Skip to content
އެސްފިޔަ

އޮޅުމަކުން ލިބުނު ހިދާޔަތް

Listen to this story Audio · 6:35 Powered by Esfiya Voice
0:00 6:35

ސްކޫލްގެ ބޮޑު ގޭޓުން އެތެރެއަށް ވަދެގެން އައި ލައުރާގެ އަތުގައި އޮތީ ބޯ ފޮތްތަކެކެވެ. އޭނާއަކީ ގްރޭޑް 10 އެއްގެ ދަރިވަރުންގެ ތެރެއިން އެންމެ ހިމޭން، އެކަމަކު ކިޔެވުމަށް އެންމެ މޮޅު އެއް ކުއްޖާއެވެ. އޭނާގެ ދިރިއުޅުމަކީ ފޮތްތަކާއި ކުރެހުންތަކެވެ. ނަމަވެސް، އެ ހިތްހަމަޖެހުމުގެ ފަހަތުގައި ސިއްރު ވިންދެއް ޖަހަމުންދިޔައެވެ. އެއީ ކުލާހުގައި އިންނަ ޝައުންއަށްޓަކައެވެ.

ޝައުންއަކީ ސްކޫލްގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަނެވެ. އޭނާގެ ހިތްހެޔޮކަމާއި، ހުރިހާ މީހުންނާ ގުޅޭ ސިފައެއްގެ ސަބަބުން މުޅި ސްކޫލްގައިވެސް އޭނާގެ މަގުބޫލުކަން ބޮޑެވެ. ލައުރާ ކޮންމެ ދުވަހަކު ކުލާހުގައި ޝައުންއަށް ބަލަނީ ވަރަށް ސިއްރުންނެވެ. އޭނާގެ ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު ލައުރާގެ ހިތް ތަޅުވައިގަނެއެވެ. އެކަމަކު، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަކަމުންނާއި ލަދުގަންނަގޮތުން، އެ ވާހަކަ ޝައުންއާ ހަމައަށް ބުނެދޭކަށް އޭނާއަކަށް ދުވަހަކުވެސް ނުކެރުނެވެ.

މި ސިއްރު އެނގޭ ހަމައެކަނި މީހަކީ ލައުރާގެ އެންމެ ގާތް އެކުވެރިޔާ ލިމްޝާއެވެ. ލިމްޝާއަކީ ލައުރާއާ މުޅިން ޚިލާފަށް، ވަރަށް ހަލުވި، އަދި ހިތްވަރުގަދަ ކުއްޖެކެވެ. އެއްދުވަހަކު ހަވީރު ސްކޫލް ނިމިގެން ގެއަށް ދިޔަ މަގުމަތީގައި ލިމްޝާ ބުންޏެވެ. “ލައުރާ! ތިހެން ހުރެގެން ސްކޫލް ނިމޭނީ. ޝައުންއަށް ތި ހިތުގެ ޙާލެއް ދުވަހަކުވެސް ނޭނގޭނެ. ކޮންމެވެސް ގޮތަކުން ހިތުގެ ޝުޢޫރުތައް ފާޅުކުރަން އެބަޖެހޭ. ލޮލުން ބަލަން ހުއްޓާ އެހެން ކުއްޖަކު އޭނާގެ ހިތް އަތުލައިފިއްޔާ ދެން މާ ބޮޑަށް ދެރަވާނެ.”

ލިމްޝާގެ މި ވާހަކަތަކުން ލައުރާ ފުންކޮށް ވިސްނާލިއެވެ. އޭނާ ނިންމީ ސީދާ ބައްދަލުކޮށް ވާހަކަދައްކަން ނުކެރުނަސް، ހިތުގެ އުދާސްތައް ސިޓީއެއްގައި ލިޔުމަށެވެ. އެ ރޭ ލައުރާ ނިދަން އޮށޯވެފައިވެސް އެތައް ފަހަރަކު ތެދުވެ ސިޓީ ލިޔެ ބަދަލުކުރިއެވެ. އެންމެ ފަހުން، އޭނާގެ ހިތުގެ އެންމެ ފުންމިނުން ޝައުންއަށްޓަކައި އުފެދިފައިވާ ސާފު ލޯބި، ރީތި ބަސްތަކުން ކަރުދާސްގަނޑެއްގައި ސިފަކޮށްލިއެވެ. އޭގެ ބޭރުގައި “ޝައުންއަށް” ޖަހާލީ ވަރަށް ލޯބިންނެވެ.

