
ހައްލަކީ ކޮބާ؟- ޓްރެއިލާ.

ސައިކަލުގައި އައި އޭނާ މަޑު ކޮށްލީ ފާލަން ފެންނަ ހިސާބު ދުރުގައެވެ. އޭނާގެ ލޯ އަމާޒު ވެފާ ވަނީ ފާލަމުގާ ތިބި ކުދިންނަށެވެ. އޭނާގެ ލޮލުން އަދަމުން ދިޔަ ރުޅިވެރި ކަމެވެ. ސައިކަލު މުށްގަނޑު ގައި ހިފާގެން އިން އަތަށް ބާރު ކޮށްލިއެވެ. ނަމަވެސް ފާލަމުގާ ތިބި ކުދިންނަށް އެކަމުގެ އެއްވެސް އަސަރެއް ނުކުރާކަހަލައެވެ.
***********************************************************
“ކަލޭމެން މިކަމުން ސަލާމަތެއްނުވާނެ!!! މަ އަދި އަންނާނަން!! ކަލޭމެން އެންމެން މިދުވަސް ހަދާން ކުރާތި!!” ބިޑި އަޅުވައިގެން ޕޮލިހުން އޭނާ ގެއިން ނެރުނު ވަގުތު އޭނާ ހަޅޭލަވަމުން ގެންދިޔައެވެ.
“މިދުވަސް ހަދާން ކުރާތި!!”
**********************************************************
އޭނާގެ ލޮލުން މި ފެނުނީ ކޮން ނަފުރަތެއްބާއެވެ؟ އޭނާ ޕޮލިހުންނާ ހަވާލު ކުރަން މިޖެހުނީ ކީއްވެގެން ހެއްޔެވެ؟ ހައްލު ނުކުރެވިގެން މިއުޅެނީ ކޮން މައްސަލައެއް ބާއެވެ؟
މި ހުރިހާ ސުވާލު ތަކެއްގެ ޖަވާބު ހޯދެއްވުމަށް އަޅުގަނޑުގެ ފުރަތަމަ ދިގު ވާހަކަ “ހައްލަކީ ކޮބާ؟” ކިޔާ ލައްވާ. ހުރިހާ ކިޔުން ތެރިންގެ ފުރިހަމަ އެއްބާރު ލުމާއި ފީޑްބެކް ލިބޭނެ ކަމަށް ޢުންމީދު ކުރަމެވެ.
ޝުކުރިއްޔާ!
Comments (3)
Comments are closed.
Interesting trailer eh!
Hope the story is full of dark secrets and be suspenseful like this!
Waiting for the very first part!!
Ooooohhh!! Nice one!
When’s the first part?
Wow 🩷
Keep it up 🥳