Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކެހިވެރި ލޯބި!

shizashahuzad Level 1
July 24, 2026 2 Mins Read
2 Comments

އަހަރެންގެ އުމުރުން އެންމެ 17 އަހަރެވެ. ނުދަންނަ މީހަކަށް އިތުބާރު ކުރެވުން އެއީ އަހަންނަށް ހެދުނު އެންމެ ބޮޑު ގޯހެވެ. އަަހަރެންގެ ހާލަތު އަހަރެންނަށް ވުރެ ބޮޑަށް އިނގޭނެ އިތުރު މީހަކު ނުހުންނާނެކަން ގައިމެވެ. ނަމަވެސް ހަޔާތަށް އައި މީހެއްގެ ސަބަބުން އަހަންނަށް އޭނައަށް މާ ބޮޑަށް އިތުބާރު ކުރެވުނީ އެވެ. އަހަރެންގެ ހާލަތާ މެދު ވިސްނާނެ ކަމަށް އަހަރެން ގަބޫލުކުރީއެވެ. ތަގުދީރު އިނގޭނަމަ އަހަރެންގެ ހަޔާތަށް އޭނަ ނުވެސްް ގެންނާނަމެވެ. އޭނާ އަށް ބަލައިވެސް ނުލީމުހެވެ. ނަމަވެސް ދުނިޔެ މަތީގައި އުޅޭއިރު އިމްތިހާންތަކާ ކުރިމަތި ލާން ޖެހޭނެ އެވެ. ހީވެސް ނުކުރާ މުސީބާތްތަކާ ކުރިމަތިލާންޖެހޭނެއެވެ.

އެހެންކަމުން އަހަރެންގެ ހަޔާތަށް ވެސް މީހަކު އައެވެ. އޭނާގެ ނަމަކީ ޒަލޫކް އެވެ. ޒަލޫކް ދިން ލޯތްބާއި ދެއްކި ލޯބީގެ ދަޅަ ތަކަކީ އޭނާގެ ނުބައި ނުލަފާ ސޫރައިގެ ފަރުދާއެކެވެ. ލޯތްބަކީ ކަނު އެއްޗެކޭ ބުނާ އަޑު އަހަރެން ވެސް އަހައިއުަޅެވެ. އަހަރެން ވެސް ކަނު މަންމަން މީހަކަށް ވީމެވެ. ޒަލޫކް އޭ ކިޔައިން މީހުން އަހަރެން ގާތު ދެއްކި ވާހަކަތަކަށް ވެސް އަހަރެން ދިނީ ބީރު ކަންފަތެކެވެ. އަމިއްލަ ނަފސަށް ވުރެ ވެސް ބޮޑަށް އަހަރެން ޒަލޫކް އަށް އިތުބާރު ކުރީމެވެ. އެތަށް މަންޒަރެއް ފެނުން ނަމަ ވެސް ކަނު މީހަކަށް ވީމެވެ. ޒަލޫކް ދެއްކި ހުރިހާ ވާހަކަ ތަކެއް ގަބޫލުކުރީމެވެ. ނަމަވެސް އެވަރަށް އޭނަޔަށް އިތުބާރު ކުރެވުނީތީ އަހަރެން ދެރަވެއެވެ. އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ.

