Skip to content
އެސްފިޔަ

ހިމޭން ހިތުގެ މިރާގު…

Listen to this story Audio · 1:00 Powered by Esfiya Voice
0:00 1:00

އެރާގުގައި ޖެހި މިހިތް މަސްތުވީ ހަނދާން ވެފައޭ މިރާގު ހިތުގައި ދެތިން ރާޅު ބޮޑު އައީތީއޭ  އެރާގުގައި ޖެހި މިހިތް މަސްތުވީ ހަނދާން ވެފައޭ…

އެރޭގެ މެންދަމު ދެހިތް ކުރި މަޖާ ސަމާސާގައި އެސޫރަ ކުރެހުން އެޅީ ރަން ދެލިން މިހިތުގައޭ އެރާގުގައި ޖެހި މިހިތް މަސްތުވީ ހަނދާން ވެފައޭ…

މިއަދު އޮތީ ދެން ރުއިން ހިތާމައިގައި      މިހިތުގެ ޒިންދާނު ކަލާގެ ވަކިވުމުން އޮޔާލީއޭ އެރާގުގައި ޖެހި މިހިތް މަސްތުވީ ހަނދާން ވެފައޭ…

މިސާލު ޖެހިޔަސް މިލޯބިންވި ފަރި ހިޔާލުގައި   މިލާވެ މުޅި ރޫޙުވެސް މިތާ އެކީ ނިމޭނީއޭ  އެރާގުގައި ޖެހި މިހިތް މަސްތުވީ ހަނދާން ވެފައޭ…

އެޔާރު ނަލަވީ ވަނީ ލޮލާއި މެއާއި ޖާނުގައި    މިޔާރު ތެދެކޭ ވަޔާ ރޯޅި ފެވި ހިމޭންވީއޭ   އެރާގުގައި ޖެހި މިހިތް މަސްތުވީ ހަނދާން ވެފައޭ…

އެކީގައި ވާނޭ ހިތައި ވެވުނު ކަނު ހުވާގައި     އެއީ ހަޔާތުން ލޯބި ބަހާރު ވަކިކުރި ހަރީފީއޭ  އެރާގުގައި ޖެހި މިހިތް މަސްތުވީ ހަނދާން ވެފައޭ… މިރާގު ހިތުގައި ދެތިން ރާޅު ބޮޑު އައީތީއޭ…

25 އޮގަސްޓު 2026