ޖެހިގެން އައި ދުވަހަކީ ސްކޫލްގެ އިންޓަ-ކްލާސް މުބާރާތެއް އޮތް ދުވަހެކެވެ. ކުލާހުގެ ގިނަ ކުދިން ތިބީ ބޭރުގައެވެ. ކުލާސްތެރެ އޮތީ ފަޅުވެފައެވެ. ލައުރާ ހާސްވެފައި ހުރެ، ތުރުތުރުލާ އަތަކާއެކު ސިޓީ ހިފައިގެން ކުލާހަށް ވަނެވެ. އޭނާގެ ބޭނުމަކީ ޝައުންގެ ފޮތްދަބަހުގެ ތެރެއަށް އެ ސިޓީލުމެވެ. ނަމަވެސް، ކުއްލިއަކަށް ބޭރުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން ލައުރާ ސިހުނެވެ. އޭނާ ހާސްވީވަރުން، ޝައުންގެ މޭޒާ ސީދާ ޖެހިގެން ހުރި ލޫތްގެ މޭޒުމަތީގައި އޮތް ދަބަހަށް ސިޓީ ކޮއްޕާލުމަށްފަހު، ދުވެފައި ކުލާހުން ނިކުތެވެ.

ލޫތްއަކީ ކިޔެވުމަށް އެހާ ސަމާލުކަންދޭ ކުއްޖެއް ނޫނެވެ. އޭނާއަކީ ގަވާއިދުން ސްކޫލަށް ނާންނަ، އަދި އަބަދުވެސް އަމަލުތައް ހަރުކަށިކޮށް ހުންނަ ކުއްޖެކެވެ. އެދުވަހު ކުލާހަށް ވަދެ ދަބަސް ހުޅުވާލިއިރު، އޭނާއަށް ފެނުނީ މަޑު ފިޔާތޮށި ކުލައިގެ ކަރުދާސްގަނޑެކެވެ. އޭގެ ބޭރުގައި އޮތް ނަން ކިޔާލުމުގެ ކުރިން އޭނާ އެ ނަގައި ކިޔަން ފެށިއެވެ. ސިޓީގައި ލިޔެފައިވާ އަސަރުގަދަ ބަސްތަކުން ލޫތްގެ ހިތަށް ބޮޑު އަސަރެއް ކުރިއެވެ. ސިޓީގެ ތިރީގައި އޮތީ “ލައުރާ” ގެ ނަމެވެ. ލޫތް ހީކުރީ، އެއީ ލައުރާ އޭނާއަށްޓަކައި ލިޔެފައިވާ ސިޓީއެއް ކަމަށެވެ. އަދި އޭނާގެ ނަން ބޭރުގައި އޮތީ އޮޅުމަކުން ޝައުންގެ ނަމަށް ބަދަލުވެފައި ކަމަށް އޭނާއަށް ހީވިއެވެ.

އެ ދުވަހަށްފަހު ލޫތްގެ ދިރިއުޅުން މުޅިން ބަދަލުވިއެވެ. ލައުރާ ފަދަ މާތް، އަޚްލާޤު ރަނގަޅު ކުއްޖަކު އޭނާދެކެ ލޯބިވާކަން އެނގުމުން، އޭނާ އަމިއްލަ ނަފްސު އިޞްލާޙުކުރަން ފެށިއެވެ. ގަވާއިދުން ސްކޫލަށް އަންނަން ފެށިއެވެ. ފިލާވަޅުތަކަށް ސަމާލުކަންދީ، ކުލާހުގެ އެހެން ކުދިންނާ އޮންނަ ގުޅުން ރަނގަޅުކުރިއެވެ. މި ބަދަލުތައް ފެނިފައި މުޅި ސްކޫލްގެ ޓީޗަރުންވެސް ހައިރާންވިއެވެ.

