Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ދުރުވާން ޖެހުނަސް 3

eddie
eddie Level 110 Stories
July 29, 2026 2 Mins Read
0 Comments

ކޮލެޖްތަކުގެ ކިޔެވުން މެދުކެނޑި، ޗުއްޓީގެ ދުވަސްތައް ބޯމަތިވެއްޖެއެވެ. “ދަރިފުޅާ، ހިނގާ ރާއްޖެއަށް ގޮސްލަން. މާމަމެން ކައިރިއަށް،” ޒުލޭޙާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

މަންމަ އެހެން ބުނުމާއެކު، ޒައިނާގެ މޫނުމައްޗަށް އަނދިރިކަމެއް ވެރިވި ކަހަލައެވެ. އެއްވެސް އެއްޗެއް ނުބުނެ އިށީނދެގެން އިން ސޯފާއިން ތެދުވެ، އަވަސް މިނުގައި ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ދޮރު ބާރަށް ޖަހާލުމަށްފަހު، އެނދުގައި އޮތް ބާލިސް މޫނުމަތީގައި އަޅައިގެން އޮވެ ހިތްފުރެންދެން ރޮއެލިއެވެ.

“ދޮންތީ، ދޮރު ހުޅުވަބަލަ. ޒީނިޔާ އެބައޮތޭ ވާހަކައެއް ދައްކަންވެފައި،” މަޑުމަޑު އަޑަކުން ޒީނިޔާ ގޮވަމުން ދިޔައެވެ. އޭރު ގަޑިން ރޭގަނޑު 9 ޖަހައި ބޮޑުވެއްޖެއެވެ. ލޯ އުނގުޅަމުން ޒައިނާ ތެދުވެ ދޮރު ހުޅުވާލިއެވެ. “ކީކޭ ޒީނިޔާ؟” އެހެން ބުނުމަށްފަހު ކޮޓަރިއަށް ވަނުމަށް ތަންދެއްކިއެވެ.

“ދޮންތީ ދޮގުނުހަދާ ބުނެބަލަ. މިއަދު ދޮންތީ ކަންތައް ކުރި ގޮތުންނާއި ރިއެކްޓް ކުރި ގޮތުން އެނގިއްޖެ ކަމެއް ގޯސްވެފައި ހުރިކަން. ނިކަން ބުނެބާ، އަހަރެން ވައުދުވަން އެކަކު ކައިރީގައިވެސް ނުބުނާނަން،” ޒީނިޔާ ސީރިއަސްވެލާފައި ބުނެލިއެވެ.

ޒައިނާ ކުޑަދޮރު ކައިރިއަށް ޖެހިލަމުން ކަމެއް ނުވާކަމަށް ބުނެ ދޮގުތަކެއް ހެދިއެވެ. އެ ވަގުތު ފޯނަށް ބަލާލިއިރު 10:15 ހިނގައިފިއެވެ. “މިރޭ ކޮއްކޮމެން ކައިފިންތަ؟ ދޮންތީ މިރޭ ނުކާނަން،” ވާހަކަ އޮޅުވާލަމުން ޒައިނާ ބުނެލިއެވެ. ދެމީހުންގެ ދެމެދުގައި ހަމަހިމޭން ވަގުތުކޮޅެއް ދިޔައެވެ. އެވަގުތު ރާނިޔާގެ މެސެޖެއް އައެވެ. “ހެލޯ ޒައިނާ، އާރ ޔޫ އޯކޭ؟” ނަމަވެސް އެއަކަށް ޒައިނާ ޖަވާބެއް ނުދެއެވެ.

ލަންޑަނުގެ ފިނިގަދަ ދުވަސްވަރު ކަމުން ބޭރަށް ނުކުމެ އުޅުމަކީ ދަތި ކަމެކެވެ. ދުވަސްކޮޅެއް ފަސްވެ، ހިތާ ދެކޮޅަށް ނަމަވެސް ޒައިނާ ރާއްޖެދާން އެއްބަސްވީ މަންމައާއި ބައްޕަގެ އުފަލަށްޓަކައެވެ. ރާއްޖެ އައިސް، އާއިލާގެ އެހެން މީހުން ރަށަށް ދިޔައިރު، ޒައިނާ ދިޔައީ ޗުއްޓީ ހޭދަކޮށްލުމަށާއި ހަނދާންތަކާ ދުރުވުމަށް ކުޑަބަނޑޮސް ރިސޯޓަށެވެ.

ނަމަވެސް އެތަން ވެގެންދިޔައީ ޒައިނާގެ ހަނދާންތައް އިތުރަށް އާކުރުވި ތަނަކަށެވެ. ފޯނު ނަގައި މަންމައަށް ގުޅާލިއެވެ. “މަންމާ، އަހަރެން ރާއްޖެއަކު އުޅެން ބޭނުމެއް ނޫން. ވީހާވެސް އަވަހަކަށް ލަންޑަނަށް ދާން ބޭނުން،” ޒައިނާ ރުންކުރު ގޮތަކަށް ބުނެލިއެވެ. ޒުލޭޙާ ބުނީ ބައްޕައާ ވާހަކަދައްކާފައި ގުޅާނެ ކަމަށެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ޒައިނާގެ ހިތުގެ ރިހުން އިތުރުވިއެވެ. އެންމެ ފަހުން ގޮތްދޫކޮށް މަންމަގެ ކައިރިއަށް ދާން ޖެހުނެވެ. “ދަރިފުޅާ، އަސްލު ކިހިނެއްވީ؟ ކީއްވެ ރާއްޖޭގައި އުޅެން ބޭނުންނުވެގެން ތިއުޅެނީ؟” ޒުލޭޙާ ސުވާލުކުރުމުން، ޒައިނާ ޓީވީ ނިއްވާލާފައި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

