދޮށީ ދަރިފުޅެވެ. ކުޑައިރުއްސުރެ އޭނާ ހޭނިފައި ވަނީ މާލޭގެ ކާރޫބާރޫ ބޮޑު، ތޮއްޖެހިފައިވާ މަގުތަކަށެވެ. ލޯ ހުޅުވިފައި ވަނީ ވިޔަފާރީގެ ދުނިޔެއަށެވެ. އާއިލާގެ އެންމެ ދޮށީ ފިރިހެން ދަރިފުޅަށް ވުމުން ކޮނޑުގައި އެޅިފައިވާ އެތައް މަސްއޫލިއްޔަތުތަކަކާ އެކީ، ފުރާވަރުއްސުރެ އޭނާ ވެފައި ވަނީ ބައްޕަގެ ކަނާއަތަށެވެ. ބައްޕަގެ ވިޔަފާރިއާ ދެން ހަވާލުވާން ހުރި ވާރުތަވެރިޔާއަށެވެ. އޭނާގެ އަމާޒަކީ ބައްޕަ ފަޚުރުވެރިވާ ފަދަ ކުޅަދާނަ ވިޔަފާރިވެރިއަކަށް ވުމެވެ. ދިރިއުޅުމުގެ ހުރިހައި ވަގުތެއް އެކަމަށް ހުސްކުރުމެވެ. މުއްސަނދިކަމުގެ އަރާމު ދާނުގައި، ވިޔަފާރީގެ ދުނިޔޭގައި ޙަޔާތުގެ ބޮޑުބައި ވެއަތުކުރަމުން ދިޔަ ޒިވްޔަންއަށް މިނޫން ތަނެއް، މިޔަށް ވުރެ ހަމަހިމޭން، އަމާން މަންޒިލެއް އޮންނަ ކަމެއް ކުޑަކޮށް ވެސް ވިސްނިފައި ނެތެވެ. އެންމެ ކުރީއްސުރެ ވެސް އޭނާ ހޭނިފައިވީ ދިރިއުޅުމަކީ މިއެވެ. އޭނާގެ ދުނިޔެއަކީ މިއެވެ. މުދަލާއި ފައިސާއެވެ. ޤަދަރާއި ހައިބަތެވެ. މާލޭގެ “ސިޓީ ލައިފް” އެވެ.
ހޫރީންއަކީ ރާއްޖެތެރޭގެ އާދައިގެ ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. ހުރި ހަމައެކަނި ފުރާނައަށް ވުމުން ހޫރީން ބޮޑުވެގެން އައީ މަންމައާއި ބައްޕަގެ އެންމެ ފުރިހަމަ ލޯތްބާއި، އަޅައިލުމާއި، ހިމާޔަތުގެ ދަށުގައެވެ. ކުޑައިރުއްސުރެ އޭނާ ވެއަތުކުރަމުން ދިޔައީ ނުހަނު މަޖާ، އުފާވެރި ދުވަސްތަކެކެވެ. ރަށްފުށުގެ ހިތްފަސޭހަ، ރަށުވަންތަ މާހައުލުގައި ހޫރީން އުދުހެމުން ދިޔައީ ނަލަނަލަ، މިނިވަން ދޫންޏެއް ފަދައިންނެވެ. އެހެން މީހުން ފަދައިން “މިޔަށް ވުރެ ރަނގަޅު ދިރިއުޅުމެއް ހޯދާށޭ” ކިޔާފައި ރަށްފުށުގެ ދިވެހިވަންތަ، އަމާން، ސާދާ ދިރިއުޅުން ދޫކޮށްލާފައި މާލޭގެ ކާރޫބާރޫ ބޮޑު، ތޮއްޖެހިފައިވާ މާހައުލަށް ދިޔުމަކީ އޭނާ ހުވަފެނުން ވެސް ދެކޭނެ ކަމެއް ނޫނެވެ. ހޫރީންގެ ހިތް އަބަދުވެސް އެދުނީ އޭނާގެ އުފަން ރަށުގައި، މަންމައާއި ބައްޕަގެ ގާތުގައި ހުރެގެން، ކުޑައިރުގެ އެކުވެރީންނާއި އެކު އެ މިނިވަން ޖައްވުގެ އުފާ އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް ޙާސިލްކުރާށެވެ. އޭނާގެ ދުނިޔެއަކީ މިއެވެ. އަމާންކަމާއި މިނިވަންކަމެވެ. އުފާވެރިކަމާއި ލޯތްބެވެ. ރަށްފުށުގެ ސާދާ ދިރިއުޅުމެވެ.
