Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަދީނީ

ދެ އެކުވެރިން

EXO
EXO Level 210 Stories100 Login
September 6, 2026 3 Mins Read
0 Comments

ތިބާގެ އަޖަލު ހަމަވުމުން ކަށްވަޅަށް ލެވިގެންދާނެއެވެ. އާއިލާއާ ރަހްމަތްތެރިންނާ އަނބިދަރިން ދޫކޮށް ދާންޖެހޭނެއެވެ. ތިބާގެ ކަށްވަޅު ފަސްއެޅުމަށްފަހު މީހުންތައް އެމީހުންގެ ދިރިއުޅުމާގެން ކުރިޔަށް ދިޔުމަށް ހިނގައިގަންނާއެވެ. ތިބާ އެކަނިމާ އެކަނި ކަށްވަޅުގައި ރޯންޖެހެނީއެވެ. ތިބާ ކުރެ އަމަލު ފިޔަވާ އެހެން އެއްވެސް އެއްޗެއް މިޔަދު ތިބާ އަތަކު ނެތެވެ.

އިބްރާހިމްއަކީ ރާއްޖެތެރެޔަށް އުފަން ވަޑިޔެކެވެ. މަސައްކަތްކޮށްލައިގެން ފައިސާކޮޅެއް ހޯދުމަށް މާލެ ދުވަސްކޮޅަކަށް ބަދަލުވެލިޔެވެ. އިބްރާހިމް ކޮންމެ ދުވަހަކުވެސް ނަމާދަށް ދާން ނުކުންނައިރު އޭނާއާ ކުރިމަތިން އަޅާފައި ދެމީހަކު ދާތަންފެނެއެވެ. އެކަކު ކުރީގަ ހުންނައިރު އަނެއްކަކު ހުންނަނީ ފަހަތުން ކުރިމަތީ ހުރި މީހާ ކޮނޑަށް އެއް އަތް ލައިގެންނެވެ. ބެލެވޭ ގޮތުގާ ފަހަތު ހުރި މީހާ އަކީ ލޯ އަނދިރި މީހެކެވެ. އެމީހާ މިސްކިތައް ގެންދިޔުމަށް އެހީތެރިވެދެނީ އެ ކުރިމަތީ ހުރި މީހާއެވެ.

އެއްދުވަހަކު އިބްރާހިމްއަށް އެއްކަލަ ދެމީހުންގެ ތެރެއިން އެކަކު ފެނިއްޖެއެވެ. އެއީ ލޮލަށް ފެންނަ މީހާއެވެ. އިބްރާހިމްގެ ދައުވަތަށް އެމީހާ އިޖާބަދީ ސައިބޯ ހިނގައްޖެއެވެ. އިބްރާހިމް ވަރަށް ހަމަޖެހިލައިގެން އޭނާގެ ވާހަކަ ފެށިޔެވެ.

 

އިބްރާހިމް : (ފުން ނޭވާއެއް ދޫކޮށްލާފަ) ކޮން ނަމެއްތަ ކިޔަނީ؟

ޔޫސުފް : އަޅުގަނޑަށް ކިޔަނީ ޔޫސުފް

އިބްރާހިމް : ޔޫސުފްއާ އެކު މިސްކިތައް އެ ދުރުވަނީ ކޮން ބޭފުޅެެއް؟ ބޭބެތަ؟ ކޮއްކޮއްތަ؟

ޔޫސުފް : އެއީ އަޅުގަނޑުގެ އެކުވެރި ރަމީޒު

އިބްރާހިމް : އޭނާ ލޯ އަނދިރި ދެއްތޯ؟

ޔޫސުފް : ލައްބަ….

