ގާގްގަނޑަކައް 5 މިނެޓް ފަހުން ގޭގައި އުޅޭ ނޯކަރ އާކިފާ ކާއެއްޗިހި ހިފައިގެން އަތުވެއްޖެއެވެ. އަދި ކާތަށިތަކައް އެއްޗިހި އަޅައިދިނުމައްފަހު އާކިފާ ކާގެއިން ނިކުތެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެތަނައް ވެރިވެފައި އޮތް ހަމަހިމޭންކަން ނަގާލީ އަމްޖަދު ފެށިވާހަކައިންނެވެ.
“މި ބައްދަލުވުން މި ބާއްވަނީ ތި ދެކުދިންގެ ކައިވެނީގެ ވާހަކަ ދައްކާލަން.. މި ކައިވެނި ވީހާވެސް އަވަސްކުރަން ބޭނުމީ.. ބައްޕަ ސިންގަޕޫރައް ދިޔުމުގެ ކުރިމް ބޭނުން ތި ދެކުދިން މިކަން ކުރަން.. މިހާރު ވަރަށް ދުރާލާ ތައްޔާރުވަމުން މި ދަނީ.. ދެން ރަންކިޔުމުގެ ކަންތައް އޮންނާނެ މާދަން ނޫން އަނެއްދުވަހު.. އެހެންވީމަ އައިރާ ކިޔާނެ ރަނެއް ވިސްނާލާތި.. ދެން ކައިވެނީގެ ހެދުމެއްވެސް މިހާރު އިނީ ނަގާފަ.. އާޔަން ގެ ސޫޓްވެސް އިނީ ނިމިފަ.. ވެޑިން ވެނިއު ވެސް ހަމަޖެހިފަ އިނީ ހައުސް އޮފް ޖޭޑްގަ.. ތަންކޮޅެއް މީހުން މަދުވީމަޔާއެކު އެތަން ރަނގަޅުވާނެހެން ބައްޕަޔައް ހީވަނީ.. އެންޑް އައިރާ މިހާރު ތީ މިގޭ ކުއްޖެއް.. އެހެންވީމަ ބައްޕަގެ ކޮމްޕެނީ އިން އާޔަންގެ ދަށުން މަސަތްކަތް ކުރާނީ މީގެ ފަހުން އައިރާ.. ” އަމްޖަދު ބުނެލިއެވެ.
“އާން.. މަވެސް ތިކަމައް ތާއިދު.. މި ކައިވެނި ވީހާވެސް އަވަހައް ކުރިއްޔާ ރަނގަޅުވާނީ.. މިހާރު އަބަދު ތިއިންނަނީ ގޭގަ ބައްޕަގެ ހަނދާނުގަ.. ދެން އެކަމުން އަރައިގަންނަން ބޭރައް ވެސް ދިޔައީމަ ވާނީ.. ތިހެން އިނަކަސް ނުވާނެ.. ” ބަތް ތަށިން އެތިކޮޅެއް ކާލަމުން ސީމާ ވާހަކަދެއްކިއެވެ. މިވަގުތު ސީމާ އެހާ ރީތިކޮއް އެ ވާހަކަދައްކަނީ އަމްޖަދުބެޔައް ދެއްކެން ކަން އައިރާޔައް ވަރަށް ރަނގަޅައް އެނގެއެވެ. ނަމަވެސް އައިރާ އެކަމަކާ އެއްޗެކޭ ނުބުނެއެވެ. ކެއުމުގެ ބާކީ އޮތް ވަގުތްތައް ދިޔައީ ހަމަހިމޭންކަމާއިއެކުއެވެ.
ކައި ނިމިގެން އިރުކޮޅެއް ނުވެ އާކިފާ ދުފާތަކެތި ހިފައިގެން އައިސް މޭޒުމަތީގައި ބަހައްޓާލިއެވެ. އަދި ކައިފައި ހުރި ތަށިތައް ވެސް ދޮންނަން ގެންދިޔައެވެ. މިއަދު އަމްޖަދު އިނީމަ ސީމާ އައިރާޔަކާއި އެ މަސަތްކަތެއް ހަވާލެއް ނުކުރެއެވެ. އެހެން ނޫނީ މުޅިންވެސް ތަށިތައް ދޮވެ މޭޒުމަތި ސާފުކުރާނީ އައިރާއެވެ.
“ސީމާ.. ހިނގާދެން އަހަރެމެން ބޭރައް ޖެހިލަން.. މިދެކުދިންނައް ވާހަކަ ދައްކަން ފުރުސަތެއް ދޭންވާނެދޯ.. އަދި އައިފަހުން އެތިބެނީ އަގައިން ބަހެއްވެސް ނުބުނެ..”
” އާން.. އައިރާދޭ އާޔަން ގޮވައިގެން ޓެރަހައް… އަހަރެމެން ތިބޭނަން މިތާގަ..” ސީމާގެ ބަހަށް އައިރާ ބޯޖަހާލުމައްފަހު ތެދުވިއެވެ. އައިރާގެ ފަހަތުުން އާޔަންވެސް ހިނގައިގަތެވެ.
ސިޓިންރޫމްގެ އެއްފަރާތުގައި ހުރި ސިޑިން އެރުމައްފަހު އައިރާ ގޮސް މަތީ ޓެރަހުގެ ދޮރު ލުޅުވާލުމައްފަހު އެތެރެޔައް ވަނެވެ. އައިރާގެ ގައި ކައިރިން ލާފައި އާޔަން ވެސް އެތެރެޔައް ވަނެވެ. އަދި ކުއްލިޔަކައް އައިރާގެ އެއް އަތުގައި ހިފައި ދޮރުގެ ފަހަތުގައި ލައްގާލިއެވެ. ދޮރުގައި އައިރާ ޖެހުނުލެއް ބާރުކަމުން އައިރާޔައް ތަދުވެސް ވިއެވެ.