މުޅީން ދެ ދުނިޔެއަކަށް، ދެ ދިރިއުޅުމަކަށް، ދެ ވިސްނުމަކަށް ނިސްބަތްވާ ޒިވްޔަން އާއި ހޫރީންގެ ދުނިޔެ އެއްވުމުން ދެން ހިނގާ ކަންތައްތަކަކީ އެތައް ފުން އިޙުސާސްތަކަކާއި، ޖަޒުބާތުތަކެއް އެދެމެދުގައި އުފަންކުރުވާ ކަންތައްތަކެކެވެ. އެކަކުއަނެކަކުގެ ދުނިޔެ ތަޖުރިބާކޮށްލަން ލިބޭ ފުރުސަތުގައި ދެޒުވާނުންގެ ހިތުގައި ހިނގާ ޖަޒުބާތުތަކާއި ޝުޢޫރުތަކަކީ، ދެ ޒުވާނުންގެ ދިރިއުޅުން ވެސް މުޅި ޢުމުރަށް ބަދަލުކޮށްލާ އިހުސާސްތަކެކެވެ. އެއާއެކު އެދެމެދުގައި ދެން ހިނގާ ކަންތައްގަނޑުން އެތައް އަޑިގުޑަންތަކަކާއި ކުރިމަތިލާން ޖެހެނީ ދެހިތަށް ވެސް ކުޅަދާނަ ނުވާ މިންވަރަށެވެ. އެހެނަސް، ބަދަލުވެފައިވާ ދެހިތުގައި އަލަށް އުފަންވި އިޙުސާސްތަކާއި ޖަޒުބާތުތައް އެ ހުރިހައި ގޮންޖެހުމަކަށް ވުރެ ވަރުގަދައެވެ. އެ ހުރިހައި ތޫފާންތަކުގެ ތެރޭގައި ކެތް ކުރަން ދަތިވެ، ގިިލަންވެރިކަމުގެ ލޭކަރުނަ އޮހޮރޭ ޙާލު ވެސް މެދުކެނޑުމެއް ނެތި ދެހިތުގައި ވެސް ކުޅެވެމުން ދިޔައީ އެއް ރާގެކެވެ. ބުނަމުން ދިޔައީ އެއް ވާހަކައެވެ.
ނޭނގޭ ގޮތެއް ވޭ، ބުނަންހޭ އޭ އަހާށޭ
ސީދާ ލޯބިވިއްޔޭ، ހަގީގީ ހީކުރާށޭ
ސަމާސާ ކޮށްލީބާއޭ، ދިމާ ވެސް ކޮށްލީބާއޭ
ބުނާތީ ތެދަކީ ބާއޭ، ރުހޭތޯ ކަލާ…
އުޑާ ބިމާހައި ތަފާތު ދެ ދުނިޔެއަކަށް ނިސްބަތްވާ ޒިވްޔަން އާއި ހޫރީންގެ ދުނިޔެ ދިމާވުމުން ދެމީހުންގެ ދިރިއުޅުމަށް އަންނަ ތޫފާންތަކާއި، އެ ދެޒުވާނުންގެ ޙަޔާތުގައި ދެން ނިއުޅިގެންދާ އަނދިރި ޞަފްޙާތަކާއި، ތަޖުރިބާކުރަން ޖެހޭ ފުން އަނދަވަޅުތަކާއި، އެ މުސީބާތްތަކުން މިންޖުވުމަށް ޓަކައި ލޯބީގެ ބާރުގައި، ފަސްޖެހުމެއް ނެތި ދެހިތް ވާ ޤުރުބާނީތަކުގެ ވާހަކަ މި ވާހަކައިން ވިދާޅުވެލައްވާށެވެ.
ނޯޓް: މިއީ އަޅުގަނޑު ދެން މި ސައިޓަށް ލިޔަން ނިންމާފައިވާ ވާހަކައެވެ. އިންޝާﷲ މި ވާހަކަ ކިޔުންތެރިންނާ ހަމައަށް ގެނެސްދޭން ފަށާނީ ނޮވެމްބަރު މަހުގައެވެ.
15 Comments!
Comments are closed.







Vrh reethi vaane hen heevanee waiting❤️pro story eh tha
Yes pro story eh ey nayasis ge dhw
thank you<33
adhi decide nukuran pro story eh kameh.. lets see dho dhen
Masha Allah trailer vrh reeethiiiiii
Can’t wait to read the first part of this masterpiece..
Kn dhuhuku first part???
And vrh ufaa vejje nayaa ge stry eh kiyaalan libey theee..
On of my fav author 🫶🏻
Keep doing your best💗
thankyouu<33
after my exams november ga insha allah libeyne kiyaalan
aww that means a lot to me, thankyouu<333
hi Nayaa, trailer kiyaafa varah interesting hen hyvey. ekamaku November ey bunyma furathamaves hithah ery haadha dhogu inthizaarekey.. but i will wait. hope November comes soon!!
hehe, november ah vure kurin ves might start uploading because I’ve already started working on it.. dhen let’s see dho
thank you so much!! marsha ge story akah ves varah inthizaaru kurevey💕💕
OMG!! So happy to see you back with a whole new story!!
Hooked up from this amazing trailer naayur✨ MA!
Vrh reethi vaane hen heevey story!
Waiting for the very first part ingey!!
Lysm💗
thank youuu!!💕💕
last story ves trailer eh nulaa liyuneema i thought I’d make a trailer for this one and try to make it better.. do glad to know you liked it!!
lym and more💕
Trailer vrh rythi 💗
Alhey pro nukurahchey 😭
thankyouu!!💕
this story might be pro ☹️☹️
but ill think about it ok 💕
Good news eh dhehchey hehe 😅
Good news eh dhehchey… Nayaa O-level hadhany tha? If yes all the best and do your best Insha Allah you will pass… And make your family and everyone who believes in you PROUD 💗😘 you can do it siss
Ilysm 💋💕
noon im current doing my Alevel.. this is my final year hsc and a2 exam
yess in sha allah that’s what im aiming for as well, thank you so much for your well wishes🥹💕
lym💕
NO pro😭😭😭💔💔