އިބްރާހިމް : ކުރިންވެސް ހަމަ ލޯ އަނދިރިތޯ؟

ޔޫސުފް : ނޫން. އޭނާއަށް އެކަން އެކަމެއް ދިމާވީ ވަރަށް ފަހުން

އިބްރާހިމް : އެއީ އަނެއްކާ ކިހިނެއް ވީ ކަމެއްތޯ؟

ޔޫސުފް : (ފުން ނޭވާޔެއް ދޫކޮށްލާފަ)

އަޅުގަނޑާއި އެކުވެރި ރަމީޒުއަކީ ދެ ވިޔަފާރިވެރިން. ދެމީހުންނަކީވެސް އެކަކު އަނެކަކަށް ވާދައަށް ވިޔަފާރިކުރަމުންދާ ދެމީހުންނެވެ. ރަމީޒުއަކީ ތަންކޮޅެއް ހިތްމޮޅު ދަހިކަންމަތީ ހުންނަ މީހެއް. ބަންގީގެ އަޑަށް އަޅުގަނޑު އަބަދުވެސް ފިހާރަ ބަންދުކުރަން އަދި މިސްކިތައް ދާން ހިނގާގަންނަން. ދާ މަގުމަތީ ކޮންމެ ފަހަރަކުވެސް ފެންނަނީ އެކުވެރި ރަމީޒު ވިޔަފާރިކުރަން ފިހާރަ ހުޅުވައިގެން އިންނަތަން. ބަންގި ގޮވި ވާހަކަ ބުނުމުން ކޮންމެވެސް ބަހަނާއެއް ދައްކާފައި އެތާ މަޑުކުރޭ. ނަމަވެސް އަޅުގަނޑު އޭނާ ދައްކާ ބަހަނާއަށް މާ ބޮޑަށް ނުބަލާ އަވަހަށް ޖަމާއަތަށްދަން. ހުކުރު ދުވަސްނަމަ އަމުދުން ރަމީޒު ފިހާރަ ބަންދުކުރާނީވެސް ބާރަ ޖަހާ ފަހުންނެވެ. މިކަމާ އެތައް ފަހަރަކު އަޅުގަނޑު ނަސޭހަތްތެރިވަން. ނަމަވެސް ރަމީޒު ހަމަ ހުންނަނީ ރަމީޒުގެ ގޮތުގައެވެ.

އެއްދުވަހަކު އަޅުގަނޑުމެން ދެ އެކުވެރިން އެކުގާ ތަނަކަށް ސައިބޯން ދިޔައިން. އެއިރު ގަޑިން ހަވީރު ހައެއް ޖަހާފިޔެވެ. މަޢްރިބް ވަގުތުވަނީ ވަރަށްވެސް ކައިރިވެފައެވެ. އެހެންކަމުން އަޅުގަނޑު އަވަހަށް ނިންމާލިން. ބިލް ގެންނަން ބުމުން ބިލް ކުޑަކޮށް ލަސްވާންފެށި. އެއިރު ބަންގި ގޮވަންފަށާފި. އަޅުގަނޑު ރަމީޒު ކައިރީ ބިލް ދައްކާލަދޭން އެދުނިން. ބިލަށްވާ ލާރި ނަމާދުން ފައިބައިގެން އައިސް ދޭނެ ވާހަކަ ބުނިން. ނަމަވެސް އެއްކަލަ ރަމީޒު ހަމަ ހިލާ އެކަމަށް އެއްބަހެއްނުވި. ދެމީހުން ދެމެދުގައި ކުޑަ ޒުވާބެއް ހިނގި. އެންމެ ފަހަށް ވެއިޓަރު އައިސް އަޅުގަނޑު ނަމާދުކޮށްލައިގެން އައިސް ބިލްދެއްކިޔަސް ރަނގަޅުވާނެކަމަށް ބުނި. އަޅުގަނޑު ވަރަށް އުފަލުން އަވަސް އަވަހަށް ތެދުވިން. ނަމަވެސް މިކަމާ ރަމީޒު ފެށީ ހޭން. މާލާމާތް ކުރަމުން ގޮސް ހައްދުފަހަނަ އެޅި. އެންމެ ފަހަށް ކިޔޭ ނުކިޔޭ ނޭނގި ހެއްދެވިފަރާތަށްވެސް އޭނާއަށް ހަޖޫ ޖެހުން. އަދި ބުނި މިހެން ހުރެ ބަހައްޓާފައި އުމުރުން ފަސްދޮޅަސްވީމާ ހައްޖެއްވެލާތަނުން ހުރިހާ ފާފާއެއް ފޮހެވޭނޫންހޭ. އެހެން ބުނުމަށްފަހު ބޮޑާ ކަމާ ކިބުރުވެރިކަމާއެކު އިންތަނުން ތެދުވެގެން ގޮސް ފިހާރައަށް ވަތްތަން އަހަރެން ދެކުނިން. އަހަރެން އަވަސް އަވަހަށް ނަމާދަށް ގޮސް ނަމާދުން ފާބައިގެން އައި އިރު މީހަކު ހަޅޭއްލަވަމުން އަހަރެންގެ ނަން ގޮވަމުން ދިޔަ. ގޮސް ބެލި އިރު އެކުވެރި ރަމީޒު ދެކަކޫމައްޗަށް ތިރިވެފަވާ ހާލު ފިހާރަ ދޮރުމަތީ އިން. އެއިރު އޭނާގެ ދެ ލޯ ވަނީ ބޭރަށް ވެއްޓިފަ. އަހަރެން އެހިން އޭނާ ގާތު ކިހިނެއްވީ ކަމެއްތޯ.. އެވަގުތު އޭނާ ކިޔާދިނީ ތުރުތުރު އަޅަމުން… އޭނާ ބުނީ ފިހާރަ ގޮނޑީގާ އިށީނދެ އިރުކޮޅެއް ނުވަނީސް ފިހާރައިން ކަރަންޓް ދިޔަ ކަމަށް. އެއަށްފަހު ކަރަންޓް އައި އިރުވެސް އޭނާގެ ދެލޮލަށް ނުފެންނަ ކަމަށް. ދެ ލޯ ފޭބި އިހުސާސް ވުމާއެކު ބިރުން ތުރުތުރު އަޅަމުން ހަޅޭއްލަވަމުން ވެއްޓެމުން ފިހާރައިން އޭނާ ނުކުތްކަމަށްވަނީ…

