ވަގުތީ ލޯބި…
ވަގުތީ ލޯބިން މިހިތް މަރުވަނީއޭ މަރުވަނީއޭ ވަގުތު ރޫހާއި އެކީގައި މަރުވަނީއޭ މަރުވަނީއޭ ވަގުތީ ލޯބިން މިހިތް މަރުވަނީއޭ މަރުވަނީއޭ *********************************ކުރި ހުވާ ވަޢުދާއި އުއްމީދު އެ ފަނިވަނީއޭ ކަރުނައިން ލޯ ފުރި އެކީގައި އުތުރެނީއޭ ވަގުތީ ލޯބިން މިހިތް މަރުވަނިޢޭ މަރުވަނީއޭ **********************************ދާއިމީ ފަރުވާއަކަށް ހިތް މެޔާ އެދިގެންވިއޭ ދާއިމީ ކެހި ލިބި މިތާގައި އަދު ގޮއްސިއޭ ވަގުތީ ލޯބިން މިހިތް މަރުވަނިޢޭ މަރުވަނީއޭ **********************************އެކުވި މާޒީން ފުން އަސަރު ގެނުވައިފިއޭ އެކުވި އެހަނދާނުން ރިހުން އާލާވިއޭ. ވަގުތީ ލޯބިން މިހިތް މަރުވަނިޢޭ މަރުވަނީއޭ **********************************ފަސް އެނބުރި ނުބަލަން ހިތަށް ކުޅަދާނަހޭ ؟ ފަސް ނުލައި ދިރި އަދު މަށަށް ހުރެވޭނެހޭ ؟ ވަގުތީ ލޯބިން މިހިތް މަރުވަނިޢޭ މަރުވަނީއޭ 20 ޖުލައި 2026
(ކިޔުންތެރިންގެ ސަމާލުކަމަށް)
އާއެކޭ ލޯބީވޭ… ވާހަކައިގެ ފަންސާސް ދެވަނަބައި ބުދަދުވަހުގެ ރޭ ނުވަތަ ބުރާސްފަތި ދުވަހު ކިޔާލަން ލިބޭވަރު ވާނެއެވެ. ތިދޭ ލޯތްބާއި އިހްތިރާމާއި އަބަދުވެސް ޝުކުރުވެރިވަމެވެ. އަޅުގަނޑުގެ މިޅެންވެސް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ. ނިންމާލަމުންވެސް ބުނެލެވޭނީ “ވީ އުފާ ބުނެދޭން ދުލާ ގަލަމުން ނުކުޅެދިއްޖޭ ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ” އެވެ.
🫶❤️😊🥀🥰