” ކަލޭ ހީނުކުރައްޗޭ މަ ކަލެޔާ މި އިންނަނީ އިންނާނެ މީހަކު ނެވެގެންނޭ.. ކަލޭގެ ސަބަބުން މަގޭ ލައިފް ރުއިން ވެއްޖެ.. މަގޭ ދިރިއުޅުން ހަލާކުކޮއްލާފަ ކަލެޔަކައް އެންމެ ސިކުންތެއްވެސް ހަމަޖެހިގެން ނޭވާލިޔަކަ ނުދޭނަން.. ” އާޔަންގެ އަޑުގައި ހުރި ރުޅިވެރިކަމުން އައިރާޔައް ރޮވޭގޮތްވިއެވެ.
“އާ..އާ..އާޔަން.. އައި އޭމް ސޮރީ.. މި އަހަރެން ބޭނުންވެގެން ކުރާކަމެއް ނޫނެ.. މީ ދައްތަގެ އެދުމުގެ މަތިން އަހަރެން ކުރާ ކަމެއް.. އާޔަން އެކޭ އެއްފަދައިން އަހަރެން ވެސް ބޭނުމުެއް ނޫން އާޔަންއަކާ އިންނާކައް..” ތުރުތުރުއަޅާ ހާލުގައި އައިރާގެ އަޑު ނިކުތީ ވަރަށް މަޑުންނެވެ.
” މަވެސް ހަމައެކަނި ޑޭޑް ހިތަހަމަޖައްސައިދޭން ކަލެޔާ މި އިންނަނީ.. ހަނދާންކުރާތި.، މަގޭ ފަރާތުން ކަލޭޔަކައް ކުޑަވެސް ހަމްދަރުދީއެއް ނުފެންނާނެ.. އަހަރެންގެ ހަޔާތުގެ ބައިވެރިޔަކީ ހަމްނާ.. އެއީ އަހަރެންގެ ލޭ.. މަގޭ ފުރާނަ.. އެކުއްޖާ ފަކީރު އެހުންނަނީ ނުލާހިކު ދެރަވެފަ.. އެވެސް ކަލޭގެ ސަބަބުން.. ކަލޭގެ ބައްޕަޔާއެކު ކަލޭވެސް މަރުވިނަމަ މިހެންނެއް ނުވީސް.. ” އައިރާގެ ކޮޑުގައި ހިފައި ތަޅުވާލަމުން އާޔަން ބުނެލިއެވެ.
“އަހަރެން…”
“އަނގަ ލައްޕާ.. އަހަރެންގެ ވާހަކަ ނިމުނީމަ ކަލޭ އަނގަ ހުޚުވާނީ.. ” އައިރާގެ ކައިރިޔައް ފިޔަވަޅެއް އަޅަމުން އާޔަން ވާހަކަދެއްކިއެވެ.
“ކަލެޔާ އިނަސް އަހަރެމެން ދެމީހުންގެ ދެމެދު އެއްވެސް ގުޅުމެއް ނުހިނގާނެ.. އެންޑް އަހަރެން ހަމްނާޔާއެކު ކޮންމެ ކަމެއް ކުރިޔަސް ކަލޭ ނުވާނެ ބައްޕަ ކައިރި ބުނެގެން.. ހަމްނާ އަންނާނެ މަގޭ ކައިރިޔައް.. ހަނދާންކުރާތި.. ކަލޭ އަނގަ ހުޅުވާލިޔަސް ނިމުނީ.. ” އިނގިލީގެ އިށާާރާތުން އައިރާޔައް އިނޒާރުދިނުމައްފަހު އާޔަން އެތަނުން ހިނގައްޖެއެވެ. އެވަގުތު އައިރާޔައް ރޯންފެށުނެވެ. އާޔަންގެ ފަރާތުން އެ ފެނުނު ކަންތަކުން މީހާ ބިރުގަނެ ތުރުތުރުއަޅަމުން ދިޔައެވެ.. އަދި ދައްތަކައިރީ މިކައިވެނި ކުރަން ބޭނުން ނުވާ ވާހަކަވެސް ބުނަން ބޭނުންވިއެވެ. ނަމަވެސް ދައްތަގެ ފަރާތުން ލިބޭނެ ޖަވާބުވެސް އެނގެއެވެ.
” ކީއްވެތަ އަބަދުވެސް އަހަންނައް މިހެން ވަނީ.. އަބަދުވެސް އަހަންނައް ހިތާމަތަކާ ކުރިމަތި ވަނީ ކީއްވެތަ.. އަހަރެންގެ ތަގްދީރުގަ އުފާވެރިކަމެއް ލިބުމެއް ނެތީތަ..” ގިސްލަމުން އައިރާއައް ބުނެވުނެވެ.
ނުނިމޭ….
6 Comments!
Comments are closed.

Shaba what a beautiful masterpiece 😍
Alhey I feel bad for alooka😭
Curiously waiting for next the masterpiece 😀
When’s nxt story!??????
Lysm and tc 💕😊
By the way mee first 😉🥇😂
Alheyy sorry wrong story akah e kurevunee 😭😭
Please forgive me 🙏😭
By the way mi story vess vrh rythi MA 💕
Vrh vs reethi ☺️
But can’t wait to see them falling love and
When he is in love with her he will gonna break that all right????
Ly✨
TC🥀
Vrh vs reethi ☺️
But can’t wait to see them falling love and
When he is in love with her he will gonna break that all right????
TC🥀
that’s olhigen 2 faharu comment kuravifa sry