ލައުރާއަށްވެސް ލޫތްގެ މި ބަދަލުތައް ފާހަގަކުރެވުނެވެ. އޭނާ ހީކުރީ ލޫތް ބަދަލުވަމުން އެދަނީ އޭނާގެ އެކުވެރި ލިމްޝާގެ ސަބަބުން ކަމަށެވެ. އެހެންވެ، ލައުރާ ހުންނަނީ ލޫތްއަށްޓަކައި އުފާވެފައެވެ. ނަމަވެސް، ލޫތްގެ ހިތުގައި އޮތް އެއްޗެއް ލައުރާއަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، ގްރޭޑް 10 އެއްގެ ފަހު އިމްތިހާން ނިމި، ސްކޫލުން ވަކިވާ ދުވަސް އައިސް ކުރިމަތިވިއެވެ. އެއީ އެންމެންވެސް ހިތާމަކުރި، އަދި ހަނދާންތަކުން ފުރިގެންވީ ދުވަހެކެވެ. ސްކޫލްގެ ބޮޑު ނިކަގަސް ދަށުގައި ކުދިންތައް ފޮޓޯނަގަން ތިއްބާ، ލޫތް ވަރަށް ހިތްވަރުކޮށްފައި ލައުރާގެ ގާތަށް ދިޔައެވެ.

ލޫތް އޭނާގެ ދަބަހުން އެ ސިޓީ ނަގައި ލައުރާއަށް ދައްކާލަމުން ބުންޏެވެ. “ލައުރާ! މި ސިޓީ ހަނދާން އެބަހުރިތަ؟ މިއީ މަގޭ ދިރިއުޅުން އަނދިރިކަމުން އަލިކަމަށް ބަދަލުކޮށްދިން ސިޓީ. ތިބާގެ ލޯބީގެ ސަބަބުން އަހަރެން މިއަދު މިއީ މީހަކަށް ވެއްޖެއިން. އަހަރެންވެސް ލައުރާ ދެކެ ވަރަށް ލޯބިވޭ.”

ލައުރާގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ. އޭނާއަށް ލިބުނީ ބޮޑު ސިހުމެކެވެ. އޭނާއަށް ހެދުނު ބޮޑު އޮޅުން މިއަދު މިވަނީ ހާމަވެފައެވެ. އެވަގުތު އެތަނަށް ޝައުން އާއި ލިމްޝާވެސް އައެވެ. ލައުރާގެ ލޮލުން ކަރުނަ ހިލިުނެވެ. އޭނާ އިސްދަށަށް ޖަހާލައިގެން ހުރެ، ރޮމުން ޙަޤީޤަތް ހާމަކުރިއެވެ.

“ލޫތް! މަޢާފުކުރޭ. މިއީ ވަރަށް ބޮޑު އޮޅުމެއް. އެދުވަހު އަހަރެން ހާސްވެފައި ހުރިވަރުން، ޝައުންގެ ދަބަހަށްލާން އުޅުނު ސިޓީ އޮޅިގެން ލޫތްގެ ދަބަހަށް ލެވުނީ. އަހަރެންގެ ހިތުގައި އަބަދުވެސް އޮތީ ހަމައެކަނި ޝައުންގެ ނަން،” ލައުރާ ގިސްލަމުން ބުންޏެވެ.

މި ވާހަކަ އަޑުއަހާފައި ލޫތްގެ ހިތް ކުޑަކޮށް ކުދިކުދިވެގެންދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. ނަމަވެސް، އޭނާ ފުން ނޭވާއެއްލުމަށްފަހު، ހިނިތުންވެލިއެވެ. އޭނާ ލައުރާގެ ކަރުނުން ފުރިފައިވާ މޫނަށް ބަލާލަމުން ބުންޏެވެ. “ދެރަނުވޭ ލައުރާ. ތި އޮޅުމަކީ މަގޭ ހަޔާތުގައި ހިނގި އެންމެ ބޮޑު ރަޙުމަތް. ތި ސިޓީގެ ސަބަބުން އަހަރެން މިއަދު މިހިރީ ރަނގަޅު މަގުގައެވެ. ޝައުންއަކީ އަހަރެންގެވެސް އެންމެ ގާތް އެކުވެރިޔާ. ތިޔަ ދެމީހުންގެ ލޯބި ކާމިޔާބުވުމަކީ މަގޭވެސް އުފަލެއް.”