އިބްރާހިމް : سُبْحَانَ اللّٰه

ޔޫސުފް : އަޅުގަނޑު އަވަސް އަވަހަށް އޭނާ ގޮވައިގެން ފަރުވާއަށް ފުރިން.. ޑޮކްޓަރުން އެތައް ފަރުވާއެއް ކުރި ނަމަވެސް އުންމީދުވަނީ ކަނޑާލާފަ. މުޅި އުމުރަށް އެހުރީ އަނދިރި މީހަކަށް ވެފަ… އަޅުގަނޑު ކައިރި ރޮއެ އާދޭސްކުރި ނަމާދުކުރަން ދަސްކޮށްދޭން އަދި ނަމާދަށް ދާއިރު އޭނާ ގޮވައިގެން ދިޔުމަށް. އޭގެ ފަހުން ކޮންމެ ދުވަހަކު އަހަރެން މިދަނީ އޭނާ ގޮވައިގެން.

އިބްރާހިމް : ޔޫސުފް… ދުނިޔޭގެ ދަޅައަށް ހެއްލި އެއްވެސް މީހަކަށް ކުރިޔަކަށް ނުދެވޭނެ… މިއީ ވަގުތީ ތަނެއް.. ހެޔޮ އަމަލުކޮށް އާޙިރަތް ހޯދުނު މީހަކަށް ކާމިޔާބު އޮތީ

ސައި ނިންމާލުމަށްފަހު އިބްރާހިމް ޔޫސުފްއާ އެކުގަ ގޮސް ރަމީޒުއާ ބައްދަލުކުރިޔެވެ. ރަމީޒު އެއިރު އޮތީ ބަލި ހާލުގަ ނުތެދުވިފައެވެ. އޭނާ އަބަދުވެސް އޭނާގެ ކުރެވުނު ކުއްތަކާމެދު ހިތާމަކޮށް އެކަންކަން ކޮންމެ މީހަކާ ހިއްސާކޮށް ނަސޭހަތްތެރިވެއެވެ. މިއަދު އޭނާގެ ވާހަކަ އަޑުއަހާލަން އައި މީހަކީ އިބްރާހިމްއެވެ.

  • ނިމުނީ

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 24

Next

އިންސާފް (ސަތާޅީސްވަނަ ބައި)

Next
September 6, 2026

އިންސާފް (ސަތާޅީސްވަނަ ބައި)

Previews
September 6, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 24



All Right Reserved!