ޒަލޫކް ގެ ސަބަބުން އެތަށް ރޭގެ ނިދިން މަހުރޫމް ވިއެވެ. ކެއުމާ ދުރުވިއެވެ. މީހާއަށް ބުނެދޭން ނޭނގޭ ބަދަލު ތަކެއް އައެވެ. ކިތަންމެ ރަނގަޅަށް އުޅުނެއްކަމަކު ޒަލޫކް އަހަރެންނަން ނޭނގި ނަމަވެސް ދިނީ އަނިޔާ އެވެ. އަހަރެންގެ ހާލަތު އިނގި ހުރެ ވެސް ޒަލޫކް އަހަންނަށް އެހެން ހެދީ ކީއްވެ ހެއްޔެވެ؟ ކިތަންމެ ދުރުގަ ހުރިނަމަވެސް މީހަކަށް އެންމެ ކައިރި ހުރެވެސް ނުދެވޭހާ ލޯބި އަހަރެން ޒަލޫކް އަށް ދިނީމެވެ. ނަމަވެސް ބަދަލުގައި އޭނާ އަހަރެންގެ އުފާތަށް ނިގުޅައިގަތެވެ. ޒަލޫކް ގެ އެ ވިހަ ބަސްތަކަށް އަހަރެން ކެތްކުރީމެވެ. ކިޔެވުން ވެސް ވީ ވޭނަކަށެވެ. އަހަރެންނަށް ކުރަމުން އައި ޖެއްސުން ކުޑައެއް ނޫނެވެ.ނަމަވެސްް އަހަރެން ކިޔެވުމަށް ފަރުވާ ކުޑަ އެއް ނުކުރަމެވެ. ވަރަށް ވެސް ފުރިހަމަޔަށް އަހަރެން ކިޔެވީމެވެ. އަހަރެންގެ އަމިއްލަ ނަފްސާ މެދު ފަހުރުވެރި ވަމެވެ. މީހުން ބުނާތި އަޑު އިވެއެވެ. ވަގުތީ މެހެމާނުން ދޫކޮށް ދާނީ ހިތުން ނުފިލާ ވަރުގެ ފިލާވަޅެއް ދީފައެވެ. ޒަލޫކް އާ ދުރަށްދެވުމުން އަހަރެން ދެރައެއް ނުވެ އެވެ.  ދެރަ ވީ ޒަލޫކް އަށްޓަކައި ބޭކާރު ވަގުތުތަކެއް ދުއްވާލެވުމުންނެވެ. އަހަރެން ޒަލޫކް މަތިން އެއްކޮށް ފޫހި ވީއެވެ.

ޒަލޫކްގެ ވަކިވުން ވެގެންދިޔައީ އަހަރެން އެންމެ ހިތްހަމަ ޖެހުން ވަގުތުކޮޅަކަށެވެ. އަހަރެންގެ ހިތަށް ލިބުނު ހަމަހިމޭން ކަން ބުނެދޭން ވެސް ދަށްޗެވެ. ތިމާ ލޯބިވާވަރަށް ވުރެ ތިމާ ދެކެ ލޯބި ވާނެ ބައިވެރިޔަކު އިހްތިޔާރު ކުރުން މުހިންމެވެ. އަހަރެންގެ ހިތުގައި ޒަލޫކް އަށް އެއްވެސް ނަފްރަތުކަމެއް އަދި ހިތްބުރަ ކަމެއް ވެސް ނެތެވެ. ނަމަވެސް ދެން އިތުރަކަށް މި ހަޔާތަކުން ޖާގަ އެއް ވެސް ނެތެވެ. އުމުރަށް ވެސް އަހަރެން ހިތް ހެވެވެ.

ނޯޓް: މިއީ އަހަރެންގެ ހަޔާތުގެ ކުޑަ ދުވަސްކޮޅެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ކުރުވާހަކައެކެވެ.ލިޔުމުގައި ހުރެދާނެ ކުށްތަަކަށް ނިހާޔަތަށް މައާފަށް އެދެމެވެ.

Share Article

Follow Me Written By

shizashahuzad

Level 1

Other Articles

Previous

ދެވަނަ ބައި

Next

ގާތުގާ… 40

Next
July 24, 2026

ގާތުގާ… 40

Previews
July 24, 2026

ދެވަނަ ބައި

2 Comments!

  1. Los siento says:
    July 25, 2026 at 5:49 pm

    Norr man!
    Bunan jeheyne thi mention kuri go through kuraa kameh!
    Eyna kuri kankamuge kuda thafseeleh!
    Meehun dhahkkaa vhk thah vx annan jehyne
    E gola her life in nukuth goi vx bunan jeheyne!
    But reethi vhk eh✨

    1. shizashahuzad says:
      July 27, 2026 at 10:23 am

      Dhn faharakun rangalhu kohllaann🥹..aslu vrh kurukoh liyan vegen ei🥹

Comments are closed.



All Right Reserved!