“ދަރިފުޅާ ޒައިނާ! ކީއްވެ މަންމަ ބުނި ބަހަށް ޖަވާބެއް ނުދީ ތިދަނީ؟ ބައްޕަމެންނަށް ކަމެއް ސިއްރުކުރަނީތަ؟” މުހައްމަދު ފުޅު ހަރުކަށިކަމާއެކު ގޮވާލިއެވެ. ޒައިނާގެ ލޮލުން ކަރުނަ އައެވެ. “މިއީ ބައްޕައޭ، ހުރިހާ ވާހަކައެއްވެސް ހިއްސާކުރެވޭނެ. ދަރިފުޅު ބުނީތީ އާއިލާ ގޮވައިގެން ލަންޑަނަށް މިދިޔައީ. އިތުރަށް ކޮން ކަމެއް ބޭނުންވަނީ؟” ބައްޕަގެ އަޑުގައި ހިތްހަމަނުޖެހުން ހުއްޓެވެ. ޒައިނާ އެއްވެސް އެއްޗެއް ނުބުނެ ރޮމުން ކޮޓަރިއަށް ވަނެވެ.

ޗުއްޓީ ނިމި، އަނބުރާ ލަންޑަނަށް ދާން ފުރަން ތައްޔާރުވިއެވެ. ޒީނިޔާ އަނެއްކާވެސް ޒައިނާއާ ވާހަކަދެއްކިއެވެ. “ދޮންތީ، ކޮންމެވެސް ކަމެއް ސިއްރުކުރާކަން އެނގޭ. މި ޗުއްޓީގައިވެސް މަންމަމެންނާ ވާހަކައެއް ނުދައްކާ.” ޒައިނާ ބުނީ ކަމެއް ނުވާ ކަމަށެވެ.

ލަންޑަނަށް ގޮސް ކޮލެޖް ފެށުނެވެ. ޒައިނާ މުޅިން ބަދަލުވެއްޖެއެވެ. ރާނިޔާވެސް އެކަން ފާހަގަކުރިއެވެ. “ޒައިނާ، ހާދަ ބަދަލުވެއްޖެއޭ. ބުނެވެސް ނުލާ ތިއައީ،” ރާނިޔާ ބުންޏެވެ. “އަހަންނަށް މަޖުބޫރުވެގެން މި ބަދަލުތައް އައީ،” ޒައިނާ ހިތްހަމަނުޖެހިފައި ބުންޏެވެ.

އެވަގުތު ޒައިނާގެ ފޯނަށް ޒަކުވާންގެ މެސެޖެއް އައެވެ. “ޒައިނާ، އައި އެމް ސޮރީ. އަސްލު އަހަންނަށް ޒައިނާ ދެކެ އިންތިހާއަށް ލޯބިވެވުނީ. އެކަމަކު މައިންބަފައިންގެ ނުގަބޫލުގައި އެކަން ކުރަން ބޭނުންނުވީ.” ޒައިނާ ވިސްނާލުމަށްފަހު “އިޓްސް އޯކޭ” އޭ ބުނެ ރިޕްލައި ކުރިއެވެ. އޭނާ ހުރީ ޒަކުވާންދެކެ ލޯބިވިޔަސް، ކަންތައްވީ ގޮތުން ހިތްހަމަނުޖެހިފައެވެ.

އެއްދުވަހަކު ޒައިނާ ޒީނިޔާ ގޮވައިގެން ބޭރަށް ނުކުމެ، ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޒީނިޔާ ދޮންތީގެ ހިތްވަރަށް ސާބަސްދިނެވެ. “ދިރިއުޅުމަކީ މިއީދޯ، މަންމައާއި ބައްޕައަށްޓަކައި ކެތްކުރަން ޖެހޭނެ،” ޒައިނާ ބުންޏެވެ.

އެރޭ ކާން ތިއްބާ ޒީނިޔާ ކުއްލިއަކަށް ސުވާލުކުރިއެވެ. “މަންމާ، ކީއްވެ ޒަކުވާންގެ އާއިލާދެކެ އެހާ ރުޅިއަންނަނީ؟ އެމީހުން ކީއްކުރީ؟ ކީއްވެ ދޮންތީއަށް އެހެން ހަދަންވީ؟” ޒުލޭޙާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “މިހާރު ޒީނިޔާ ގާތު ޒަކުވާން ވާހަކަދެއްކީ ދޯ؟ އެމީހުންނާ ވާހަކަދައްކައިގެން ނުވާނެ،” މުހައްމަދު ފުޅު ކޯފާވެފައި ބުންޏެވެ. ޒައިނާ އެއްވެސް އެއްޗެއް ނުކައި، ރޮމުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ބާރަށް ޖެހިއެވެ. ޒީނިޔާ ދޮރުމަތީގައި ހުރެ ދޮންތީއަށް ގޮވަމުން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

eddie
Follow Me Written By

eddie

Level 110 Stories

Other Articles

Previous

އިންތިޒާރު މަ ކުރީމޭ-1

Next

ހިތުގެ މަގުތައް-1

Next
July 30, 2026

ހިތުގެ މަގުތައް-1

Previews
July 29, 2026

އިންތިޒާރު މަ ކުރީމޭ-1



All Right Reserved!