ޝައުން ލައުރާގެ ގާތަށް ޖެހިލިއެވެ. އޭނާ ލައުރާގެ އަތުގައި ހިފާލަމުން ބުންޏެވެ. “ލައުރާ، އަހަރެންވެސް ކުލާހުގައި އަބަދުވެސް ބަލަނީ ތި ސާދާކަމަށް. ބުނަން ނުކެރިފައި ހުއްޓާ ލޫތްގެ ސަބަބުން މިއަދު އަހަރެމެންގެ ހިތްތައް މިއޮތީ ބައްދަލުވެފައި. އަހަރެން ލައުރާ ދެކެ ވަރަށް ލޯބިވޭ.”

އަހަރުތަކެއް ފާއިތުވެގެންދިޔައެވެ. ލައުރާ އާއި ޝައުން ކިޔަވައި ނިމިގެން ރަނގަޅު ވަޒީފާތަކަށް ދާން ފެށިއެވެ. އަދި އެ ދެމީހުންގެ ކައިވެނީގެ ބޮޑު ޕާޓީ ރީތި ހޮޓަލެއްގައި ބޭއްވުނެވެ. އެ ހަފްލާގެ އެންމެ ޚާއްޞަ މެހެމާނަކީ ލޫތް އަދި ލިމްޝާއެވެ. ލޫތްއަކީ މިއަދު މާލޭގެ ބޮޑު ކުންފުންޏެއްގެ މެނޭޖަރެކެވެ. އޮޅުމެއްގެ ތެރެއިން ފެށުނު މި ދަތުރު ނިމުނީ، އެންމެންގެ މެދުގައި އޮތް ލޯތްބާއި، ކެތްތެރިކަމާއި، ސާފު ރަހުމަތްތެރިކަން މުޅި އުމުރަށް ބަދަހިވަމުންނެވެ.

ނިމުނީ!

Comments (10)

  1. Alaika_22

    Mi story vess vrh rythi MA 💕✨
    Curiously waiting for the next masterpiece…. when nxt?????
    Lysm and tc siss 💗✨💗

    1. Shaba
      Alaika_22

      Happy to know that you enjoyed 💗
      Thank youuu sm for ur support 🤗
      Next story eh maadhan kiyaalan libeyne IA
      Lym u also tc 😘💕

  2. Eddie

    OMG SHABA! HAADHA FURIHAMA EY MI VHK VX
    MASHA ALLAH 😍💯 YOU ARE SO TALENTED ✨
    I APPRECIATE YOUR HARD WORK KEEP GOING
    WAITING FOR A NEW STORY WHEN’S NEXT?
    LYSM AND TC 💗✌🏻

    1. Shaba
      Eddie

      Happy to know that you enjoyed 💗
      Awwn Thank youuu sm vrh Ufaavehje 💖
      I really appreciate your support ✨🙌
      Next story eh maadhan kiyaalan libeyne IA
      Lym u also tc 😘💕

  3. Gurll_17

    Mi story vx vrh Reethi Habeys hama ✨🙌
    Keep it up dear! You can do it IA ☝🏻❤️
    When’s next story can’t wait!
    Lysm and Tc 💞

  4. Shaba

    Happy to know that you enjoyed 💗
    Awwn Thank youuu sm I will do my best ✨🙌
    Next story eh maadhan kiyaalan libeyne IA
    Lym u also tc 😘💕

    1. Black
      Shaba

      Alhamdhlillah ❤️ Shaba Keep it up!!💖💞
      Mi story vx Vrh reethi & Furihama.🎀
      You can do it!!
      Aim high 💪🏻✨
      Make the word ‘MY FAV AUTHOR ‘is you…
      IA, Some day You will become the most talented Author..💕😊

  5. Shaba

    Happy to know that you enjoyed 💗
    Awwn Thank youuu sm It means a lot to me ✨
    I will do my best IA ☝🏻❤️ one day IA
    Ly and Tc my loving reader 😘💕

  6. Anonymous

    Mi ves hama ehaame iburathun furigen va story eh ✨
    Vrh Ufaavehje loath ah visnunee thee ves 😄😃😀
    Lysm ❤️

    1. Shaba
      Anonymous

      Happy to know that you enjoyed 💗
      Yea finally looth ah visnihjje dhww 😊
      Thank youuu sm stay tuned for next story!
      Lym darll 💕

Comments are closed.